މާފުށީ ޖަލު.-- މިހާރު ފޮޓޯ
24 ޑިސެމްބަރ 2019 - 22:21
ހުކުމް ތަންފީޒު ކުރާ މީހުންގެ އިތުރުން ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދު ކޮށްފައިވާ (ވާނުވާ ޖަހާފައިވާ ގައިދީން) ގައިދީންނާ ހަވާލުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން މިރޭ ބުނެފި އެވެ.
އެ އިދާރާގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ގައިދީންނާ ހަވާލުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް ހަވާލުވީ ކިހާ ގައިދީންނަކާ ކަމެއް އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
ގައިދީންނާ ހަވާލުވާން ފަށާފައި ވަނީ، އެ އިދާރާގެ ދަށުން ހިންގާ ޖަލުތައް ތޮއްޖެހުމުގެ ސަބަބުން އެ ސާވިސް އިން ގައިދީންނާ ހަވާލުވާން އުޒުރު ދެއްކުމަށް ފަހު އެވެ.
ހުކުމް ތަންފީޒުކުރުމަށްޓަކައި ކަރެކްޝަންސްއާ ހަވާލުކުރަންޖެހޭ 50 މީހަކާއި ބަންދުގެ މުއްދަތަށް (ރިމާންޑަށް) ގެންދަންޖެހޭ އަށް މީހަކު ދޫނިދޫ ޖަލުގައި ތިބި ކަމަށް ފުލުހުން ރޭ ބުނެފައި ވެ އެވެ.
ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބެންޖެހޭ އެތައް ބަޔަކު ދޫނިދޫގައި ތިބެން ޖެހުމުން އޭގެ ތެރެއިން ބަޔަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް އިއްޔެ ފެށި އެވެ. ނަމަވެސް ފުލުހުން ފަހުން ބުނެފައި ވަނީ އޭގެ ތެރެއިން އެކަކު ފިޔަވައި އެންމެން ވެސް ކާން ފަށާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޓޭ
25 December 2019
އެ ކިއްކުރަން ހަވާލުވީ! ބުނިނަމަ ތިމަންމެންނަކަށް ގައިދީންނެއް ނުބެލެހެއްޓޭނެޔޭ.
ސާލިހު
25 December 2019
ހަމަ ކުއްލިޔަކަށް ޖާގަ ބޮޑުވީތަ ؟ މި ސަރުކާރުން އާ ޖަލެއް ހެދީ ދޯ؟ ދެބޯގެރި ދުއްވުން ނޫންކަމެއް އެބަކުރޭތަ؟ ޕާޓީ ކުދިންކޮޅު ނެރެލާނެ ސްޓަންޓެއް ޖައްސާލީ ..
ގޮމު
25 December 2019
ޖަލުތައް އިތުރަށް ތޮށް ނުޖައްސާ!
އިސްމާލުކަލޭފާނު
24 December 2019
ރައްޔިތުން ހަޅޭއްލަވައިގަތީމާ ދެން ހަވާލުވުންނޯގޮތެއް ނޯންނާނެތާ.