ލ. ގަން ޕޮލިސް ސްޓޭޝަން: ގެއަކަށް ވަދެ ޖިންސީ ގޯނާ ކުރަން އުޅުނު ދެ މީހަކު ވަނީ ރޭ ހައްޔަރުކޮށްފައި--
17 ޑިސެމްބަރ 2019 - 12:16
ލ. ގަމުގައި ގެ އަކަށް ވަދެ، އެ ގޭގައި ދިރިއުޅޭ ދެ އަންހެނަކާ ގަދަކަމުން ބެހެން އުޅުނު ކަމުގެ ތުހުމަތަށް ދެ ފިރިހެނަކު ރޭ ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ގަމު، ތުނޑީ އަވަށުގައި ހުރި ގެއަކަށް ރޭ ދަންވަރު 2:30 ހާއިރު ވަދެ، އެ ގޭގައި ދިރިއުޅޭ ދެ އަންހެނަކަށް ބިރު ދައްކައިގެން ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ އުމުރުން 28 އަހަރާއި 29 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ބުނެ އެވެ. އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ގޭތެރޭގައި ތިއްބާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ބުނުން ފިޔަވައި އެއްވެސް ތަފްސީލެއް ފުލުހުން އަދިއެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މމަޑުކަށި
18 December 2019
މިއީ މަޑުކަށި ފިކުރު. ނުރައްކަލެއް ނޯންނާނެ. ތި ފިކުރުގެ މީހުންނަކީ މުޖުތަމައު ބިނާކުރަން ކޮންމެހެންވެސް ބޭނުންވާ ބައެއް. ލޮލް
ކަކުނިބޯ
18 December 2019
ތީގައި މަށަކަށް ހިޔެއްނުވޭ ތިޔަ މައްސަލަޔަކީ ހަޤީޤީ މައްސަލަކަމަކަށް ލ އިން އަންހެނުންނުލިބިގެން ތިޔަހިސާބަށް ދާންޖިހޭނެކަމަކަށް ނުވިސްނޭ ހާއްސަކޮށް 28، 29 އަހަރުގެ މީހުންނަށް
ބަކުރު އެންޑް ޒައިނަބް
17 December 2019
ތިއީބޮލަށް ކޮށި އަރައިގެން އުޅޭ ބައެއްތަ!
ދޮންމަނިކު
17 December 2019
25 އަހަރު ދުވަހައް ޖަލައްލާ .... ނޫނީ ދެވަނަ ފުރުސަތުގައި ރޭޕު ކުރުމައް ފަހު އަންދާލަން ވެސް ފަހަކައް ނުޖެހޭނެ .... ކޮބާތަ ރައްކާތެރިކަން އާދޭސްކޮއްފަ މިބުނަނީ ޖަލުހުކުން 20 އަހައްވުރެ މަދު ނުކުރާތި ....
ދިވެހި އަންހެނާ
17 December 2019
ގޭގެ ތެރޭގަ ތިއްބާ ވެސް މިތިބަ އައިސް ބެހެނީ. ރައްކާތެރިކަމެއް ނެތް، ބޭރުގަ ވެސް، އެތެރޭގަ ވެސް.
ސަމާލ
17 December 2019
މަޑުކަށީގެވެސް އެންމެ މަޑުކަށީގެ ވައްތަރު، ހަމަހިފާލިޔަސް ބިންދައިގެންދާނީ ،
ގޯސް
17 December 2019
މިއީ ކިހާބިރުވެރި ސީރިއަސް މައްދަލަތައް. މާދަމާ ދޫކޮށްލާނެ.
މަހާރާޖާ
17 December 2019
ތިހެން ބެހެން ޖެހޭތަ. ބެހޭ ހިތްވަންޏާ އުޅަދެއްގައި ކަނޑަށް ނުކުމެ އިންޖީނު ނިވާލައިގެން ތިބެބަލަ.
ލިބާސް
17 December 2019
ސަރުކާރުން ދުވަނީ ދީން ފަހަތުން. މިކަހަލަ ވަހުށީންގެ ވާހަކަ ފޮރުވައިގެން އުޅެނީ.
ދީނަށްލޯބިކުރޭ
17 December 2019
ސީރިޔާގައި ހަރުކަށިވިސްނުމުގެ ކިތައްފިރިހެނުން މިފަދަ ކުށްކޮށްފައިވޭ. އެމީހުން ޤަބޫލުކުރާގޮތުގައި އެހެންމީހުންގެ މުދަލާ ފުރާނަ އެއީ މިވިސްނުމުމުގެ ހައްޤުވާއެއްޗެއް.
ބިގަރު
17 December 2019
ބަލަ ސީރިއާގެ ބައެއްތަ ލ.ގަމަކީ. ކޮން ސީރިއާ ބުރުންޑީއެއް މަޑަގަސްކަރައެއްތަ. މިއުޅެނީ ގެއިންބޭރަށް ނުނިކުމެވިގެނޭ، އެނބުރި އަންނައިރު ހުންނަނީ ހަތަރު ފާރޭ.
ޝާން
17 December 2019
ކޮންމެހެން ގަދަކަމުން ކުރަންޖެހޭ ކަމެއްތަ ތީ؟ ބައިވަރު އަންހެނުން އެބަތިބި. އިނދެގެން ތިކަންކުރީމަ ނިމުނީނު.