"ޖަވާނި ޖާނެމަން" ގެ ޕޯސްޓަރެއް.
10 ޖެނުއަރީ 2020 - 09:48
މި މަހުގެ 31 ގައި ރިލީޒްކުރާ ފިލްމު "ޖަވާނި ޖާނެމަން" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ނިތިން ކައްކަރު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޒުވާން އަންހެން ދަރިއަކާއި ބައްޕައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގައި ސައިފް އަލީ ޚާން ކުޅެފައި ވަނީ ދަރިފުޅު މީހަކާ އިންނަ އުމުރަށް އެޅިއިރު ވެސް، "މަތަނުވެގެން އުޅޭ" ބައްޕައެއްގެ ރޯލެވެ.
ސައިފްގެ ދަރިފުގެ ރޯލް "ޖަވާނި ޖާނެމަން" ގައި ކުޅެފައި ވަނީ ކުރީގެ ބަތަލާ ޕޫޖާގެ ދަރިފުޅު އަލައިއާ ފަރްނީޗަރުވާލާ އެވެ. މިއީ އޭނާގެ އަލަތު ފިލްމެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ތައްބޫ، ޗަންކީ ޕާންޑޭ، ކުބްރާ ސައިތު އަދި ފަރީދާ ޖަލާލު ހިމެނެ އެވެ.
ސައިފް އަލަށް އުފެއްދި ފިލްމު ކުންފުނި ބްލެކް ނައިޓްސް ފިލްމްސް އާއި ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ އަލަތު ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ އިނގިރޭސިވިލާތުގަ އެވެ.
One brings the charm ✨
— Pooja Entertainment (@poojafilms) January 9, 2020
The other adds the spice 🌶
And HE brings the party 🥳
Lets rock n roll with #JawaaniJaanemanTrailer, out now: https://t.co/4nztChR8HG #BlackKnightFilms #NorthernLightsFilms @nitinrkakkar #SaifAliKhan @AlayaF___ #Tabu @vashubhagnani @jackkybhagnani
"ޖަވާނި ޖާނެމަން" ސިނަމާތަކަށް މި އަންނަނީ މިއަދު ރިލީޒްކުރި "ތަނަޖީ: ދި އަންސަންގް ވޮރިއާ" ގައި ސައިފް ނުބައިބައި ރޯލަކުން ފެނިލުމަށް ފަހު އެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އާ ފިލްމެއް އިއުލާންކޮށްފި އެވެ.
Turning pages into frames, one thrill at a time.
— Karan Johar (@karanjohar) January 9, 2020
Bringing to you an adaptation of Nitin Gokhale’s book - “R.N.Kao: Gentleman Spymaster” to the silver screen. More information coming soon!@apoorvamehta18 #AmritpalBindra @anandntiwari @DharmaMovies #StillAndStillMediaCollective pic.twitter.com/gsHoWIHknn
އެ ސްޓޫޑިއޯ އިން މި އަހަރު އިއުލާންކުރި ފުރަތަމަ ފިލްމަކީ އިންޑިއާގެ ސްޕައިމާސްޓަރެއް ކަމަށްވާ ރަމޭޝްވަރު ނާތު ކާއޯގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމަކީ ނިތިން ގޮކާލޭ ލިޔެފައިވާ ވާހަކަ "އާރްއެން ކާއޯ: ޖެންޓްލްމަން ސްޕައިމާސްޓާ" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
ދަރުމާ އާއި ސްޓިލް އެންޑް ސްޓިލް މީޑިއާ ކަލެކްޓިވް ގުޅިގެން ހަދާ ފިލްމު ޑައިރެކްޓްކުރާނެ މީހަކާއި މީގެ ކާސްޓުން އަދި އިއުލާނެއްނުކުރެ އެވެ.
ދަރުމާ އިން މި އަހަރު ގެނެސްދޭން ނިންމާފައިވާ ފިލްމުތަކުގެ ތެރޭގައި "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް"، "ބޫތު:ޕާޓް ވަން-ހޯންޓެޑް ޝިޕް"، "ސޫރިޔާވަންޝީ"، "ބުރައްމަސްތުރާ" އަދި "ދޯސްތާނާ 2" ހިމެނެ އެވެ.
އަންނަ މަހުގެ 7 ގައި ރިލީޒްކުރާ ރޮމޭންޓިކް ތުރިލާ "މަލަންގް" ގެ ފުރަތަމަ ލަވައިގެ ޓީޒާއެއް ދައްކާލައިފި އެވެ.
Uska Pyaar Hi Uska Ghar Tha.#ChalGharChalen from @MalangFilm out tomorrow.https://t.co/nZDBY0vmJM#AdityaRoyKapur @DishPatani @AnilKapoor @kunalkemmu @Mithoon11 @SayeedQuadri2 #ArijitSingh @luv_ranjan @gargankur @itsBhushanKumar @jayshewakramani @LuvFilms @TSeries
— Mohit Suri (@mohit11481) January 9, 2020
މިއަދު ނެރެން ނިންމާފައިވާ ލަވައިގެ ނަމަކީ "ޗަލް ގަރް ޗަލޭ" އެވެ. މި ލަވައިގެ މިއުޒިކް މިތޫން ހަދާފައިވާ އިރު، ލަވައިގެ ޅެން ހެދީ ސައިދު ގަދުރީ އެވެ. ލަވަކިޔާފައި ވަނީ އަރިޖިތު ސިންގެވެ.
މޯހިތު ސޫރީ ޑައިރެކްޓްކޮށްފައިވާ "މަލަންގް" ގެ ތަރިންނަކީ އަދިތިޔާ ރޯއި ކަޕޫރް، ޑިޝާ ޕަޓްނީ، އަނިލް ކަޕޫރް އަދި ކުނާލް ކޭމޫ އެވެ.
ޖޯން އަބްރަހަމް ވަރުގަދަ އެކްޝަން ރޯލަކުން ފެނިގެންދާ ފިލްމު "އެޓޭކް" ޝޫޓިން ފަށައިފި އެވެ.
އަލަށް ޑައިރެކްޝަނަށް ނުކުތް ލަކްޝް ރާޖް އާނަންދު ޑައިރެކްޓްކުރާ ފިލްމުގެ ބަތަލާއިންނަކީ ޖެކްލިން ފެނަންޑޭޒާއި ރަކުލް ޕްރީތު ސިންގެވެ. "އެޓޭކް" އަކީ ޖޯންއާ އެކު ރަކުލް ކުޅޭ ފުރަތަމަ ފިލްމު ކަމަށް ވިޔަސް، ޖެކްލިން ވަނީ މިހާތަނަށް ތިން ފިލްމެއްގައި ޖޯންއާ އެކު މަސައްކަތްކޮށްފަ އެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 14 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy