17 ޑިސެމްބަރ 2019 - 18:12
މަސައްކަތްތެރިންގެ ހައްގު ހޯދުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމި ޖަމިއްޔާ، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އަށް ގަރުނެއް ފުރުން ރާއްޖެއިން ފާހަގަކޮށްފި އެވެ.
އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މި ހަފްލާ ފެއްޓެވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރު ސިމިރިން ސިންގް ވަނީ އައިއެލްއޯ އާއި ރާއްޖޭގެ ދިދަ ނަންގަވައިފަ އެވެ.
އައިއެލްއޯ އަށް 100 އަހަރު ފުރިފައިވާއިރު ރާއްޖެ އާއި އައިއެލްއޯގެ ގުޅުމަށް މިވަނީ 10 އަހަރު ފުރިފަ އެވެ. އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރު ސިމިރިން ސިންގް ވިދާޅުވީ އައިއެލްއޯ އާއި ރާއްޖޭގެ ގުޅުމަށް ގިނަ ދުވަތަކެއް ވެފައިވާއިރު މަސައްކަތްތެރިންގެ ހައްގުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގައި ބައިވެރިވުމަކީ އެ ޖަމިއްޔާ އަށް ލިބޭ އުފަލެއް ކަމަށެވެ. އަދި މިނިމަމް ވޭޖް ފަދަ މުހިންމު ކަންކަމުގައި ސަރުކާރުން އެ ޖަމިއްޔާގެ ލަފާ ހޯދުމަކީ މަސައްކަތްތެރިން ކުރިއަރުވަން ސަރުކާރުން ކުރާ މަސައްކަތް ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައިއެލްއޯއަށް ގަރުނެއް ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެ ޖަމިއްޔާގެ ކަންޓްރީ ޑިރެކްޓަރު ދިދަ އަރުވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައެޅުމަށް އައިއެލްއޯގެ ލަފާ ސަރުކާރުން ހޯދާފައިވާއިރު އެ ޖަމިއްޔާއިން ހޯދި ހޯދުންތަކުގެ ރިޕޯޓު މިހާރު ވަނީ އިކޮނޮމިކް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. ރާއްޖޭގެ މަސައްކަތްތެރިން ކުރިއަރުވަން އިތުރަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މިއަދު އައިއެލްއޯ އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ވެސް ވަނީ ސޮއި ކޮށްފަ އެވެ.
މިއަދުގެ ހަފްލާގައި އައިއެލްއޯއަށް ގަރުނެއް ފުރުން ފާހަގަކުރުމަށް ހާއްސަ ސިއްކަ އެއްވެސް ސަރުކާރުން ވަނީ އައިއެލްއޯއަށް އަރުވާފަ އެވެ. މި ސިއްކަ އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރާ ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަަހމ
18 December 2019
އައި އެލް އޯ ޢޭ ކިޔާއިރު ރާއްޖޭގެ މަސައްކަތްތެރިން ހަނާވަނީ. އައިއެލްއޯގެ އެއްވެސް މުއާހަދާއެއްގަ ބުނާގޮތައް އެއްވެސް ކަމެއްނުވޭ. ބައިސްކަލް ބުރުގަ އައިއެލްއޯގެ ޝިޔާރުތައް ޖެހި ބެނާތައް ހިފައިގެން މަސްކަތްތެރިންގެ ޖަމިއްޔާތަކުން ނިކުތީމަ ސަރުކާރު ބިރުގަނެއޖެ. މީހަމަ އެޅުވި އަނދުނެއް
ކަކުނިބޯ
18 December 2019
ތިޔަ ބާގަ ޑަކީ ޔޫރަޕްމީހުންނަށް ރަނގަޅުގޮތް ހޯދަދޭން އުޅޭބައިގަ ޑެއް ރާއްޖޭއިން ސީމެނުން ފޮހެލީ ތިޔަބާގަ ޑުގެ މަސައްކަތުން
ގަމާރުމީހާ
18 December 2019
މީގެ އެތައް އަހަރެއް ކުރިން މުސްލިމުން ވަނީ ތިކަން ކޮށްފަ
އޮނަރަބްލް އަފީފު ދީދީ
17 December 2019
މޮރިޝެސްއާއި ތައިލެންޑް އަދި ސޭޝެލްއާއި އިންޑިޔާފަދަ ޤައުމުތަކުގައި އެޤައުމުގެ ޤުދުރަތީވަސީލަތްބޭނުންކޮށްގެންކުރާވިޔަފާރިއާއި ޑިއުޓީފުރީފަދައިނާޔަތްދީގެންކުރާވިޔަފާރިތަކުން ކުރާންލާޒިމްކުރާކަންކަންހުރޭ. # މިސާލަކަށް ބައެއްޤައުމުތަކުގައި ޑިޕާޓްމަންޓްތަކުގެހެޑުންނަށް ބިދޭސިންތިބުންމަނާކޮށްފައިވާއިރު ބައެއްޤައުމުތަކުގައި ބިދޭސީއަކަށް ވޯކްވީސާދޫކުރަނީ އެޤައުމުގެއިތުރު 2 މީހުނަށް ވަޒީފާދިނުމުން. އަދި ވޭޖަސްގެ %85 ޤައުމުގެ މީހުނަށް ދޭންވެސް މަޖުބޫރު.