ފިނޭންސް މިނިސްޓަރު އަމީރު (ކ) އާއި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ ބިޒްނަސް ސެންޓަރު ހުޅުވައިދެއްވަނީ-- ފޮޓޯ: ބީއެމްއެލް
11 ޑިސެމްބަރ 2019 - 23:11
ބީއެމްއެލުން ވިޔަފާރިވެރިންނަށް ހާއްސަ ބިޒްނަސް ސެންޓަރެއް ހުޅުމާލޭގައި މިރޭ ހުޅުވައިފި އެވެ.
ރެނާޓަސް އިތާމުއި ފްލެޓުތަކުގެ ތިރީގައި ހުޅުވި މި ބިޒްނަސް ސެންޓަރު ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ އެވެ. މިއީ ވިޔަފާރިތަކަށް ހާއްސަކޮށްގެން މާލެ ސަރަހައްދުގައި ހުޅުވި ދެވަނަ ސެންޓަރެވެ.
މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެ އެވެ. އަދި ވިޔަފާރިއާ ގުޅޭ ލަފަޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، މި ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ އިތުރުން ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މާޗަންޓް ހިދުމަތްތަކަށް އެހީތެރިކަން މުވައްޒަފުންގެ ފަރާތުން ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ހުޅުމާލޭ ބިޒްނަސް ސެންޓާ ހުޅުވުމުގެ ރަސްމިއްޔާތުގައި ޓިމް ސޯޔާ ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ބީއެމްއެލް
މި ހިދުމަތްތަކުގެ އިތުރުން ބީއެމްއެލްގެ ޕާސަނަލް ބޭންކިން ކަސްޓަމަރުންނަށް މި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ޕާސަނަލް ލޯނާއި ހައުސިން ލޯނަށް އެދި ހުށަހެޅޭނެ އެވެ. މިއީ ވިޔަފާރިތަކަށް އެކި ގޮތްގޮތުން ބޭންކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ހުޅުވި ސެންޓަރެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ ވިދާޅުވީ އެ ސެންޓަރު ވެގެންދާނީ ވިޔަފާރީގެ ހުރިހާ ބޭނުންތަކަކަށް އެކަށީގެންވާ ސެންޓަރަކަށް ކަމަށެވެ. އަދި އެ ސެންޓަރަކީ ހުޅުމާލޭގެ އާބާދީ އިތުރުވެ ވިޔަފާރި އާއި ސިނާއީ މަސައްކަތްތައް ކުރިއަރައިގެންދާ ދަނޑިވަޅެއްގައި އެ ތަރައްގީއާ އެއްހަމައެއްގައި ފަރުދީ އަދި ވިޔަފާރިތަކަށް ބޭނުންވާ ހާއްސަ ބޭންކިން ހިދުމަތްތައް ހޯދައި ދިނުމަށް ގާއިމްކުރި ސެންޓަރެއް ކަމަށެވެ.
ހުޅުމާލެ ބިޒްނަސް ސެންޓާ ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީރު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ބީއެމްއެލް
މިނިސްޓަރު އަމީރު ވިދާޅުވީ ބީއެމްއެލްގެ ބިޒްނަސް ސެންޓަރުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ގައުމުގެ ތަރައްގީގައި ޕްރައިވެޓް ސެކްޓާގެ ރޯލު ބޮޑު ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ބީއެމްއެލުން ކުރިއަށް އޮތްތަނުގައި ތަފާތު ދާއިރާތަކުން އެފަދަ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ތަރައްގީގައި ޕްރައިވެޓް ސެކްޓާގެ ރޯލު ބޮޑު ކުރުމަށް މިފަދަ ބިޒްނަސް ސެންޓަރުތަކުން ވަރަށް ބޮޑު ރޯލެއް އަދާކުރޭ. އަޅުގަނޑުމެންގެ އުއްމީދަކީ ޓެކްނޮލޮޖީގެ ދާއިރާއިންނާއި ބޭންކިންގެ ދާއިރާ އިން ބީއެމްއެލުން އެސްއެމްއީތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަން،" އަމީރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
12 December 2019
މުޅި ރާއްޖެއަށް ހިދުމަތް މުޅި ގައުމުގައި 18 އަހަރުން މަތީ %5 ނޫން ގާތް ގަޑަކަށް އެކައުންޓް ތިޔަ ބޭންކުގަ. ސަރވޭ އެށް ކޮށްލައްވަ ބައްލަވަ ؟ ކިތަށް ރައްޔިތުން ކިތަށް ކަސްޓަމަރުން ކިތަށް ފީޑް ބެކް ދެއްވާތޯ ތިޔަ ހިދު މަތާ މެދު. އައުޓުލެޓްތަށް ސްމަރޓް ސްޓޭޓް އޮފް އާރޓްސް. އެއްޗަކީ ކަސްޓަމަރ ސެޓިސް ފެކްޝަން ދެއްތޮ ؟ ނޯޓް : މުޅިން ކަން ކަން ނުވާނެ ހާ އުންސުރު ކަން ކަން ކުރެވޭނެ ކުރެވިދާނެ ހަމަ އެއް ގޮތް ވަކި އުންސުރު ވަކި ސަރކަލް އޮފް ކަސްޓަމަރސް