ރާއްޖޭގެ ޕެންޝަން އޮފީސް: ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދި -- ފޮޓޯ: ނިޝާން އަލީ/ މިހާރު
09 ޖެނުއަރީ 2020 - 12:21
ދޮށީ އުމުރުގެ މީހުންނަށް މާލީ މިނިވަންކަން ކަށަރަވަރުކޮށްދިނުމަށްޓަކައި ހަރުދަނާ ޕެންޝަން ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ރާއްޖޭގައި ފެށިތާ 10 އަހަރު ފުރުފައިވާއިރު މި ރޮނގުން ހޯދިފައިވާ ކާމިޔާބީތައް ގިނަ އެވެ.
މޯލްޑިވްސް ރިޓަޔަރަމަންޓް ޕެންޝަން ސްކީމުގައި ރާއްޖޭގެ މަސައްކަތް ކުރާ އާބާދީގެ 80 ޕަސެންޓާ ގާތަށް މީހުން ރަޖިސްޓްރީވެ އެސްކީމު މެދުވެރިކޮށް ފަހަށް ފައިސާ ރައްކާކޮށް ރިޓަޔަމަންޓަށް ތައްޔާރުވުމުގެ މަސައްކައްކުރަމުން އަންނައިރު، ދޮށީ އުމުރުގެ ކޮންމެ ރައްޔިތަކަށް ޕެންޝަންގެ ގޮތުގައި ލިބެން ޖެހޭ އެންމެ މަދު މިންވަރަކީ 5000ރ. ކަމަށް ކަނޑައަޅާ އެ އަދަދު ޕެންޝަން ގާނޫނުގެ ތެރެއިން ފޯރުކޮށްދެވޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖޭގެ އާބާދީ އަށް އަންނަމުންދާ ބަދަލުތަކަށް ބަލައި މުސްކުޅިވާ އާބާދީއަށް ޕެންޝަން ދިނުމަށް ބޭނުންވާ ފައިސާ ދުރާލައި ރާއްކާކުރަން އިސްކަންދީގެން ކުރިޔަށް ގެންދާ މި ނިޒާމުގެ ތެރެއިން ހިންގާ ޕެންޝަން ފަންޑަށް 13 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ އެއްކުރެވި ރާއްޖޭގެ އެންމެ ބޮޑު ސޭވިން ފަންޑަށް ރިޓަޔަމަންޓް ޕެންޝަން ސްކީމް ވަނީ ވެފަ އެވެ.
މި ފައިސާ އިންވެސްޓްކޮށް ރިޓަޔަކުރާ މީހުނަށް އެކަށޭނަ ޕެންޝަނެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުން ވެސް އެކަށީގެންވާ ކާމިޔާބީތަކެއް ހާސިލްކުރެމުން އާދެ އެވެ. މިގޮތުން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ބޭނުންކޮށް އިންވެސްޓްކޮށް މިހާތަނަށް އަހަރަކަށް ފަސް ޕަސެންޓް ޖެހޭ ވަރުގެ ފައިދާއެއް ސްކީމުގެ ބައިވެރިންނަށް ވަނީ ހޯދައިދެވިފަ އެވެ. މީގެ އިތުރުން މި މަސައްކަތް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށް ބޭނުންވާ ދިރާސާތައް ވޯލްޑް ބޭންކުގެ ރޭމްޕް ޕްރޮގްރާމުގައި ބައިވެރިވެ ޕެންޝަން އޮފީހުން އަންނަނީ ކުރަމުންނެވެ.
ޕެންޝަން ފަންޑަށް ލިބިފައިވާ ކުރިއެރުންތަކުގެ އިތުރުން، ޕެންޝަން ފޯރުކޮށްދިނުމާއި ޕެންޝަނަށް ފައިސާ ރައްކާކުރަން ކުރެވޭ މަސައްކަތްތައް ހަލުވިކޮށް އަވަސް، ފުރިހަމަ، ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޕެންޝަން އޮފީހުން ހޯދާފައިވާ ކާމިޔާބީތައް ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އޮންލައިން ގިނަ ޚިދުމަތްތަކަކާ އެކު ޕެންޝަން އޮފީހުގެ ހިދުމަތް ހޯދާ މީހުން ކިއުގައި ނުޖެހި އެ ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ ގޮތް ވަނީ ފަހިކޮށްދީފަ އެވެ. މީގެ އިތުރުން ޕެންޝަން އެކައުންޓަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް އަޕްޑޭޓްކުރެވި ޕެންޝަން ސްކީމުގެ ބައިވެރިންނަށް އެ މައުލޫމާތު ކޮންމެ ވަގުތަކު ވެސް ބެލޭނެ ގޮތް ވެސް ވަނީ ފަހިކޮށްދީފަ އެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ހޯދިފައިވާ މި ކުރިއެރުންތަކާ އެކު ޕެންޝަން އޮފީހުން މިހާރު އަމާޒު ހިފާފައިވަނީ ރާއްޖޭގެ ޕެންޝަން ނިޒާމު އިތުރަށް ތަރައްގީކޮށް ކުރިއަރުވައި ޕެންޝަނުގެ ގޮތުގައި ލިބޭ ފައިސާގެ މިންވަރު އިތުރު ކުރުމަށާއި، ފަންޑުގެ ކަވަރޭޖް ނުވަތަ ބައިވެރިވުން އިތުރު ކުރުމާއި، ފަންޑު މެދުވެރިކޮށް ލިބިދެވޭ އިނާޔަތްތައް އިތުރުކުރުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައުސޫމް
09 January 2020
ތި ވިދާޅުވީ ވަރަށް ބޮޑު ތެދެއް
މައުސޫމް
09 January 2020
ބަޑީ އަށް ބުނެލަން އޮތީ އާންމު މީހާ އަތުން ކަސްޓަމްސް ޑިއުޓީ ނަގަނީކީ އޭނާ އެއްވެސް އެއްޗެއް އިމްޕޯޓްކޮށްގެނެއްނޫން. ވިޔަފާރިވެރިން އަތުން ކަސްޓަމަށް ނަގާ އިމްޕޯޓް ޑިއުޓީ ލައިގެން ވިޔަފާރިވެރިން ފިހާރަތަކުގައި މުދާ ވިއްކަނީ. އެހެންކަމުން ކަސްޓަމުން ނަގާ އިމްޕޯޓް ޑިއުޓީ އަކީ އާއްމު މީހާ (ކޮންސިއުމަރ) އަތުން ނެނގޭ އެއްޗެއް.
ސޯބު
09 January 2020
ވަރަށް ބޭއިންސާފު. މީހުންނަށް ދުއްޕާންކުރަމުން ޖަލުން އެއްތަނުން އަނެއްތަނުން ހޫރެމުންގޮސް 65 އަހަރުވީމާ 100% ރައްޔިތުންގެ ފައިސާއިން އެމީހަކަށް 5000 ރުފިޔާ އެބަލިބޭ. އެކަމަކު ގައުމަށް ހިދުމަތްކޮށް އުމުރު ހޭދަކޮށްލައިގެން 65 އަހަރުވީމަ މިލިބެނީ އެމީހަކު އަމިއްލަ މުސާރައިން ކަނޑާ އެއްކުރި ފައިސާއިން 5000 ރުފިޔާ.
ކުޑަކުޑޭ
09 January 2020
ޕެންޝަން ފަންޑުގައި ހުންނަ ފައިސާ މޯގޭޖް ކޮށްފައިނަގާ ލޯނުގެ ބަޔަށް ބެންކު ތަކުން ނަގާ އިންޓަރެސްޓު ބޮޑު ތަނުން ކުޑަ ވާނެ ގޮތެއް ހަމަޖައްސަން ޖެހޭ.
އާދަމް ޝަރީފް
09 January 2020
ޕެންޝަން ފައިސާ އަބުރާ ދިނުމުގައި މިހާރު އަމަލުކުރާގޮތް ރަގަޅެއްނޫން. އުމުރުން 65 އަހަރުވުމުން އެފައިސާ އަބުރާ ދިނުމުގައި މިހާރޮއޮތް ހަމައެކަނި އޮޕްޝަންކަމުގައިވާ 14 އަހަރަށް ބަހައިގެން މަހަކަށް ޖެހޭ މިންވަރު ދިނުމުގެ ބަދަލުގައި އިތުރު އެހެން އޮޕްޝަންވެސް އޮންނަންޖެހޭ. އެފައިސާއަކީ އެމީހާގެ އަމިއްލަ ހައްގަކަށްވާއިރު އެމީހަކަށް އެންމެ ފައިދާހުރިގޮތަކަށް ބޭނުންކުރުމުގެ ފުރުސަތު އޮންނަންޖެހޭ. މިހާރު ލިބެނީ ބޭންކް އިންޓަރެސްޓަށްވުރެވެސް ކުޑަމިންވަރެ
މަނިކު ފަންޑު
09 January 2020
ފަންޑަކީ ވ. ނާއިންޞާފުބޮޑު އަދި އެފަންޑަށް ފައިސާ ޖަމާކުރި މީހާއަށް އޭގެ ބޭނުން ކުރަން ނުލިބޭ ފަންޑެއް ތި ފަންޑުގަ ހިނޭޖަހަން މުއްްބާރުކުރާ މީހަކީ މަނިކު މަސްވެރިން ފަންޑަށް އެއްވެސް އެއްޗެއް ޖަމާނުކޮށް އެމީހުންނަށްވެސް 65 ވީމަ 5ހާސް މަމެން ވަޒީފާ އަދާކޮށްގެން މަހުން މަހަށް ފަންޑަށް ފައިސާދީފަ ހުރިހާ ޓެކުހެއް ދެއްކީމަވެސް 5000 އަނެއްކާ ބޭސް ނަގަން ދިޔާމަވެސް ބުނަނީ ތިބޭހަކީ ބާސަންދަ ކަވަރުކުރާއެއްޗެއް ނޫން މިކޮންކަހަލަ ހަމައެއް އޮތް ފަންޑެއްބާ؟
ޕެންޝަން
09 January 2020
އެހެންތޭ. ޕެންޝަން ހިންގާލެއް ރަނގަޅުކަމުންތޭ ރައްޔިތުންގެ ފައިސާއިން ތަމެން ކޮންމެ މީހަކަށް މެކްބުކް ޕްރޯ ގަނެގެން ތިޔަ ތިބެނީއޭ ބުނަން މަމެން ނެތީމުދޯ.
މައުސޫމް
09 January 2020
ތިޔައީ ދިވެހިންނަށް ވަރަށް އަނިޔާވެރި ފަންޑެއް. ހަގީގަތުގައި އަހަރެމެން ބުރަ މަސައްކަތްކޮށްފާ ހުރިހާ ލާރިއެއް މި ދޭންޖެހެނީ ސަރުކާރަށާއި އަސާސީ ޚިދުމަތްތަކަށް. މިސާލަކަށް 20000ރުފިޔާ އާމްދަނީ ލިބޭ ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ މިހެއް. ޕެންސަން %7=1400ރ ޖީ އެސް ޓީ %6=1200ރ ކަސްޓަމްސް ޑިއުޓީ %=5000ރ ފެންބިލް %5.5=1100ރ ކަރަންޓްބިލް =2200ރ ފޯނުބިލް %3=600ރ މީޑިއާނެޓް %2.75=550ރ ދައްކަންޖެހެއެވެ. އެހެންކަމުން މުސާރއިގެ އަށްވުރެ ބޮޑު އެއްޗެއް މި ދަނީ ސަރުކާރަށާ ސަރުކާރުގެ ކުންފުނިތަކަށް. ކިހާ ސަޅި ދޯ. މޮޅުކަމަކީ އޯގާތެރި ސަރުކާރުން އަސާސީ ހިދިމަތްތައް ފުއްމާއިގެންވެސް އަތްނުފޯރާ ފަށުގައި ބެހެއޓުން. ދެން އަތްޖަހާ
ބަޑީ
09 January 2020
ތީ ކޮންފާޑަކަށް ޖަހާފަ އޮތް އަދަދުތަކެއް. 1200ރ ޖީއެސްޓީ ދައްކަންޖެހޭނީ ލަގްޒަރީ ބޭނުންތައް ފުދޭވަރަކަށް ކުރާތީ. އަދި އާންމުމީހާ ކަސްޓަމްސް ޑިޔުޓީއަށް މަހަކު 5000ރ ދައްކަންޖެހެނީ ކޯޗެއް އިމްޕޯރޓް ކުރާތީބާ؟ އަހަރެންގެ ފޯނުބިލް -/150ރ، މީޑިޔާނެޓް -/150ރ، ކަރަންޓްބިލް -/800ރ، ފެން -/700، ކަސްޓަމްސް ޑިޔުޓީ 0.0ރ، މުސާރަ 9500ރ. މަވެސް ބޭނުން އަގުބޮޑުހާ އެއްޗެހި އެކަމު މިންވަރަށް ......