މޯލްޑިވް ގޭހުގެ ލުއި ފުޅިތަކެއް-- ފޮޓޯ: މޯލްޑިވް ގޭސް
31 ޑިސެމްބަރ 2019 - 18:49
އާ އަހަރާ ދިމާކޮށް މޯލްޑިވް ގޭހުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މާކެޓިން އެންޑް ބިޑިން މެނޭޖަރު، އައިމިނަތު މުހައްމަދު ސައީދު ވިދާޅުވީ، މި ޕްރޮމޯޝަންގެ ދަށުން ދަގަނޑު ގޭސް ފުޅި ބަދަލު ކުރުން ވަރަށް ބޮޑަށް އަގުހެޔޮވާނެ ކަމަށެވެ. އެގޮތުން ދަގަނޑުފުޅި، ލުއިފުޅި އަށް ބަދަލު ކުރުމަށް ނަގާނީ 795ރ. އެވެ. އާންމު ގޮތެއްގައި ލުއިފުޅި އަށް ބަދަލު ކުރަން 1،775ރ. ހޭދަކުރަން ޖެހެ އެވެ.
ލުއިފުޅި އަށް ބަދަލުކުރަން ބޭނުންވާ މީހުން މޯޅްޑިވް ގޭހުގެ ހޮޓްލައިން ނަންބަރު 1616 އަށް ގުޅުމުން އެކަން ހަމަޖެހޭނެ ކަމަށް އެ ތަނުން ބުނެ އެވެ.
ލުއިފުޅިއަށް ބަދަލުކުރުމުގެ ހާއްސަ ޕްރޮމޯޝަނެއް މޯލްޑިވް ގޭހުން ކުރިއަށް ގެންދާ އިރު އެ ކުންފުނިން މަސައްކަތް ކުރަނީ ވިއްކާ ހުރިހާ ފުޅިއެއް، ލުއިފުޅިތަކަށް ބަދަލު ކުރުމަށެވެ.
މޯލްޑިވް ގޭހުގެ ލުއިފުޅި އަކީ ހިފައި ގެންގުޅެން ފަސޭހަ އަދި ދަބަރު ނުޖަހާނެހެން ތައްޔާރު ކޮށްފައިވާ ފުޅިތަކެކެވެ. މިއީ، ދަގަނޑު ފުޅިތަކަށް ވުރެ ރައްކާތެރިކަން ބޮޑު ފީޗާތައް އެކުލަވައިގެން ތައްޔާރު ކޮށްފައިވާ ފުޅިތަކެކެވެ.
މޯލްޑިވް ގޭހުން ލުއިފުޅި ރާއްޖޭގެ ބާޒާރަށް ނެރެފައިވަނީ ސެޕްޓެމްބަރު، 2014 ގަ އެވެ. އެ ފުޅިއާ މެދު އާންމުން ހޭލުންތެރި ކުރުމަށް ގިނަ ޕްރޮމޯޝަންތަކެއް އެ ކުންފުނިން ވަނީ ކުރިއަށް ގެންދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސްނާމުހުސިން
01 January 2020
އަހަރެން މިބޭނުންކުރަނީ ދަގަނޑު ފުޅިއެއް. އެފުޅީގެ ޑިޕޮސިޓަށް ދެއްކި ފައިސާ ވާނީ ތިތަނުގަ. އެޑިޕޮސިޓުގެ ބަދަލުގަ ތިލުއިފުޅި، އިތުރު އަގެއްނުނަގާ، ދޭންވީނުން.
ހާމަ
01 January 2020
ދަގަނޑު ފުޅިއަށްނެގި ޑިޕޮސިޓްތައް ކޮބާ؟؟ ކޮންމެ ފުޅިއަކަށް ނެގި -/600 ރުފިޔާ،
ޙަސިލް
01 January 2020
ފުޅި ލުއި ކުރީ މަ އަހަރެންގެ މުވައްޒަފުންގެ ކޮންޑަށް ދޯ ލުއި ވަނީ
ފަސީން
31 December 2019
ދަގަނޑު ފުޅިއަށް ދެއްކި ޑިޕޮސިޓް ކޮބާ..
މަހޭ
31 December 2019
ތީ ހިލޭ ކޮއްދޭން ޖެހޭކަމެއް...
ނަސީދު
31 December 2019
ޒަރޫރީ މިސަރުކާރުން މާނަކުރަނީ ކޯޗެއްބާ