ތިލަފުށި
22 ޑިސެމްބަރ 2019 - 21:06
ތިލަފުށީގައި ހުންނަ ޑިސްޕޯސަލް ސައިޓް ފުރި ޖާގައިގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ޑިސްޕޯސަލް ސައިޓަކީ ކުނީގެ ބޮޑު ޕަސަންޓެއް ޖަމާކުރަމުންދާ ސަރަހައްދަކަށްވީ އިރު، އެ ތަނަށް ޖަމާ ކުރަމުންދާ ކުނި ރައްކާތެރި ގޮތުގައި މެނޭޖް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، ގިނަ ދުވަސްތަކެއް ވަންދެން ޖަމާކޮށްފައިވާ ކުނީގެ ސަބަބުން ސައިޓް ފުރި، ޖާގައިގެ ދަތިކަން ބޮޑުވެފައިވާ ކަމަށް ބަޔާނުގައިވެ އެވެެ.
ކުނި މެނޭޖު ކުރުން ހަރުދަނާ ކުރުމަށް، ތިލަފުށީގައި ބޭނުންކުރާ ވެހިކަލްތައް މަރާމަތުކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިދިޔަ މަހު ފަށާފައިވާ ކަމަށް ވެމްކޯ އިން ބުންޏެވެ. އަދި ވެމްކޯ ތިލަފުށި ސައިޓާ އިންވެގެން އޮންނަ ސަރަހައްދުގެ ބަނދަރާއި ތޮށިގަނޑު މަރާމާތު ކުރަމުންދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ވެމްކޯއިން ތިލަފުށީގައި ފޯރުކޮށްދެމެންގެންދާ ކުނި ހުސްކުރުމުގެ މަސައްކަތްތަކާއި ގުޅޭގޮތުން ނެރޭ ނޫސްބަޔާން. pic.twitter.com/MSZebRGv7L
— WAMCO (@WAMCOmv) December 22, 2019
ވެމްކޯގެ ނޫސްބަޔާން
އެކަމަކު، މޫސުން ތަން ނުދިނުމުގެ ސަބަބުން އެ މަސައްކަތްތައް ނުނިމި ގިނަ ދުވަސްތަކެއް ވުމުން، ތިލަފުށީގައި ވެމްކޯ އިން ދެމުންގެންދާ ބައެއް ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެމްކޯ އިން ބުނެ އެވެ. އަދި ޑިސްޕޯސަލް ސައިޓަށް ދިމާވެފައިވާ ޖާގައިގެ ދަތި ކަމަކީ ވެސް މަސައްކަތްތައް ލަސްވުމުގެ ސަބަބެއް ކަމަށް ވެމްކޯ އިން ބުންޏެވެ.
އެ ކުންފުނީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އެންމެ ރަނގަޅު ހިދުމަތެއް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށްޓަކައި ވެހިކަލްތައް ހޯދުން ފަދަ ކަންކަން ކުރަމުންދާ ކަމަށް ވެމްކޯ އިން ބުންޏެވެ.
"ކުނި ނެގުމުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން ތިލަފުށީގައި އޮޕަރޭޝަން ޝިފްޓެއް އިތުރުކޮށް ތިލަފުށީގައި ބޭނުން ކުރުމަށް އިތުރު ވެހިކަލްތައް ކުއްޔަށް ނެގުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ،" ވެމްކޯގެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފފފފ
23 December 2019
ހުސްތޮށިގަނޑެއް ގައުމުގެ ވެރިއަކަށް ލައިގެން ދިވެހިން މިތިބީ ވަރަށް އުފަލުން. މުޅި ގައުމު ބޮއްސުން ލައިފި. އިންތިހާއަށް ދަރަނި ބޮޑުކުރޭ. ތަރައްޤީގެ އެންމް ޕްރޮޖެކްޓެއް ނުހިންގާ. ދައުލަތުގެ ހަޒާނާ ހުސްކޮށްލައިފި. ރައްޔިތުންގެ ވިޔަފާރިތައް ހަލާކުކޮށްފި. ގައުމުގެ ކުންފުނިތައް ދަރުވާލައިފި. ނިކަމެތިން ވިޔަފާރިކުރާ މާރުކޭޓުގަނޑު ނަގައިފި. ހަލާކުގެ ތެރެއަށް ގައުމު ވެއްޓި ނިމިއްޖެ.
ނެތްތަ
23 December 2019
މެނޭޖްނުކުރެވި އެހުރީ މިދިޔަ 5 އަހަރުގެ ކުންޏޭ ބުނާނެ ކުއްޖެއްނެތްތަ؟ ކޮންމެ ކަމެއްވެސް އޮންނަނީ މިދިޔަ 1 އަހަރު ދޫކޮށް އޭގެ ކުރީ 5 އަހަރުގެ މައްސަލައެއްގެ ގޮތުގައި ގޯސްކޮށްލާފައި.
އޮނަރަބްލް އަފީފު ދީދީ
23 December 2019
މާލޭގައި ކުނިއުކާނެތަންނެތުމާއި، ސްވަރެޖްސިސްޓަމްބަންދުވެ ނަޖިސްބޭރުވުމާއި، ވެހިކަލްތަކުން މަގުމަތިފުރުމާއި، ދިރިއުޅޭތަންތަނުގެ ކުލި މޮސްކޯއާއި ސިންގަޕޯރަށްވުރެން ބޮޑަށްއުފުލި އިޖުތިމާއީލަދުވެތިކަމަށްހުތުރުވާގޮތަށް ބޮޑެތިދަރިންނާއިއެއްކޮޓަރިއެއްގައި މައިންބަފައިންރޭކުރާންޖެހޭހާލަތަށްމިކަންކަންދާންޖެހުނީ "މާލޭސަރުކާރުގެ ހަރުކަށި ސިޔާސަތުގެސަބަބުން" ނޫންތޯ؟ # ތިއީ ތުރާކުނުން އައްޑުއަށް ވަސީލަތްޤާއިމްކޮށް ވެލްތްޑިސްޓްރިބިއުޓްނުކުރުމުގެ ނަތީޖާ.
އުމަރުބެ
23 December 2019
ތިޔަ ކުނިކޮށްޓަކީ މިހާރު މުޅި ދުނިޔެއަށް މަޝްހޫރު ގާބެޖް އައިލެންޑް، ރޭގަނޑުގެ ވަގުތުގައި ވަގަށް މީހުންނަށް ނުފެންނަހެން ކުނި އަންދަނީ، އެމަންޒަރު ފެނިގެން މިހާރު ހިއްކާ ހުރިހައި ފަޅުތަކުގެ ކުނިވެސް އަންދަނީ ރޭގަނޑު އަދި ދުވާލުވާއިރު އޮންނަނީ ކަނޑައަށް ހުރިހައި ގާބެޖެއް އުކާލާފައި، އެންވައިރުމެންޓް މިނިސްޓްރީއެއް ހުރޭ އެކަމަކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ނުބެލެހެއްޓޭ އަދި ކުނީގެ މައްސަލަ ނުބެލެހެއްޓޭ
ސާބަސްހހހ
23 December 2019
މާލޭ ސަރަހައްދަށް ނުކަތާވަރަށް މީހުން ގެނައީމާ ވާނެގޮތް މިއޮތީވެފަ. އަދިވެސް އެހެންތަނެއް ތަރައްގީކުރަން ހިތަށްވެސްނާރުވާތި. ކުންޏަކީވެސް އެއުޅޭ މީހުންގެ އަދަދުުން ގިނަވާއެއްޗެއް.
ރައްޔަތުމީހާ
23 December 2019
ތިލަފުށީގައި ހަދާ އެއަރޕޯރޓް ކޮބާ؟؟؟؟؟
ގޮއިދޫހަސަނު
23 December 2019
ނޫނޭނޫނޭ ސާބަހެވެ! މިވަރުއެރީމަނޫނީހަމަ ނުވިސްނެނީހެއްޔެވެ؟ ކުނިޖަމާވާވަރާއި އެންދޭމިންވަރާއި، ތަނުގެޖާގައޮތޮމިންވަރު އެނގެންމިވަނީ ރައްޔިތުންނަށްތޯ! މިވަރުނުވަނީސް ނުވިސްނެނީހެއްޔެވެ؟ އިހުސާސްނުވަނީހެއްޔެވެ؟ ޢަޖައިބެކެވެ!
ރާވެރިބެ
23 December 2019
ނުވާވަރުން ވެރިކަން ކުރަން އަދިވެސް އުޅޭތި
ހާނިމާ
23 December 2019
ތިޔަ އުޅެނީ އިންޑިޔާމީހުންނަށް ކުނި މެނޭޖުކުރަން ކޮންޓުރެކްޓު ދިނުމައް އުޒުރެއް އުފައްދާލަން..
ރަށްގޮވާ އަޑު
23 December 2019
ޤައުމުގެ ޙާލަތުމީ މިއޮއް ރަސްފަންނުގަވެސް ވެލިގަނޑު ފައިބައިގެން ގޮސް އެއްކޮށް ހަލާކުވަނީ ހީވެސް ނުވޭ