23 ޑިސެމްބަރ 2019 - 08:34
އިނގިރޭސި ވިލާތުގެ މަޝްހޫރު ކުންފުނި ރޯލްސް ރޯއިސް އިން ބެޓެރިން އުދުހޭ މަތިންދާ ބޯޓެއް ދައްކާލައިފި އެވެ.
އެ ކުންފުނިން ކުރިއަށް ގެންދާ އިނިިޝިއޭޓިވް އެކްސެލެރޭޓިން ދި އިލެކްޓްރިފިކޭޝަން އޮފް ފްލައިޓް (އޭސީސީއެލް) ގެ ދަށުން ތައްޔާރު ކޮށްފައިވާ މި މަތިންދާ ބޯޓަކީ ދުނިޔޭގައި އެންމެ ބާރަށް އުދުހޭ ބެޓެރި މަތިންދާ ބޯޓަކަށް ހެދުމަކީ ރޯލްސް ރޯއިސްގެ އަމާޒެކެވެ. އެގޮތުން އަންދާޒާކޮށްފައި ވަނީ މިއީ ގަޑިއަކު 300 މޭލު (482.803 ކިލޯމީޓަރު) ގެ ރާސްތާއަކަށް ދަތުރުކުރުމުގެ ގާބިލުކަން ލިބޭނެ އެއްޗަކަށް ހެދޭނެ ކަމަށެވެ.
އަދި މީގެ ދަތުރުތައް އަންނަ އަންނަ އަހަރުގެ ބަހާރު މޫސުމުގައި ޓެސްޓްކުރަން ވަނީ ރާވައިފަ އެވެ.
BIG NEWS: As part of our ambitions to build the world’s fastest all-electric aircraft, the plane is unveiled today. Flying at speeds faster than 300mph, we aim to smash through the world speed record for electric planes soon – by Spring 2020. https://t.co/ZN7PaFDX6f pic.twitter.com/BhNiTCHVL0
— Rolls-Royce (@RollsRoyce) December 19, 2019
ރޯލްސް-ރޯއިސް އިލެކްޓްރިކަލްގެ ޑިރެކްޓަރު ރޮބް ވަޓްސަން ވިދާޅުވި ގޮތުގައި ބެޓެރީ މަތިންދާ ބޯޓްގެ މައިގަނޑު މަގުސަދަކީ ވައިގެ ދަތުރުފަތުރުގެ ތެރެއިން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށް، ޒީރޯ-އެމިޝަނަށް މިސްރާބު ޖެހުން ކަމަށެވެ. އެހެންވެ އެ ކުންފުނީގެ އީޖާދު ވާނީ އޭވިއޭޝަން ދާއިރާ އިންގިލާބީ ބަދަލެއް ގެނުވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
What is the ACCEL (Accelerating the Electrification of Flight) project? We’re aiming to beat the current world record for the fastest all-electric aircraft in 2020. Learn more about it here: https://t.co/1UHtq6oZgE pic.twitter.com/3LSgErqE4X
— Rolls-Royce (@RollsRoyce) December 18, 2019
"މިއީ ހަމައެކަނި ރެކޯޑެއް ހެދުމުގެ ގޮތުން ކުރާ ކަމެއް ނޫން. އަހަރެމެންގެ އެންމެ ބޮޑު ޓާގެޓަކީ ލޯ ކާބަން ގްލޯބަލް އިކޮނޮމީއަކަށް ހިތްވަރު ދެވޭ ކަހަލަ މަސައްކަތެއް ކުރުން." ރޮބް ވިދާޅުވި އެވެ.
ރޯލްސް ރޯއިސްގެ ބެޓެރި މަތިންދާބޯޓް ޕްރޮޖެކްޓަކީ އިލެކްޓްރިކް މޮޓޯ ކުންފުނި ޔާސާ ލިމިޓެޑާއި އޭވިއޭޝަން ސްޓާޓަޕް އިލެކްޓްރޯފްލައިޓް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އަދި މިކަމަށް ބޭނުންވާ ފައިސާގެ ދެބައިކުޅަ އެއްބައި އެއޮރޮސްޕޭސް ޓެކްނޮލޮޖީ އިންސްޓިޓިއުޓް (އޭޓީއައި) އިނގިރޭސިވިލާތުގެ ބިޒްނެސް، އެނަޖީ އެންޑް އިންޑަސްްޓްރިއަލް ސްޓްރެޓެޖީ އެންޑް އިނޮވޭޓިވް ޑިޕާޓްމަންޓުން ފޯރުކޮށްދެ އެވެ.
ރޯލްސް ރޯއިސް އިން ބުނާގޮތުގައި އެ ކުންފުނިން މިހާރު އަމާޒު ހިފާފައިވާ އެއް ކަމަކީ 2030 އަންނަންވާ އިރަށް ނޯވޭގެ އެއާލައިނެއް ކަމަށްވާ ވައިޑްރޯއީގެ ފްލީޓަށް 30 އަށް ވުރެ ގިނަ ބެޓެރި މަތިންދާބޯޓް ފޯރުކޮށް ދިނުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy