އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމެއްގައި މީހަކު ހައްޔަރުކުރަނީ: އިދިކޮޅު އެއްވުމަކުން ހައްޔަރުކުރި މީހަކު ބަންދުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން ވަނީ ހުކުމް ކޮށްފައ -- ފޮޓޯ/މިހާރު
06 ޖެނުއަރީ 2020 - 15:20
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމާ ގުޅިގެން އިިދިކޮޅު ފަރާތްތަކުން މާލޭގެ އެކި ތަންތަނަށް އެއްވި މައްސަލައިގައި ހައްޔަރުކުރި މީހަކު ބަންދުގައި ބަހައްޓަން އަމުރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރަން ގޮވާލައި، މިދިޔަ މަހުގެ ކުރީކޮޅު އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާ އަކަށް ފަހު މާލޭގެ އެކި ތަންތަނަށް އެއްވުމުން، ބައެއް މީހުން ހައްޔަރުކުރި އެވެ. އެ މީހުން ބަންދުގައި ބޭތިއްބުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އޭގެ ތެރެއިން އެކަކު ފަސް ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ވަކީލަކު ހަމަޖައްސާފައި ވަނިކޮށް، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ ބަންދު މުއްދަތު މަޖިލީހުގައި ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދިނުމެއް ނެތި ކަމަށެވެ. އަދި އެކަން ފުލުހުންގެ ފަރާތުން ދެއްކި ވާހަކަތަކުން ވެސް އެނގޭތީ ވަކީލެއްގެ ހައްގުން އޭނާ މަހްރޫމް ކޮށްފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލުމުގައި ތުހުމަތު ކުރެވޭ މީހާގެ ކުށުގެ ރެކޯޑާއި ކުށްކުރި ގޮތާއި ކުށުގެ ކުޑަ ބޮޑުމިނާއި އެފަދަ ކަންކަމަށް ރިިއާޔަތް ކުރަން ޖެހޭއިރު، މުޖްތަމައުގެ ސަލާމަތަށްޓަކައި ކަމަށް ބުނެ އޭނާ ބަންދު ކުރަން ކުރި އަމުރުގައި ރިިއާޔަތް ކޮށްފައިވަނީ އޭގެ ކޮން ކަމަކަށް ކަން ސާފުނުވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އޭނާއަކީ ކުށުގެ ރެކޯޑެއް ނެތް މީހެއް ކަން ވެސް އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
އެހެންވެ، އޭނާ ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ނުވާތީ އެ އަމުރު ބާތިލްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމް ޝަރީފް
08 January 2020
ތަހުގީގަށް ބަންދުގެ މުއްދަތުޖަހަނީ ތި ހުރިހާކަމަށް ރިއާޔަތްކޮށްފައެއްނޫން. ފުލުހުން ހުށަހަޅާ ހެކިބަހުގެ މައްޗަށް. ހައިކޯޓުގެ ތި ނިންމުމުން އެގެނީ އަދިވެސް ހައިކޯޓް ހަމަޔަކަށް ނޭޅޭަކަން. ޔާމީން ސަރުކާރުން 3 ފްލެޓް ލިބުނު ބޭފުޅަކު އިސްފަޑިޔާރަކަށް ހުރުމުން ވީގޮތެއް. އަވަހަށް އޭނާ ބޭރު ކުރޭ. އޭނާގެ ބައިވަރު ސްލޫކީ އަދި ޖިނާއީ މައްސަލަ ހުންނާނެ.
އެއްކަލަ
07 January 2020
ބޭނުންވާ ހުރިހާ ގާޒީންތައް މަގާމުން ދުރުކޮށްގެން ކްރިމިނަލް ކޯޓުން ހާދަ މޮޅަށް ހުކުމް އެ ނެރެލަނީ.. މާ ބޮޑަށް ޖުޑީޝަރީ އިސްލާހުވެގެންވެސް ގޯސް ހުކުމް ނެރެވޭނެކަން އެ ދޭހަވަނީ
Juhaa
06 January 2020
ކޮބައިތަ ހިސާން ހުސައިނާއި ބަންޑާރަ ނައިބު ރިފްޢަތާއި ޕީޖީ ޝަމީމާ 3 މީހުން؟ މިހާރު ނުކުރޭދޯ ޤާނޫނާ ޚިލާފު ކަމެއް؟
ގާސިމު
06 January 2020
މިސަރުކާރުން ރަގަޅައް ކުރި އެއްކަމެއްވެސް ނެތް
1828
06 January 2020
ހުކުމް ބާތިލް ކުރިއިރު އެމީހާވަނީ 05 ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރެފައި ދޯ؟ ދެން ކޮންމެހެން ހުކުމް ބާތިލް ކުރުމުގެ ބޭނުމެއް ނެތެއް ނު؟