ކުޅިވަރު

ދިވެހި ލީގުގެ ތިން ވަނަ ބުރާ މެދު ސުވާލުތަކެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު ނިމުމަކާ ގާތަށް ގޮސްފައިވާއިރު ލީގުގެ ތިން ވަނަ ބުރާ ދޭތެރޭ ސުވާލު އުފެދިއްޖެ އެވެ.

ލީގުގައި މި ވަގުތު ވާދަކުރަމުން އަންނަ އަށް ޓީމުގެ ތެރެއިން ފަސް ޓީމަކަށް މި ވަގުތު ލީގުގެ ދެ ވަނަ ބުރު ވަނީ ނިމިފަ އެވެ. އެއީ ފ. ނިލަންދޫ، ށ. ފޯކައިދޫ، މާޒިޔާ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ޔުނައިޓެޑް ވިކްޓްރީ އެވެ. ދެ ވަނަ ބުރުގައި ދެން ބާކީ އޮތް ދެ މެޗަކީ ޓީސީގެ ދެ މެޗެވެ. އެއީ ޓީސީން ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މި މެޗުތައް ފަސް ކުރީ އޮކްޓޫބަރުގައި ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކުޅެން ޓީސީ ދާން ޖެހުމުންނެވެ.

މިދިޔަ އަހަރު ފުޓްބޯޅަ ފޯމެޓަށް ގެނައި ބަދަލާ އެކު ލީގު ޖޫން މަހު ފަށައި އޭރު ކްލަބްތަކަށް ހިއްސާކުރި ގަވާއިދުގައިވާ ގޮތުން ލީގުގެ ތިން ވަނަ ބުރުގައި ކުޅޭނީ ގަދަ އަށް ޓީމެވެ. މާލީ މައްސަލަތަކާއި އެ ނޫން ވެސް އެކި ސަބަބުތަކާ ހުރެ ލީގުގެ ދެ ވަނަ ބުރުގެ ވަކި ހިސާބަކުން ވިކްޓްރީ ސްޕޯޓްސް ކްލަބް ސަސްޕެންޑްކުރުމުން ލީގުގައި ފަހުން ވާދަކުރަނީ އަށް ޓީމެވެ.

ގައުމީ ޓީމަށް ފުރުސަތު ދޭން ނެގި ހަތަރު ބްރޭކުގެ ސަބަބުންނާއި ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ދިމާވެފައިވާ މާލީ މައްސަލަތަކުން އަރައިގަނެވޭނެ ގޮތެއް ފެންނަން ނެތުމުގެ ލީގުގައި ވާދަކުރާ ބައެއް ކްލަބްތަކުން ދެ ވަނަ ބުރަށް ފަހު ލީގު ނިންމާލަން ބޭނުންވާ ކަމަށް ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ވަނީ ބުނެފަ އެވެ.

Baeh club thakun beynunvanee league ninmaalan: Nistar

Baeh club thakun beynunvanee league ninmaalan: Nistar

The most trusted news source in the Maldives

Mihaaru

ދެ ވަނަ ބުރުން ދިވެހި ލީގު ނިންމާލުމަށް ބައެއް ކްލަބްތަކުން ބޭނުން.

"މިހާރަ"ށް އެނގިފައިވާ ގޮތުގައި ލީގުގެ ތިން ވަނަ ބުރާ ގުޅޭގޮތުން އެންމެ ފަހުގެ ނިންމުމެއް ނިންމާނީ މި ހަފްތާ ތެރޭގައި ކްލަބްތަކާ އެކު އެފްއޭއެމުން ބާއްވާ ބައްދަލުވުމަކަށް ފަހު އެވެ.

ލީގުގައި އިއްޔެ ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން 4-2 އިން ޔުނައިޓެޑް ވިކްޓްރީ މޮޅުވި މެޗަށް ފަހު އެ ޓީމުގެ ކޯޗު މުހައްމަދު އާދަމް ބުނީ ތިން ވަނަ ބުރު ކުޅެނީ ކިތަށް ޓީމުކަމެއް ނޫނީ ތިން ވަނަ ބުރު އޮންނާނެ ކަމެއް އަދި ޔަގީންނުވާ ކަމަށެވެ. މިހާރު އޮތްގޮތުން ލީގުގެ ތިން ވަނަ ބުރުގައި ގަދަ ހަ ޓީމު ކުޅޭނަމަ ޔުނައިޓެޑް ވިކްޓްރީ އާއި ނިލަންދޫ އަށް ލީގު ވަނީ ނިމިފަ އެވެ.

"ކްލަބްތަކުގެ މެނޭޖްމަންޓާ ހިއްސާކުރި ނުކުރިއެއް ނޭނގެ. އެއްގޮތަކަށް ވެސް ކޯޗުންނަށް ނޫނީ އަހަންނަކަށް ނެތް ހިއްސާކޮށްފައެއް. އަހަރެމެންގެ ލީގު މިދަނީ މީހެއްގެ ހިތުގައި ކުރަހާފައި އޮތްގޮތަށް ހެން ހީވަނީ. ގަވާއިދުގައި މި އިންނަނީ އަށް ޓީމު ކުޅޭގޮތަށް. ދޭތެރެ މެދުން އަހަރެމެން މި ދެ ވަަނަ ރައުންޑު ނިމުނުއިރު ނޭނގޭ ތިން ވަނަ ބުރު ކުޅެނީ އަށް ޓީމުކަމެއް، ހަ ޓީމު ކަމެއް،" މުހައްމަދު ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑް ވިކްޓްރީން އިއްޔެގެ މެޗަށް ނުކުތީ ކޮންމެ ގޮތަކަށް ވެސް ތައްޔާރުވެގެން ތިބި ހާލަތުގައި ކަމަށެވެ.

"މިއީ ރާއްޖޭގެ ފުޓްބޯޅަ ހާލަތު އޮންނަން ޖެހޭނެ ގޮތެއް ނޫން. މި އަށް ވުރެން ރަނގަޅު ވާން ޖެހޭނެ. ކުޅުން ނުކުޅުން މިއީ އެހެން ކަމެއް. ދެ ވަނަ ރައުންޑުގެ އެންމެ ފަހު މެޗު ކުޅުމުގެ ކުރިން އެނގެންޖެހޭނެ ތިން ވަނަ ބުރު ކުޅޭ ކަމަންވަންޏާ. ނުކުޅޭ ކަމަށްވަންޏާ އަހަރެމެން ބޭނުމެއް ނޫން ކުރިއަށް ދުވަސްތަކުގައި ޕްރެކްޓިސް ކުރާކަށް،" ކުރިން އެފްއޭއެމްގައި މަސައްކަތްކުރި މުހައްމަދު ބުންޏެވެ.

މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވެސް ވަނީ ލީގުގެ ތިން ވަނަ ބުރާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. މޯހަން ބުނީ ލީގުގެ ތިން ވަނަ ބުރު ކުޅުމުގައި ގޮތެއް ނިންމަންޖެހޭނީ މީގެން ކުޅުންތެރިންނަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބެލުމަށް ފަހު ކަމަށެވެ.

"ސީޒަން މި އަހަރު ނިމޭނީ ކޮން އިރަކުތޯ ބަލަންވީ. ދެން ވިސްނަންވީ ތިން ވަނަ ބުރު ކުޅެންވީތޯ ނުކުޅުންތޯ ބުއްދިވެރީ. ސީޒަން ނިމުމޭ މި ދަންނަވަނީ މި އަހަރު ނިންމާފައި އަންނަ އަހަރު ފެށުމާ ދެމެދު ވެސް އެބަޖެހޭ ވަގުތު ކޮޅެއް ދޭން. އެ ހުރިހާ ކަމަކަށް ޕްލޭން މި ކުރަން ޖެހެނީ. އަންނަ ސީޒަން ވަގުތު ދީގެން ނިންމާލެވެންޏާ މަޖުބޫރެެއް ނޫން ތިން ވަނަ ބުރު ނުކުޅެ ދޫކޮށްލުމެއް. ކުޅުންތެރިންނަށް ފައިދާވާ ގޮތަށް ކުޅުން ބުއްދިވެރީ،" އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރެއްގެ މަގާމުގައި މީގެ ކުރިން މަސައްކަަތްކުރި މޯހަން ބުންޏެވެ.

Footboalha ah faadukiyaigen libunu ehves halleh neiy: Mohan

Footboalha ah faadukiyaigen libunu ehves halleh neiy: Mohan

The most trusted news source in the Maldives

Mihaaru

ފުޓްބޯޅަ އަށް ރަނގަޅު ހައްލެއް ހޯދަން މަޝްވަރާކުރަންޖެހޭ ކަމަށް މޯހަން ވަނީ ބުނެފައި.

ލީގުގެ އެއް ވަނައިގައި މި ވަގުތު މާޒިޔާ އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މާޒިޔާ އިން އަންނަ މަހު އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅެން ތައްޔާރުވަމުން އަންނައިރު، ލީގުގެ ތިން ވަނަ ބުރަށް އެ ޓީމުގެ ތައްޔާރީތައް ކިހިނެއްތޯ ނޫސްވެރިން ސުވާލުކުރުމުން އެ ޓީމުގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ ކަމެއް ޕްލޭން ކުރަން އެނގޭނީ ތިން ވަނަ ބުރުގެ ޝެޑިއުލް ލިބިގެން ކަމަށާއި އެހެންވެ މި ވަގުތަށް ވަކި އެއްޗެއް ބުނަން އުނދަގޫ ކަމަށެވެ.

މިހާރު އޮތްގޮތުން ދެ ވަނަ ބުރުގެ މެޗުތައް އެއްކޮށް ނިމޭނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު ޓީސީ އާއި އީގަލްސް ކުޅޭ މެޗުންނެވެ.

7 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 60%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓޮޓީ

05 January 2020

6މަސް ވަދެށް ފުލޭން ކޮށްގެން ފެށި ލީގުގެ ފެންވަރު. ތިންވަނަ ބުރުއޮތީ ރެންދިފުލެޓްތޭރޭކަންނޭ.

The name is already taken The name is available. Register?

ކުޅޭނެތޯ ނުކުޅެޭނެތޯ

05 January 2020

ބައްސާމޫ. އޭޝިއަން ކަޕް ބާއްވާފައި، މަށަށް ފެންނަނީ، ލީގު ފުރިހަމަ ކުރުމުގެ ބޮޑު، ދިގު މުއްދަތުގެ މޮޅު ޓާގެޓު ހަމަޖައްސައި، ލީގުގެ ކޮއްމެ މެޗެއް ކުޅޭނެތޯ ނުކުޅޭނެތޯ ބަލަން ގަވާއިދުން ޖަލްސާ ބާއްވައި، ބާރަށް "ކުރިއަށް" ދިއުން. މީވާ ފުޓްބޯޅަ އެސޯސިއޭޝަނެއް! ????⚽️

The name is already taken The name is available. Register?

ބުލޫ

05 January 2020

ނާގާބިލު ރައީސްއަކު އެފްއޭމަށް ލައިގެން ތިބި ކުލަބުތައް މިއަދު ކޯއްޗެކޭކިޔާކަށް. އެކަން ބަދަލުކުރަށް ނިއުނިކުތީމަވެސް ބަންސާމާއި ބައިވެރިވެފަ ނިއުސަސްފެޑްކުރީ. މިއަދު ދެން ތިބޭ ރޮއިރޮއި..

The name is already taken The name is available. Register?

ކުކުޅު ކަތީބު

05 January 2020

މިސަރުކާރުގެ ހުރި ސުފޯޓްސް މިނިސްޓަރަށް މިއިން އެއްވެސް ކަމެއް ނޭގެނީތަ. ބަންސާމް ދަށުވިޔަސް ބޮނޑްވަރުތީ..އަގައިން ބަހެން ނުބުނެ އެބަހުރޭ

The name is already taken The name is available. Register?

ޖޯޖު

05 January 2020

ބައްސާމުއާ ހަވާލު ކުރަންވީ ސިޔާސީ ޕާޓީެއްގެ ބޮޑެއްގެ ވަޒީފާ ފުޓްބޯޅައަށްވީހެން އިސާހިތަކު މީހުން ސިޔާސީކަންކަމުން ފޫހިވެ ގަމުމުގެ ހަލަބޮލިކަން މައިތިރިވެ ގައުމު އަމަންވެދާނެ.

The name is already taken The name is available. Register?

ނަގިއްޔާ

05 January 2020

މިދާގޮތުން ކުޅިވަރެއް މެނޭޖުކުރަން ޖަމުއްޔާއެއްގެ ރައިސަކަށް ނޭގި އެގައުމުގަ ކުޅިވަރު ވީރާނަވިތަން މިސާލެއްގެ ގޮތުގަ ހާވަޑް ޔުނިވާސިޓީ ކަހަލަ މަޝްހޫރު ޔުނިވާސިޓީއަކުން ނަގާ ކިޔަވާކުދިންނަށް އިބުރަތެއްގެ ގޮތުގައި ދައްކާނެ ދުވަހެއްވެސް އަންނާނެ ކަންނޭގޭ. ބައްސާމް ދަމޭން ހޫ ކިލްޑް ދަ ގޭމް!

The name is already taken The name is available. Register?

ވަކުންޖު

05 January 2020

ފުޓްބޯޅައާ ބެހޭ އާޓިކަލްއެއް ކިއާލާ ކޮންމެ ދުވަހަކު ހިތައްއަރަނީ އަހަރުމެން އެފްއޭއެމްގެ ރައީސަކަށް ގެނައީ ހާދަ ނާގާބިލް މީހެކޭ. ހާދަ ދެރައޭ. ހާދަ ބޮޑު ގެއްލުމެކޭ މިލިބުނީ ފުޓްބޯޅައިގެ ކުރިމަގަށް. މިކަން ރަގަޅު ކުރަން ދެން އަހަރުމެންނަށް ކުރެވޭނީ ކޮންކަމެއްބާއޭ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454