ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިއާސީ ކެމްޕޭނު ތެރޭގައި ސަޕޯޓަރުންނާ އެކު ސެލްފީއެއް ނަންގަވަނީ. -- ފޮޓޯ: މިހާރު
ގައުމު ހިންގަން ތިބި ބަޔަކީ ޒުވާނުން ކަމަށާއި ގައުމުގެ ނިންމުންތައް ނިންމާއިރު ޒުވާނުންގެ ބައިވެރިވުން މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޒުވާނުންގެ ގާބިލްކަން އިތުރުކުރުމަށް އެ މީހުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. ރައީސް ވިދާޅުވީ ގައުމުގެ ކުރިއެރުމުގައި ޒުވާނުންގެ ދައުރު މިހިންމު ކަމަށާއި ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުން މުހިންމު ކަމަށެވެ.
My best wishes to young people across the Maldives on National Youth Day. Our youth are the drivers of our nation. Our duty is to unlock their full potential by providing them opportunities and including their say in deciding the future of our community.
— Ibrahim Mohamed Solih (@ibusolih) October 22, 2020
މި އަހަރު ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ޔޫތު މިނިސްޓްރީން ވަނީ ޔޫތު ކޭމްޕެއް ފަށައިފަ އެވެ. ކޭމްޕު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ މި ސަރުކާރުން ހަމަހަމަކޮށް ޒުވާނުންނަށް އިސްކަންދޭ ކަމަށެވެ. އެގޮތުން ޒުވާނުންނަށް ދިމާވާ މައްސަލަތަކާއި ދަތިތައް ހޯދައި އެކަންކަން ހައްލުކުރުމަށް ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދާ ކަމަށް ވެސް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ މިހާތަނަށް ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވިޔަސް އަދިވެސް ހައްލުކުރަން ޖެހޭ މައްސަލަތަކާއި އިސްލާހުކުރަން ޖެހޭ ކަންކަން ވެސް އެބަހުރި ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް ޒުވާނުންގެ ހިޔާލާއި މަޝްވަރާ ބަލައިގަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިފަދަ ކަންތަކުގައި ހިޔާލު ފާޅުކޮށް ހަދާއިރު އެފަދަ މައްސަލަތަކަށް ހައްލު ދައްކައިދިނުމަކީ ވެސް ޒުވާނުންގެ ކިބައިން އަޅުގަނޑު މިއަދު އެދޭ އެދުމެއް،" މަހްލޫފް ވިދާޅުވި އެވެ.
މީގެ އިތުރަށް މަހްލޫފް ވަނީ ނުބައި އާދަތައް ދޫކޮށް ޒުވާނުންނަކީ މުޖުތަމައު ބަލައިގަންނަ ބަޔަކަށް ވުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. ކޮންމެ ކަމެއް ކުރާ އިރު ވެސް ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި އެކަންކަން ގިރާކޮށް ހިތްވަރާއި އެކު މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް ފުރުސަތުތައް ލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
މޫސަ123
23 October 2020
ހަދީސް ބަސްފުޅެއްގެ މާނައިގައޮވޭ މުނާފިގުންގެ އަލާމާތް 1 ވާހަކައެއް ދައްކައިފިނަމަ ދޮގުހެދުން 2 ވައުދު ވެ އެއަށް ޚިލާފުވުން އަމާނާތެއް ހަވާލުކުރެވިއްޖެނަމަ އެއަށް ޚިޔާނާތްތެރިވުން. މީގެން ކޮން އަލާމާތެއްތޯ ނެތީ މަނިކުފާނުގައިގަ.
ޖެހޭނެއޭ
22 October 2020
ގައުމުގެ ނިންމުންތަކުގައި ޒުވާނުންގެ ހިޔާލު މުހިންމު ކަމަށް ރައީސް އިބޫ ވިދާޅުވިނަމަވެސް އެކަން މަމެން ގަބޫލެއް ނުކުރާނަމޭ ގައުމުގެ ހުރިހާ ނިންމުންތަކުގައި ހުރިހާ އުމުރު ފުރައެއްގެ ރައްޔިތުންގެ ޚިޔާލު ބޭނުންވާނެއޭ ޒުވާނުންނަށް އިނގޭނީ ކޯއްޗެއްތޭ އެމެންގެ ހުންނާނީ ދުނިޔޭގެ ކޮން ތަޖްރިބާ އެއްތޭ ޑިސިޝަން މޭކް ކުރުމުގައި ތަޖްރިބާ ހުރި މީހުންގެ ތަޖްރިބާ ބޭނުން ކުރުމުން އެނެގޭ ޑިސިޝަންސް ތަކަކީ އޮށްޓަރު ހުރި ޑިސިޝަންސް ތަަކަށް ވާނެއޭ މިކަން ދަންނަން
މާކުން
22 October 2020
ތަންކޮޅެއް ދުވަސް ވީ މީހުންގެ ޚިޔާލް މާ މުހިއްމު ވީމާ ނޫންތޯ 65 އަހަރުން މަތީ މީހުން އިނާ ސާރކަލްއަށް ތިޔަ ލައްވަނީ، މަނިކުފާނުގެ ބޯކޮޅު މިހާރު މާކސ ހަމަޖެހޭ ކަމަކަށް ގަބޫލެއް ނުކުރެވޭ.
މުރާސިލް
22 October 2020
ރައީސެވެ. މަނިކުފާނު ވަށްބަހުން ޒުވާނުންނަށް މަލާމާތް ނުކުރައްވާށެވެ. ހެލްތް މިނިސްޓަރަކަށް ޒުވާނަކު ހުންނަވާ އިސްތިޢުފާ ދެއްވުމުން، މިއަދު ހެލްތް މިނިސްޓަރު ކަން 65 އަހަރުން މަތީގެ ބޭފުޅަކަށް ތިޔަ ދެއްވީ ޤައުމުގެ ނިންމުންތަކުގައި ޒުވާނުންގެ ޚިޔާލު މުހިއްމުވީމަ ހެއްޔެވެ؟ ޒުވާނުންގެ ވާހަކަ ދައްކަވަން މަނިކުފާނު ލަދުވެތި ވާން ޖެހެއެވެ.
އެލިފަންޓްކަންފަތް
22 October 2020
ޒުވާނުން އެދެނީ އިބޫ އިސްތިޔުފާދީފަ ފައިސަލް ނަސީމާ ގައުމު ހަވާލު ކޮއްފަ ފައިބަން އިވިއްޖެ
ވިސްނާލުމަށް އެދެމޭ
22 October 2020
ޒުވާނުންގެ ދުވަހުގެ މުނާސަބަތުގަ 80އަހަރަށްދާ ޒުވާނެ ހެލްތްމިނިސްޓަރަ ކަށް....މުހިއްމުވަރު ސާފުވޭ...ދައް ކާ ވާހަ ކައިގެ ދެ ކޮޅުޖެހޭވަރު...އަތްޖަހަ އަތްޖަހަ އަތްޖަހާ...
ކުދޭ2
22 October 2020
އެވެސް ދާއިރާގެ އެއްވެސް އިލްމެއް، ތަޖުރިބާއެއްވެސް ނެތްމީހެއް.
ފަހުދު
22 October 2020
ޒުވާނުން ބޭނުންވަނީ ބަދަލެއް
ދެރަ
22 October 2020
ރައީސް މިއަދުވެސް ޒުވާނަކަށް މިނިސްޓަރުކަން ތިޔަދެއްވީއުތަ? ރައީސް ޒުވާނުންގެ އަޑުއަހާނަމަ އިންޑިޔާ ބޭރުކޮށް ކޮމެޕެނީތައް ހިންގަން ބިދޭސީ ކުންފުނިތަކާ ހަވާލުނުކުރައްވާ. އަދި ގުޅީފަޅު ވިއްކާނުލައްވާ
ޕޫބެއަރ
22 October 2020
އިންޑިއާ ފިޔަވާ އިތުރު އެއްވެސް ބައެއްގެ ހިޔާލު އެބަ ހޯއްދަވަމުތޯ؟
ރާއްޖެ
22 October 2020
ގައުމުގެ ބޮޑެތި ހުރިހާ ނިންމުމެއް މޮދީ ބުނާ ގޮތަކަށް ނިމެނީ.