ޚަބަރު

ގިނަ ޒުވާނުން ކިޔެވީ އިޖުތިމާއީ، ވިޔަފާރި އަދި ގާނޫނީ ދާއިރާ އިން

ސިނަމާލެ ބްރިޖުން ފައިބައިގެން އަންނަ ދުއްވާ އެއްޗެހިތަކެއް: ޒުވާނުންގެ ތެރެއިން 35 ޕަސެންޓް ފިރިހެނުންގެ އަތުގައި ސައިކަލެއް އޮވޭ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ރާއްޖޭގައި ގިނަ ޒުވާނުން މަތީ ތައުލީމު ހާސިލު ކޮށްފައިވަނީ އިޖުތިމާއީ، ވިޔަފާރި އަދި ގާނޫނީ ދާއިރާ އިން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިއްޔެ ފާހަގަކުރި މި އަހަރުގެ ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، ގާތްގަނޑަކަށް 9،000 ދިވެހި ޒުވާނުން ކިޔަވާފައިވަނީ އިޖުތިމާއީ އާއި ވިޔަފާރި އަދި ގާނޫނީ ދާއިރާއިންނެވެ. ދެން އެންމެ ގިނައީ ތައުލީމާ ގުޅުން ހުރި ދާއިރާތަކުން ކުރިއަށް ދިޔަ ޒުވާނުންނެވެ. އެ ދާއިރާ އިން ގާތްގަނޑަކަށް 5،000 ޒުވާނުން މަތީ ތައުލީމު ހާސިލު ކޮށްފައިވާ ކަމަށް ދައްކަ އެވެ.

ތިން ވަނަ އަށް އެންމެ ގިނައީ ސައިންސާ ގުޅުން ހުރި ކޯސްތަކުން ކިޔެވި ޒުވާނުންނެވެ. އެ ދާއިރާ އިން 4،500 ވަރަކަށް ޒުވާނުން ކުރިއަށް ދިޔައިރު އެންމެ މަދު ކަމަށް ދިރާސާ އިން ދައްކަނީ ދަނޑުވެރިކަމާ ގުޅުން ހުރި ޕްރޮގްރާމްތަކުން މަތީ ތައުލީމަށް ކިޔަވާ މީހުންނެވެ.

ރާއްޖޭގައި ޒުވާނުން ކަމަށް ބަލަނީ އުމުރުން 18-34 އަހަރާ ދެމެދުގެ މީހުންނެވެ. ނަމަވެސް ބައިނަލްއަގުވާމީގޮތުން ޒުވާނުންގެ އުމުރުގެ ގޮތުގައި ކަނޑައަޅާފައިވަނީ 15-24 އެވެ. އެހެންވެ މި ދިރާސާގައި، މައުލޫމާތުތައް ބަހާލާފައިވަނީ ދެ އުމުރަށެވެ.

ރާއްޖޭގެ އާބާދީގެ 43 ޕަސެންޓު ހިއްސާ ކުރަނީ ޒުވާނުންނެވެ. މި އަހަރު 18-35 އަހަރާ ދެމެދުގެ 240،584 ޒުވާނުން އުޅޭއިރު، އެ އާބާދީ އެންމެ ބޮޑީ ކ. އަތޮޅުގަ އެވެ. ދެން ބ. އަތޮޅުގަ އެވެ. ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ޒުވާނުންގެ އާބާދީ 300،000 އަށް އަރާނެ ކަމަށް ވެސް ދިރާސާގައި ލަފާކޮށްފައި ވެ އެވެ.

ޒުވާނުންގެ ތެރެއިން 143،456 މީހުން ދިރިއުޅެނީ މާލޭގަ އެވެ. އޭގެ ތެރެއިން އެންމެ ގިނައީ 18-34 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އެ އުމުރުގެ 105،042 މީހުން މާލޭ ސަރަހައްދުގައި އުޅެ އެވެ. އަތޮޅުތަކަށް ބަލާއިރު، 15-24 އަހަރާ ދެމެދުގެ 57،014 މީހުން އަދި 18-34 އަހަރާ ދެމެދުގެ 135،541 ޒުވާނުން ރަށްރަށުގައި އުޅެ އެވެ.

ތައުލީމު ހާސިލު ކޮށްފައިވާ އެންމެ މަތީ ވަނައަށް ބަލާއިރު، 15-34 އަހަރާ ދެމެދުގެ 82،924 މީހުން އޯ ލެވެލް ހަދާފައި ވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ 18-34 އަހަރާ ދެމެދުގެ އަންހެނުންނެވެ. އެ އުމުރުގެ 29،555 އަންހެނުން އޯ ލެވެލް އިމްތިހާނު ހެދިއިރު އޭ ލެވެލް ނިންމާފައިވާ ކަމަށް މި ދިރާސާގައި ދައްކަނީ 19،362 ޒުވާނުންނެވެ. އޭގައި ވެސް އެންމެ ގިނައީ 18-34 އަހަރާ ދެމެދުގެ އަންހެނުންނެވެ.

ޑިޕްލޮމާ ހާސިލްކުރި ޒުވާނުންގެ އާބާދީ 26،977 ގައި އުޅޭއިރު، އެ ކެޓަގަރީގައި ވެސް އެންމެ ގިނައީ 18-34 އަހަރާ ދެމެދުގެ އަންހެނުންނެވެ. ޑިގްރީ އަދި އެ އަށް ވުރެ މަތިން ތައުލީމު ހާސިލު ކޮށްފައިވާ ކަމަށް 9،369 ޒުވާނުން ބުނެ އެވެ. އޭގައި ދެބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު ބައި ހިއްސާކުރަނީ 18-34 އަހަރާ ދެމެދުގެ އަންހެނުންނެވެ.

މަތީ ތައުލީމާ ގުޅުން ހުރި ނުވަތަ ވޮކޭޝަނަލް އެއްވެސް ތަމްރީނެއް ހާސިލް ކޮށްފައިނުވާ ޒުވާނުންގެ އާބާދީ ފުދޭވަރަކަށް ގިނަ އެވެ. އޭގައި 15-34 އަހަރާ ދެމެދުގެ 41،942 މީހުން ބުނަނީ އެފަދަ އެއްވެސް ތައުލީމެއް ނުވަތަ ތަމްރީނެއް ހޯދާފައިނުވާ ކަމަށެވެ.

މިިދޔަ އަހަރު އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ފާސްވެފައިވަނީ ކޮމްޕިއުޓަރު ސައިންސް އިންނެވެ. އެ މާއްދާ އިން ގާތްގަނޑަކަށް 87 ޕަސެންޓު ދަރިވަރުން ފާސްވެފައިވެ އެވެ. ދެން އެންމެ ގިނަ ދަރިވަރުން ފާސްވީ، ކުޑަކުޑަ ތަފާތަކާއެކު ކެމިސްޓްރީންނެވެ. ތިން ވަނައަށް އެންމެ ގިނަ ދަރިވަރުން ފާސްވީ އިސްލާމް މާއްދާއިންނެވެ. ދިވެހިން ފާސްވި ދަރިވަރުން ހިމެނެނީ އޭގެ ފަހުންނެވެ.

މިދިޔަ އަހަރު ލޯވަ ސެކަންޑްރީ ނުވަތަ ގްރޭޑު 6-7 ގައި 16،167 ދަރިވަރުން ކިޔެވިއިރު މަތީ ސާނަވީގައި ކިޔަވަމުން ދިޔައީ 3،776 ދަރިވަރުންނެވެ.

ތައުލީމް ހާސިލްނުކުރާ ނުވަތަ ވަޒީފާ އަދާނުކުރާ ނުވަތަ އެއްވެސް ތަމްރީނެއް ފުރިހަމަނުކުރާ ޒުވާނުންގެ އާބާދީ އުޅެނީ 29 ޕަސެންޓުގަ އެވެ. އެކަމުގެ ހާލަތު 22 އަހަރުން ދަށުގައި އަންހެނުންނާއި ފިރިހެނުން ދާދި އެއްވަރެވެ. ނަމަވެސް 22 އަހަރުން މަތީގެ އަންހެނުންގެ ތެރޭގައި، ތައުލީމް ހާސިލްނުކުރުމާއި ވަޒީފާ އަދާނުކުރުން ނުވަތަ ތަމްރީނު ފުރިހަމަނުކުރާ މީހުން ގިނަ އެވެ

ޒުވާނުންގެ ތެރެއިން 15-24 އަހަރާ ދެމެދުގެ 26،064 މީހުން ވަޒީފާ އަދާކުރެ އެވެ. ވަޒީފާ އަދާނުކުރާ 4،940 ޒުވާނުން އުޅޭކަމަށް، 2016 ވަނަ އަހަރު ހެދި ދިރާސާއިން ދައްކަ އެވެ. އެގޮތުން 15-17 އަހަރާ ދެމެދުގެ 17 ޕަސެންޓް ކުދިން ވަޒީފާ އަދާނުކުރާއިރު 18-19 އަހަރާ ދެމެދުގެ 25 ޕަސެންޓް ޒުވާނުން އަދި 20-24 އަހަރާ ދެމެދުގެ 13.4 ޕަސެންޓް ޒުވާނުން ވަޒީފާ އަދާނުކުރެ އެވެ.

ވަޒީފާގެ ފުރުސަތުތައް ހުއްޓަސް ވަޒީފާ ހޯދަން މަސައްކަތް ނުކުރާ ކަމަށް 7،324 ޒުވާނުން ބުނާއިރު 308 މީހަކު ބުނެފައިވަނީ ވަޒީފާ ހޯދަން މަސައްކަތް ކުރާ ކަމަށާއި އެކަމަކު ވަޒީފާއެއް ނެތް ކަމަށެވެ. ވަޒީފާ ހޯދަން މަސައްކަތް ނުކުރާ ކަމަށާއި ވަޒީފާގެ ފުރުސަތު ނެތް ކަމަށް 25،563 ޒުވާނުން ބުނެފައި ވެ އެވެ.

ސިވިލް ސާވެންޓުންގެ ގޮތުގައި އެންމެ ގިނައިން މަސައްކަތް ކުރަނީ އަންހެނުންނެވެ. އެގޮތުން 15-34 އަހަރާ ދެމެދުގެ 11،671 މީހުން އަދި 30-34 އަހަރާ ދެމެދުގެ 5،157 މީހުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ރަށްރަށުގައި ވަޒީފާ އަދާކުރާ އަންހެނުންނެވެ. ރަށްރަށުގައި ސިވިލް ސާވިސްގައި ވަޒީފާއަދާ ކުރާ އާބާދީ 10،000 އިން މައްޗެވެ.

ރާއްޖޭގައި 18-34 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން، އެންމެ ގިނަ މީހުން ހަރަކާތްތެރިވަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި ޑިފެންސް ނުވަތަ ސޯޝަލް ސެކިއުރިޓީ އިންޑަސްޓްރީގަ އެވެ. އެ ދާއިރާގައި 11،159 މީހުން ވަޒީފާ އަދާކުރެ އެވެ. އެއަށްފަހު އެންމެ ގިނައީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނެވެ. އެ ދާއިރާގައި 9،891 މީހުން ވަޒީފާ އަދާކުރެ އެވެ.

ވަކިވަކި ވަޒީފާތަކަށް ބަލާއިރު، ސާވިސް އަދި ސޭލްސް ވޯކަރުންގެ ގޮތުގައި 18-34 އަހަރާ ދެމެދުގެ 12،766 މީހުން، ޕްރޮފެޝަނަލް މަސައްކަތްތަކުގައި 11،257 މީހުން އަދި ޓެކްނިކަލް އަދި އެސޯސިއޭޓް ޕްރޮފެޝަނަލްސްގެ ގޮތުގައި 11،113 މީހުން މަސައްކަތް ކުރެ އެވެ.

އާމްދަނީ ނުލިބޭ މަސައްކަތުގައި އެންމެ ގިނައިން ހަރަކާތްތެރިވަނީ އަންހެނުންނެވެ. އެގޮތުން، އަންހެނުން އެވްރެޖުކޮށް ކޮންމެ ހަފުތާއަކު 77 ގަޑިއިރު އާމްދަނީ ލިބޭ މަސައްކަތާއި އާމްދަނީ ނުލިބޭ މަސައްކަތުގައި ހަރަކާތްތެރިވެ އެވެ.

ޒުވާނުންގެ ތެރެއިން، މޮބައިލް ފޯނު ގެންގުޅޭކަމަށް 15-24 އަހަރާ ދެމެދުގެ އަންހެނުންގެ 87 ޕަސެންޓް އަދި ފިރިހެނުންގެ 88 ޕަސެންޓް މީހުން ބުނެފައި ވެ އެވެ. އުމުރުން 18-34 އަހަރާ ދެމެދުގެ 96 ޕަސެންޓް އަންހެނުން އަދި 97 ޕަސެންޓް ފިރިހެނުން ވަނީ ފޯނު ގެންގުޅޭ ކަމަށް ބުނެފަ އެވެ. ޒުވާނުންގެ ތެރެއިން އެންމެ ގިނައިން ސައިކަލު ގެންގުޅެނީ 18-34 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. އެ އާބާދީގެ 35 ޕަސެންޓް މީހުން ސައިކަލު ދުއްވާއިރު އަންހެނުންގެ ނިސްބަތް އުޅެނީ 8 ޕަސެންޓުގަ އެވެ. އެ ކެޓަގަރީގައި، 15-24 އަހަރާ ދެމެދުގެ 17 ޕަސެންޓް ފިރިހެނުން އަދި ތިން ޕަސެންޓް އަންހެނުން ސައިކަލު ގެންގުޅެ އެވެ.

8 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަދު

15 August 2020

ގައުމުގެ ތައުލީމް ހަލާކު ކޮށަލަން ފުރަތަމަ ކުރިކަމަކީ ސްޓްރީމް ބެހުން. ދެން ދަރިވަރުންގެ ބޯކައިގެން ސައިންސް ކުލާސް ތަކަށް ކުދިން މަދުކުރުން. ދެން އަދި އާރޓް ސްޓްރީމް އުވާލުން. މިއީ ރަން 30 އަހަރު. އަދި އެދުވސް ވަރު ޕޮލިޓަކް ސައިންސް ކިޔެވުން އޮތީ މަނާ ކޮށްފަ. އެޖީލް ބޮޑުވެގެން އެއްބަޔަކު ފަތުގައި އަނެއް ބަޔަކު ވަގުންނަށްވެ މުޅި ގައުމު ހަލާކު ކުރަނީ. މިކަމުގެ ޒިންމާ ނަގާނީ ކާކުބާ!!!

The name is already taken The name is available. Register?

ކައްކާ

14 August 2020

ތިޔަހެން ހަދާ ތަފާސްހިސާބުތަކަކީ މާލޭމީހުން ރަށުތެރެއަށް ދައުލަތުގެ ހުރިހާ މުއްސަނދިކަމެއް ފުނިޖަހަން މައުމޫނު ޒަމާނުއްސުރެ ކުޅޭކުޅިވަރެއް. ދެން ތިޔަ ތަފާސްހިސާބު ބަލަބަލާފަ ބުނާނީ މާފަންނުގަ ދަނޑުވެރިކަމާބެހޭ ކޮލެޖެއް ނެތީމައޭ މިހެންމިވަނީ، އެވީ މާފަންނުގަ ކޮލެޖުއަޅަން. ތިހެން ޖެހި ހިސާބެއް ބަލާފަ މާލެއިން ބޭރުގަ އަދިއަދަށްވެސް އެއްވެސްކަމެއް ނުހިނގާ ދޭތެރެދުރުކުރުމުގެ ޕުރޮގުރާމު ނޫނީ.

The name is already taken The name is available. Register?

7ބޯރާހި

14 August 2020

ދާއިރާތައް ބަހާފަމިހިރީވެސް މީހަކު އަންތަރީސްވާކަހަލަ ގޮތަކަށް. ވިޔަފާރިދާއިރާއާއި ސައިންސް ދާއިރާއާއި އެއްސަފެއްގަ ދަނޑުވެރިކަމާއި ތިލޭރުކަން މިބަލަނީ. ހަގީގަތުގަ ސައިންސްގެ ތެރޭގަ އެކަނިވެސް އެތައްހާސް ތިލޭރުކަމާއި އެއްވަރުގެ އެތައްސަތޭކަ ދާއިރާއެއް އުޅޭނެއެއްނޫންތަ.

The name is already taken The name is available. Register?

ސްކިޕަރ

14 August 2020

އިޖްތިމާޢީ/ވިޔަފާރީގެ ދާއިރާގެ ވަރަށް ގިނަ ގްރެޖުއޭޓުން ތިބީ ސެޓްފިކެޓު ހިފައިގެން ވަޒީފާއެއް ނެތި މަގުމަތިވެފައި. ވަޒީފާއެއް ލިބުނަސް ލިބޭ 8000 ރުފިޔާ މާލޭ ކުލި ސިސްޓަމަށް ފީޑުކުރަން ދެނީ. ޤާނޫނީ ދާއިރާއިން މަތީތައުލީމު ހޯދި ކުދިންނަށްވެސް އިހަށްދުވަހު ފާސްކުރި ގާނޫނެއްގެ ތެރެއިން ވަނީ ދަތިކޮށްފައި. އެކުދިން ކިޔަވަން ފެށިއިރު ވުޖޫދުގައިވެސް ނެތް، އިތުރު އެތައް ކަމެއް ކޮށެގެން ނޫނީ ގާނޫނީ ހުއްދަވެސް، ވަޒީފާއެއްވެސް ނުލިބޭ ގޮތަށް ވަނީ ހަދާފައި.

The name is already taken The name is available. Register?

ްއަދުރޭ

14 August 2020

އެކަމަކު ރީތިއުޅުމެއް ނުހުރޭ.. ރީތި އާދަތަކެއްނުހުރޭ..

The name is already taken The name is available. Register?

ދަނޑުމަތިން

14 August 2020

ދިވެހި ޒުވާނުން ދަނޑުވެރި ކަމެއް ނުކިޔަވާނެއެވެ .ދަނޑުވެރި ކަމަކީ މަސްވެރިކަމާއި ފަތުރުވެރިކަމުން ރާއްޖޭއަށް ލިބޭ ޑޮލަރު ރާއްޖޭގައި ހިފެހެއްޓޭނެ ހަމަ އެކަނި އިންޑަސްޓްރީ އެވެ. އެކަމަކު ބޭރު މީހުނަށް ވަޒީފާ ދޭން މަޖްބޫރު އިންޑަސްޓްރީ އެކެވެ.

The name is already taken The name is available. Register?

ޒުވާނުންގެއާދޭސް

14 August 2020

މަދު ބަޔެއްގެ އައްމަތީ މިރާއްޖޭގެ އިގްތިސާދު އޮއްވާ ކިހިނެއް ޒުވާނުނަށް ކިހިނެއް ކުރިއެރޭނީ!.ގެދޮރު ނެތި އަބަދަށް ކުލިދައްކައް މަޖުބޫރުވީމަ ކިހިނެއް ޒުވާނުނައް ކުރިއެރޭނީ.!ރާއްޖޭގެ ފަޅުތަކާ ރަށްތަށް ނުއަގުގަ ވިއްކީމަ ކިހިނެއް ޒުވާނުނަށް ކުރިއަރޭނީ! ނަމެއްގަ ޒުވާނުންގެ ދުވަސް ފާހަގަ ކުރެވިދާނެ.

The name is already taken The name is available. Register?

ޒުވާނެއް

14 August 2020

ކިތަންމެ ރަނގަޅަށް ކިޔެވިޔަސް މިގައުމުގަ ކުރިއަރަން ވަރަށް އުނދަގޫ އެއީ ވަޒީފާ ހޯދަން ވިޔަސް ވަޒީފާގަ ކުރިއެރުން ހޯދަންވިޔަސް އަދި ވިޔަފާރި ކުރަންވެސް.މި ގައުމުގެ އިގްތިސާދު އެބަޖެހޭ ޒުވާނުނަށް ހުޅުވާލަށް.ގެދޮރު އެބަޖެހޭ ފަސޭހައިން ލިބެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!