ވިޔަފާރި / ފިޔާ

ފިޔާ ކިލޯއެއްގެ އަގު 70ރ. އަށް އަރައިފި

ޕިކަޕެއްގައި ފިޔާ ބަސްތާތަކެއް ގެންދަނީ: ފިޔާގެ އަގު އަނެއްކާވެސް ވަނީ އުފުލިފައި-- މިހާރު ފޮޓޯ: ހުސައިން ވަހީދު/މިހާރު

ރާއްޖޭގެ ބާޒާރުގައި އަނެއްކާވެސް ފިޔާގެ އަގު އުފުލި ކިލޯއެއް 70ރ. އަށް އަރައިފި އެވެ.

ބާޒާރު މަތީގެ ގިނަ ފިހާރަތަކުން 70ރ. އަށް ފިޔާ ކިލޯއެއް ވިއްކާއިރު ބަސްތާއެއްގެ އަގު އުޅެނީ 1،200ރ. އަށްވުރެ މަތީގަ އެވެ. ވިޔަފާރިވެރިން ބުނީ ފިޔާގެ އަގު އުފުލުނީ ފިޔާގެ ސްޓޮކް ހުސްވާތީ ކަމަށެވެ.

ބާޒާރުމަތީގައި ފިޔާގެ އަގު ރެކޯޑު އަދަދަކަށް އުފުލިފައިވީ ނަމަވެސް ބައެއް ފިހާރަތަކުން ކިލޯއެއް 50ރ. އަށް ލިބެން އެބަހުއްޓެވެ. ނަމަވެސް މި އަގު ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އުފުލޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކަންމަތީ ފިހާރައެއް ހިންގާ ވިޔަފާރިވެރިއަކު ބުންޏެވެ.

"މިއަދު 50 އަށް ލިބެން ހުއްޓަސް އަދި އަގު ބޮޑުވާނެ. މިހާރު ގަނެފައި ހުރި އެއްޗެހި ވިއްކާތީ މިވަރުގައި އަގު މިއުޅެނީ. އެކަމަކު ދެން އަނެއްކާ ވެސް ބާޒާރުން ގަނެގެން ގެނެސް އަގުބޮޑުކޮށް ޖެހޭނީ ވިއްކަން،" އޭނާ ބުންޏެވެ.

ފިޔާގެ އަގު 20ރ. އަށް ދަށްވެފައި ވަނިކޮށް އަނެއްކާ އަގުބޮޑުވާން ފެށީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ފިޔާގެ އަގު އުފުލިފައިވަނީ އިންޑިއާއިން ފިޔާ އުފައްދާ އަދަދު މަދުވުމުގެ ސަބަބުންނެވެ. އިންޑިއާ އިން ވަނީ އެ ގައުމުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން ބޭރު ގައުމުތަކުން ފިޔާ އެތެރެ ވެސް ކޮށްފަ އެވެ.

20 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 40%
icon angry icon angry 47%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޭރޭ

13 December 2019

މިފެންނަނީ މަކަރުވެރި ސަރުކާރުގެ ހީލަތްތެރިކަމާ ނުބައިކަމިގެ ކަންތައްތައް

The name is already taken The name is available. Register?

ރޫހީ

12 December 2019

ފިޔާވެސް ހަނޑޫވެސް ހަކުރުވެސް ހުރިހާ އެއްޗެއް ގެރިސްތާނަށް ބަރޯސާކޮށްފަ ބަހައްޓާ

The name is already taken The name is available. Register?

‫ތުއްތޮންބެ

12 December 2019

ޖ‫ަޒީރާ ރާއްޖޭގަ އެވަރުކަމެއްވެދާނެ.

The name is already taken The name is available. Register?

ފިޔާބަހާ

12 December 2019

މިސަރުކާރުގެ އެހާ ގިނަ މީހުން ފަހަކަށް އައިސް އިންޑިއާ އެ ދަނީ ހަމަ މިކަމުގަތަ؟ ހާދަ ހެޔޮފުޅޭ. ދަތުރުތަކުން އަންނަމުން އަގުހެޔޮކޮށް ފިޔާ ބަސްތާ ގެނެސްގެން ވިއްކާނެ ކަމަށް ހީކުރަން.

The name is already taken The name is available. Register?

ފޭރާން

12 December 2019

ހެއުވެރިކަން އެބަ ކުރެވޭ

The name is already taken The name is available. Register?

އެދުރު ރަހީމު

12 December 2019

އިންޑިއާ އިންވެސް ބޭރު ގައުމުތަކުން ފިޔާ އެތެރެ ކުރޭ. ކީއްވެ ދިވެހިންނަށް އިންޑިއާ ނޫން ގައުމުތަކުން ފިޔާ އެތެރެ ނުކުރެވެނީ؟

The name is already taken The name is available. Register?

ނެތްގޮތެއް

12 December 2019

އިންޑިއާ ނޫން ގޮތެއް ހޯދަންޖެހޭ. އެންމެ ކުރިއްސުރެ އިންޑިއާއިން ފިޔާ ގެނަޔަކަސް ޒަމާން ބަދަލުވެ އެހެން ގައުމުތަކަށް ދަތުރުފަތުރުކުރަން ލިބުނު ފަސޭހަތަކާ އެއްގޮތަށް ރާއްޖެ އެތެރެކުރާ މިފަދަ އެއްޗެހިވެސް އެހެން ގައުމުތަކުން ލިބޭތޯ ބެލިދާނެނޫންބާ..

The name is already taken The name is available. Register?

ބްލެޑަރ

12 December 2019

އެ ހެން ގައުމަކުން ގެނައީމަ އަދި މާ އަގުބޮޑުވާނެ... އިންޑިއާ އަށް ދެވޭ އަގަށް ޗައިނާ އަށް ނުދެވެއެއްނު.

The name is already taken The name is available. Register?

ބްލީޑަރ

12 December 2019

ޗައިނާ ނޫން ބަޔަކު ދެން ނެތީތަ ކޮންމެ ކަމެއްގަ ޗައިނާއޭ ތި ކިޔަނީ؟ އިންޑިއާއިން ފިޔާ އަގުހެޔޮވާއިރު އެތަނުން ހޯދާނީ. އަގުބޮޑުވާއިރަށް ކޮންމެވެސް ބެކަޕް ޕްލޭނެއް އޮންނަންޖެހޭނެ ނޫންބާ؟ އިންޑިއާއިން އެތެރެކުރާތީ އެހެން ގައުމުތަކުން ފިޔާ އެތެރެނުކުރެވޭންވީ ސަބަބެއް އެބައޮތްތަ؟

The name is already taken The name is available. Register?

އެދުރު ރޯނު

12 December 2019

އެހެން ގައުމަކުން ގެންނާކަށް މަނަލެއް ނޫން. ހަމަ އަމިއްލަޔަށްވެސް ގެނެސްގެން ވިއްކަންވީ އެކަން ކުރެވޭނެ ވަރުހުިރިއްޔާ. މޫސުން ގޯސްވުމުގެ ސަބަބުން އިންޑިޔާގެ ދަނޑުތައް ހަލާކުވެގެން އެމީހުންވެސް ބޭރުން ގެންނަ އެތިކޮޅު އަގުހެޔޮކޮށް އެހެން ބަޔަކަށް ނުވިއްކާނެ ދޯ.

The name is already taken The name is available. Register?

އަހުމަދުއީސަ

12 December 2019

އިހައްދުވަހު ބުނި ބޭނުންވަރަކައް ފިޔާލިބޭނޭ އިންޑިޔާއިން ކިނެއްމިވަނީ ވިޔަފށރިވެރިންނައް ރޯދަމަސް ކާރިވަނީހެންހީވަނީ

The name is already taken The name is available. Register?

ދައްސޫރަ

12 December 2019

މިއަނިޔާވެރިކަމުން ސަމާތް ކޮއްދެެއްވާންދޭވެ އާމީން

The name is already taken The name is available. Register?

ކަކުނިބޯ

12 December 2019

ރައީސްވިދާޅުވާހެން ފިޔާގެ އަގުދިވެހިން ކަނޑައޅާބަލަ އެކަން ކުރާނެގޮތަކީ 1. ފިޔާގެ އަގު ދިވެހިން ކަޑައަޅަގަށްވުރެ ބޮޑުވީމާ އެކަކުވެސް ނުކާނީ 2 އޭރުން ފިހާރަތަކުގަ ހުރި އެތިކޮޅު އަގުތިރިކުރާނެ ގެއްލުން ކުޑަކުރުމަށް 3. ދެން ވިޔަފާރިވެރިން ފިޔާ އޭރުންގެންނާނީ ދިވެހިން ކަނޑައެޅިއަގަށް ވިއްކާގެން ފައިދާ ވާނެވަރަށް އަގުތިރިވީމާ 4. މިހެންމިކަންވުމުން ވިޔަފާރީގެ ރިސްކު ކުޑަވެ ވާބަދުނާމުން ސަލާމަތްވާނެ

The name is already taken The name is available. Register?

ކަޅުމަރިޔަނބު

12 December 2019

ސަރުކާރު ހަމަޔަކަށް އެޅުނީމަ ރަނގަޅުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454