ޖޭއެސްސީގެ މެމްބަރުކަމުގެ ލިޔުން ފަނޑިޔާރު ޝުޖޫނާ ހަވާލު ކުރައްވަނީ: ޖޭއެސްސީގެ މެމްބަރު ކަމަށް އޭނާ ވަނީ އައްޔަން ކުރައްވާފައި -- ފޮޓޯ/ރައީސް އޮފީސް
22 ޑިސެމްބަރ 2019 - 12:38
ސުޕްރީމް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީީ) އަށް ކަނޑައަޅާ މެމްބަރު ކަމަށް އެ ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރުގެ މަގާމަށް ފަނޑިޔާރު ޝުޖޫން އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ފަނޑިޔާރު އަބްދުﷲ އަރީފް ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވުމުން އެ މަގާމު ހުސްވުމުންނެވެ. އެ މަގާމަށް ބޭފުޅުން ކަނޑައަޅާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަނޑިޔާރު ޝުޖޫން ވަނީ ޖޭއެސްސީގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފަ އެވެ. އޭނާއަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.
އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި ލިޔުން ފަނޑިޔާރު ޝުޖޫނަށް އަރުވައިފަ އެވެ.
ފަނޑިޔާރު ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކަށް އިތުރު ކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަބައި
24 December 2019
މިނިވަން ކަމާއެކު ނޫސްވެރިކަން ކުރެވޭނީ "މިނިވަން" ނޫސްވެރިކަމަކީ ކޮބާކަން އެގިގެންކަމަށް ގަބޫލު ކުރަން ހެއްޔެވެ؟
ދޮންވެލި
22 December 2019
އެމްޑީއެން ގަ އުޅުނު މީހެކެވެ.
ޝޮކްތެރަޕީ
22 December 2019
އެމްޑީޕީޔަ ތާއީދުކުރާ މީހުން ލައިގެން އަދުލްއިންސާފު ރަގަޅެނުވާނެ.
ހަސަންކޮ
22 December 2019
ޝުޖޫން މިހާރު ވަރަށް ރީތި.......!!!
ހަސަނު
22 December 2019
ސުޖޫން އަކީ ގާިލްވުމުގެ އިތުރުން ނަޒާހަތްތެރި، ކެރޭ ވަރުގަދަ މީހެއް.. މި ޖުޑީޝަރީ ރަނގަޅު ކުރުމަށް ބޭނުންވާ ކޮލެޓީ އެބަހުރި.. ވަރަށް ރަނގަޅު ނިންމުމެއް މީ...
އިދުރީސް1
22 December 2019
ރުޅިއަންނަ ބޭފުޅުން ކިތަންމެ ރުޅިއަޔަސް ފަނޑިޔާރު ޝުޖޫން އަކީ ކަމައް ގާބިލް އަދި އިޙްލާސްތެރި ބޭފުޅެއް ކަން މީގެ ކުރީގަ އެކަމަނާ މަސައްކަތް ކުރެއްވި ކޯޓުގައި ވަނީ ދައްކުވާދީފައި .. ވަކި އަތަކައް ނުޖެހުމާއި ވަކި ބަޔެއް ބުނާގޮތައް ހުކުމްތައް ނާންނާނެ ކަމުގެ ޔަގީން ކަން އެބައޮތް ! ދެންއޮތީ ޖޭއެސްއީ އިން ސިޔާސީ މީހުން ބޭރުކުރުން .. ރައީސް ނަޝީދު ފަދަ ބޭފުޅުންގެ ބަދަލުގައި ސިޔާސީ ބެކްރައުންޑް ނެތް އިހްލާސްތެރި ބޭފުޅުން ލާންވީ ..
މަރީން
22 December 2019
ތި މަގާމަށް އެއްމެ އެކަށީގެންވަނީ ފަޑިޔާރު ސުއޫދު.