ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު. ސާވިސް ޗާޖް މައްސަލައިގައި އެއްބަޔަކު އޭނާއަށް ފާޑުކިޔާ އިރު އަނެއް ބަޔަކު ކުރަނީ ތައުރީފު
03 ޖެނުއަރީ 2020 - 13:51
ޓޫރިޒަމް ދާއިރާގެ ސާވިސް ޗާޖަށް ނަގާނެ ވަކި ވަރެއް ގަވާއިދުގައި ކަނޑައަޅާފައި ނުވާ ކަމަށާއި އެހެންކަމުން ގަވާއިދު ޖެހޭނީ އެގޮތަށް ހަރުދަނާކުރަން ކަމަށް، ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން މިއަދު ބުނެފި އެވެ.
އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު އިގްނާޒް އަލީ ވިދާޅުވީ މިހާރު އޮތް ގަވާއިދުގައި ބުނަނީ ސާވިސް ޗާޖު ނަގައިފިއްޔާ ދޭން ކަމަށެވެ. ނަގާނެ ވަކި ވަރެއް ކަނޑައަޅާފައި ނުވާ ކަމަށާއި، އެހެންކަމުން ވަކި ވަރެއް ނުލިބިގެން ހަޅުތާލުކުރަން އަދި ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސާވިސް ޗާޖް ވަކި ވަރަކަށް ނަގާކަށް ނޯވޭ. އޮންނަނީ ނަގައިފިއްޔާ ދޭން. އެ ގަވައިދު ބަދަލުކޮށް ހަރުދަނާ ކުރަން ޓޫރިޒަމް މިިނިސްޓްރީން މަސައްކަތްކުރާކަން އަޅުގަނޑުމެންނަށް އޮތީ އެނގިފައި،" އިގްނާޒް ވިދާޅުވި އެވެ.
އެންބީއޭއެމުން ވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މަސައްކަތަށް ތައުރީފްކޮށްފަ އެވެ. އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ފާއިތުވި އެއް އަހަރުގެ ތެރޭގައި އޭނާ ކުރެއްވި މަސައްކަތްތަކުން ޓޫރިޒަމް ދާއިރާ ހަރުދަނާވެފައިވާ ކަމަށެވެ.
"އިންވެސްޓަރުންނާއި ޓޫރިސްޓުން އަދި ދިވެހި ރައްޔިތުންގެ ލޯތްބާއި އިތުބާރު ލިބިފައިވާ އިންޑަސްޓްރީއަކަށް ޓޫރިޒަމް އިންޑަސްޓްރީ ވެފައިވާ" ކަމަށް ވެސް އެ މަޖިއްޔާ އިން ބުންޏެވެ.
އެކަމުގެ "ފޮނިމީރުކަން ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް މިއަދު ލިބެމުން ދާކަން އުފަލާ އެކު ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.
ސަފާރީތަކުގެ ޓޫރިޒަމްއާ ބެހޭ ހާއްސަ ޖަމިއްޔާގެ ބަޔާން މި އައީ ސާވިސް ޗާޖާއި ރިސޯޓްތަކުގައި ދިވެހިންނަށް ވަޒީފާ ލިބޭ މިންވަރާ ބެހޭ ގޮތުން ދާދި ފަހުން އަލީ ވަހީދު ދެއްކެވި ވާހަކައަކާ ގުޅިގެން، ރިސޯޓްތަކުގެ މުވައްޒަފުންގެ ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އެންބީއޭއެމުން ބުނީ ސާވިސް ޗާޖްގެ މައްސަލައަށް ހައްލެއް ހޯދަން އަލީ ވަހީދާއި ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ޓޫރިޒަމަށް ނުބައި އަސަރެއް ކުރާ ފަދަ އެއްވެސް ކަމެއް ނުކުރަން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް އެންބީއޭއެމުން ވަނީ ގޮވާލައިފަ އެވެ.
އިގުނާޒް ވިދާޅުވީ ސާވިސް ޗާޖްގެ މައްސަލައިގައި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ބާރު އަޅައިގެން، ހަޅުތާލު ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރޭތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
"މިއީ ރާއްޖޭގެ ޓޫރިޒަމްގެ ވިޔަފާރި އެންމެ ރަނގަޅު ދުވަސްވަރު. ހުރިހާ ރިސޯޓްތަކާއި ސަފާރީތަކުގެ ވިޔަފާރި ވެސް ރަނގަޅު. މިކަހަލަ ދުވަސްވަރެއްގައި ހަޅުތާލެއް ކޮށްފިއްޔާ އޭގެ ނުބައި އަސަރު ކުރާނެ މުޅި އިންޑަސްޓްރީއަށް،" އޭނާ ވިދާޅުވި އެވެ.
އެންބީއޭއެމްގެ ބަޔާނުގައި ބުނީ ހައްގު މިންވަރު ހޯދަން ކުރާ މަސައްކަތުގައި "އިންތައް ފަހަނައަޅައި ނުދިއުމަށެ"ވެ.
"ވަޒީފާ ދޭ ފަރާތާއި ވަޒީފާ ލިބޭ ފަރާތުން ކުރެ އެއްވެސް ފަރާތެއްގެ ހައްގަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ނުކުރުމަށާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އިހުތިރާމާ އެކު އަމަލްކުރުމަށް އިލްތިމާސްކުރަމެވެ،" ބަޔާނުގައިވެ އެވެ.
މި ހަބަރު ފުރަތަމަ ޖެހި އިރު "ސާވިސް ޗާޖަށް ވަކި ވަރެއް ދޭން ކަނޑައަޅާފައި ނުވާ ކަމަށް"، އިގުޒާނާ ހަވާލާ ދީ ލިއެވުނީ އޮޅުމަކުންނެވެ. އޭނާ ވިދާޅުވެފައި ވަނީ ސާވިސް ޗާޖު ނަގާނެ ވަކި ވަރެއް ކަނޑައަޅާފައި ނޯންނަ ކަމަށެވެ. އެކަމަކު ނަގައިފިއްޔާ މުވައްޒަފުންނަށް އެ ދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ފުރަތަމަ މި ޚަބަރު ޖެހި އިރު އެގޮތަށް ލިއެވުނު ކަމަށްޓަކައި މައާފަށް އެދެމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފގދފގސފސފސ
04 January 2020
ފޮނިމީރުކަން ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް މިއަދު ލިބެމުން ދާކަން އުފަލާ އެކު ފާހަގަކުރަމެވެ،" މިހެން މިކަން އޮތިއްޔާ މުވައްޒަފުން ހަޅުތާކެއް ނުކުރާނެ.
އައްޔަބޭ
04 January 2020
ވަކިވަރެއް ނަގަން ނެތަސް %10 ކޮންމެ ރިސޯރޓަކުން ނަގާ. އެހެންވީމާ އޭގެން ގިނަވެގެން %1 ނަގާފައި އަނެއް %99 ޖެހޭނީ ބަހަން. އެކަން ނުކޮށްގެން މިއުޅެނީ. ބޯަޓް އެސޯސިއޭޝަން ތިއުޅެނީ ދިފާއު ނުކުރެވޭނެކަމެއް ދިފާއު ކޮށްދޭން. އަލީ ދެއްކިވާހަކަ ހަމަގޯސް.
ނޫސް ބަލާމީހާ
04 January 2020
"އިންވެސްޓަރުންނާއި ޓޫރިސްޓުން އަދި ދިވެހި ރައްޔިތުންގެ ލޯތްބާއި އިތުބާރު ލިބިފައިވާ އިންޑަސްޓްރީއަކަށް ޓޫރިޒަމް އިންޑަސްޓްރީ ވެފައިވާ" ކަމަށް ވެސް އެ މަޖިއްޔާ އިން ބުންޏެވެ.*** ތިތަނުން ބޭނުންވާކަމެއް ކޮށްދެއްވީތީ ނެރުނު ރިޕޯޓަކާ ވަރަށް ވައްތަރު. މުވައްޒަފުންގެ ލޯބި ލިބޭނީ އެމީހުންނަށް ހައްޤުވާ މިންވަރެއް ސާފުކޮށް އެނގި އެމިންވަރަށް އަަމްދަނީ ލިބުނީމާ. ކަންކަން ރަނގަޅު ކުރެވޭނީ މުވައްޒަފުންވެސް ތެޅުނުވަރަކުން. މާޟީ ބައްލަވާ. ވީކަމެއް ނެތް.
ވޯޓްވަގު
04 January 2020
ދެން ކީއްވެގެން ގެސްހޓުން އަތުން ހިދުމަތެއް ދިނު މްށްފަހު ސާވިސްޗާރޖް ކިޔާފަ %10 އިތުރަށްނަގަނީ އެއީ ކޮންކަ މަކަށްނަގާ ލާރިއެއް، ރިސޯޓްތަކުން ވައްކަން ކުރުވަނީދޯ. ހުރިހާ ރިސޯޓެއްގަ ވޯޓް ނުލަންވީ
އައްލާ
04 January 2020
ތިޔަ ރިސޯޓް ތަކުގެ ވާހަކަ އިވުނީމާ ހިތައްއަރަނީ ތިޔަ ރިސޯޓް ތަކަކީ ބަޔެއްގެ މިލްކިއްޔާތެއްކަމައް ވޯޓް ހޯދަންވީމާ ރައްޔަތުން ޅޮސްއުނދޯޔައްލާތަން މިފެންނަނީ ތިޔާގެން ރަށެއް މުއްދަތު ހަމަވެގެން ތިޔަވިދާޅުވާ ލޮބުވެތި ރައްޔަތުން އެއްޗަކައް ވީތަނެއްނުފެނޭ އަމްދުން ދެން ދުވަހަކުވެސް ނުފެންނާނެ އެއީމިހާރު ނަމުގައި ކުއްޔައް އަސްލު ހިބައިން 99 އަހަރަށް އެއީ ގާއްގަޑަކައް 3 ޖީލް މުނިކާފަދަރިންނާއި ހަމަޔައް ދެން ކޮން ރައްޔިތަކައްތޯ ފައިދާއެއްކުރާނީ 6% ޓެކއސް
އަލީ!
04 January 2020
ނަގާފަ ކީއްވެ ނުދެނީ؟
ޝެވަޗެންކޯ
04 January 2020
ވެލާޕްރައިވެޓް، ޝެވަލްބްލެންކް، ސެއިންޓް ރެޖިސް ، ސޮނެވާޖާނީ އާއި މިނޫނަސް ބޭރު މީހުން ހިންގާ ގިނަރިސޯޓް ތަކުން ސާރވިސް ޗާޖް ހުރިހާ އެކްސްޓްރާސްގެ އިތުރުން އެކޮ މޮޑޭޝަން އިންނަގާ. އަދި ނެގު މަށްފަހު އެ ނަގާ ޢަދަދުގެ %99 މުވައްޒަފުންގެ މެދުގައި ހަ މަހަ މަ ކަ މާއިއެކުބަހާ. މިގޮތަށް ސާރވިސް ޗާޖްގެ ކަންކަން ގެންދަން ރިސޯޓްތަކަށް މަޖުބޫރު ކުރުވަންނީ
އޮނަރަބްލް އަފީފު ދީދީ
04 January 2020
ރައްޔިތުން ނުހަނުމަސައްކަތްކޮށް ޔާމީންގެ ސަރުކާރުބަދަލުކޮށް އެމްޑީޕީއަށް ވެރިކަމާއި މަޖިލިސްހޯދާދީފައިވަނީ މިމަގުންކަންކަންހިންގާކަށްނޫން. # ރައީސް ސޯލިޙްއާއި މަޖިލިސްރައީސް ޖެހޭމިކަމަށްހައްލުހޯދާދޭން. އަހަރުމެންއެދެނީ އަލީ ވަޙީދުގެ ބަދަލުގައި ރާއްޖޭގެ އެންމެބޮޑު އިޤްތިސޯދު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާ ބެލެހެއްޓޭނެ ތައުލީމީ ތަޖުރިބާއާއި ދާއިރާގެ ފަންނުވެރިކަންހުރި ޤާބިލް މީހަކު ވަޒީރު ކަމަށް ކަޑައަޅާދިނުން. އަލީ ވަހީދަށް އިތުބާރު ނުކުރެވޭ.
ކަރޯ
04 January 2020
މާލޭ ކެފޭ އަކުން ކޮފީ އެއްބޯލިޔަސް %10 ސާވިސް ޗާޖު އެބަނަގާ، ހެޔޮސާވިސް އެއް ނުދެވުނަސް، ބޮޑު ކަމެއް ނު މިދެން، ހީވަނީ މީ ނަގަންމަޖުބޫރު އެެއްޗެއް ހެން
ނަން
03 January 2020
ގިނަ ރިސޯޓްތަކުން ނަގާ %10 ގެސްޓުން ކައިރިން ސައްވިސް ޗާޖް އޭކިޔާފަ. އެނާ އެތިކޮޅުން މަކަރު ހަދާތީ މި އުޅެނީ. %1 އެޑްމިން ފީ ގޮތުގައި ނަގާފަ ދޭނަމަ ރަގަޅު. އެކަމަކު މިނަގާ ސައްވިސް ޗާޖް އިން، ސްޓާފް ކެއުން، ސްޓާފް މެސްގައި ތަށި ސަމުސާ ބަދަލު ކުރުން، ސްޓާފް ރެކްރިއޭޝަން، ސްޓާފް ޔުނިފޯމް އަށް ޚަރަދު ކުރަނީ. އަނެއްބައި ތަންތަނުން މިވަރުވެސް ކޮއްނުދީ %10 ޓުއަރިސްޓުން ކައިރިން ނަގާފައި ތާކުން ތާކުން ނުޖެހޭ ވަރެއް ދެނީ. އޭގެ މިސާލެއް 03އޭގެ ރިސޯޓްތައ