ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

އަޅުގަނޑުގެ އަމިއްލަ އެދުމެއް ނެތް، އެކަމަކު ލިބެނީ ބޮނޑި: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. ގައުމުގެ ހައްގުގައި މަސައްކަތް ކުރަނީ އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށް ގާސިމް ވިދާޅުވި. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި އިންސާފު ހޯދައި ދިނުމަށް ރެ އާއި ދުވާލު ކުރާ މަސައްކަތުގައި އަމިއްލަ އެދުމެއް ނެތް ކަމަށާއި އެކަމަކު އެ މަސައްކަތުގެ ސަބަބުން އޭނާ އަށް ލިބިވަޑައިގަންނަވަނީ ބޮނޑި އާއި އަނިޔާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ކޯލިޝަންގެ ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ 1984 ވަނަ އަހަރުން ފެށިގެން ސިޔާސީ މަސައްކަތް ފެށުމަށް ބިންގާ އެޅީއްސުރެ، އޭނާ އަށް އެކި ގޮތް ގޮތުން އަނިޔާ އާއި ބޮޑެތި "ލޮޓި" ލިބިވަޑައިގެންފައިވާ ކަމަށެވެ.

"ޑިމޮކްރަސީއެއް ގެނެސް ފައްކާކޮށް، އަޅުގަނޑުމެން ބޭނުންވާ އަސާސީ ހައްގުތަކާއި މިނިވަންކަމާއި އިންސާފު ހޯދައި ދިނުމަށް ކުރެވެން ހުރި މަސައްކަތްތަކެއް މި ކުރަނީ ރެ އާއި ދުވާލު. އެ މަސައްކަތް ކުރަމުންދާ އިރު، މިހާރުއްސުރެ ފަށައިގެންފި ނަމަ، އަޅުގަނޑަށް އެބަ އާދޭ ވަރަށް ބޮޑެތި ލޮޓި އާއި ބޮނޑި އާއި އަނިޔާ،" ޖޭޕީއާ އަލަށް މެމްބަރުންތަކެއް ގުޅުމަށް ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ ވުޖޫދަށް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތް ކުރަނީ ވަރަށް އިހްލާސްތެރިކަމާ އެކީގައި ދީނާއި ގައުމާއި ރައްޔިތުންގެ ހައްގުގައި އަދި ގާނޫނުއަސާސީ އަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށެވެ.

ގާސިމް ވިދާޅުވި ގޮތުގައި އޭނާ މަސައްކަތް ކުރައްވަނީ މިނިވަން ޑިމޮކްރެޓިކް އުސޫލުތަކަކާއި ރައްޔިތުންނަށް ލިބިދޭން ޖެހޭ އަސާސީ ހައްގުތައް ދެ ފުށް ފެންނަ ގޮތަށް ލިބޭނެ ގޮތް ހެދުމަށެވެ. އެކަން ކުރައްވާތީ ވާދަވެރިން އުޅެނީ އޭނާ "ބަލިކޮށްލަން" ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމީހުން ދިމާކުރަނީ އޭނާގެ އަމިއްލަ އެދުމެއް އޮވެގެންނޭ ކިޔައިފަ އެވެ.

"އަޅުގަނޑަށް އަނިޔާތަކެއް އެބަ ލިބޭ. މާއްދީ ގޮތުން، ނަފްސާނީ ގޮތުން، ޖިސްމާނީ ގޮތުން، ރޫހާނީ ގޮތުން، އަދި އޭގެ އިތުރަށް އަޅުގަނޑުގެ މުދަލަށާއި އަނބިދަރިންނަށް ވެސް ނުހޮރުއްޕާންކޮށް ދުއްތުރާ ކުރަމުންދޭ އެކި ގޮތް ގޮތަށް. ބަހުންނާއި އަމަލުން އަދި އެ ނޫން ވެސް ސިފަ ސިފައިގައި،" --- ގާސިމް

"ހޭ ބުއްދި ސަލާމަތުން ހުރި މީހަކު ވިސްނުމުގެ ނަޒަރިއްޔާތަކުން ވިސްނައިފި ނަމަ، ވަރަށް ސާފުކޮށް އެނގޭނެ އަޅުގަނޑު މި މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަން. ދިވެހި ރައްޔިތުންނަށް ކަން. ހަމައެކަނި ނަމަކުން ނޫން ކަން. ކަމުން ވެސް، ބަހުން ވެސް، އަމަލުން ވެސް އެކަން ސާބިތުވާކަން. ހަތަރު ފަރާތުން ފަރިވެ ފޮޅެނީ އެކަންތައް،" މާމިގިލީ ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް ވިދާޅުވި އެވެ.

"އެއީ ދައުލަތުގެ މުއައްސަސާއަކަށް ކަމަށް ވިޔަސް، އެއީ ދައުލަތުގެ ރައްޔިތަކަށް ވިޔަސް ކޮންމެ ދިވެހި ރައްޔިތަކަށް މިކަން ސާފުކޮށް އެނގިގެންދާނެ. އަޅުގަނޑަށް ފައިދާ ބޮޑީ، އަޅުގަނޑުގެ އަމިއްލަ ނަފްސާއި އަނބިދަރިންނަށް، އަޅުގަނޑުގެ މުދަލަށް ރައްކާތެރިކަން ބޮޑީ އަޅުގަނޑު މި ދައްކާ ވާހަކަތައް މި ގޮތަށް ނުދައްކާ، އަޅުގަނޑު މިކުރާ މަސައްކަތް މިގޮތަށް ނުކުރުންކަން."

މެއި 26، 2008 ގައި ވުޖޫދަށް ގެންނެވި ޖުމްހޫރީ ޕާޓީއާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ ޕާޓީން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންނާއި ގައުމުގެ ހައްގުގައި އެންމެ ހެޔޮ ގޮތްތައް ހޯދުމަށް ކަމަށެވެ. ޖޭޕީގެ ސިޔާސީ މަސައްކަތްތައް ވަރުގަދަކޮށްލާ، އިންތިހާބުތަކުގެ ކުރިން ހަރަކާތްތެރިކަން ބޮޑުވެއްޖެ ނަމަ އޭރަކު އޮންނަ ސަރުކާރަކުން ގޮންޖެހުންތައް ކުރިމަތިކުރުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ހޭ ބުއްދި ސަލާމަތުން ހުރި މީހަކު ވިސްނުމުގެ ނަޒަރިއްޔާތަކުން ވިސްނައިފި ނަމަ، ވަރަށް ސާފުކޮށް އެނގޭނެ އަޅުގަނޑު މި މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަން. ދިވެހި ރައްޔިތުންނަށް ކަން. --- ގާސިމް

"އަޅުގަނޑަށް އަނިޔާތަކެއް އެބަ ލިބޭ. މާއްދީ ގޮތުން، ނަފްސާނީ ގޮތުން، ޖިސްމާނީ ގޮތުން، ރޫހާނީ ގޮތުން، އަދި އޭގެ އިތުރަށް އަޅުގަނޑުގެ މުދަލަށާއި އަނބިދަރިންނަށް ވެސް ނުހޮރުއްޕާންކޮށް ދުއްތުރާ ކުރަމުންދޭ އެކި ގޮތް ގޮތަށް. ބަހުންނާއި އަމަލުން އަދި އެ ނޫން ވެސް ސިފަސިފައިގައި،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ފެށި މަސައްކަތުން ކިތަންމެ ހުރަސްތަކަކާ އެކު ނަމަވެސް ނަތީޖާ ފެންނަމުންދާތީ އެ މަސައްކަތް ނުކޮށް ހުންނަވަން ބޭނުންނުވާ ކަމަށެވެ.

"ގައުމަށް ރަނގަޅުވާ ނަމަ، އަޅުގަނޑަށާއި އަޅުގަނޑުގެ އާއިލާ އަށް ވެސް ރަނގަޅުވާނެ،" ގާސިމް ވިދާޅުވި އެވެ.

އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލުމާ ގުޅިގެން ސަރުކާރުގެ އެ ނިންމުމަށް ތައުރީފް ކުރައްވައި ގާސިމް ވިދާޅުވީ އެއީ ރައްޔިތުންގެ މަސްލަހާތާއި ގައުމުގެ އަމާންކަމާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ކަމެއް ހައްދުފަހަނައަޅައި ގޮސްގެން ނުވާނެ އެވެ. ގައުމުގެ މަސްލަހަތާއި އަމާންކަން ގެއްލިގެންދާ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް، ސިފައިން "ޔެލޯ އެލާޓް 2" ނެރެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ގާސިމް ވަނީ އެމްއެންޑީއެފުން ކުރި އިއުލާނާ އެއްގޮތަށް ހުރިހާ ރައްޔިތުން ކިޔަމަންތެރިކަމާ އެކީގައި ބޯލެނބުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި އަމާންކަން ދެމެހެއްޓުމަށް ހުރިހާ ރައްޔިތުން މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރެއްވި އެވެ.

ގާސިމް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ރަނގަޅު ފުރުސަތުތައް ލިބެން އޮތީ ޖުމްހޫރީ ޕާޓީން ކަމަށެވެ. ޖޭޕީން މިހާރު ތައްޔާރުވަނީ ކޮންގްރެސްއަށް ކަމަށާއި އެއީ ކޮންމެ ދިވެއްސަކަށް ވެސް ސިޔާސީ ގޮތުން ކުރިއަށް ދާން ލިބޭނެ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ޖޭޕީ އަށް މެމްބަރުން އިތުރު ކުރުމަށް ފެށި މަސައްކަތުގެ ދަށުން މިހާތަނަށް އައި އިރު، 13،000 އަށް ވުރެ ގިނަ ފޯމް އެ ޕާޓީ އަށް ވަނީ ލިބިފަ އެވެ.

86 ކޮމެންޓް, 86 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 2%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޮނިޓައްޕު ހަސަނު

26 December 2019

ގާސިމު ތިބުނަނީ މިރާއްޖޭގެ މީހުން ތިބީ ހޭބުއްދި ފިލާފައޭ ދޯ. ބަލަގަ ގާސިމާ ތިނައަށް މާތްﷲ ވަނީ ފައިސާއާއި، މުދާ ވެރިކަމާއި، ރީތި އަނބިންނާއި ބަސްއަހާ ރަނގަޅު ދަރިން ދެއްވާފަ. ތިއުޅެނީ ހިތްނުފުރިގެން. ގާސިމަކީ ސިޔާސީ ގޮތުން ކުފޫހަމަ ނުވާތާ ތައުލީމެއްވެސް ހުރިމީހެއް ނުން. މިރާއްޖޭގެ ރައްޔިތުން ހޭބުއްދީގައި ތިބެގެން ގާސިމަށް މިރާއްޖޭގެ ރައީސްކަމެއް ނުދޭނެ.

The name is already taken The name is available. Register?

ނަސީދު

25 December 2019

ބޮނޑި އަދިލިބޭނެ ކައުސިލް އިންތިހާބު މޑޕ ނެގީ މާ އޭރުން ތި ބޮނޑި ހޫނުގަދަވެ ސަލާމެއްނުވާނެ ހަމަ ޔާމިން އޭރު ތިސޮރައް ހެދިގޮތް ހަދާލާނެ މިކޮމެންޓް ޖަހާލަދިނުން އެދެން އޭރުން ބޮނޑި ލިބުމުގެކުރިން ސަލާމެތް ވާއެގިދާނެކައްނޭނގެ

The name is already taken The name is available. Register?

ހިތަކަށް

25 December 2019

ކީއްތޯ ކުރާނީ ގާސިމަކީ ކެޔަސް ބަނޑުނުފުރޭ ޝުކުރު ނުކުރާ މީހެއް މީހާރު ވިލާތައް ވަރަށް އުދިހޭތަން ފެނޭ ޔާމީނު އޮޅުއަޅާފަ ބޭއްވި ދުވަސްތަކުގައި ލިބުނު ގެއްލުމުން އަރައިނުގަނެވިގެން އަދިވެސް ތި އުޅެނީ ގާސިމާ ގުޅުންހުރި ވުޒާރޓައް ގާސިމަށް ލިބިދީފަވޭ

The name is already taken The name is available. Register?

އޭޑީ

25 December 2019

މިއީ މި އުޑުބަޅުކުރެއްވި ހިސާބުގައިވެސް ހުރި އެންމެ އަމިއްލަ އެދުން ބޮޑުމީހާ! މީނާގެ ކޮންމެ ޖަލްސާއެއްގައިވެސް ސަރުކާރުތަކުން މީނާއަށް މިވެނި ޕަސަންޓެއް، އެވެނި ޕަސަންޓެއް ނުދޭ ވާހަކަ. އަބަދުވެސް ލިބެން އޮންނަ އެއްޗެއް ނުލިބޭ ވާހަކަ. ކިހާ އަމިއްލަ އެދުން ކުޑަ؟ މީނާއަކީ ޒަމާނުއްސުރެ ޓެކްސް ނެގުމާއި ދެކޮޅު މީހާ. މީނާގެ ނުފޫޒުން ޓެކްސް ނުނެގި އޮއްވާ، ރައީސް ނަޝީދު މީނާއަށް ގޮންޖަހާފައި އެކަންކުރީ! އެކަމާއި މީނާ ހަސަދަލައިގެން މިއުޅެނީ

The name is already taken The name is available. Register?

ނަޖުދާ

25 December 2019

އަމިއްލަ އެދުމެއްނެތްކަމެއް ނޭންގޭ! މުޅި ރާއްޖޭގެ އެތަށް މިތަނުން ފަޅުތަކާއި، ފަޅުރަށްތަށް ނަގައިގެން 15 އަހަރު ވެގެންދާއިރުވެސް އޭން އެއްވެސް ތަނެއް ނުހެދޭ. 2006 ވަނަ އަހަރު ރިސޯޓު ހަދަން ދޫކުރި ފަޅުރަށްތަށް އަދިވެސް ހުރީ ނުހަދާ، ރައްޔިތުންނަށް ކިހާބޮޑު ގެއްލުމެއް މިއީ! އަހަރުމެން ރައްޔިތުންގެ ހަރުމުދާތަށް ނަގައިގެން އަމިއްލަކޮށްގެން އުޅޭ މީހެއް. މީނާ ސިޔާސީ ކަންކަމުގައި އުޅެނީވެސް މީނާގެ ވިޔަފާރިކުރިއަރުވަން. އެހެންކަމެއްނެތް

The name is already taken The name is available. Register?

ާއުނިމާ

25 December 2019

ތިޔަ އަނިޔާ ތިޕާޓީގެ ކިތައް ކައުންސިލް މެންބަރުނަށްތޯ މަނިކުފާނުދިނީ! ޕާޓިގެ މަޤާމުތައް ބަހާލިގޮތް ނިކަން ދެކިބަލަ؟ތިޔައީ ޕާޓީ ހިންގަން އެގޭވެސް މީހެއްނޫން، އިޚްލާސްތެރިކަމެއް، ރަހުމެއްވެސް ނެތްކަން އެ ކައުންސިލް މެމްބަރުނަށް އެގޭނެ، ދެން ކޮން ވާހަކައެއްތޯ! އަޅުގަނޑާއި، އަޅުގަނޑުގެ އާއިލާ އަދި ބަސް އަހާމީހުންގެ ތާއީދު ޤަސިމަށް ޙަރާމް ވާނެ!

The name is already taken The name is available. Register?

ހައްގުބަސް

25 December 2019

ކޮމްމެފަހަރަކު އަންނަ ސަރުކާރަކާ ޑީލްހަދާފަ މަނިކުފާނުގެ ކުންފުނި ފުޅާކުރަނީ. ޤައުމުގެ މިނިވަންކަމަށް ބެލުމެނެތި.

The name is already taken The name is available. Register?

ވަތަން އިސްކުރަންޖެހޭ

25 December 2019

ޤާސިމްގެ ސަބަބުން ޤާއުމަ ލިބޭ ގެއްލުން ބޮޑު. ޤާސިމް ހީނުކުރަތި ޕީޕިއެމް މީހުން ޤާސިމް ކޮޅައް އަރާފާނެކަމަ. މިހާރަކު އެހެނެ ނުވާނެ.

The name is already taken The name is available. Register?

ތެދުވެރިޔާ

25 December 2019

މަނިކުފަނަ ސަލާން. ޓާޓާ

The name is already taken The name is available. Register?

ވަސް

25 December 2019

ފައިދާއެއް ނެތް ގެއްލުންހުރި ކަމެއް އަބަދު ކުރާނީ ކާކު؟ މޮޔައެއް! ހަމަރަގަޅަށްވެސް އޭގެ މީހަކަށް ވެއްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454