ކަސްޓަމްސްއިން ކުރިން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާ އެއްޗެހި ހޯދަނީ: މިދިއަ ހުކުރާއި ހޮނިހިރުދުވަހު ހާއްސަ އޮޕަރޭޝަންތަކެއް ވަނީ ހިންގާފައި
03 އޮކްޓޯބަރ 2016 - 16:07
ފުލުހުންނާއި ކަސްޓަމްސްއިން ވަކިވަކިން ހިންގި ބޮޑު ތިން އޮޕަރޭޝަނެއްގައި 25 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، އަށް މީހަކު ހައްޔަރުކޮށްފި އެވެ.
މި ތިން އޮޕަރޭޝަންގެ ތެރެއިން އެންމެ ބޮޑު ދެ އޮޕަރޭޝަންގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުނުން 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އިރު މާލޭގައި ހިންގި އޮޕަރޭޝަންގައި އަތުލައިގަނެވުނީ ހަތް ކިލޯގެ މަސްތުވާތަކެއްޗެވެ.
ކަސްޓަމްސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވީ މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ޓްރިވެންޑްރަމުން އައި 31 އަހަރުގެ އަންހެނެއްގެ ދަބަހުން ހަތް ކިލޯގެ ހަޝިޝް އޮއިލް އާއި އެއް ކިލޯގެ ހިރޮއިން ފެނިފައިވާ ކަމަށެވެ. އަދި އަންހެންމީހާ އެތެރެކުރި އެ ތަކެއްޗާ ހަވާލުވާން އުޅުނު 21 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަސްޓަމްސްއިން ބުނީ އެ ދުވަހު 10:30 ހާއިރު ރާއްޖެ އައި އަންހެންމީހާ ގެނައި މަސްތުވާތަކެތި ހުރީ ބައެއް ކާބޯތަކެތި ބަންދުކޮށްފައި ހުންނަ ޕެކެޓްތަކެއްގައި ކަމަށެވެ. އެ އަންހެންމީހާ އާއި އަނެއް ދެ މީހުން ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަން ކްރިމިނަލް ކޯޓުން ވަނީ މުއްދަތު ވެސް ޖަހައިދީފައި ކަމަށް ފުލުހުން ބުނެ އެވެ.
"ދެ މީހުންނަކީ (ހަވާލުވުމަށް އައި ދެ މީހުން) ކުށުގެ ރިކޯޑު އޮތް ބައެއް،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު 12:30 ހާއިރު، އިންޑިއާގެ ބެންގަލޫރުން އައި 28 އަހަރުގެ މީހެއްގެ ދަބަހުން 10 ކިލޯގެ ހަޝިޝް އޮއިލް ފެނިފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދެ މީހުން ދިރިއުޅޭ ގެ ބަލައި ފާސްކޮށް ހަތް ކިލޯގެ ހަޝިޝް އޮއިލް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްސަލާގައި ހައްޔަރުކުރީ 22 އަހަރާއި 27 އަހަރުގެ ދެ ފިރިހެނުން ކަމަށް މޫސަ ވިދާޅުވި އެވެ.
ތިން މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ މުއްދަތު ޖަހައިދީފަ އެވެ.
ކަސްޓަމްސް އިން ބުނީ ހޮނިހިރު ދުވަހު އެއާޕޯޓުން އަތުލައިގަތް މަސްތުވާތަކެތި ހުރީ ޕެކެޓާއި ޖޫސް ޕެޓީ ކޮތަޅާއި ފިލްމު ހުސްކުރި ދަޅު ފަދަ ތަފާތު އެއްޗިއްސަށް އަޅާފައި ކަމަށެވެ.
މާލޭގައި މިދިޔަ ހުކުރު ދުވަހު ގެއެއް ބަލައި ފާސްކޮށް، 438.28 ގްރާމްގެ ހަޝިޝް ހޯދައި 34 އަހަރުގެ އަންހެނަކާއި 24 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާ
04 October 2016
ތިމައްސަލަތައް ކޮންމެސްކޮންމެސް ކޯޓަށް ހުށަނާލާތި. ހެއްކެއްނުދެއްކޭނެ. އެހެންކޮންމެސްގޮތަކަށް ނިންމާ.
ހަކީމު
04 October 2016
ދިވެހިން ކަމެއް ބޭރު މީހުން ކަމެއް ނޭނގޭ... ތިޔަ ހޯދި އެއްޗިއްސަށް ދެން ވާނެގޮތެއް ނޭނގޭތީ ައްސަލަޔަކީ
ހުސޭނު
03 October 2016
މިވިޔަފާރިން ޓެކްސް ނަގާނެނަމަ.
ހަސަނާ
03 October 2016
ކޮބާ ކުއްތާ މިހާރު ހާދަ ހަބަރެއްނުވޭ
ކުއްތީން
03 October 2016
އުމަރު ދިޔަ ފަހުމް އޭތިމެންގެ ޚަބަރު ދޭނެ މީހެއް ނެތް..
މަރޭމިތުރާ(ޓެކްސީ ޑުރައިވަރު)
03 October 2016
ރައްޔިތުން ކާޑުޖެހި ބިކަވަނީ! ޜަށްރަށުން މަގުތަކަށް އެއްވަނީ!
ޢަބްދުﷲނާފިޒު
03 October 2016
ގެޓްސެޓް ލޯނު ނަގައިގެން ހިންގާ ވިޔަފާރި ހާދަ ފުޅާވެއްޖެޔޭ އުތަ! ތިޔަ ވިޔަފާރި އެއްދުވަހުން އަނެއް ދުވަހަށް ކުރިއަރަމުން އަންނަ ކަމުގެ ހެކި ތިހިރަ އަންނަނީ ފެންނަމުން، އހ.
އެހާރު
03 October 2016
ހާސްކަނޑާލާ ހައިކޯޓުން ނުވަތަ ސްޕްރީމް ކޯޓުން އިސްތިޢުނާފް މަރުޙަލާގައި އެނހާރު " ސަލާމަތް ވާނެ. ޠަޤީން 2018 ޔަޤީން"
މަރޭމިތުރާ(ޓެކްސީ ޑުރައިވަރު)
03 October 2016
މިހާރަކަށް އައިސް ވައިގެމަގުން ހިނގާކަންތައް ފުލުހުން ހާމަކުރަނީ ދެތިންދުވަސް ހިނގާފަހުން. ތަހުގީގައް ލަސްކޮއްފަ މީޑިއާއައްވެސް އަންގަނީ. އަހަރެން ޖައްސާމައްސަލައަކީ އެއްވެސް ކުށެއްނެތް މައުސޫމުންވެސް މިހާރަކަށް އައިސް އެބަ ހިފަހައްޓާ ދެތިންދުވަހު ބަންދުގަވެސް އެބަބަހައްޓާ ޝައްކެއްގަ. ޢެއާޕޯރޓް ތަރައްގީއަށް އެތަކެއް އެހީ ބޭރުން ލިބިފައިވާއިރު ބަހައްޓަންޖެހޭ މެޝިންތަކެއް ނެތް. ކީއްވެތޯ ސީޓީ ސްކޭން ނެތީ ! ކީއްވެތޯ ކުށެއް ނެތް މައުސޫމުން ހައްޔަރުވަނީ އެމީހުންގެ ކުށެއްނެތި ކޯޓް އަމުރު ޖަހަނީ.
ނާޒިމާ
03 October 2016
ތިކުރެއްވި މަސައްކަތަށް ސާބަސްދެން. އެކަމަކު ތިކަންނިމޭނީ ކޯޓްތަކުން ކަަމަށްވާތީ ތިމީހުން ކުށްވެރިވާނެކަމާމެދު ޝައްކު. އިހަށް ދުވަހު މިނިވަންވީ ހަމަ ތިކަހަލަ ބޮޑެއް.
އަލީ
03 October 2016
ތިޔައެއްޗެހި ނުގެނެ ހަނޑޫ ހަކުރު ފުއްގެނެސްގެން ވިއްކަބަލަ.
ހަމްބެ
04 October 2016
ވަރަށް ރަނގަޅު ވާހަކައެއް