އައިޖީއެމްއެޗް ސީލިންގުން ބައެއް ވެއްޓިފައިި
15 ޑިސެމްބަރ 2019 - 11:36
އައިޖީއެމްއެޗްގެ އައިސީޔޫގެ ވެއިޓިން އޭރިއާގެ ސީލިންގުން ބައެއް ވެއްޓުނު ހާދިސާއާ ގުޅިގެން ކަންކަން އިތުރަށް ބަލަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ސީލިންގުން ބައެއް ވެއްޓި 14 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގައި ވަނީ ޖެހިފަ އެވެ. އެ ހާދިސާގައި އެ ކުއްޖާ އަށް ބޮޑު އަނިޔާއެއްނުވެ އެވެ.
ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސީލިންގުން ބައެއް ވެއްޓުނީ ފެން ލީކުވެގެން ކަމަށެވެ. އެ ހާދިސާ ހިނގުމާއެކު އެ ސަރަހައްދު މަރާމާތުކުރަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
މިހާރު އެކަން ކުރަމުން އަންނަނީ އައިޖީއެމްއެޗުންނެވެ.
"ވަގުތުން އެކަން ބަލައި ފިޔަވަޅު އަޅާފައިވާނީ. ސީލިންގު ވެއްޓުނު ހާދިސާއާ ގުޅިގެން ކަންކަން އިތުރަށް ބަލަމުން މި ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އިންޑިއާ ސަރުކާރުން ހަދާދީފައިވާ އައިޖީއެމްއެޗް މަރާމާތު ކުރުމުގެ މަސައްކަތް 2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމަޔަށް، އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެވެ. އޭރު ބުނެފައިވާ ގޮތުގައި އިންޑިއާ ސަރުކާރުގެ ނޭޝަނަލް ބިލްޑިން ކޮންސްޓްރަކްޝަން ކޯޕަރޭޝަނާ ހަވާލުކޮށްގެން ހިންގި އެ މަޝްރޫއަށް 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ހަރަދުކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ރާޖާ
15 December 2019
ތިޔައީ އިންޑިއާ މީހުން ހަދާ ތަންތަނުގެ ފެންވަރު ހުންނޭ ގޮތް. އަކްޝޭ ކުމާރުގެ ކައްޓާ މީތާ ހަމަ.
ސީލިންގު
15 December 2019
ސީލިންގުން ބައެއް ވެއްޓުނީމަވެސް އެ ރޫމް ހުސްނުކުރޭ؟
ސާމިޔާ
15 December 2019
ކޮރަޕްޝަން ހިންގޭވަރު ކުޑަވެގެން އައިޖީއެމްއެޗް ހެލްތު މިނިސްޓްރީ މެންޑޭޓުން ނަގާފައި ސީދާ ރައީސް އޮފީހުގެ ބެލުމުގެ ދަށަށް ޔާމީން ވެއްޖެވިއްޔާ.. ނިކަން ތި އައިޖީއެމްއެޗެއް އަލުން ހެލްތު މިނިސްޓްރީ މެންޑޭޓު ތެރެއަށް ވައްދާލަބަލަ.. އޭރުން އަމީން ތިތަން ހިންގާނެކަން ޔަގީނެއްނު
ކަނބިލި
15 December 2019
ތިޔައީ އިންޑިމީހުން ހަދާ ތަންތަނުގެ ފެންވަރު. ނަމަނަމަ މީހުން ދިރިއުޅޭ އިމާރާތެއް ބުރިޖުފަދަ ތަނެއް އެވެރިންނާ ހަވާލު ނު ކުރާތި
ބޭސްމަލަން
15 December 2019
10 މިލިއަން ޑޮލަރުގެ މަރާމާތެއްތަ އެ ފެނިގެން ދިއައީ؟ އިންޑިއާ މީހުން ހަދާ ތަންތަން ގަދަވާނެ. ޓާޓާ ފްލެޓްތަކުގެ ކުޑަދޮރު ބިއްލޫރިތައް ތަޅައިގެންދާހެން ވީ ކަމެއް ތިއީވެސް.
ސަންޕަ އަހަންމަދު
15 December 2019
ތިޔަބެލުން 100 އަހަރުވާންވާއިރަށް ނިމޭނެބާ؟