ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު: ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއު ކުރަން ނިންމި ނިންމުމަށް އޭނާ ވަނީ މަރުހަބާ ވިދާޅުވެފައި -- ފޮޓޯ/މިހާރު
16 ޑިސެމްބަރ 2019 - 13:42
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި އެންމެންގެ ބަންދުގެ ކަންކަން މުރާޖާކުރަން ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވި ނިންމެވުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން އިއްޔެ ވަނީ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތައް ރިވިއު ކުރަން އެދި އެ އޮފީހަށް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފަ އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުގައި "ވާނުވާ" ގައި ބައިތިއްބާފައި ތިބި އެންމެންގެ ބަންދުގެ ކަންކަން ވެސް ރިވިއުކުރާނެ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަންދުގެ ކަންކަން ރިވިއު ކުރުމަކީ ޖިނާއީ މައްސަލަތަކުގައި އަމަލުކުރާ މައިގަނޑު ސިޔާސަތުގެ ތެރޭގައި ވެސް ހިމެނޭ މުހިންމު ކަމެއް ކަމަށެވެ. އަދި ނުހައްގު ގޮތެއްގައި މިނިވަންކަން ނުހިފެހެއްޓުމުގެ ހައްގު އޭގެ ސަބަބުން ކަށަވަރު ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
I welcome the PG’s decision to include issues of remand in the PGO Review Committee's mandate. By ensuring timely review of remand cases, this step implements vital aspects of the Prosecution Directive and emboldens the right to be protected from unjust deprivation of liberty. https://t.co/7svOVIjXbi
— I.Riffath (@ibriffath) December 15, 2019
ރިފްއަތުގެ ޓްވީޓް
ޝަމީމް ވިދާޅުވެފައިވާ ގޮތުން ވާނުވާގައި ބަންދުގައި ތިބި 250 އަށް ވުރެ ގިނަ މީހުންގެ ބަންދު އެ އޮފީހުން ރިވިއުކުރާނެ އެވެ. އެކަމަކު ސީރިއަސް ތުހުމަތުގައި ބަންދުގައި ތިބި މީހުން ދޫކޮށްލަން އެދިވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީޖޭ
17 December 2019
މުޖުތަމަޢު ތެރެއަށް ބޮޑަތި ކުއްްވެރިން ދޫކުރަން ޖައްސާ އެއްޗެއް ވޯޓަށް ނުވަތަ ބަރުލަމާނީ ނިޒާމް ގެންނަން ރަށުތެރެ ހަލަބޮލި ކުރަން...ހެޔޮނުވާނެ
ދީބާ
16 December 2019
ތީ ވަރަށް ގާތް ދެމީހުން. އެހެންވީމާ އެކަކު އަނެކަކަށް ތައުރީފު ކުރުމަކީ މާބޮޑު ސިހުމެއް ލިބޭކަމެއް ނޫން.
ތާރީހުދަނޭ
16 December 2019
ރިފްއަތު ހިސާން އެންޑް ކޯ. އަދި ޝަމީމް. މިއީ މާ މޮޅު ބައެއްނޫން، އޭޖީ އޮފީހުގައި ސެކްރެޓަރީކަން ކުރިއިރު އުފެދުނު ރަށްލާޖެހި ރީނދޫ ބައިގަނޑެއް. ރިފްއަތުއަށް އޯލެވެލް އިނގިރޭސިން ލިބުނީ ޔޫއެއް، ޝަމީމްއަކީ އައިއީއެލްޓީއެސް ހަދައިގެން އިނގިރޭސިން 6.0 ވުރެ މަތިން ނުލިބު ފޭލްވި މީހެއް؛ މާ ބޮޑު ބަޔަކަށް އަމިއްލައަށް ވެގެން ޕާޓީ މެދުވެރިކޮށް މަގާމަށް އައިސް ތިއްބަސް އެއްވެސް މޮޅު ބައެއްނޫންތީ
ޑޮކްޓަރ ނާން
16 December 2019
މާތް ކަލާކޯ ތިހިރަ ފަތުރާ ދޮގު. މަވެސް އެމީހުން ދަންނަން. ކޯސްތަކުން މަތީ ވަނަތަށް ހޯދާފަ ތިބީ އެމީހުން
ފީއަލީ
16 December 2019
ތި ރިއްފަތަކީ އޭނާ ވަކާލާތު ކުރިމައްސަލަ ތަކުގައި ދައުލަތުން ގެއްލުމުގެ ބަދަލުގެ ނަމުގައި މުޅިދައުލަތް ދޮވެސާފުކުރާމީހެއް
ތާރީހުދަނޭ
16 December 2019
އޯލެވެލް އިނގިރޭސިން ޔޫ އެއް ލިބިފައި އޮތީމަ ފަހަރެއްގައި ކޭސްތަކުގައި ކިޔާ އެެއްޗެެއް ފަހުމް ނުވެދާނެ