ޭއެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިދިޔަ ސެޕްޓެމްބަރު މަހު އަލަށް އައްޔަންކުރެއްވި ހަތަރު ބޭފުޅުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީގައި މަގާމުގެ ހުވާކުރައްވަނީ.- ފޮޓޯ: ރައީސް އޮފީސް
09 ޑިސެމްބަރ 2019 - 16:22
ދައުލަތުގެ ފައިސާ އާއި މުދަލަށް އެއްވެސް ބަޔަކު ހިޔާނަތްތެރިވާ ނަމަ އެކަން ފަޅާއެރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
މިއަދު ފާހަގަކުރާ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސް ނެރުއްވި ހިތާބެއް ގައި ވިދާޅުވީ އެއްވެސް މުވައްޒަފަކު، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް ހިޔާނަތްތެރިވާ ނަމަ އެކަން ސިއްރު ނުކޮށް، ކަމާ ގުޅޭ އިދާރާތަކާ މައުލޫމާތު ހިއްސާ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާ އަކުން ހިދުމަތެއް ހޯދުމަށް ނުވަތަ ހިދުމަތެއް ދިނުމަށްޓަކައި ރިޝްވަތު ހިފައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދާކަން އެނގިއްޖެ ނަމަ، އެ މައުލޫމާތު ވެސް ހިއްސާކުރަން އެމަނިކުފާނު އެދިވަޑައިގަތެވެ.
ކޮރަޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، ކޮރަޕްޝަނާ ގުޅޭ ޝަކުވާތައް ހުށަހަޅާ ފަރާތްތައް ސިއްރުވާނެ ގޮތަކަށް އެކަން ހުށަހެޅޭނެ އިންތިޒާމްތައް ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައި ވާނީ ހަމަޖައްސައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅަކަށް ވާނީ، ގައުމުގެ ކޮންމެ ރައްޔިތަކު އަމިއްލަ ނަފްސަށް ތެދުވެރިވެ ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމުގެ ސިފަ ލިބިގަތުން ކަމަށެވެ.
"ގައުމެއްގެ މުއްސަނ ދިކަމާއި ވަސީލަތްތަކުން، ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ރައްޔިތުންނަށް މަންފާ ލިބުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެ ބައެއްގެ ތެރެއިން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާއި ހިޔާނާތްތެރިކަން އާންމުވުން. އަދި އެ ބައެއްގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާއްމުވުމަކީ ގައުމީ ތަރައްގީ އަށް އޮތް އެންމެ ބޮޑު ހުރަސް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ކޮރަޕްޝަންގެ ވަބާ އަކީ ދައުލަތުގެ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި، އިޖްތިމާއީ އަދުލުވެރިކަން ނެތިގެން ދިޔުމުގެ މައިގަނޑު ސަބަބު ކަމަށެވެ.
"ގައުމެއްގެ މުއްސަނ ދިކަމާއި ވަސީލަތްތަކުން، ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ރައްޔިތުންނަށް މަންފާ ލިބުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެ ބައެއްގެ ތެރެއިން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާއި ހިޔާނާތްތެރިކަން އާންމުވުން. އަދި އެ ބައެއްގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާއްމުވުމަކީ ގައުމީ ތަރައްގީ އަށް އޮތް އެންމެ ބޮޑު ހުރަސް،" ރައީސް
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް ވަނީ "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ގެ ނަމުގައި ކެމްޕެއިނެއް ފަށައި ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންގެ މާލީ ބަޔާން އާއްމުކުރަން ފަށައިފަ އެވެ. އޭރުން އެ މަގާމުގައި ހުރެގެން ނުހައްގު މުއްސަނދިކަމެއް ހޯދާކަން ނުވަތަ ނޫންކަން އާއްމުންނަށް ދެނެގަތުމުގެ ފުރުސަތު ފަހިކޮށް ދެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮރަޕްޝަން ހުއްޓުވަން ގާނޫނީ ގޮތުން ގެންނަ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމާއި ލިބިގަތުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް އަލުން ބިލް ހުށަހަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މިއަހަރުގެ ކުރީކޮޅު، 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ވަނީ ނުހައްގު މުއްސަނދި ކަމަކީ ގާނޫނުލް އުގޫބާތުގައި ކުށެއް ކަމަށް ކަނޑައެޅުމުގެ ބިލް ހުށަހަޅައިފަ އެވެ. ނަމަވެސް އެ މަޖިލީހުގެ ދައުރު ހަމަވިއިރު ބިލް ފާހެއް ނުވެ އެވެ.
ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވާލާ މީހުންނަށް ގާނޫނީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ އޮކްޓޯބަރު މަހު، "ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު" ތަސްދީގު ކުރައްވާފައިވާއިރު އެ ގާނޫނުގެ ސަބަބުން، ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލުމުގައި އެ މުއައްސަސާތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ ދައުރު އިތުރަށް ފުޅާވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސްތު
10 December 2019
މިހާރު އޮންނަނީ ވަގު އެހެން މީހުންނަށް ވަގަށް ގޮވުން. ދެން މީގެން ވަގަކީ ކާކުކަމެއް ނޭގިގެން އުޅެން މިޖެހެނީ. އެންމެ އަޑުގަދަ ވެފައި ޕޮލިޓިކަލް ބާރު ގަދަ މީހާ ވަގަކަސް އޭނާ ސަލާމަތް ވާނެ އެމީހަކުގެ މަސްލަހަތު ދަމަހައްޓަން އެހެން މީހަކު ފްރޭމް ކޮށްލަނިކޮށް. ކިތައްމީހުންގެ އަބުރު އެދަނީ ކަތިލެވެމުން މި ފަދަ ޖަރީމާތަކުގައި. ބައެއްފަހަރު އެހެން މީހުންނަށް އެންމެ ބާރަށް ވަގަށް ގޮވަނީ އޭގެ މީހުން މާ އިނަސެންޓް މީހުންކަމަށް ދައްކަން ވެގެން
މުހައްމަދު އަބްދުއްލާހި ދީދީ
10 December 2019
ނިކަން ތިޔަ އޮތް މޯލްޑިވިއަން ހާވާލަ ބަލަ އޮޑިޓަރ ޖެނެރަލް ވައްދައިގެން. އެޔޮތް ހަދާ ޑީލް ތަކުން އޔޮތް ގެއްލޭ ފައިސާ ޔޯ؟
ހހހހ
10 December 2019
އެކި މީހުން ވައްކަން ކުރަނީ އެކި ގޮތަށް، ބައެއްމީހުން ބަދަލު ދިނުމުގެ ނަމުގަވެސް ވައްކަން ކުރޭ!
ދޫބެ
09 December 2019
ޢިއްޒަތްތެރި މަނިކުފާނެވެ. ކޮރަޕްޝަން ފަޅާއަރުވާފަ އޭސީސީ ގައި އެހުރީ ކިތައް ކިތައް މައްސަލަތޯއެވެ. އިހަށް ފެނަކައިގެ ބައްލަވާށެވެ. ކޮޅުން ނުލާވަރަށް އެހެރީ ހުސް ކަރަޕްޝަންގެ މައްސަލައެވެ. ތިޔަ ތިއްބެވި ބޭފުޅުން ކުރެން އެއްސެވުމުގެ ބޭނުމެއް ނެތެވެ. އެބޭފުޅުން އިންޕީޗްކޮށްފާނެތީ ބިރުން އެތިބެނީ އެމައްސަލތައް ބައްލަވަން ކެރިވަޑައިނުގެންފައެވެ. ބަހާ ޢަމަލާ ސީދާކުރައްވާށެވެ! ނަމެއްގައި ޒީރޯ ޓޮލަރެންސް އޮތީއެވެ.
ގަމާރު ރައީސް
09 December 2019
އަދީބު ހުރީ އަންހެނުންނަށް ގިޓާ ކުޅެ ލަވަކިޔާދޭން ގޭގަ! ދެން އިބޫ ތިޔާ ކިޔަނީ ކޮން ފަރިއްސެއްތޯ؟ ނަޝީދު އިންޑިޔާ އަަށް ދިޔައީ 15 އަރިސް ބޭފުޅުން ގޮވައިގެން ބިސްނަސް ކުލާހުގަ! ނަޝީދުގެ އެކްޓިވިސްޓުން ލޫކަސް ޖަލީލު ކަހަލަ މީހުން މަތީ މަގާމްތަކުގަ! ދެނޯ؟
އެދުރުބެ
09 December 2019
އެންގީމަ ވާ ކަމެއް ހަރާމުން ހަރާން
ޢަނީ
09 December 2019
ރައީސް އޮފިހުގެ ކޮމިޓީއަކުން އެއްވެސް އޯވާސައިޓެއްނެތި މި ސަރުކާރުން އެތައް މިލިއަން ރުފިޔާގެ ކޮމްޕެންސޭޝަން ދެވުނު އުސޫލު އަދިވެސް ސާފުކޮށް ރައްޔިތުންނަށް ހާމަނުކޮއްދެވިގެން މި އުޅެނީ ކީއްވެގެންތޯ ރައީސް އިބޫ ކައިރީ މިއަދު އަހާލަން ބޭނުން؟
ޙަސިލް
09 December 2019
ކަލޯގަޔާ ޔާމީންގެ ވެރިކމުގައި މެޓް އޮފީހަށް ހަދާދީފަ އޮތް އޮނިގަނޑު ބަލާބަލަ. މިނިސްޓްރީ އެއްގެ ބަޖެޓަށް ވުރެން ގިނަ ޚަރަދު ކުރޭ މުސާރައަށް އެކަނި. ޢަދި އެވެސް ތަޢުލީމީ ފެންވަރޭ ކިޔައިގެން ދޮގުހަދާލައިގެން ހަދާފައޮތް އެއްޗެއް. ޢެމީހުންގެ ތައުލީމީ ފެންވަރު ބަލާބަ މިނިސްޓަރުންގެ މުސާރައަށްވުރެން ބޮޑު. ޢަހަރެމެން ވެސް އުޅެން އެއަރޕޯޓްގެ ސިވިލް ޖޮބްތަކުގައި މެޓް ނޫނަސް އެކަމް އެވަރެއް ނުލިބޭ
ވަހީދު
09 December 2019
މާކުރީގެ ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް
ވަހީދު
09 December 2019
ދެރަށެއްގެ (ގެމަނަފުށި ހިމެނޭ ގޮތަށް) ރަށް ގިރުމުގެ މައްސަލަ ހައްލު ކުރަން ބައިލައްކަ ރުފިޔާއަށް ހަވާލު ކޮށްފައި އެބަ އޮތް. މިހާ ބޮޑު މަސައްކަތެއް މިހާ ކުޑަ އަގެއްގައި ކުރުމަށް ޙަވާލު ކުރާނީ އެކަމުގައި ނަތީޖާއަށް ވާސިލު ނުވެ ބަޔަކަށް މަންފާއެއް ހޯދައިދިނުމަށް.
މެސީ
09 December 2019
ފޮރިން މިނިސްޓަރު އަގުބޮޑު ކާރޕެޓް ވަގަށް ނެގި މައްސަލަވެސް ފަޅާއަރުވައިފި. ފިޔަވަޅު އަޅުއްވަންވީ ނުންތޯ؟