އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ ގައުމާ މުޚާބަތް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
08 ޖެނުއަރީ 2020 - 08:13
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ މިސައިލްތައް ބޮޑެތިވެފައި، އަމާޒަށް ވާސިލްވުމުގައި ބަރާބަރުވާނެ ކަމަށް. އަދި އެމެރިކާގެ މިސައިލްތަކުން ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ވެސް ވިދާޅުވި. ނަމަވެސް އެމެރިކާގައި ބާރުގަދަ ހަތިޔާރު ހުރީ ގައުމުތަކާ ދެކޮޅަށް ބޭނުން ކުރަން ނޫން ކަމަށް ވިދާޅުވި.
އީރާންގެ މިސައިލް ހަމަލާތަކުގައި ގެއްލުމެއް ނުލިބުނީ އެފަދަ ހަމަލާއަކަށް އެމެރިކާ ސިފައިން ވަރަށް ރަނގަޅަށް ތައްޔާރުވެގެން ތިބުމުން ކަމަށް ޓްރަމްޕް ވިދާޅުވި.
އީރާނާ އެކު ރައީސް ބަރަކް އޮބާމާ ސަރުކާރުން 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ އެއްބަސްވުމުން ޔޫރަޕުގެ ގައުމުތައް ވަކިވުމަށް ޓްރަމްޕް ގޮވާލެއްވި. އަދި މެދުއިރުމަތީގެ ކަންކަމުގައި ނޭޓޯ އިން މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރިވުމަށް އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި.
In case you missed the top of Pres Trump's remarks (and entrance...)
— Sarah Svoboda (@sasvoboda) January 8, 2020
"No Americans were harmed in last night’s attack by the Iranian regime," says @POTUS. Adding, "Iran appears to be standing down, which is a good thing for all parties concerned and a good thing for the world." pic.twitter.com/OZs9CCTNXt
އީރާން ރައްޔިތުންނާ ސުލްހަވާން އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ ވިދާޅުވެއްޖެ. އީރާނުން ދިން މިސައިލް ހަމަލާތަކާ ގުޅިގެން ގައުމާ މުޚާތަބް ކުރައްވައި ޓްރަމްޕް ވިދާޅުވީ ސުލްހަ ބޭނުންވާ އެންމެންނާ ސުލަހަވާން އެމެރިކާ ތައްޔާރަށް އޮތް ކަމަށް. އަދި އީރާނުން ދިން ހަމަލާތަކަށް ރައްދު ދެއްވާނެ ކަމަަށް ވިދާޅެއް ނުވޭ
އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅު އަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވި. އަދި އެމެރިކާ އިން މިހާރ ވެސް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި އީރާނަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް ވިދާޅުވި.
ޓްރަމްޕް ވިދާޅުވީ އީރާނުގައި ދުނިޔޭގައި އެންމެ ބޮޑަށް ޓެރަރިޒަމް ހިންގާ ގައުމު ކަމަށް. އަދި އީރާނުން ވަނީ ދުނިޔޭގެ ތަހުޒީބު މުޖްތަމައަށް ބިރު ދައްކާފައި ކަމަށް ވިދާޅުވި. އެމެރިކާ އިން ހަމަލާދީ އަވަހާރަކޮށްލި އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަކީ ޓެރަރިސްޓެއް ކަމަށް ޓްރަމްޕް ވިދާޅުވި. އަދި އޭނާގެ އަތް ވަނީ "ލެއިން ތަތްތެޅިފައި" ކަމަށް ވެސް ވިދާޅުވި.
"އެމެރިކާ ސިފައިން ތިބީ ކޮންމެ ކަމަކަށް ވެސް ތައްޔާރަށް. އެކަމަކު މިހާރު ހީވަނީ އީރާން ބަލިވަމުންދާހެން. އެއީ ދުނިޔެ އަށް ރަނގަޅެއް،" ޓްރަމްޕް
އެމެރިކާގެ ރައީސްގެ މަގާމުގައި އެމަނިކުފާނު ހުންނެވިހާ ދުވަހު އީރާނުގައި ނިއުކްލިއާ ހަތިޔާރު ބެހެއްޓިޔަ ނުދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ. އިރާގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އީރާނުން ރޭ ފޮނުވާލި މިސައިލް ހަމަލާތަކާ ގުޅިގެން ގައުމާ މުޚާތަބް ކުރައްވާ ޓްރަމްޕް ދެންމެ ދެއްވި ބަޔާނުގައި ވިދާޅުވީ އެ ހަމަލާތަކުގައި އެމެރިކާގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް.
ވެއްޓުނު ޔުކްރޭނުގެ މަތިންދާ ބޯޓުގެ ކަޅުފޮށި އެމެރިކާއާ ހަވާލު ނުކުރާނެ ކަމަށް އީރާނުން ބުނެފި. ތަހުގީގަށް ބްލެކް ބޮކްސް ފޮނުވާނީ ކޮން ގައުމަކަށް ކަމެއް އަދި ނޭނގޭ. އީރާނުން ބުނީ އޭވިއޭޝަން ގަވާއިދު އޮންނަ ގޮތުން ތަހުގީގު ހިންގަން ޖެހޭނީ ބޯޓު ވެއްޓުނު ގައުމަކުން ކަމަށް.
General Soleimani fought heroically against ISIS, Al Nusrah, Al Qaeda et al. If it weren’t for his war on terror, European capitals would be in great danger now.
— Hassan Rouhani (@HassanRouhani) January 8, 2020
Our final answer to his assassination will be to kick all US forces out of the region.
އީރާނުގެ ރައީސް ރޫހާނީގެ ޓްވީޓް
އީރާނުން ފޮނުވާލި މިސައިލް ހަމަލާތައް އިރާގުގެ އަންބާރު ޕްރޮވިންސްގެ އަލް އަސަދު ވައިގެ މަރުކަޒުގެ "35 ޕޮއިންޓަކަށް އަރާފައިވާ ކަމަށް ރިވޮލިއުޝަނަރީ ގާޑުގެ ތަރުޖަމާން ބްރިގޭޑިއާ ޖެނެރަލް ރަމިޒާން ޝަރީފް ވިދާޅުވެއްޖެ.
އެމެރިކާ އިން ވަނީ އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީގެ "އަތް ހަށިގަނޑުން ވަކިކޮށްފައި" ކަމަށާއި އޭގެ ރައްދުގައި މެދުއިރުމަތިން އެމެރިކާގެ "ފައި ބުރިކޮށްލާނެ" ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ.
ވެއްޓުނު ޔުކްރޭނުގެ ބޯޓުން މަރުވެފައި ވަނީ އީރާނުގެ 82 މީހުން. ކެނެޑާގެ 63 މީހުން. ޔުކްރޭނުގެ 11 މީހުން (ބޯޓުގެ ކްރޫންނަކީ ޔޫކްރޭން މީހުން). ސްވިޑަންގެ 10 މީހުން. އަފްގާނިސްތާނުގެ 4 މީހުން. ޖަރުމަނުގެ ތިން މީހުން އަދި އިނގިރޭސިވިލާތުގެ ތިން މީހުން
احدى صواريخ قصف ايران البالستية التي سقطت في قرية حيطان في هيت ٤٠ كم عن قاعدة عين الاسد
— Hamzoz 🇮🇶 حمزوز (@Hamzoz) January 8, 2020
.
One of the ballistic missiles of Iran that landed in the village of Hitan in Heet, 40 km from the Ein Al-Assad Airbase#insm_iq#Iran #Iraq #USvsIran #IranUsa pic.twitter.com/8MFI8xMUnB
އީރާނުން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މިއަދު ވެއްޓުނު ޔުކްރޭން އެއާލައިނުގެ ބޯޓުގެ ކަޅުފޮށި ހޯދައިފި ކަމަށް އީރާނުން ބުނެފި. ބޯޓު ވެއްޓުނު ހާދިސާގައި ވަނީ ބޯޓުން ދަތުރުކުރި 176 މީހުން މަރުވެފައި. ވެއްޓިފައި ވަނީ 2016 ވަނަ އަހަރު އުފެއްދި ބޯޓެއް. އަދި އެންމެ ފަހުން އެ ބޯޓު ޗެކްކޮށްފައި ވަނީ މީގެ ދެ ދުވަސް ކުރިން.
އެމެރިކާ ސިފައިންނަށް މިސައިލް ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު މެސެޖެއްގެ ޒަރިއްޔާ އިން އީރާނުން އަންގާފައިވާ ކަމަށް އިރާގުގެ ބޮޑު ވަޒީރުގެ އޮފީހުން ބުނެފި. ނަމަވެސް ހަމަލާ ދޭ ތަނަކާ ބެހޭ މައުލޫމާގު އަންގާފައި ނުވާ ކަމަށް ވަނީ ބުނެފައި.
ހަމަލާތަކަށް ފަހު އީރާނުގެ ފޮރިން މިނިސްޓަރު ޖަވާދު ޒަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަނގުރާމައަކަށް ދާން ބޭނުން ނޫން ކަމަށާއި އެއީ އެ ގައުމުގެ ރައްޔިތުންނަށާއި އިސް ވެރިންނަށް އަމާޒުކޮށް ހަމަލާދޭ ތަންތަނަށް، ގައުމުގެ ދިފާއުގައި ދިން ރަައްދެއް ކަމަށް. އަދި އެކަން މިހާރު ނިމިއްޖެ ކަމަށް ވެސް އެ ޓްވީޓްގައި ވިދާޅުވި. "މި ހާލަތު އިތުރަށް ގޯސްކޮށް ނުވަތަ ހަނގުރާމައެއް ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނުވެ އެވެ. އެކަމަކު އެއްވެސް ހަމަލާއެއް އަތުވެއްޖެ ނަމަ ދިފާއުގައި ހަމަލާދޭނަމެވެ،" ޒަރީފް ލިއުއްވި އެވެ.
މުޅި ދުނިޔެ މިހާރު ހުއްޓިފައި ވަނީ އެމެރިކާ އިން ދޭނެ ރައްދަކީ ކޮބައިތޯ ބަލަން. ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އީރާނުގެ މިސައިލް ހަމަލާތަކުގައި އެމެރިކާގެ އެއްވެސް މީހަކު މަރުނުވެއްޖެ ނަމަ، އެހާ ހިސާބުން މި ހޫޫނުގަނޑު މައިތިރިކުރުމުގެ މަސައްކަތް ފެށުން ކައިރި. އެކަމަކު އެމެރިކާާގެ އެކަކު މަރުވި ނަމަވެސް ބަދަލުހިފުމުގެ ހަމަލާއަކަށް، އެމެރިކާގެ ބައެއް އާންމުން ރައީސް ޓްރަމްޕަށް ޕްރެޝަރު ޖައްސާނެ ކަމަށް، ތަޖުރިބާކާރުން ލަފާކުރޭ.
އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށް އީރާނުން ދިން މިސައިލް ހަމަލާތަކުގައި، އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކު އަދި އިރާގުގެ ސިފައިންގެ މީހަކު ވެސް މަރުވެފައި ނުވާ ކަމަށް، އިރާގުގެ އަސްކަރީ އިސް އޮފިސަރުންތަކަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނި. އެމެރިކާގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމަކަށް އެ ގައުމުން މިހާތަނަށް ބުނެފައެއް ނެތް. އެކަމަކު އީރާނުގެ ރަސްމީ ޓީވީން ބުނީ ހަމަލާތަކުގައި 80 މީހުން މަރުވި ކަމަށް.
އިރާގުގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒަށް އީރާނުން މިސައިލް ހަމަލާ ދިނުމަކީ އެމެރިކާގެ "މޫނުމަތީގައި ޖެހި އެތިފަހަރެއް" ކަމަށް ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ވިދާޅުވެއްޖެ.
އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ ވައިގެ މަރުކަޒުތަކަށް ދިން މިސައިލް ހަމަލާ އަކީ އީރާނުގެ އަސްކަރީ ގާބިލްކަމުގެ ކުޑަ މިންވަރެއް ކަމަށް އީރާނުގެ އަސްކަރިއްޔާގެ ވެރިޔާ މޭޖާ ޖެނެރަލް މުހައްމަދު ބަގަރީ ވިދާޅުވެއްޖެ.
ޔޫކްރޭނުގެ ޕަސިންޖާ މަތިން ބޯޓު ވެއްޓުނީ އިންޖީން ފެއިލްވެގެން ކަމަށާއި އެ ބޯޓަށް ޓެރަރިސްޓް ހަމަލާއެއް އަރާފައި ނުވާ ކަމަށް އީރާނުގަައި ހުންނަ ޔުކްރޭނުގެ އެމްބަސީން ބުނެފި.
އިރާގުގެ ވެރިރަށް ބަޣުދާދަށް ދަތުރު ކުރުން އެމިރޭޓްސް އެއާލައިނުން ހުއްޓާލައިފި. ފްލައިދުބާއީ އިން ވެސް ވަނީ ބަޣުދާދަށް އުދުހުން ހުއްޓާލާފައި.
އީރާނުގެ ބާރުގަދަ އަސްކަރީ ލީޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ފަހަތުގައި ހުރި ސަބަބުތައް ސާފުކޮށްދޭން އެމެރިކާގެ އިދިކޮޅު ޕާޓީ ޑިމޮކްރެޓިކް މެމްބަރުން ގެންދަވަނީ މަސައްކަތް ކުރައްވަމުން. އެކަމަކު ސަރުކާރުން މިހާތަނަށް ބުނެފައި ވަނީ އޭގެ ސަބަބަކީ "ބަގުދާދުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ހަމަލާއެއް ދޭން އުޅުމާއި އެނޫން ވެސް ބައެއް ހަމަލާތައް އަމާޒުވުމުގެ ފުރުސަތު އޮތުން" ކަމަށް. މިއީ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންނަށް ގަބޫލުކުރެއްވޭ ވަރުގެ ތަފުސީލަކަށް ނުވޭ. ހަމަލާއަށް ފަހު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކޮންގްރެސް އަށް އެންގި އެންގުމުގައި، އެމެރިކާއަށް ހުރި ބިރުތަކުގެ އެއްވެސް ތަފްސީލެއް ނެތް ކަމަށް، މައުލޫމާތު ހުރި އެއް ބޭފުޅަކު ނިއު ޔޯކް ޓައިމްސް އަށް ވިދާޅުވި.
އެމެރިކާގެ ނޫސްތަކުން: ނިއު ޔޯކް ޓައިމްސް އިން ބުނާ ގޮތުގައި މިއީ ނޭނގި ތިއްބާ ދިން ހަމަލާއެއް ނޫން. އީރާނުން ހަމަލާއެއް ދީފާނެކަމުގެ ޖާސޫސީ މައުލޫމާތުތައް އިއްޔެ ވެސް ލިބުނު ކަމަށް އެ ނޫހުން ބުނޭ. ލޮސް އެންޖަލިސް ޓައިމްސް އިން ބުނި ގޮތުގައި މިއީ "އީރާނާއި އެމެރިކާ އާއި ދެމެދު އޮތް ޒަމާންވީ ހޫނު މަސްރަހު ގޮވުން ކަމަށް އަދި ހަނގުރާމައެއްގެ ބިރު ވެސް އޮތް" ކަމަށް އެ ނޫހުން ބުނޭ. ޕޮލިޓިކޯ ވެބްސައިޓުން ސިފަކުރި ގޮތުގައި މިއީ "ޓްރަމްޕް ޓެސްޓްކުރަން މިހާތަނަށް ކުރިމަތިވި ބައިނަލްއަގުވާމީ އެންމެ ބޮޑު މައްސަލަ."
އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް 22 މިސައިލް ފޮނުވާލި ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނި. މިސައިލް ހަމަލާ ދީފައި ވަނީ ރޭ އިރާގު ގަޑިން 1:45 އާއި 2:15 އާ ދެމެދު. އަންބާރު ޕްރޮވިންސްގެ އައިން އަލް އަސަދު ވައިގެ މަރުކަޒަށް އަމާޒުކޮށް ފޮނުވާލި 17 މިސައިލްގެ ތެރޭން ދެ މިސައިލް ނުގޮވާ ކަމަށް އިރާގު ސިފައިން ބުނި. އިރްބީލްގެ ކޯލިޝަން ހެޑްކްއާޓަރަށް އަމާޒުކޮށް ފޮނުވި ފަސް މިސައިލް ވެސް އަމާޒަށް ވާަސިލްވި ކަމަށް އިރާގުން ބުނި. މިސައިލް ހަމަލާތަކުގައި އިރާގުގެ އެއްވެސް މީހަކު މަރު ނުވާ ކަމަށް އީރާނުން ބުނި.
އިންޑިއާ މީހުން، ކޮންމެހެން ކުރަން ޖެހޭ ދަތުރެއްގައި ނޫނީ އިރާގަށް ދަތުރު ނުކުރަން އެ ގައުމުގެ ސަރުކާރުން އިލްތިމާސްކޮށްފި. އަދި އިރާގުގައި ތިބި އިންޑިއާ މީހުން ވެސް ރައްކާތެރިވެ ތިބުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި.
އީރާނުން ފޮނުވާލި 15 މިސައިލުގެ ތެރޭން އެއްވެސް މިސައިލަކަށް އެމެރިކާ އިން ހުރަސް އަޅާފައި ނުވާ ކަމަށް އީރާނުގެ ރަސްމީ ޓީވީން ބުނެފި. މިސައިލް ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ ސާމާނާއި ހެލިކޮޕްޓަރުތައް ހަލާކުކޮށްލާފައިވާ ކަމަށް އީރާނުން ވަނީ ބުނެފައި. ރިވޮލިއުޝަނަރީ ގާޑުގެ އޮފިޝަލުންނާ ހަވާލާދީ ރަސްމީ ޓީވީން ބުނީ އެމެރިކާ އިން ރައްދު ހަމަލާދީފި ނަމަ އީރާނުން ހަމަލާދޭނެ 100 ތަނެއް ފާހަގަކޮށްފައިވާ ކަމަށް.
އީރާނާއި އިރާގުގެ ވައިގެ ސަރަހައްދުން ސްރީ ލަންކަން އެއާލައިންސްގެ ބޯޓުތައް ދަތުރު ނުކުރަން ނިންމައިފި. ސިންގަޕޫރު އެއާލައިންސް އިން ވެސް ބުނެފައި ވަނީ އީރާނުގެ ވައިގެ ސަރަހައްދަށް ނުވަންނާނެ ކަމަށް. އަދި އޭޝިއާގެ އެހެން ބައެއް ގައުމުތަކުގެ އެއާލައިންތަކުން ވެސް ވަނީ އީރާން-އިރާގުގެ ވައިގެ ސަރަހައްދުން ދަތުރު ނުކުރަން ނިންމާފައި.
އީރާނާއި އިރާގު އަދި ގަލްފުގެ ސަރަހައްދުން އެމެރިކާގެ މަދަނީ ބޯޓުތައް ދަތުރު ކުރުން މަނާކޮށްފި.
އެމެރިކާ އިން ރައްދު ހަމަލާއެއްދީފި ނަމަ އީރާނުން އެއަށް ވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށް އެ ގައުމުގެ ރަސްމީ ޓީވީން ބުނެފި.
ހަމަލާ ދިނުމަށް އީރާނުން ބޭނުންކޮށްފައި ވަނީ ބިމުން ބިމަށް ފޮނުވާލާ ފާތިހު-313 ގެ މިސައިލް ކަމަށް އީރާނުގެ ފާސް ނިއުސް އެޖެންސީން ވަނީ ބުނެފައި.
All is well! Missiles launched from Iran at two military bases located in Iraq. Assessment of casualties & damages taking place now. So far, so good! We have the most powerful and well equipped military anywhere in the world, by far! I will be making a statement tomorrow morning.
— Donald J. Trump (@realDonaldTrump) January 8, 2020
އެމެރިކާ އިން ރައްދު ހަމަލާއެއްދީފި ނަމަ ސަރަހައްދީ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ރައީސް ހަސަން ރޫހާނީގެ މުޝީރު ވިދާޅުވެއްޖެ.
މިސައިލް ހަމަލާއާ ގުޅިގެން ތެލުގެ އަގު ވަނީ ކުޑަ ތަންކޮޅެއް މިއަދު މައްޗަށް ޖެހިފައި. ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިއަދު ވަނީ 1.83 ޑޮލަރު ނުވަތަ 2.7 ޕަސެންޓަށް ބޮޑުވެފައި. ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 70.10 ޑޮލަރުގައި.
އީރާނުން ބުނެފައި އެމެރިކާގެ މަރުކަޒުތަކަށް ދީފައި ވަނީ ރައްދު ހަމަލާގެ އެންމެ އާދައިގެ މިންވަރުގެ ހަމަލާއެއް ކަމަށް.
އީރާނުގެ މިސައިލް ހަމަލާތަކުގައި އެއްވެސް މީހަކު މަރުނުވާ ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އީރާނުގެ ރަސްމީ ޓީވީން ބުނެފައި ވަނީ 80 މީހުން މަރުވެފައިވާ ކަމަށް.
ތެހެރާން (ޖެނުއަރީ 8) - އެމެރިކާ ސިފައިން އިރާގުގައި ތިބޭ ދެ މަރުކަޒަކަށް އަމާޒުކޮށް އީރާނުން މިއަަދު މިސައިލް ހަމަލާދީފި އެވެ.
އީރާނުގެ ރަސްމީ ޓީވީން ބުނީ އެއީ އެ ގައުމުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު ހިފަން ދިން ހަމަލާތަކެއް ކަމަށެވެ. އީރާނުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ ތެރޭން މީހަކު މަރުވި ކަމެއް އަދި ޔަގީނެއް ނޫނެވެ.
އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާ ފޮނުވާލަނީ. --ފޮޓޯ:އޭއެފްޕީ
ޕެންޓަގަނުން ބުނީ އިރާގުގެ އިރްބިލް އާއި އަލް އަސަދުގެ ވައިގެ މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށެވެ.
"އީރާނުން ދިން ހަމަލާގެ މައުލޫމާތު ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވާފައި ވަނީ. އަދި ގައުމީ ސަލާމަތާ ބެހޭ ޓީމާ އެކު މަޝްވަރާ ކުރަމުން ދަނީ،" ވައިޓް ހައުސްގެ ތަރުޖަމާން ސްޓެފާނީ ގްރިޝަމް ވިދާޅުވި އެވެ.
ޕެންޓަގަނުން ބުނީ މިސައިލަ ހަމަލާގައި ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށެވެ.
#Video The moment #Iran missiles targeting US airbase in Iraq in retaliation for General Soleimani assassination#SevereRevenge pic.twitter.com/wa3tYIUhud
— Iran (@Iran) January 8, 2020
އީރާނުން އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް ފޮނުވާލި މިސައިލް ހަމަލާތައް
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ އެމެރިކާ ސިފައިން ތިބޭ ގައުމުތަކަށް ވެސް އިންޒާރު ދީފަ އެވެ.
"އެމެރިކާ ސިފައިންނަށް މަދަދު ދޭ ގައުމުތަކަށް މި އިންޒާރު ކުރަނީ އީރާނާ ދެކޮޅަށް އެމެރިކާ ސިފައިން ހަމަލާ ދޭން އެހީވާ ކޮންމެ ގައުމަކަށް އީރާނުން ހަމަލާ ދޭނެކަން،" ރިވޮލިއުޝަނަރީ ގާޑުގެ ބަޔާނުގައި ބުނެފައިވެ އެވެ.
Iran took & concluded proportionate measures in self-defense under Article 51 of UN Charter targeting base from which cowardly armed attack against our citizens & senior officials were launched.
— Javad Zarif (@JZarif) January 8, 2020
We do not seek escalation or war, but will defend ourselves against any aggression.
އީރާންގެ ފޮރިން މިނިސްޓަރުގެ ޓްވީޓް
އީރާނުުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ނެރުއްވި ޓްވިޓާ މެސެޖެއްގައި ވިދާޅުވީ އެއީ އީރާނުގެ އަމިއްލަ ދިފާއުގައި ދިން ހަމަލާއެއް ކަމަށާއި އެމެރިކާއާ އެކު ކުރިމަތިލުމަކަށް ދާން ބޭނުން ނުވާ ކަމަށެވެ.
އީރާނުގެ މިސައިލް ހަމަލާތަކަށް ފަހު ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސައިލް ހަމަލާގައި ލިބުނު ގެއްލުން ބަލާފައިވާ ކަމަށާއި ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށެވެ.
އިރާގުގައި އެމެރިކާގެ 5،200 ސިފައިން ތިބެ އެވެ.
އިރާގުގެ އަންބާރު ޕްރޮވިންސްގެ އަލް އަސަދު ވައިގެ މަރުކަޒުގައި އެމެރިކާ ސިފައިންގެ މީހަކު ހަރަކާތްތެރި ވަނީ: އީރާނުން ވަނީ އަލް އަސަދު މަރުކަޒަށް ހަމަލާދީފައި. --އޭއެފްޕީ ފައިލް ފޮޓޯ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދަތިކުރުން
11 January 2020
އީރާނަށް ދަތިކުރަން އެމެރިކާއިން ހަމަ ފިޔަވަޅު އަޅަނީ. ވާކަމެއް ނެތް. އީރާނުން ތެޔޮވެސް ވިއްކާ. އެ ގައުމުން ހަތިޔާރު ވެސް ގަނޭ. މި ކޮންކަހަލަ ދަތިކުރުމެއް
ރޭވުން
11 January 2020
ގައުމަކާ ސުލަހަވާން ޓްރަމްޕް ބުނެފިއްޔާ ފަހުން މި ފެންނަނީ އެ ގައުމަކާ ޖައްސާލައިގެން އުޅޭތަން. އީރާނަށް ވެސް އެހެން ހަމަ ހަދާނީ.
ޑްރޯން
11 January 2020
ސުލައިމާނީ އަވަހާރަކޮށްލަން ހަމަލާ ދިން ޑްރޯން އޮޕަރޭޓް ކުރީ އެމެރިކާގައި ތިބެގެންނޯ. އެހެރީ އެމެރިކާގެ ކުޅަދާނަކަން. ދެން ކިހިނެއްް އެ ގައުމާ ކުޅެން އުޅެވޭނީ.
އީރާން
11 January 2020
އީރާނުން އެ ބުނަނީ އެމެރިކާ ސިފައިން މެދުއިރުމަތިން ބާލާފައޭ ހުއްޓާލާނީ. އެ މީހުން އެކަން ކުރާނެ. އީރާނުގެ ރޭވުން ވަކި ދެރައެއް ނުވާނެ.
ނަސީބު
11 January 2020
ނަސީބެއް މިފަހަރު ހަނގުރާމައަކަށް ނުގޮސް ނިމުނުކަން. އެހެން ނޫންނަމަ އަހަރެމެންގެ އިގްތިސާދު ދިޔައީސް. ހަމަޔަގީން ތެލުގެ އަގު މައްޗަށްދާނެކަން.
ސުލްހަ
11 January 2020
އީރާނާ ސުލްހަވާން ޓްރަމްޕް ހުށަހެޅުމުން ސުވާލު އުފެދޭ. އެއޮއް ބާރުގަދަ ގައުމުން ކީއްވެ ބާ ސުލްހަ ހުށަހެޅީ. އެހެންވީމާ އެނގެނީ އީރާނުގެ ބާރުގަދަކަން
ހަމަލަ
11 January 2020
ބޮޑަށް ހީވަނީ މި ރޭވުމެއް ހެން. އީރާނުން އެ ބުނީ ގަސްދުގައޭ މީހުން މަރުނުވާ ގޮތަށް ހަމަލާދިނީ. އެމެރިކާއަކަށް ވެސް ނުކެރުނު ރައްދު ހަަމަލާތައް ދޭކަށް.
ހަސީ
11 January 2020
އީރާނުން ހަމަލާ ދިނުމުން އެންމެ ފަހުން އެމެރިކާ މައިތިރިވެެއްޖެ. ޓްރަމްޕަކަށް ނުކެރުނު އެމެރިކާއަށް ހަމަލާދޭނެ ވާހަކަ ބުނާކަށް.
ސޭކުބެ
09 January 2020
ކޮންމެގޮތަކަށް ކަންކަންދިޔައަސް ޓްރަމްޕްއަކީ ފޮނިކަޑާމީހެއް. ނޯތްކޮރެއާގެ ރައީސްއަށްވެސް މަލާމާތްކޮށް އޭތިމީތިގޮވާފަ އެންމެފަހުން ނޯތުކޮރެއާގެ ރައީސް ބުނިތަނަކަށްއައިސް އޭނާއާ ބައްދަލުކުރި. މީނާވަނީ އެކިކަންކުމުގައި އަމިއްލަ ގައުމުގަވެސް ހޫނުފެނަށް ވެއްޓިފާ.
އީދުކަޅުބެ
09 January 2020
އީރާނުގެ އެންމެ ހަމަލާއަކުން މިކަލޭގެ އެއޮތީ ސައިޒްވެފައެވެ. އެއްގޮތަކަށްވެސް ތިޔަ އެމެރިކާއަކާ ސުލްޙަވާނެކަމެއްނެވެ. ތިޔަ ބައިގަނޑު މެދުއިރުމަތިންނާއި ގަލްފް ސަރަހައްދުން ބާލަންވީއެވެ.