އީރާންގެ ބޯޓުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރު ކުރި މީހުން. އެ މައްސަލައިގައި ހައްޔަރު ކުރި ދިވެހިން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނޭ. -- ފޮޓޯ: ޕޮލިސް
17 ޑިސެމްބަރ 2019 - 11:03
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ އޮކްޓޯބަރު މަހު އަތުލައިގަތް އީރާނުގެ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކުރި އެންމެ އިސް ދިވެހި މީހާ ފިޔަވައި އެހެން ދިވެހިން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އީރާނުގެ ބޯޓުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ތުހުމަތު ކުރެވޭ މައިގަނޑު މީހުން ފިޔަވައި ދެން ތިބި ހުރިހާ ދިވެހިން ދޫކޮށްލާފައިވާ ކަމަށެވެ. އެކަމަކު، އެ މައްސަލައިގައި މިހާރު ހައްޔަރުކޮށްފައި ތިބީ ކިތައް މީހުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ޑްރަގް ބޯޓުގެ މައްސަލައިގައި ފަސް ދިވެއްސަކާއި އީރާންގެ ހަ މީހަކާއި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރު ކުރި އެވެ. މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ އޭގެތެރެއިން ތިން މީހެކެވެ.
މި މައްސަލައިގައި ހައްޔަރު ކުރީ ސ. ހިތަދޫ ކޯޒީ ކޯނާ އަލީ އަންވަރު މުހައްމަދު، 35، އާއި ކ. ދިއްފުށި މާތިލަ އަހްމަދު ޝަކީބް، 42، އަދި ލ. ގަން ތުނޑި މިލާނޯ މުހައްމަދު ރިޝްފާން، 23، އެވެ. މީގެ ތެރެއިން ކުށުގެ ރެކޯޑު އޮތީ އަންވަރުގެ އެކަންޏެވެ. އެއީ ވައްކަން ކުރުމުގެ ކުށުގެ ރެކޯޑެވެ.
ޑްރަގް ހިފައިގެން އައި އީރާނު ބޯޓުގެ ކައިރިއަށް ދިޔަ "ހެދޭކުރި" ދޯނީގެ ކެޕްޓަނާއި ފަޅުވެރިން ވެސް ފުލުހުން އަތުލައިގަތެވެ. އެއީ ކ. ދިއްފުށި، އިރުމަތީގޭ އާދަމް މިސްބާހް، 39، އާއި ލ. ގަން ތުނޑި އީޓް ޖެހިގޭ މުހައްމަދު އިނާޝް، 22، އާއި ބަންގްލަދޭޝްގެ ދެ މީހެއް ކަމަށްވާ އަލީ އަހްމަދު، 24، އަދި ތުހުން، 36، އެވެ. މި މީހުންގެ ތެރެއިން އިނާޝަކީ ތޫނު ހަތިޔާރު ބޭނުންކޮޮށްގެން މާރާމާރީ ހިންގުމާއި މަސްތުވާތަކެއްޗާ ގުޅޭ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.
އީރާނުގެ ބޯޓުގައި ތިބި މީހުންނަކީ ފަކީރު، 50، އާއި އިސްމާއީލް އިބްރާހީމް، 50، އާއި ސާޖިދު، 50، އާއި ނަވިދު، 30، އާއި އީސާ ސުލައިމާން، 26، އަދި އަލީ ރާޖާ، 19، އެވެ.
އީރާނުގެ ބޯޓާއި އެ ބޯޓު ކައިރި އަށް ދިޔަ ރާއްޖޭގެ މަސް ދޯނި އަތުލައިގަތީ މިދިޔަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުގެ ރެ އެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ތިން ގޯންޏެއްގައި މަސްތުވާތަކެތި އަޅާފައި ހުއްޓާ އީރާނުގެ ބޯޓުން ފެނިފައިވާ ކަމަށެވެ. އެއީ 70 ޕެކެޓްގެ މަސްތުވާތަކެތި ކަމަށާއި އެތަކެތީގެ ބަރުދަން 70 ކިލޯ އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޮޕަރޭޝަން ގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 59.2 މިލިއަން ރުފިޔާ އަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިންމާ
18 December 2019
ކީއްވެ ދޫކޮެއް ލާންވީ އެކަމުގަި ބައިވެރި ވެއްޖެނަމަ އަދަބު އަންނަން ޖެހޭނެނު. ދޫކޮއް ލަންުޔާ ތީ ބޮޑު މައްސަލަ ތިބޭ ރަގަޅު ނެތީ!!!
ސޯމަން
18 December 2019
އެންމެހާ ކަންކަން މޮޅަށް ދެނެވޮޑިގެންވާނީ މާތްﷲއެވެ. މިގައުމުގެ ކަނޑުގެ ސަރަހައްދަށް ގަވާޢިދާ ޚިލާފަށް ވަނުމަކީ ވެސް ކުށްވެރިވާ ކަމެއްނޫނެވެ. އަމުދުން މަސްތުވާތަކެތި، ދިވެހީންނާއި ބިދޭސީން ބައިވެރިވެގެން ކިތަންމެ ވަރަކަށް ކަނޑާއި ވައިގެމަގުން ރާތާ ފައުލާ ހަންދަރުން އެތެރެކޮށް ވިޔަފާރިކޮށް މުއްސަނދިވާއިރު ކަންކަންމަތީގައާއި މަގުމެދަށް ބަޅުވެފައި ކިތަންމެ ގިނަ ޒުވާނުންނެއް ތިއްބަސް މައްސަލައަކަށް ނުވަނީތާއެވެ! ގައުމެއް ހަލާކުވާނީ މިހާކަށްވަރަށެވެ.
ކޮރަލް
18 December 2019
މިސަރުކާރުން ޓެރަރިޒމް ފިޔަވާ އިތުރު މައްސަލަ އެއް ނުބަލާ ނެއެވެ. ވައްކަން ޒިނޭ ޑްރަގް މަސާޖް ކިޔާނެ ކަމެއް ނެތެވެ.
ޑިމޮކަރަސީގެ ނަން
18 December 2019
މި މައްސަލާގެ ދިފާއީ ވަކީލުން ފުނުވީ އަނެއްކާ ހިސާނުގެ ލޯފާމުންބާ؟ އެތަންމެދުވެރިކޮށްދާ މައްސަލަ މިހާރު ވިންވަނީއޭ ޖާބިރުވެސް ވިދާޅުވި
މުރާސިލު 2
18 December 2019
މިތަކެއްޗަށް އެއަށްވުރެ މޮޅު އެއްޗެއް މިކުސް ކޮށްފަ ބޯނެމީހަކު ބޯން ދޫކޮށްލަނިކޮށް. އެބޯމީހުން ނެތިހިގައިދާނެ. އޭރުން ހަމަގައިމުވެސް ނުބޯމީހަކަށް ގެއްލުމެއް ނުވާނެ. އިންސާނީ ހައްގުތައްވެސް މި ހޯދަދޭންޖެހެނީ ބޮއެ މީހުން މަރާ މީހުންނަކަށްނޫން.
ވަހީދު
18 December 2019
ރާއްޖޭގެ ސަރަހައްދުގައި ނެތް ބޯޓެއްގެ ކައިރިއަށް ފުލުހުން ތެޔޮއަޅައިދީގެން އެދޯނި ފުނުވީ ކަމަށް ޚަބަރު އެބަ ފެތުރޭ. މިހުރީ ކުރާ ގަޅި ކަންކަން
ތުއްތޮންބެ
17 December 2019
ދިވެހިން ދިވެހިންގެގޮތުގާ
ވަންނަ
17 December 2019
ދެން ހަކުރު ގިނަ ވޭ!
މާސްޓަރު
17 December 2019
70 ކިލޯގެ ޑުރަގު، ކުށްވެރިވާމީހަކުނެތް؟ ރައްޔިތުންނަށް މުޅިން އެހެން ފިލްމެއްދައްކައިގެންތިބެ ސަރުކާރުން ގައުމު ހަލާކުކުރަނީ.
ޓެކޭ
17 December 2019
ތިޔަ ވާނީ އަދި ރަނގަޅަށް ކަށި ހަރު ނުވަނީ ކަމަށް...