އެމްއެމްއޭ އިމާރާތް-- ފޮޓޯ: އާކައިވް
31 ޑިސެމްބަރ 2019 - 18:38
އަންނަ އަހަރު ނިމޭ އިރު، ދައުލަތުގެ ރަސްމީ ރިޒާވް 863 މިލިއަން ޑޮލަރަށް އަރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފި އެވެ.
މަރުކަޒީ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންނަ އަހަރުގެ ރަސްމީ ރިޒާވް އިތުރުވާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ކުރިއެރުން ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އާ ރަންވޭ ބޭނުން ކުރަން ފެށުމާއި އަލަށް ހުޅުވޭނެ ކަމަށް ބެލެވޭ ރިސޯޓުތަކުން ފަތުރުވެރިކަމުގެ ސިނާއަތައް މި ފެށޭ އަހަރު 9،6 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެ އެވެ.
އެމްއެމްއޭ އިން ލަފާކުރާ ގޮތުގައި، މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް އަރާނީ 752 މިލިއަން ޑޮލަރަށެވެ.
އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ މިއީ ކުރިން ލަފާކުރި އަދަދަށް ވުރެ އިތުރު މިންވަރެއް ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ވާ ގޮތުން، މި އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވޭ އަދަދަކީ 635 މިލިއަން ޑޮލަރެވެ. އެހެންކަމުން މިއީ ކުރިން ލަފާކުރި އަދަދަށް ވުރެ 117 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
ރިޒާވް ރަނގަޅުވެފައިވާ މައިގަނޑު އެއް ސަބަބަކީ ފަތުރުވެރިކަމުން ލިބުނު އާމްދަނީ އިތުރުވެ، އިގްތިސާދީ ދުވެއްޔަށް ލިބުނު ކުރިއެރުމެވެ.
މި އަހަރު ރިޒާވް އެންމެ ބޮޑަށް އިތުރުވެފައި ވަނީ ފެބްރުއަރީ މަހު އެވެ. އެއީ 938 މިލިއަން ޑޮލަރަށެވެ.
މި ވެރިކަމުގެ ފަސް އަަހަރުގެ ތެރޭގައި ދައުލަތުގެ ރިޒާވް އެއް ބިލިއަން ޑޮލަަރަށް އިތުރުކޮށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސިީ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިންމާ
01 January 2020
ބަލާނަން ތިކަންތަށް؟
މޫސާމަނިކު
01 January 2020
ނާގާބިލު ގަވަރުނަރު. ކުރިކަމެއަ އަދި ކުރާކަމެއް ހަރާން. މާ މޮޅު ޓެކްނޮލެޖީ އާއި އަހުލުވެރި މީހަކަށް ވެގެން ބޭކާރު ފޮނި ކެނޑުން ކަމަކީ. މުޅި އޮފީސް އޮތީ ހަރާބުވެފަ.
ވާނުވާ19
01 January 2020
2020 ވަނަ އަހަރުގެ ބަޖެޓް ކާ ހުސްކޮށްލާނެ ޖުލައިމަހުގަ ނިކަން ބަލަން ތިބޭތި ރަށްޔިތުން މީ އެއވެސް ކަމެއް އެގިގެން ހޮވާފަތިބި ބައެއްނޫންކަން މިހާރު ޕާޓީ ކުދިންވެސް ބުނޭ ިމީހުން ރަންގަޅީ މަގުމައްޗަށް ނުކުމެ ދޮގުހެދުމަށް.
ބޭބެ
01 January 2020
ދިވެހިން ލައިގެންތައް އިމާރާކުރަންވީ، ސިމެންތިބަދާއެއް ނުއުފުލާނެ ޝާހީ ޒުވާނުން... ބިދޭސީ ނުގެނެވޭ، މީ ޤައުމެއް؟
ބިސްބެ
01 January 2020
ތިޔަޒުވާނުންގެ ތެރޭގައި ހިމެނޭނެ ބޭބެގެ ދަރިންވެސް. ލޮލް.
ސޮފްޓް
31 December 2019
ރައްޔިތުން ޅޮސްއުނދާޔަށްލުން މާޒީވެއްޖެ
ޖޮކަރު
31 December 2019
ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް. ދެން ވިސްނޭ މީހާވެސް ގަބޫލުކުރާނެ ގާބިލްް ކަމެއް ނެތް ގަވަރުނަރެއް
ބިލްކުލިންޓަން
31 December 2019
ޑޮލަރުތައް ބޯކޮށް އޮހެނީ. އެކަމަކު ޑޮލަރެއް ބޭނުންވެއްޖިއްޔާ 16 ގެ މިކޮޅަކުން ނުލިބޭ. މީ ވެސް އަރަތެއް.
ހޮކޭޑު
31 December 2019
ދައުލަތުގެ ރިޒާވް އެއީ ކަލޭ ޑޮލަރު ގަންނަން ހުންނައެއްޗެއް ނޫން.