04 ޖެނުއަރީ 2020 - 16:50
އައްޑޫ ގަމުގައި ހިންގާ ފްލައިން ސްކޫލްގައި ތަމްރީނުތަކަށް ބޭނުންކުރާ ކުޑަ މަތިންދާބޯޓެއް، ގަން އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ރަންވޭ މައްޗަށް މިއަދު "ވެއްޓިއްޖެ" އެވެ.
އޭރު އެ ބޯޓުގައި ތިބީ ބިދޭސީ ދަރިވަރަކާއި އިންސްޓްރަކްޓަރެއް ކަމަށް އެނގިފައި ވެ އެވެ. މި އެކްސިޑެންޓުގައި އެ މީހުންނަށް އެއްވެސް އަނިޔާއެއް ނުވެ އެވެ.
މިއަދު ހަވީރު 4:00 ހާއިރު އެ ހާދިސާ ހިނގަން މެދުވެރި ސީދާ ސަބަބެއް ސާފެއް ނުވި ނަމަވެސް ބޯޓު "ވެއްޓެން" މެދުވެރިވީ ލޭންޑިން ގިޔަރުގައި މައްސަލައެއް ޖެހިގެން ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ. ހާދިސާގައި ބޯޓުގެ ކުރީކޮޅު ރަންވޭ މަތީގައި ޖެހި، ބޯޓުގެ ކުރިމަތީގައި އިންނަ ބުރަފަތި ވެސް ވަނީ ބިންދައިގެން ގޮސްފަ އެވެ.
ބޯޓު "ވެއްޓުމާ" އެކު ގަން އެއާޕޯޓުގެ އެކި ޑިޕާޓްމަންޓްތަކުން މިހާރު އަންނަނީ އިމަޖެންސީ ހާލަތުގައި ހަރަކާތްތެރިވަމުންނެވެ.
ގަމުގައި ހިންގާ އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޓިކްސް (އޭއޭއޭ) ގެ ބޯޓެއް 2015 ގައި ވެސް ހަމަ މިފަދަ ގޮތަށް ރަންވޭ މައްޗަށް ވެއްޓިފައިވެ އެވެ. އަދި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް މިފަދަ ޓްރޭނިން ބޯޓެއްގެ އިންޖީނު ފެއިލްވެގެން ކަނޑަށް ވެއްޓިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮންޓްރޯލް
05 January 2020
މިއީ ކޮންޓްރޯލްޑް ލޭންޑިންގެއް ހަހަހަހަހަހަހ
އުމަރުބެ
05 January 2020
ކޮން ގައުމެއްގައި ތޯ އިންޓަރނޭސަނަލް އެއާޕޯޓެއްގެ ރަންވޭގައި ފުލައި ސްކޫލް ހިންގަނީ... ގަމާރު ވިޔަސް ސިވިލް އޭވިއޭޝަނުން މިކަހަލަ ކަންކަން ކުރަން ހުއްދަ ދީގެން ނުވާނެ ފުލައިސްކޫލްގެ ބޯޓްތައް ޖައްސަން ކުޑަ ރަންވޭއެއް އަޅާ ބަލަ .... ތިކަމަކާ ހުރެ އިއްޔެވެސް 6 ހަގަޑީއިރު ޑިލޭ..
އޮނަރަބްލް އަފީފު ދީދީ
04 January 2020
އެއަރޕޯޓް ކުންފުނީގެޙިއްސާއޮތުމަކީ ގަމުގެކުރިއެރުމަށް ހުރަސްއަޅާން ލިބިފައިއޮތް ފުރުސަތެއްކަމަށް ކާސާ ހޮލްޑިންގ ގެ ވެރިންހީކޮށްގެން ނުވާނެ. # އިބްރާހިމް ނޫރައްދީން ބޯޑް މެންބަރުކަމުގައި އިންނެވިކަމުގައިވިޔަސް ކުންފުނީގެ އެމްޑީކަމަށް އަލަށް އައްޔަންކުރެއްވެ އައްޑޫ ޒުވާނާ މިކަންކަން ބަދަލު ކުރާނެކަމަށް އުއްމީދުކުރަން. # ޒުވާން އެމްޑީއަށް ކަމުގެ ތަޖުރިބާ ހޯދުމަށް ޖަވާހިރެއްފަދަ އޭރާއި މިހާރުގެ ކަންކަން އެގިލައްވާ ބައްޕަ ފުދޭނެކަމަށް ދެކެން.
ޒުހައިރު
05 January 2020
ޤައިސަރަށްވެސް ވަކި އިތުރަށް ކުރެވޭނީ ކޮންކަމެއް. މާލޭ މީހުން މިތަން ތަރައްޤީ ވިޔަކަ ނުދޭނެ.
ކުއްޗު
05 January 2020
ބޭރުކުރޭ. ގަމުން އަވަހަށް ތިމީހުން ބޭރުކުރޭ. ތިއީ ބޮޑު ކަތުރު ފަންޏެއްކަހަލަ ބައެއް. ފެތުރިއްޖެނަމަ ނައްތާވެސް ނުލެވޭނެ. ހުޅުލެ އެއަރޕޯޓަށް ވެސް އެއުޅެނީ އެހާލު ޖެހިގެން.
ކައްކާ
04 January 2020
އިރުއިރުކޮޅާ ބޯޓުތައް ވެއްޓޭއިރު ހޮސްޕިޓަލްގަނޑެއްވެސް ނެތްތާކަށް މަދުރަސާ ބަދަލުކުރަން އުޅެނީ.
ކަކުނިބޯ
04 January 2020
އެއީ ޓްރޭނިންގ ގެބައެއް
ކްރޭޝް ލޭންޑެ
04 January 2020
ކްރޭޝް ލޭންޑެ
ބަބުރުލް ސަލީމް
04 January 2020
ހާދަ ވަރަކަށޭ ކުރޭޝްލޭން މިވަނީ. ކިހިނެތް މިވަނީ؟
ޕައިލެޓަކަށް ވާން
04 January 2020
މާ އަވަހައް ޕައިލެޓަކަށް ވާން އުޅެނީ!
މަސްބަނަސް
04 January 2020
އެވަރު ކަމެއް ހިނގާފާނެ މިއޮއްފަދަ ޒަމާނުގަ
އޮނަރަބްލް އަފީފު ދީދީ
04 January 2020
ގޭންއެއަރޕޯޓްގެހާލަތު ބަދަލު ކުރުމަށް މިވަގުތު ކުރާންޖެހޭ އެންމެ މުހިންމުކަމަކީ ކުންފުނީގައިއޮތް ކާސާ ހޮލްޑިންގ ގެ ހިއްސާ ނެގުމަށްފަހު އެމީހުން ބޯޑަށް ލާފައިވާ ތާނގީ ދޮށުގޭ އިބްރާހިމް ނޫރައްދީން ތިތަނުން ބޭރުކުރުން. # އޭގެފަހުން ގަމުގެ ސީޕްލޭންބޭސް އޮޕަރޭޓްކުރާނެ ޖެޕާން، އޮސްޓްރޭލިއާ، ކެނަޑާ ނުވަތަ ބްރެޒިލް ފަދަ ޤައުމެއްގެ ކުންފުންޏެއް ހޯދުމުގެ މަސަައްކަތްފައްޓާންޖެހޭ. ޗަމްޕާމެން ބޭނުމެއްނުވާނެ ތިތަންކުރިއަރާ ދެކުނުގައި ޓްއަރިޒަމްފެތުރިގެންދާން.
ވަޙީދުއްދީން
04 January 2020
ގަމުގައިވެސް އެމީހުން ؟؟! ރާއްޖޭގައިނެތް ދޯ ތިޔަ މީހުންގެ އަތްދަށުން ސަލާމަތްވެފައިއޮތް އެއްވެސް ތަނެއް ؟
ކަކަކަކަ
04 January 2020
ލޭންޑިންގ ގިޔަރު މައްސަލަ ޖެހިގެންނޭ؟ ތި ބޯޓުގަ ހުންނާނީ ހަރުކޮށްފަ އިންނަ ކުޑަކުޑަ 3 ފުރޮޅު. ދެން ކޮން ލޭންޑިންގ ގިޔަރު މައްސަލައެއްތަ ޖެހެންވީ؟ ދުއްވަން ތިބި 2 މީހުންގެ ފަރުވާ ކުޑަކަމުން ބޯޓުގެ ނޯޒް ގިޔަރު ޜަންވޭގަ ޓަޗްކުރީއޭ ނުބުނަންވެގެން ދޯ؟
މަތިންދާ
04 January 2020
ބުރޯ މީގަ އިންނަނީ ރިޓްރެކްޓަބަލް ގިޔާރ އެެއް. އެހަންމަ ގިޔާ މަތިކޮށް ތިރިކުރެވޭނެ. މިފަހަރު ތިރި ނުވީ. މީ ސެސްނާ 172 ޑެލްޓާ އެެއް. ލުކްއިޓު އަޕް. އިޑިއަޓު.
ސުރަންޖަން އަމާ
04 January 2020
ކަލެޔަށް އެނގޭތަ ކޮން މަރުކާއެއްގެ ބޯޓެއްކަން ދުއްވީ؟ އެއީ ސެސްނާ 172 އާރ ޖީ. އެއީ ރިޓްރެކްޓަބަލް ގިޔާ އިންނަ ބޯޓެއް. އެބޯޓުގެ ކުރީ ފުރޮޅު ތިރިނުވީމަ ކޮންޓްރޯލްޑް ކްރެޝް ލޭންޑިންއެއް ހެދީ. މައްޗަށް އެއްލާ ގާބުރިއެއްހެން ވެއްޓުނީކީ ނޫން. އެއީ އެހާލަތުގަ ބޮޑެތި ޕެސެންޖާ ބޯޓުތައްވެސް އެކަން ކުރާ ގޮތް. އެއްޗެއް ނޭނގުނަސް ވާނެ މި މަރުމޯލުން ކޮމެންޓް ކުރަން. މަހުވައި ބިއްލާހި.
ސުޓޫޑެންޓް
04 January 2020
އެ ބޯޓަކީ 172 އާރު ޖީ އެއް. އޭގައި އިންނަނީ ރިޓްރެކްޓެބްލް ލޭންޑިން ގިޔާއެއް. ސަލާމް
ބަންބޫ
04 January 2020
ކީކޭ ދެން ބުނާނީ، ވާނުވާ ނޭނގުނަސް އަނގަ ކޮށްޕަންވާނެ. ސާބަހޭ ކަކަކަކަ.
ޒުވާނާ.
04 January 2020
އައްޑޫ ލޮކޭޝަން އިންނަ ގޮތުން ވައިގެ ދަތުރުފަތުރު ކުރު މަކީ ރައްކާތެރިކަ މެއްނޫން ބާރައްދުވާ ފެރީތަކެއް ކަ މުދާނީ އަދި ތިފަދަ ޓްރެއިނިން ތަކައް ރަނގަޅު ވާނީ ނ އަތޮޅޫ މާފަރު ކަހަލަ ލޮކޭޝަން ވައިގެ މިސްރާބެއް ހުރި ރަށެއް މީކިތައްވަނަފަހަރު މަގޭބަސް ގަބޫލުކުރޭ
މުސްކުޅިޔާ
04 January 2020
އަދިވެސް ގަޅި މީހުންނާއި ކަނޑުކޮހުން އެބައުލޭދޯ ؟ ކޮންތާކު އިން ލޮކޭޝަނެއް ކަލެއްއަށް ފެނުނީ. އަޅެ ބަލާބަލަ މިހާރު ލޮކޭޝަން އިންތަނުން އުދުއްސައިގެންފިތޯ ؟
މމމަގޮވެލި
04 January 2020
ދުނިއޭގެ ތިބި އެން މެ ތަންދޮރު ދަންނަ މީހުން 2ވަނަ ބޮޑު ހަގުރާ މައިގައިވެސް ދިވެހި ރާއްޖޭގައި ގާއި މުރި އެއަރބޭސް ވެސް ރާއްޖޭގެ އޮތްއެން މެ ސްޓްރެޓީޖިކް ލޮކޭޝަނެއްގެގޮތުގައި ކަނޑައެޅީ ނ. މާފަރެވެ.