ޒުވާނުންގެ ދުވަސް ފާހަގަކުރަން މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވި ޒުވާނުންތަކެއް: އަންނަ އަހަރުން ފެށިގެން ޒުވާނުންގެ ދުވަސް ފާހަގަކުރާނީ އޮކްޓޫބަރު 22 ވަނަ ދުވަހު.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
17 ޑިސެމްބަރ 2019 - 18:41
ޒުވާނުންގެ ދުވަސް، އޮކްޓޫބަރު 22 ވަނަ ދުވަހު ފާހަގަކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
އެމަނިކުފާނު އެގޮތަށް ނިންމެވީ، ޒުވާނުންގެ ދުވަސް ފާހަގަކުރާނެ ތާރީހަކާ ގުޅޭގޮތުން ކެބިނެޓުން ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ. މި ފަހުން ޒުވާނުންގެ ދުވަސް ފާހަގަކޮށްފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވި ތާރީހު ކަމުގައިވާ ނޮވެމްބަރު 17ގަ އެވެ.
ޒުވާނުންގެ ދުވަސް ފާހަގަކުރަން ނިންމި އޮކްޓޫބަރު 22 ވަނަ ދުވަހަކީ، އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އިންތިޚާބުތަކާއި ވޯޓު ދިނުމާއި އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގު ލިބުނު ދުވަހެވެ.
ކެބިނެޓުގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ބޭފުޅުން ވަނީ، ވޯޓު ދިނުމުގެ ހައްގާއި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ހައްގަކީ ޒުވާނުންނަށް ލިބިފައިވާ ވަރަށް މުހިއްމު ހައްގެއްކަން ފާހަގަކުރައްވައިފަ އެވެ. އެހެންވެ ޒުވާނުންގެ ދުވަސް ފާހަގަކުރަން އެންމެ އެކަށީގެންވަނީ، ވޯޓުލުމާއި އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު 18 އަހަރުން މަތީގެ މީހުންނަށް ފަހިވެގެން ދިޔަ ދުވަސްކަމަށް އެ ބޭފުޅުން ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޒުވާނުންގެ ދުވަސް ފާހަގަކޮށްފައިވަނީ މާޗް 1، 1992 ގަ އެވެ. އޭގެ ފަހުން ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓް 12 ވަނަ ދުވަހު ވެސް ރާއްޖޭގައި ޒުވާނުންގެ ދުވަސް ފާހަގަކޮށްފައި ވެ އެވެ.
އަންނަ އަހަރުން ފެށިގެން ޒުވާނުންގެ ދުވަހަކީ އޮކްޓޫބަރު 22 ވަނަ ދުވަސް ކަމަށް ސަރުކާރުން ހަމަޖެއްސުމާ ގުޅިގެން، އެ ދުވަސް ކުލަ ގަދަ ގޮތެއްގައި ފާހަގަކުރަން ހާއްސަ ޕްރޮގްރާމްތާކެއް ހިންގަން ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްލާ
18 December 2019
ކުރިމަތީގައި ވާ ހަމަކަން ގާއްގަޑަކައް 1978 އަަރުން ފެށިގެން ވަނީ މަހުރޫމް ކޮއްފައި މިހާރުވެސް ސަރުކާރުތަކުން މިދަނީ އެކަން ސަގާފީ ކަމަކައް ހަދާ އާލަކުރަމުން ރައްރަށުގައި ޒުވާނުންނައް ގެދޮރު އަޅަން ބަންޑާރަ ބިން ދޫކުރޭ މިމާލޭގެ ޒުވާނުންނައް ނުލިބޭ ނަސްލީއިމްތިޔާޒެއްނޫންތޯ ވޯޓްލާންވީމަ މާލޭގެ ޒުވާނާ ލޮބުވެތި ވޯޓްލާނިމުނީމާ ކުންޏައްވުރެވެސް އަގުދައް ކުނިއަޅަން ކިތައް ކޮށި މާލޭގައޮވޭ ދެން ކޮންޒުވާނުންގެ ދުވަހެއް ނުގަނެވިގެންތޯ މިއުޅުއްވަނީ
އަންޑާޕޫލްމާ
17 December 2019
ތިދުވަސް ފާހަގަކުރާނެކަމެއްނެތް. ޒުވާނުންނަށް ރިސޯޓު ވަޒީފާތައް ބަންގާޅީންނާ އިންޑިޔާނުން ބޭރުކޮށް ރުޖޫއަކޮށްދީ. ތި ދުވަސް ފާހަގަކޮށްގެން ހިތަަކަށް އެއްވެސް ފިނިކަމެއްނުލިބޭ.
އޮނަރަބްލް އަފީފު ދީދީ
17 December 2019
ޢަހަރުގެ 365 ދުވަހަކީވެސް ކޮންމެވެސް ދުވޙަކަށްހަދާ. ތިހުރިހާ ކަމަކީ ދަައުލަތުގެޙަޒާނާއާއި ހިދުމަތެއްކަމެއްކޮށްނުދީ އަހަރުމެންއަތުންނަގާ ޓެކްސްފައިސާ ތިރަށަށް ތަޅާބުރުއްސާންކުރާކަންކަން. # ތިހުރިހާ ދުވަސް ފާހަނގަނުކޮށް މިއޮތްބޮޑު އާބާދީއަށް ސާފުބޯފެނާއި ނަރުދަމާގެ ހިދުމަތް ދީބަލަ. ނުވަތަ ތިމާމެނަށް މިކަންކަން ނުވޭނެއޭބުނެ "އެހެންގޮތެއް ހޯދުމަށް" އަހަރުމެންގެ އަތްމައްޗަށް ދޫކޮށްލަބަލަ.