"މޯލްޑިވިއަން އައިޑޮލް 2" ގެ ޖަޖުންނަކީ ކިޑީ އާއި ކުޑަ އިއްބެގެ އިތުރުން އަލަށް ޖަޖުންގެ ޕެނަލާ ގުޅުނު އައްފާން.
!މޯލްޑިވިއަން އައިޑޮލް "2" ގެ އޮޑިޝަން މި މަހުގެ 8 ގައި އައްޑޫގައި ފަށާނެ.
02 އޮކްޓޯބަރ 2016 - 01:16
ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޝޯ "މޯލްޑިވިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަން ކާމިޔާބުކަމާ އެކު، މި އަހަރުގެ ކުރީކޮޅު ނިންމައިލުމަށް ފަހު، އެ ޝޯގެ ދެވަނަ ސީޒަން ރޭ ލޯންޗްކޮށްފި އެވެ.
ދަރުބާރު ގޭގައި ރޭ ބޭއްވި ކުލަ ގަދަ ރަސްމިއްޔާތުގައި "މޯލްޑިވިއަން އައިޑޮލް" ސީޒަން ދޭއް ލޯންޗްކޮށް ދެއްޕީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެއާމަން އިބްރާހިމް އުމަރު މަނިކެވެ.
މުބާރާތުގެ ޓްރޮފީ މަނިކާ ހަވާލުކޮށް ދިނީ "މޯލްޑިވިއަން އައިޑޮލް" ސީޒަން އެކެއް ކާމިޔާބު ކުރި ލައިޝާ ޖުނައިދެވެ.
ރޭގެ ހަފުލާގައި އޮޑިޝަން ބާއްވާނެ ސަރަހައްދުތަކާއި ޖަޖުންނާއި މުބާރާތުގެ ޕްރެޒެންޓަރުން ވެސް ދައްކާލައި، އެ މީހުންނާ ވަނީ އެގްރިމަންޓް ހަވާލުކޮށްފަ އެވެ.
"މޯލްޑިވިއަން އައިޑޮލް 2" ގެ ޖަޖުންގެ ތެރޭގައި މި ފަހަރު ވެސް ކުރީ ސީޒަންގެ ދެ ޖަޖުން ހިމެނެ އެވެ. އެއީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މަރިޔަމް އުނޫޝާ (ކިޑީ) އެވެ. ތިން ޖަޖުން ހިމެނޭ ޕެނަލުން އަހުމަދު އިބްރާހީމް (އައްމަޑޭ) ބާކީކޮށް، ޕެނަލާ މި ފަހަރު ގުޅުނީ އަރައަމުން ޒުވާން ލަވަ ކިޔުންތެރިޔާ އިސްމާއީލް އައްފާނެވެ.
"މޯލްޑިވިއަން އައިޑޮލް 2" ގެ ތިން ޖަޖުން.
ދިރާގުން މި ފަހަރު ވެސް ޓައިޓްލް ސްޕޮންސަރުކަން ނަގާފައިވާ "މޯލްޑިވިއަން އައިޑޮލް 2" ގެ ޕްރެޒެންޓަރުންނަކީ ކުރީ ސީޒަންގެ ވެސް ޕްރެޒެންޓަރު މޫސާ ވަސީމާއި މި ފަހަރު އަލަށް ގުޅުނު މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ލަމްހާ ލަތީފް (ލަމް) އެވެ.
ސީޒަން އެކެއްގައި ވަސީމާ އެކު ޕްރެޒެންޓް ކުރީ މަރިޔަމް މައުރީނެވެ.
ޕީއެސްއެމުން ބުމި ގޮތުގައި "މޯލްޑިވިއަން އައިޑޮލް 2" ގެ އޮޑިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް ވަނީ އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
"މޯލްޑިވިއަން އައިޑޮލް 2" ގެ ދެ ޕްރެޒެންޓަރުން.
މި ފަހަރު ވެސް އޮޑިޝަން ފަށާނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގަ އެވެ. އައްޑޫގައި މި މަހުގެ 8 ގައި އޮޑިޝަން ފަށާނެ އެވެ.
ދެން އޮޑިޝަންތައް ކުރިއަށް ދާނީ މާލެ އާއި ބ. އޭދަފުއްޓާއި ލ. ގަމާއި ހދ. ކުޅުދުއްފުށީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯގޯސް
20 October 2016
ޖަޖުންނަށް ހަރުދަނާ ގަދަރުކުރެވޭފަދަ ލަވަ ކިޔުންތެރިން ލުން ރަނގަޅު
ޢަހްމަދު
13 October 2016
ވަރަށް ދެރަވި ފުވައްމުލަކުގައި ނޯންނާތީވެ
ބިލަމަގު
02 October 2016
ދެން ޓީވީ ޕްރެޒެންޓަރުންނަކީ ބަލާލަން ރީތި ބުރުސޫރައެއްގެ ބަޔަކަށް ވާނެޖެހޭ ކަމަށް ގަބޫލުކުރެވޭ
ކައުސަރު
02 October 2016
މި ފަދަ އިންޓަނޭޝަނަލް ޝޯ ތަކުގެ މަލަ މައްޗަކީ ޝޯގެ ޕުރެޒެންޓަރުން، މިފަދަ ޝޯތަކުގެ ޕުރެޒެންޓަރުން ވާންޖެހެނީ ދިވެހި ބަހަށް ފަރިތަ އަދި އިނގިރޭސިބަހުންވެސް ޝޯ ހޯސްޓުކުރެވޭ ފެންވަރުގެ ބަޔަކަށް " ނެކްސްޓު ވީހެވް އަބީޖީތް" " ތެންކިޔު އަބީޖީތް، ނައިސް ސޯންގު" މި މިދިޔަ ސީޒަން ހޯސްޓުކުރި ދެ ޕުރެޒެންޓަތުންަށް ހަމަ އެކަނި އިނގިރޭސިން ބުނަން އެނގުނު ޖުމަލަތަށް،ދެން މި ފަހަރުގެ ޕުރެޒެންޓަރުންގެ ވާހަކަ، އަޅާ ހެދުމާ މީހާގެ ރޫފައަށް ވިސްނާގެން ނޫން ގޮތަކަށް ޝޯތަށް ގެނެސްދޭން ވެއްޖެނަމަ، ލަދެއްގަ ބެދުން ވަރަށް ގާތް
އަލިބެ
02 October 2016
ސަޅި ، ލަމްހާ އެކޯ....ހަހަަަަ
ޢިލާން އަޒޫ
02 October 2016
ޝޫޓިންތަށް ފެށުމުގެ ކުރިން ޒުންބާ ޖައްސަން ފެނޭ، ޕުރެޒެންޓާރުންނަށް
ހަސަނާ
02 October 2016
ކޮން އައިޑޮލް އެއް އަގަޔާ އަތާ ދިމާ ނުވެގެން އުޅޭ އިރު
ހެހެހެހެ
02 October 2016
ދެން ހަނާވާ ރައްޔިތުންވެސް މީގެ އަވާގަ ޖެހިފަ ތިބޭނީ.
ކެކެކެކެ
03 October 2016
މާނައަކީ ހަނާ ނުވަނީއޭ!