ރެޑްވޭވުން ތައާރަފު ކުރި ޝާޕް ބްރޭންޑްގެ އޭސީތަކެއް--ފޮޓޯ: ރެޑް ވޭވް
22 ޑިސެމްބަރ 2019 - 12:13
ދިވެހިންގެ ތެރޭގައި މަގުބޫލު ބްރޭންޑެއް ކަމަށްވާ "ޝާޕް' އައިސް އަލަމާރި އާއި ދޮންނަ މެޝިން އަދި އޭސީ، ރެޑް ވޭވުން ރާއްޖެ އަށް ތައާރަފު ކޮށްފި އެވެ.
މީގެ ތެރެއިން އޭސީ އާއި އައިސް އަލަމާރި އަކީ ޖަޕާނުގެ ޓެކްނޮލޮޖީ "ޖޭ-ޓެކް" އިންވާޓަރު ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ތަކެއްޗެވެ. މި ޓެކްނޮލޮޖީގެ ސަބަބުން 77 ޕަސެންޓް ހަކަތަ ސަލާމަތް ކޮށްދޭއިރު 50 ޕަސެންޓަށް ހަރަދު ވެސް ކުޑަވެ އެވެ.
ޝާޕް ބްރޭންޑުގެ އައިސް އަލަމާރީގައި ހިމެނޭ "އޭޖީ ޕްލަސް ނެނޯ ޑިއިޑޮރައިޒާ" އަކީ ވެސް ފާހަގަކޮށްލެވޭ ޓެކްނޮލޮޖީ އެކެވެ. މި ޓެކްނޮލޮޖީގެ ސަބަބުން އައިސް އަލަމާރީގައި ހުންނަ ބެކްޓީރިއާ އާއި ވަސް ނައްތައިލަދީ، ކާ އެއްޗެހި ތާޒާކަންމަތީ ބެހެއްޓޭނެ އެވެ. ރެޑް ވޭވުން މިހާރު ލިބެން ހުންނާނީ މި ބްރޭންޑުގެ ކުދި އައިސް އަލަމާރި އެވެ.
ރެޑްވޭވުން ވިއްކާ ޝާޕް އައިސްއަލަމާރިތަކެއް-- ފޮޓޯ: ރެޑް ވޭވް
ޝާޕް އޭސީގެ ދެ ރޭންޖެއް ރެޑްވޭވުން ވަނީ ތައާރަފު ކޮށްފަ އެވެ. މި އޭސީގައި ހިމެނޭ ޖަޕާނުން ދުނިޔެ އަށް އިންގިލާބް ގެނެސްދީފައިވާ، "ޕްލާޒްމާކުލަސްޓާ އިއޯން ޓެކްނޮލޮޖީ" އަކީ ވައިގެ ތެރޭގައި ހުންނަ 99 ޕަސެންޓް ބެކްޓީރިއާ އާއި އެލާޖީ މެދުވެރި ކުރުވާ ފަދަ ހިރަފުހުގެ 97 ޕަސެންޓް ނައްތައިލަދޭ ޓެކްނޮލޮޖީ އެކެވެ. އަދި ވައިގެ ތެރެއަށް މި އޭސީތަކުން ދޫކޮށްލާ "އިއޯން"ގެ ސަބަބުން ވަޔަށް އިތުރު ތާޒާކަމެއް ގެނެސްދެ އެވެ. މި ޓެކްނޮލޮޖީ ހިމެނޭ އައިސް އަލަމާރި ވެސް ތައާރަފް ކުރާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.
މީގެ އިތުރުން ޝާޕް އޭސީގައިވާ ބާރުގަދަ ޖެޓްގެ ސަބަބަން ވަރަށް އަވަހަށް ފިނިކޮށްދިނުމުގެ ގާބިލްކަން ލިބިފައިވެ އެވެ. މި އޭސީން، އެންމެ ދަށް ޓެމްޕަރޭޗަރު ކަމަށްވާ 14 ޑިގްރީ ސެލްސިއަސް އަށް ފިނިކޮށްދޭން އެވެ.
ޝާޕްގެ އުފެއްދުންތައް ރެޑްވޭވުން ލިބޭނީ ސާވިސް ވޮރަންޓީއާ އެކުގަ އެވެ. އަދި އާދަޔާ ޚިލާފަށް އަގު ހެޔޮވާނެ ކަމަށް ރެޑް ވޭވުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭސީ މީހާ
22 December 2019
އަދި ވައިގެ ތެރެއަށް މި އޭސީތަކުން ދޫކޮށްލާ "އިއޯން"ގެ ސަބަބުން ވަޔަށް އިތުރު ތާޒާކަމެއް ގެނެސްދެ އެވެ. މި އޭސީ ހުންނާނީ ފޫގޮއްސަބާ.
ދޮންބޭ
22 December 2019
ސާޕު އޭސީ ބޭނުން ކުރާތާ 7 އަހަރު ވީ އިރު އަދި މައްސަލަ އެއް ނުޖެހޭ! ހަމަ ބްރިލިއަންޓް!
ާކޮލެޖު ބޯއި
22 December 2019
އެހެންވީމާ މާކުރިން ތަޢާރަފުކޮށްފަ އޮތް އެއްޗެއް އަލުން ތަޢާރަފުކުރީއޭ އެބުނަނީ ކީއްވެބާ؟
ޔޯމީ
22 December 2019
ނައިސް..