"ގުޑް ނިއުޒް" ގެ ލީޑް ކާސްޓް.
15 ޑިސެމްބަރ 2019 - 07:44
ޕާކިސްތާނުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބަލަކޯޓްގެ އިންޑިއާވީ ފަޅި އަށް ދިން ހަމަލައާ ގުޅިގެން އިންޑިއާގެ އަސްކަރިއްޔާ އިން ރައްދުގައި ދިން ހަމަލާތަކަށް ބިނާކޮށް ހަދާ ފިލްމުގެ ޑައިރެކްޓަރަކަށް އަބީޝެކް ކަޕޫރް ހަމަޖައްސައިފި އެވެ.
އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ތައާރަފުކުރި "ކޭދަރުނާތު" އެވެ.
ބަލަކޯޓް އެއާސްޓްރައިކަށް ބިނާކޮށް ހަދާ ފިލްމުގެ ނަމާއި ކާސްޓުން އަދި އިއުލާނެއްނުކުރެ އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ސަންޖޭ ލީލާ ބަންސާލީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި މަހާވީރު ޖެއިން ގުޅިގެންނެވެ.
A story that celebrates the accomplishments of The Indian Air Force🇮🇳#2019BalakotStrike @PMOIndia @DefenceMinIndia @IAF_MCC #SanjayLeelaBhansali @itsBhushanKumar @AbhisheKapoor #MahaveerJain, @PragyaKapoor_ @Tseries @gitspictures @SundialEnt @prerna982 pic.twitter.com/A5Oh8xpMyB
— BhansaliProductions (@bhansali_produc) December 13, 2019
ޕާކިސްތާނުން އިންޑިއާ އަށް ދިން ހަމަލާއަކާ ގުޅިގެން ރައްދުގައި އިންޑިއާ އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކަށް ބިނާކޮށް ހެދި ފިލްމެއް މި އަހަރު ވެސް ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދާފައިވެ އެވެ. އެއީ އަދިތިޔާ ދާރް ޑައިރެކްޓްކޮށް، ވިކީ ކޯޝަލް ލީޑް ރޯލް ކުޅުނު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އެވެ.
ހިތާވެގެން އުޅޭ ދެ ލޯބިވެރިއެއްގެ މައިންގެ މެދުގައި ހިނގާ ކޯޅުންތަކެއް ގެނެސްދޭ ހެއްވާ މަޖާ ފިލްމު "ޖެއި މަންމީދީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
Saare Bolo Jai Mummy Di!
— TSeries (@TSeries) December 12, 2019
Watch the #JaiMummyDiTrailer here: https://t.co/pgr8yEWniq@JaiMummyDi @mesunnysingh @SonnalliSeygall #SupriyaPathak @poonamdhillon @Navjotalive @LuvFilms @luv_ranjan @gargankur @itsBhushanKumar
ނަވްޖޯތު ގުލާޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުން ލީޑް ރޯލުން ފެނިގެން ދާނީ "ޕިޔާރު ކާ ޕަންޗްނާމާ" އިން ވެސް ފެނިގެން ދިޔަ ސަނީ ސިންގާއި ސޮނާލީ ސޭގަލް އެވެ. އަންނަ މަހުގެ 17 ގައި ރިލީޒްކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމް ދިލަން އާއި ޝާހިދު ކަޕޫރްގެ ދޮންމަންމަ ސުޕްރިޔާ ޕަތަކް ހިމެނެ އެވެ.
"ޖެއި މަންމީ ދީ" އަކީ މެއި މަހު ރިލިޒްކުރި އަޖޭ ދޭވްގަންގެ "ދޭ ދޭ ޕިޔާރު ދޭ" އަށް ފަހު، ބުޝަން ކުމާރުގެ ޓީ ސީރީޒާއި ލަވް ރަންޖަންގެ ލަވް ފިލްސް އިން ގެނެސްދޭ ފިލްމެކެވެ.
އަންނަ މަހުގެ 1 ވަނަ ދުވަހު ނެޓްފްލިކްސް އިން ސްޓްރީމްކުރާ ބޮލީވުޑްގެ އެންތޮލޮޖީ ފިލްމު "ގޯސްޓް ސްޓޯރީޒް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
In case Friday the 13th wasn't scary enough already, the #GhostStories trailer is here! 👇 https://t.co/0hn3MYXEyi
— Netflix India (@NetflixIndia) December 13, 2019
ބިރުވެރި ހާދިސާތަކެއް ހިމެނޭ ހަތަރު ސެގްމަންޓެއްގެ މި ފިލްމުގައި ކަރަން ޖޯހަރުގެ ސެގްމަންޓުން ފެނިގެން ދާނީ މުރްނާލް ތާކޫރާއި އަވިނާޝް ތިވާރީގެ އިތުރުން ކުޝާ ކަޕިލާ އެވެ. ޒޯޔާ އަޚްތަރުގެ ސެގްމަންޓްގެ ތަރިންނަކީ ޖާންވީ ކަޕީރާއި ވިޖޭ ވަރުމާގެ އިތުރުން ރަގްްވީރު ޔާދަރެވެ.
އަނޫރާގް ކެޝަޕްގެ ސެގްމަންޓްގެ ތަރިންނަކީ ސޮބީތާ ދުލިޕާލާ އާއި ޕަވައިލް ގްލާޓީ އެވެ. ދިބާކަރު ބެނަޖީގެ ސެގްމަންޓުން ފެންނާނީ ގުލްޝަން ދެވިއާ އާއި ސުކަންތު ގޮއެލް އެވެ.
މި ހަތަރު ޑައިރެކްޓަރުން މިދިޔަ އަހަރު ގެނެސްދިން އެންތޮލޮޖީ ފިލްމަކީ "ލަސްޓް ސްޓޯރީޒް" އެވެ.
މި މަހުގެ 27 ހައި ރިލީޒްކުރާ ފިލްމު "ގުޑް ނިއުޒް" ގެ އާ ލަވައެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.
For feelings that need no words...#MaanaDil out now - https://t.co/AWPubgFNgO#GoodNewwz @akshaykumar #KareenaKapoorKhan @diljitdosanjh @Advani_Kiara @apoorvamehta18 @ShashankKhaitan @raj_a_mehta @NotSoSnob @BPraak @tanishkbagchi #RashmiVirag
— Karan Johar (@karanjohar) December 9, 2019
ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ރާޖް މެހެތާ ޑައިރެކްޓްކޮށްފައިވާ މި ފެމިލީ ކޮމެޑީގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް މި ފަހަރު ދައްކައިލީ ތަންކޮޅެއް ޖަޒުބާތީ ލަވައެކެވެ. އެއީ "މާނާ ދިލް" އެވެ. ތަނިޝްގް ބަގްޗީގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ ބީ ޕްރާކެވެ.
"ގުޑް ނިއުޒް" އިން ފެނިގެން ދާނީ އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރާއި ދިލްޖީތު ދޮސަންޖްގެ އިތުރުން ކިއާރާ އަދުވާނީ އެވެ.
މި ފިލްމުގައި ކިޔައިދޭނީ އައިވީއެފްގެ އެހީގައި ދަރިން ހޯދަން އުޅުމުގެ ތެރޭގައި ކުރިމަތިވާ އޮޅުންބޮޅުންތަކެއްގެ ތެރެއިން ހިނގާ ހާދިސާތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy