މިރޭގެ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
08 ޖެނުއަރީ 2020 - 23:07
ދުޅަހެޔޮ މުޖުތަމައުއެއް ބިނާ ކުރުމަށްޓަކައި ތައުލީމާއި ކުޅިވަރު އެކުގައި ކުރިއަށް ގެންދަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ކާމިޔާބީތައް ފާހަގަ ކުރުމަށް ޔޫތު މިނިސްޓްރީން ބޭއްވި "ރަން އަހަރު" ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދުޅަހެޔޮ ބަޔަކަށް ރައްޔިތުން ހެދުން ކަމަށާއި އެހެންކަމުން ސްކޫލުން ފެށިގެން އެފަދަ ކަންކަން ކުދިންނަށް ބުނެދޭން ޖެހޭ ކަމަށެވެ.
"ތައުލީމާއި ކުޅިވަރާ ގުޅުވައިގެން ކުރިއަށް ގެންދަން ޖެހޭ،" އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ކުޅުންތެރިންނާއި ޒުވާނުން ބައިވެރިވި ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އެންމެ ފުރަތަމަ ވެސް ފެއްޓެވި މަސައްކަތަކީ ޒުވާނުން ބާރުވެރި ކުރުން ކަމަށެވެ. އެގޮތުން ހަށިހެޔޮ، ދުޅަހެޔޮ ކެމްޕެއިނަކީ އެ މަސައްކަތުގެ ފެށުން ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.
ކުޅިވަރުގެ ދާއިރާ އިން މިދިޔަ އަހަރު ހޯދާފައިވާ ކާމިޔާބީތަކަކީ ރަން އަކުރުން ފަވާލެވޭ ކަންތައްތަކެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި އެއީ ވަރަށް ގިނަ ބައެއްގެ މަސައްކަތްތައް ކަމަށް ވިދާޅުވި އެވެ. ނައިބު ރައީސް ވަނީ އެ ހުރިހާ ފަރާތްތަކަށް މަރުހަބާ އާއި ޝުކުރު އަދާ ކުރައްވައިފަ އެވެ.
"ގައުމަށް ރީތި ނަން ހޯދައި ދިނުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް އަޒުމަކަށް ވާން އެބަޖެހޭ. ދިވެހި ރާއްޖެއަށް ރީތިނަން އެކި ދާއިރާތަކުން، އެކި ރޮނގުރޮނގުން ހޯދައިދީފައި އެބަވޭ،" ނައިބު ރައީސް ވިދާޅުވި އެވެ.
ދަރިވަރުންނާއި ޒުވާނުން ރާއްޖެ އަށް ރީތިނަން ހޯދައި ދީފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖެ އާއި އެހެން ގައުމުތަކާ އޮންނަ ގުޅުން ބަދަހިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖެ ވަނީ އެހެން ގައުމުތަކާ ގުޅުން ކުޑަ ގައުމެއްގެ ގޮތުގައި ކަމަށާއި މިހާރު އެ މަންޒަރު މުޅިން ބަދަލުވެފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، 2023 ގައި ރާއްޖޭގައި ބާއްވަން ހަމަޖެހުމަކީ އެންމެން ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށާއި އެކަން ކާމިޔާބު ކުރެވުނީ ގިނަ ބައެއްގެ މަސައްކަތުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ސަރުކާރަށް ކާމިޔާބީތައް ހޯދެނީ އެއް އަމާޒަކަށް މަސައްކަތް ކުރައްވާތީ ކަމަށް ވިދާޅުވެ ނައިބު ރައީސް ވަނީ ހުރިހާ ވަޒީރުންނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.
އާދައިގެ މަތިން މިރޭގެ ޖަލްސާގައި ވެސް ނައިބު ރައީސް ވަނީ ޒުވާންނުން ކަންކަމާ ވިސްނައި ތިބުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
• އެކަކު އަނެކަކަށް އޯގާތެރިވުން
• މުއާމަލާތް ކުރުމުގައި ރީތިގޮތްތައް ގެންގުޅުން
• އަނެކާގެ ހައްގު ދަނެ އަނެކާ އަށް އިސްކަން ދިނުން
• މަގުތައް ރައްކާތެރި ތަނަކަށް ހަދަން އެންމެން މަސައްކަތް ކުރުން
• ހަށިގަނޑަށް ގެއްލުން ލިބޭ ކަންތައްތަކާ ދުރަށް ދިއުން
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިމޭ ން
09 January 2020
ނައިބްގެ ހަބަރެއް ނުވާޔާ ހާދަ ދުވަހެއް ފަހު ން މިވީ. ޢެތައް ދުވަހަކަށް ފަހު މި އެ ނގު ނީ އެބަހު ން ނެވިކަ ން. ޢަ ނެއްކާ ކުރި ން ނަ އިބް ތަކަށް ވީ ހެ ން .....
ދިއްދޫ ހަންދަރު ޙަސަން
09 January 2020
ރަނގަޅު ވާހަކައެއް އޮނޑި ފަހަރު ފަލިޖަހައިގެން ދުއްވުމާއި ރިޔަލުގަ ދުއްވަން ދަސްކޮށްދެން ޖެހޭ ރާވެރިކަމާ ރުކުފަތީގެ މަސއްކަތާ ފަންގިވިނުމާ ރޯނުވެށުން ކުނާވިޔުން ފޭލިވިޔުން އަދި ކޮބައިތޯ ރުކަށް ޅާނބު ލައިގެން އެރުމާ ޅާނބު ނުލާ އެރުން ދެތިން ދުވަހު ނަމަވެސް މަހަށް ދިޔުން އަދި މަސްކަނޑަށް ދަސްކޮށްދޭން ޖެހޭ އެކަނި ނަމާދުކުރަން އެނގޭތޯ ކަށަވަރު ކުރަން ޖެހޭ މިއިން އެއްވެސް ކަމެއް ނުކޮށް ބެޓާ ބިސްކޯދު ގެނެސް ކާންދީ ފަލަކުރިޔަސް ދުނިޔެ ދަހެއްނުވޭ
ރީނދޫ
09 January 2020
ތައުލީމާއި ކުޅިވަރު އެކުގައި ކުރިއަށް ގެންދަން ޖެހޭ: ތައުލީމާއި ކުޅިވަރުގެ އިތުރުން އެހެނިހެން ހުނަރުތައްވެސް ކުރިއަރުވަން އެބަޖެހޭ
ކޮސްގޮވާ
09 January 2020
ސިޔާސީކަންތައްތަ އެއްފަރާތްކޮއްލާފައި އެބަޖެހޭ ސަރުކާރުން ތައުލީމީ ނިޒާމަށް ފޮކަސްކޮއްގެން ރަގަޅު ކުދިން ތަކެއް ބިނާކުރަން.
މި
09 January 2020
މުހިންމު ލިއުމެއް.
ބޮޑުމީހާ
09 January 2020
ކުޅިވަރުކުޅޭނެ ތަންކޮޅެއް ނެތަސް ހެޔޮދޯ. ޔޫތް މިނިސްޓްރީން ކޮންކަމެއް ކޮށްގެންތަ ރަން ޖަލްސާ ބާއްވަނީ.
ފަނީ
09 January 2020
ކުޅިވަރު ކަންތައް މާބޮޑުވެއްޖެ. އާކުކުޅަކަށް ގާބިހެއް އެޅިއްޖެ
އާރީ
08 January 2020
ޒުވާނުން ބާރުވެރިކުރަށްތަ މުޅިމާލޭގަ ރީދޫ ދެ ރޮގު ދަމާގެން ވެހިކަލުތަކުގަ އިސްޓިކާޖަހަނި?
ސަހަރޯ
09 January 2020
ގާނޫނެވެ. އެއީ ގާނޫނެވެ. ތަންފީޒުނުކުރުންވެސް ކުށެކެވެ. ލިޔެފައި އެބައޮތެވެ. ގާނޫނު ހިނގަންޖެހެއެވެ. ފޮތުންނެވެ. އަމަލުންނެވެ. ޚުދު އަހަރެންވިޔަސްމެއެވެ. މަށާ ކަލާ އަށް ވުރެ އެ ބޮޑެވެ.
ާއުނިމާ
09 January 2020
ރީދޫ ދެރޮގު ދެމުން އެއީ ޤާނޫނުތޯ!އިދިކިޅުގަހުރި އިރު އިސްޓިކާއޭ ޙައްޤުތަކޭ ކިޔާފަ ހީވަނީ އެހެންފަދަކަމެއްހެން، މިހާރު އެގިއްޖެ ހުސްފޮނިވާހަކަން، އެހެންނޫނަސް ބަރަވެލި ސްޕީޑުގައި ހިންގޭނީ ކޮންވެރިކަމެއް. ދެން ނައިބު ރައީސާ ހަވާލުކޮށްފަ މިއޮތީ ފިލޯސޮޮފީ ވާހަކަދެއްކުން! މިވެރިންނަށް ކުރެވޭކަމެއް ޙަރާމުން ޙަރާމް! އުޅޭ އެޕާރޓުމްންޓްގެ ކުލި ބޮޑުކޮށްފި!ޖަޒީރާ ރައްޖެއަށް ސަލާން! ލޯކަލް ކައުންސިލް އިންތިހާބަށް މޮޅުނަމެއް ހަދާލަބަލަ އަގައިން1 ކަމުންސުމެއް
ޖިމީ
09 January 2020
ތަންފީޒު ކުރަންޖެހެނީ ވަކި ގާނޫނު ތަކެއްތޯ؟ ރައްޔިތުން ފެލާ ބޮޑުއަދަދުން ޖޫރިމަނާކުރާ ގާނޫނުތައް އެކަނިތޯ ތަންފީޒުކުރަންޖެހެނީ؟ މީ ބޮޑު މުސީބާތެއް............