ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކު ކޮށްފައި ހުރި ފްލައިޓްތަކެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު
29 ޑިސެމްބަރ 2019 - 13:05
އާ އަހަރާ ދިމާކޮށް ރާއްޖެ އަންނަ އަމިއްލަ ޖެޓްތަކާއި އެއާލައިންތަކުގެ ފްލައިޓްތައް އިތުރުވެ، މިއަދަކީ އަނެއްކާވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ވަރަށް ބާރު ބޮޑު ދުވަހެއް ކަމަށް، އެމްއޭސީއެލުން ބުނެފި އެވެ.
އެއް ދުވަހުގެ ތެރޭގައި ވީއައިއޭއަށް ޖެއްސި/ފުރި ފްލައިޓްތަކުގެ ހަރަކާތްތަކަށް ބަލާއިރު މި ފަހުން ތިން ދުވަހަކު ވަނީ ކުރީގެ ރެކޯޑްތައް މުގުރާލައިފަ އެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "އާ ރެކޯޑެއް މިއަދު ހެދޭނެ ކަމަށް އުންމީދުކުރެވޭ" ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އާންމުކޮށް ކޮންމެ އާދިއްތަދުވަހަކު އެއާޕޯޓަށް ބާރު ބޮޑެވެ.
މި މަހުގެ 22 ވަނަ ދުވަހު، (މިދިއަ ހަފުތާގެ އާދިއްތަދުވަހު) ވީއައިއޭއަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 239 އަށް އެރި އެވެ. އެއީ މިހާތަނަށް ރެކޯޑެކެވެ.
އާ އަހަރާ ދިމާކޮށް އަންނަ ޓޫރިސްޓުންގެ އަދަދު ކުއްލިއަކަށް އިތުރު މިވީ ކްރިސްމަސްއަށް އައި ޓޫރިސްޓުންގެ ނިސްބަތް ތަންކޮޅެއް މަދުވެފައި އޮއްވަ އެވެ.
ރިސޯޓެއްގެ އިސް ވެރިޔަކު ވިދާޅުވީ "މިވަގުތު ރާއްޖޭގެ ޓޫރިޒަމްގެ އޮކިއުޕަންސީ އެދަނީ ވަރަށް ރަނގަޅު މިސްރާބަކަށް" ކަމަށެވެ.
"ހީވަނީ ވަރަށް ގިނަ ރިސޯޓްތައް އާ އަހަރަށް ފުރޭނެހެން،" އޭނާ ވިދާޅުވި އެވެ.
"ކްރިސްމަސް ދިޔައީ ހީކުރިވަރު ނުވެ. އެކަމަކު މިހާރު ވަރަށް ބޮޑުތަން އިތުރުވެއްޖެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
30 December 2019
އުފަލެއްނުވޭ. އަންނަނީ ރުޅި. ތިތަނުގެ ޑިއުޓީ ފްރީތަކުގައި ވެސް ބިދޭސިން. ސީޕްލޭންތަކުގައި މުޅިން ބިދޭސިން. ރިސޯޓްތަކުގައިވެސް ވޯކްވީސާވެސްނެތްނބިދޭސިން. # އަދި ތިއީ ހަނިމާދުއާއި ގޭންއެއަރޕޯޓް ފަޅުތަނަކަށް ހަދާލާފައި މޮނޮޕޮލައިޒްކޮށްގެން ހޯދާ ނަމަހަ ރެކޯޑް ތަކެއް. # އަހަރުމެނަށް ޙައްޤުމިންވަރު ހޯދާދޭނެކަމަށް ބުނަމުން ވެރިކަން ހޯދިމީހުނަށްވެސް އޭރު ދެއްކިވާހަކަ ހަދާންނެތިއްޖެ. ދެން ކިހިނެއް ތިކަމުން އަހަރުމެން އުފާވާނީ ؟؟!
މާލޭމީހާ
30 December 2019
ކަލޭމެނަށް ކިހިނެއްކަންކަން ކޮށްދޭނީ ؟ ކުޅުދުއްފުށި ހޮސްޕިޓަލް ޓާޝަރީކުރާންއުޅޭއިރަށް ޖެހިގެންއޮންނަ ރަށުންބުނާނެ ތިމަންނާމެންގެ ހޮސްޕިޓަލޭހަދާންޖެހޭނީ. ގަންއެއަރޕޯޓްގެ މަސައްކަތްފަށާއިރަށް ހުވަދޫ މީހުންބުނާނެ ހުވަދޫގައޭ ރަށްތައްހުރީ އެތަނުގައޭ އެއަރޕޯޓްހަދާންވާނީ! ހަނިމާދޫއެއަރޕޯޓަށް 10 މިނިޓުންދާންޖެހޭތީ ކުޅުދުއްފުށީގައިވެސްޖެހުނީ އެއަރޕޯޓްހަދަން. މިހިރަ ކަހަލަކޫސަނި ގޮތްގަނޑުދޫކޮށްލާފައި ފުރަތަމަ ސަރަހައްދު ތަރައްޤީ ކުރެވޭތޯ އުޅެބަލަ.
ހިހިސެން
29 December 2019
ސުކްރިޔާ ރ.ޔާ މިން
ޝިޔާމް
29 December 2019
އެއާޕޯޓްތައް ތޮއްޖެހި ރިސޯޓްތައް ތޮއްޖެހި ސައިކަލު ސްޓިކާތައް ތޮއްޖެހި އަދިވެސް އަދިވެސް....އެކަމަކު ރައްޔިތުން ފެލައިގެން ނޫނިއްޔާ ސަރުކާރު ހިންގޭ ކަމަކަށް ނުވޭ.
ވަތަން އިސްކުރަންޖެހޭ
29 December 2019
އެއާރޕޯޓުން ލިބޭ ފައިދާ ސީދާ އެމްޑީޕީގެ ޖީބަ.
ހަސަދު
29 December 2019
އެއަޕޯޓު ތޮށްޖެހެނީ، ރިސޯޓު ތައް ފުރެނީ. މިއިން ގައުމަށް ވާ ފައިދާ އެއް ނެތް. ހައެއްކަ މީހުންގެ ޖީބު ފުރި ބަންޑުންވަނީ، މިޖީބު ތަކުން ބަންޑުންވާ ބައި ސިޔާސީ މީހުންނަށް. ސިޔާޔީ މީހުން އުފަލުން ފޮޅެނީ. އާންމު ދިވެއްސަކަށް ވާނެ އެއްވެސް ފައިދާ އެއްނެތް. ރިސޯޓު މުއަށްޒަފަކަށް ލިބެނީ ވަރަށް މަދު ލާރި ކޮޅެއް. ހުރިހާ ބޮޑެތި މަގާމު ތަކުގައި ބޭރު މީހުން، އަހުރުމެން ދިވެހިން އެއާޕޯޓު ފުރޭވާހަކަ ދައްކަން ލަދު ގަންނަން އެބަޖެހޭ.
ފަސްލީމް
29 December 2019
ސުވާލަކީ ހުސް ފްލައިޓްތޯ އަންނަނީ..މިފަހަކުން އަބަދު އަޑުއިވެނީ އެއަރޕޯޓް ބިޒީވެ ރެކޯޑް މުގުރާވާހަކަ..އެކަމު ގްރީން ޓެކްސްވަނީ މަދު..
ޢަލީބެ
29 December 2019
މާލެ ތޮއްޖެއްސިގޮތަށް ވެލާނާ އެއަރޕޯޓްވެސް ތޮއްޖެއްސީ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކޮށްދޭން ބޭރުބަޔަކު ފައިސާ ދޭންބުނީމަވެސް އީޕީއޭގެ ނުފޫޒުން އެކަން ހުއްޓުވަނީ އަތޮޅުތައް ތަރައްޤީ ވެދާނެތީ.
އަލިމް
29 December 2019
ޢަލީބެ.. ހަމަޖެހިބަލަ ރުޅިނައިސް...އަތޮޅުތައް ތަރައްގީކުރުން އެއީ ފޭކް ވާހަކަ..ވޯޓްއާއި ގުޅޭ ވާހަކަ..ޔާމީން އެކިރަށްތަކުގައި އެއަރޕޯޓް އަޅަންފެށިމަ ފައިތުރުތުރު އެޅިމީހުން ވެރިކަމުގައި...އެމީހުން ތިބީ މާލޭގެ ކުލި ކުޑަކުރަން ޖެޖިދާނެތީ..ޑިމާންޑް ނޯންނާނެ ރަށްތަކުގައި ވަޒީފާ ގިނަވުމުން..
ހައްގުބަސް
29 December 2019
ރާއްޖޭގެ ތަރައްގީގެ ދުވެލި ދަނީ ފަހަތަ. އަވައްޓެރި ސިރީލަންކާ އެދަނީ ޗައިނަޔާ ގުޅިގެން ވަރައް ވަރުގަދަ ޕްރެޖެއްޓުތަކެ ހިންގަން މަސްވަރާ ކުރަމުން.
ވަކަޖެ މް
29 December 2019
އަވައްޓެރިޔާގެ ބިންކޮޅު ދިންވާހަކަވެސް ބުނެލިނަ މަ ފުރިހަ މަވީސް
މަންޑޭލާ
29 December 2019
ރައިސް ޔާމިންގެ މިންނެއްމަސައްކަތަ ފައްފަޝުން ޝުކުރިއްޔާ.
ޝޮކްތެރަޕީ
29 December 2019
ރައިސް ޔާމިން ދައުރުގާ އިއާޕޯރޓުގެ މަސައްކަ ބާރުމިނުގަ ކުރިޔައް ދަނިކޮ. ސަރުކަރު ބަދަލުވިހިސާބުން ވަނީ ހުއްޓުވާފަ. ދެންއުޅުނީ ބިންލާދިން ގުރޫޕުއަތުން އަތުލަން. ސައުދީގެ ސަބަބުން މިކަން ކާމިޔާބު ނުވީ. އެހެންނުންނަމަ ޖީއެމްއާރަ އަނެއްކާވެސް ދިނީސް.