ފުރަތަމަ ކޮންސުލް ޖެނެރަލް އާމިނަތު އަބްދުﷲ ދީދީއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މަގާމުގެ ފަތްކޮޅު ހަވާލުކުރައްވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ
22 ޑިސެމްބަރ 2019 - 15:36
ބޭރު ގައުމުތަކުގައި ރާއްޖޭން ގާއިމްކޮށްފައިވާ ކޮންސިއުލޭޓެއްގެ ވެރިޔަކަށް ފުރަތަމަ ފަހަރަށް އައްޔަން ކުރި ވެރިޔަކަށް އާމިނަތު އަބްދުﷲ ދީދީ ހަމަޖައްސައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އާމިނަތު އަބްދުﷲ ދީދީ އަށް ޓްރިވެންޑްރަމްގެ ކޮންސުލް ޖެނެރަލްގެ މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށެވެ.
އާމިނަތު އަބްދުﷲ ދީދީ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގަ އެވެ. އޭނާ ޚާރިޖީ ދާއިރާގައި އޭނާ 17 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އިރު ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ކަމާއި އެހެން ބައެއް މަގާމުތައް ފުރުއްވި އެވެ.
އޭނާ ވަނީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން އިންޑިއާގެ ބެންގަލޫރުގެ ޔުނިވަރސިޓީއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައި، އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފަ އެވެ.
ބޭރު ގައުމެއްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ގާއިމް ކުރި ކޮންސިއުލޭޓް ޖެނެރަލްގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރި އިރު، ބޭރުގައިވާ ރާއްޖޭގެ 17 ޑިޕްލޮމެޓިކް މިޝަންގެ ތެރެއިން އަށް މިޝަނެއް ހިންގަވަން ތިއްބެވީ އަންހެން ބޭފުޅުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަންހެންމީހާ
22 December 2019
ސޯ؟
ޙަމަ
22 December 2019
ބަހަނީ ބަހަނީ...!
ޖިންސީ
22 December 2019
މިނިސްޓްރީގެ މުއައްޒަފަކަށް ކުރީގެ މިނިސްޓަރު ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލަ ފޮރުވަން މީނާ ކުޅުނު ރޯލު ކޮބާ؟ އަދިވެސް ދޭންވީ ފަތްކޮޅާ ޕޮރޮމޯޝަންތަ؟
ޒަމީރު
22 December 2019
ވާނުވާ ސަރުކާރު
ޓެކްސްމަނީ
22 December 2019
ރައްޔިތުންގެ އަތުން ޓެކްސް ފައިސާ ނަގައިގެން ތިޔަހެން މީހުންނަށް ރައްޔިތުންގެ ފައިސާ ބަހާ މިފަސް އަހަރު ނިންމާލާ