ދީނީ އިލްމުވެރިންތަކެއް ގުޅިގެން ޝީ ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިޔާޒް ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
22 ޑިސެމްބަރ 2019 - 16:02
ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދީފައި ނުވާނެ ކަމަށް ވިދާޅުވެ، ބައެއް އިލްމުވެރިން ހިމެނޭ މަކްތަބާ ސަލަފިއްޔާ އަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް މިއަދު ރައްދު ދެއްވައިފި އެވެ.
މަކްތަބާ ސަލަފިއްޔާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އިޔާޒް ފަދަ މަޝްހޫރު ބައެއް ދީނީ އިލްމުވެރިން ދީނުގެ ނަމުގައި މީހުން މެރުމާއި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައި ހުރި ކަމަށް ބުނެ އިލްމުވެރިންނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.
ދީނީ އެ ޖަމިއްޔާގެ ތުހުމަތުތަކަށް ރައްދު ދެއްވައި އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ އަކީ އެއްވެސް އިރެއްގައި އެއްވެސް ބަޔަކު ހިންގާ ޓެރަރިސްޓު އަމަލުތަކަށް ހިތްވަރު ދެއްވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންތައްތަކަށް ތާއީދު ކުރައްވާފައި ނުވާނެ ކަމަށް ވެސް އިޔާޒް ވިދާޅުވި އެވެ.
@anedhivehirajje eve. Alhugadaky evves ireh gai evves bayaku hingaa terrorist amalu thakah hiyvaru dhey, adhi efadha kanthakah thaaeedhu kuraa meeheh nooneve. In sha Allah kuriyah oiy musthagbal gai ves efadha kameh nukuraanameve.
— Dr Mohamed Iyaz (@dr_iyaz) December 22, 2019
"ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް އެފަދަ ކަމެއް ނުކުރާނަމެވެ،" ޓުވިޓާގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި އިޔާޒް ވިދާޅުވި އެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވައިލުމަށް އެންމެ ބޮޑަށް އަޑު އުފުއްލެވި އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިޔާޒް ވަނީ މަކްތަބާ ސަލަފިއްޔާ އަށް ވެސް ފާޑު ވިދާޅުވެފަ އެވެ.
އިޔާޒް ވިދާޅުވި ގޮތުގައި މީސްތަކުން ކެޓަގަރައިޒްކޮށް ތިމަންނަގެ ފިކުރާ ދިމާ ނުވާ ބަޔަކާ ހަތަރު ކަޅި ހަމަނުކޮށް ސަލާމް ގޮވިޔަސް ބަލައިނުގަނެ މޫނު އަނބުރާލާފައިދާ މަކްތަބާ ސަލަފިއްޔާގެ ބޭފުޅުންގެ އަމަލުތަކަކީ އެއްވެސް ގޮތަކުން އިސްލާމީ އުސޫލަށް ފެތޭނެ ކަންތައްތަކެއް ނޫނެވެ.
"އެއް މުސްލިމަކު އަނެއް މުސްލިމަކާ ބައްދަލުވާ ހިނދު ސަލާމް ކޮށްލައިފި ނަމަ އެކަމުން ވަރަށް މަތިވެރި ދަރަމަ ލިބޭ. އަހާގެ މޫނުމަތީގައި ހިނިތުން ވެލުމަކީ ވެސް ސަދަގާތެއް މިހެން މިކަން އޮތް އިރު ވެސް ކުނި މޫނު ދައްކައިގެން މީސްތަކުން މަންހަޖުން ބޭރުކޮށް ދީނީ ދައުވަތު ފުނޑާލަން ފުރުސަތު ދެވިގެން ނުވާނެ. ތިމާމެންގެ މަންހަޖަށް ފެތޭ ބަޔަކަށް ނޫނީ ދަރުސް ދެވޭ ކަމަކަށް ނުވޭ،" އިޔާޒް ވިދާޅުވި އެވެ.
"ބޮޑެތި ކާފަރުންނާއި ހެވިފައި ވާހަކަ ދެއްކޭ. ނަމަވެސް މުސްލިމް އަހަކީ ތިމާގެ މަންހަޖަށް ނުފެތޭ މީހަކަށްވާތީ ކުޑަމިނުން ސަލާން ގޮވާ ނުލެވޭ. މީތޯ ރަސޫލާގެ މަންހަޖަކީ؟"
އިޔާޒް ވަނީ ފިތުނަ ފަސާދަ އުފައްދަން ނޫޅޭ އިސްލާހުގެ މަގު އިހްތިޔާރު ކުރުމަށް މަކްތަބާ ސަލަފިއްޔާގެ ހުރިހާ ދީނީ އިލްމުވެރިންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން މިހާރު ދަނީ ރ. މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް ފަށައި، ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އަދި ދީނީ ހަރުކަށި ފިކުރަށް ރާއްޖޭގައި ޖާގަ ނުދޭނެ ކަމަށް ސަރުކާރުން ވެސް ދާދިފަހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޑް
23 December 2019
އިޔާޒަކީ އެކި މީޑިއަމް ބޭނުންކޮއްގެން ހަރުކަށި ފިކުރު ފަތުރާ މީހެއް. މީހުންނަށް އިލްމް އުގަންނައިދެނީއޭ ކިޔައިގެން ދަސްކޮއްދެނީ ހަމަ އައިސިސް، އަލް ގައިދާ، ބޮކޯ ހަރާމް އާއި ތާލިބާން ވެސް ގެންގުޅޭ ވިސްނުން. އެއީ މިމީހުންނަށް ބަޔަކު ބާރުދީފައި އޮތީމައި ކުރެވޭ ކަމެއް. މިހާރު ދޮގު ހަދަނީ ބިރުން.
އާހާ
23 December 2019
މިދިޔަ ވެރިކަމަށް ދީނީ ޓްވިސްޓް ގެނެސްގެން މިވެރިކަން ގެނެސްދިން މީހުންނަށް، މިސަރުކާރުން ގެނައި ދީނީ ޓްވިސްޓެއްގައި ޖެހިގެން އެމީހުންގެ ދީނީ އަޑުކަނޑުވާލެވިގެން ދިއުމަކީ ކޮންމެވެސް ދިމާއަކުން ކޮންމެވެސް ގޮތަކަށް އަރާހަމަކުރާ ކުރުމެއް ކަމަށް ބެލެވެނީ. ލާދީނީ އާ ހަރުކަށި ފިކުރާ ދެބައި ތަޅާފޮޅާއިރު ތިއިން އެއްވެސް އަތަކަށް ނުޖެހިތިބި މީހުންނަށް ހަމަޖެހިލައިގެން ބަލަން ތިބެވޭނެ. ހޭންވީތޯ ރޯންވީތޯ އެއީ އަދި މާ ފަހުން އެނގެން އޮތް ކަމެއް.
އިހުސާނާ
23 December 2019
ތި ބުނާ ބޮޑެތި ހަރުބީ ކާފަރުން އުފައްދާފައިވާ ސޯސަލް މީޑިޔާ މެދުވެރިކޮށް ތި ފާޑުފާޑު ގެ ފިކުރުތައް ޕްރޮމޯޓު ކޮށް ހަދަނީ! ކޮންތާކު މި ޖެހުނީ! ފާޑުފާޑުގެ އަނގަ ނުތަޅާ މަޑުން ތިބިއްޔާ ކީއްތަ ވަނީކީ އަޅެ ފަހެ!
ނާގޯށި
23 December 2019
ދުކުތޫރު އިޔާޒް އެދައްކަވާ ވާހަކަ ތަކަކީ، ކޮންމެ އަހަރެއްގެ ރަމަޞާން މަހު ރޭޑިޔޯ އިން ފޮނުވާ ސީރަތު ގަވެސް ދައްކާވާހަކަ ތައް، އަދި އަހަރުމެއްގެ ދަރިންނަށް ދީން ކިޔަވާދޭން އެޑިޔުކޭޝަން މިނިސްޓްރީ ތައްޔާރު ކޮށްފަވާ ޓެކްސް ފޮތްތަކުގަވެސް ހުންނަވާހަކަ ތައް މިސާލަކަށް އެހެން ނަސްލު ތަކުގެ މީހުންނަށް ނަފުރަތު އުފައްދަން ދައްކާވަހަކަ،ޖިހާދަށް ހިތްވަރުދޭ ޒާތުގެ ވާހަކަ،ދެން މީގަހަމައެކަނި އިޔާޒުކުއްވެރި ވާންވީ ސަބަބަކީ ކޮބައިތޯ؟
އަލީ!
23 December 2019
ޓެރަރިސްޓުން ދުވަހަކުވެސް ޓެރަރިޒަމްގެ އަމަލެއް ނުހިންގާނެ. އެމީހުން ދެކޭގޮތުގަ އެއީ ޖިހާދުކުރުން. ވައްކަން ކުރިކަމަކަށްވެސް އެއްބަހެއްނުވާނެ. އެމީހުން ދެކޭގޮތުގަ އެއީ ޢަނީމާ މުދާ.
މާމ މާޒީ
23 December 2019
ގައު މު ފަސާދަ ކުރަން ހިތްވަރުދޭ މީހެއް ޑރ. އިޔާޒަކީ. ސަބަބަކީ ނި މިގެން ދިޔަ ސަރުކާރުގެ ވަލިއްޔުލް އަ މްރު "ކުފުރުގެ ބަސްތަކާއި މުރުތައްދުވާފަދަ ބަސްތައް" ބޭނުން ކުރަ މުން ދިޔައިރު 5 އަހަރު ވަންދެން އެއްވެސް އެއްޗެއް ނުބުނެ ހުރު މުން މިކަން އެނގިގެންދޭ.
މަކީޓާ
23 December 2019
އެވެރިކަން ދެއްވީ ﷲ ކަމައްވެފައި، އެހެންމީހުން ވެރިކަމަށް ގެންނަނީ އިޔާޒްމެންގެ މަސައްކަތުންކަމަށް ގަބޫލްކުރާނަމަ އެހެންވެދާނެ.
އަޙުމަދު.
23 December 2019
ފާހަގަ ކުރެވޭގޮތުގައި މިރާއްޖޭގައި ގިނައީ ދީނުގެ އެއްއަރިމަތިން ކިޔަވާގެން އާސް އުޅުއްވާ މީހުން، މި މީހުނަށް ހީވާކަހަލަ އުއްމަތުގެ ނަބިއްޔާގެ ހަދީޘަކާ އޭގެ މާނަ ދަސްވީމަ މިތިބީ ތިމަންނަމެނަށް ދީންދަސްވެ ބޮޑެތިވެގެންވާ ދަންނަބޭކަލުންނަށް ވެފައޭ.
ކަޓޭ
23 December 2019
ހައްތާވެސްމިއުޅެނީ ޕާކިސްތާނުން ހަދީސްފޮތެއް ގަނެގެން އެ ހިތުދަސްކޮއްލައިގެން އާސްއުޅޭ ޝައިޚުން.
ހައްދޭ ފަހެނޭ
23 December 2019
ނަމުގެ ކުރިއަށްވެސް ފަހަތައްވެސް ސަލަފް އައިސިއްޔާ ސަހަލެއް ނުވާނެ. ޑޮޓުންނަށް ވަނީ މި މީހުންގެ ތެރެއިން ބޮލަށް ސަވާރުވަމުންގޮސް އަތުން ދޫވާ މީހުން.
ލަދުކުޑޭ
23 December 2019
އިޔާޒް އާއި އިޔާޒްގެ ހިޔަންޏަކަށް ސޯޝަލް މީޑިއާގައި އުޅޭ ޒައިދް މިއީ ފިތުނަ އުފައްދާ ދެމީހުން. ދީނީ އިލްމުވެރިން އުޅެންވާ ގޮތަށް އުޅޭ ބައެއް ނޫން. އަބަދުވެސް މީހަކާ ދިމާނުކުރެވިގެން އުޅޭނީ.
މީވީގޮތޭ
23 December 2019
އަސްލު ހަރުކަށި މީހުން މިތިބީއެވެ. އިސްލާމިކް މިނިސްޓްރީއިން ހުއްދަ މިހިފެހެއްޓީ ހަރުކަށި މީހުނާދިމާލަށް ހަރުކައްޓޭ ބުނާ މީހުން އެހެން ބުނާތީއެވެ. ވީމާ, މިމީހުންގެ ނުފޫޒު މިނިސާޓްރީއަށް ވަދެފައިވާ ވަރު ފެނެއެވެ.