10 ޖެނުއަރީ 2020 - 08:48
ވޮޝިންޓަން (ޖެނުއަރީ 10) - ޔުކްރޭން އެއާލައިންސްގެ މަތިންދާ ބޯޓު ވެއްޓުމުގެ ކުޑަ އިރުކޮޅެއް ކުރިން އެ ބޯޓަށް މިސައިލެއް އަރާ ކަމަށް ބެލެވޭ ވީޑިއޯއެއް އާއްމުކޮށްފި އެވެ.
ކިޔޭވް އަށް ދަތުރު ކުރަން ހަމަޖެހިފައިވާ ޔުކްރޭން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް ޕީއެސް752 ވެއްޓުނީ ތެހެރާނުގެ އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ބުދަ ދުވަހު ފަތިހު އެވެ.
ބޯޓަށް މިސައިލް އަރާ ވީޑިއޯ ފުރަތަމަ އާއްމުކޮށްފައި ވަނީ ނިއު ޔޯކް ޓައިމްސް އާއި ސީއެންއެން އިންނެވެ. ކެނެޑާ، އެމެރިކާ އަދި އިނގިރޭސިވިލާތުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައި ވަނީ އިންޓަލިޖެންސުން ދައްކާ ގޮތުގައި ބޯޓަށް މިސައިލެއް އަރާފައިވާ ކަމަށެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި އެއްޗެއް ގޮވަނީ އީރާނުގެ ސިޓީއެއް ކަމަށްވާ ޕަރަންދުގެ މަތިންނެވެ. ނިއު ޔޯކް ޓައިމްސް އިން ބުނެފައި ވަނީ ބޯޓުން ސިގްނަލް ފޮނުވުން ހުއްޓުނީ އެހާ ހިސާބުންނެވެ. އޭގެ ފަހުން ވެސް ބޯޓު އުދުހި އަދި ފަހުން ވަނީ އެއާޕޯޓާ ދިމާލަށް މިސްރާބު ޖަހާފައި ކަމަށް ނޫހުން ބުނެފައިވެ އެވެ. ގަދަ އަަޑުފައްގަނޑަކާ އެކު ބޯޓު ގޮވައި، ވެއްޓުނީ އޭގެ ފަހުންނެވެ.
We are analyzing this new video supposedly showing a mid-air explosion. By our initial estimation, the video shows an apartment block in western Parand (35.489414, 50.906917), facing northeast. This perspective is directed approximately towards the known trajectory of #PS752. pic.twitter.com/nDvjRIkFU4
— Bellingcat (@bellingcat) January 9, 2020
ސީއެންއެން އަށް އެ ވީޑިއޯ ފޮނުވާފައި ވަނީ އިންޓަނެޓް ރިސާޗަރެއްގެ ފަރާތުންނެވެ. އެ ވީޑީއޯ، އެ ފަރާތަށް ލިބިފައި ވަނީ ޕަރަންދުގެ ރައްޔިތުންގެ ފަރާތުން ކަމަށް ބުނެފައިވެ އެވެ. ވީޑިއޯ ރެކޯޑް ކުރީ ކިހިނެއް ކަމެއް ނޭނގެ އެވެ. ނަމަވެސް އިންވެސްޓިގޭޓިވް ޖާނަލިޒަމް ވެބްސައިޓަކުން ބުނެފައި ވަނީ ދެ މިސައިލެއް ފުރަތަމަ ފޮނުވާލާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ފުރަތަމަ މިސައިލް ފޮނުވާލުމުން އެ މީހާ ވީޑިއޯ ކުރަން ފެށީ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ. ނިއު ޔޯކް ޓައިމްސް އިން ބުނީ އެ މީހާ ރެކޯޑް ކުރަން ފެށީ "އަޑުފައްގަނޑެއް" އިވެން ފެށުމުން ކަމަށެވެ.
ޔޫކްރޭނުގެ މަތިންދާ ބޯޓު ވެއްޓުނީ އީރާނުން ފޮނުވާލި މިސައިލެއް އަރައިގެން ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ މީޑިއާތަކުން ވެސް ކުރިން ވަނީ ބުނަން ފަށައިފި އެވެ.
އެމެރިކާގެ އިންޓަލިޖެންސް އޮފިޝަލުންނާ ހަވާލާދީ ސީބީއެސް އިން ބުނީ ޔުކްރޭން އިންޓަނޭޝަނަލް އެއާލައިންސްގެ ބޯއިން 737-800 ގެ ބޯޓަށް އީރާނުގެ މިސައިލެއް އަރައިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ވެއްޓުނު ޔުކްރޭން އެއާލައިންސްގެ ބޯޓުގެ ބައިތައް: ބޯޓުން ދަތުރުކުރި 176 މީޙުން ވަނީ މަރުވެފއި. --ފޮޓޯ:އޭއެފްޕީ
ބޯޓު ވެއްޓުމުގެ ހާދިސާގައި ބޯޓުން ދަތުރުކުރި 176 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި އީރާނުގެ 82 މީހުންނާއި ކެނެޑާގެ 63 މީހުން އަދި ޔުކްރޭނުގެ 11 މީހުން ހިމެނެ އެވެ. ބޯޓު ވެއްޓުނީ ތެހެރާނުގެ އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ.
ޔުކްރޭނުން ކުރިން ބުނެފައި ވަނީ ބޯޓު ވެއްޓުނީ މިސައިލެއް އަރައިގެން ކަމަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އީރާނުން ބުނެފައި ވަނީ އެފަދަ ކަމެއް ނުހިނގާ ކަމަށެވެ. ޔޫކްރޭނުގެ ބޯޓު ވެއްޓުނީ އިރާގުގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް އީރާނުން މިސައިލް ހަމަލާތައް ފޮނުވާލިތާ ވަގުތުކޮޅެއް ފަހުންނެވެ.
ޕެންޓަގަން އާއި އެމެރިކާގެ އިންޓަލިޖެންސް އޮފިޝަލުން އަދި އިރާގުގެ އިންޓަލިޖެންސް އޮފިޝަލުންނާ ހަވާލާދީ ނިއުސްވީކުން ބުނެފައި ވަނީ ޔުކްރޭނުގެ ބޯޓަށް އަރާފައި ވަނީ ރަޝިޔާގައި އުފައްދާފައިވާ ޓޯ އެމް-1 ބިމުން ޖައްވަން ފޮނުވާލާ މިސައިލެއް ކަމަށެވެ. ރަޝިޔާއަކީ އީރާނަށް ހަތިޔާރު ސަޕްލައިކޮށްދޭ ގައުމެކެވެ. ޕެންޓަގަންގެ އޮފިޝަލުން ނިއުސްވީކަށް ބުނެފައި ވަނީ އެއީ އެކްސިޑެންޓަކުން ހިނގި ކަމެއް ކަމަށެވެ.
އެމެރިކާގެ އޮފިޝަލުން ރޮއިޓާސް އަށް ބުނެފައި ވަނީ ބޯޓު ވެއްޓުމުގެ ކުރިން ދެ މިސައިލް ފޮނުވާލިކަން އެމެރިކާގެ ސެޓެލައިޓްތަކުން ޑިޓެކްޓްކޮށްފައިވާ ކަމަށެވެ.
އީރާނުގެ އޮފިޝަލުން ބުރާސްފަތި ދުވަހު ބުނެފައި ވަނީ ބޯޓު ވެއްޓުމުގެ ކުރިން އަލިފާން ރޯވި ކަމަށާ އަދި ބޯޓު އަނބުރާ ޖައްސަން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ޕައިލެޓުން އެހީއަށް އެދި އަންގައިފައެއް ނުވެ އެވެ.
އީރާނުން ބުނެފައި ވަނީ ބޯޓުގެ ކަޅުފޮށި، ތަހުގީގަށް އެމެރިކާއާ ހަވާލު ނުކުރާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބެ
11 January 2020
ނިއުކްލިޔަރ ހަތިޔާރު ހުއްޓޭކިޔާފަ އިރާގަށް އެމެރިކާ މީހުން އަރާ ގައުމެއް ހަނަފަސްކޮށް އެތައް މިލިޔަން މީހުން މަރާލީ. ހަތިޔާރެއް ނުފެނުން. ފަހުން ބުނީ ނިއުކުލިޔަރ ހަތިޔާރު ހުއްޓޭކީ އިރާގަށް އަރަންވެގެނޭ.
ޅަބޭ
11 January 2020
ޑޮނަލްޑު ޓުރަމްޕުވެސް ބުނީ އަމާޒައް ބަޑިޖަހަން ނޭގޭ ކަނޑުކޮސް ބަޔަކާއެކީ ތިމަންނަމެން ހަނގުރާމަކުރާކަން ނޫޅެމޯ. އިރާނު މީހުން ބަދަލައް ބަދަލުހިފާނީއޭ ކިޔާބަހައްޓާފަ އިންސާނުން ނުވެސް އުޅޭ ހަނަފަސް ސަހަރާއަކައް މެސައިލުން ހަމަލާދީފަ މިބުނަނީ އެމެރިކާގެ 80 މީހުން މަރާލާފީމޯ... ހެހެހެހެ..
ނަން
10 January 2020
ޓްރަމްޕުގެ ސަޕޯޓަރުން ދޯ ތި ވިޑިއޯ ހެދީ؟!
ނަސީދު
10 January 2020
ރޮކެޓެއް ޖެހިގެން ބޯޓް ވެއްޓޭ ކަހަލަގޮތަކައް ނޫން އެކަންހިގާފައި އެއޮތީ ރޮކެޓެއްޖެހިގެން އޮތްތާހައި އޮވެ ގޮވާނީ
އޯކޭ ދެން
10 January 2020
ވީޑިއޯ އަކުން މިހާރު ނޭގޭނެ ހަޤީގަތެއް. ރަގަޅިއްޔާ ތީތީ ވެއްޓޭނީ އެމެރިކާގެ މިސައިލަކުން. ސަބަބަކީ އީރާނުގެ އެއާފޯސްއަށް އެނގޭނެ އެއާރޕޯޓުން ނައްޓާފްލައިޓް ތައް. "އެކްސިޑެންޓެކޭ އެކިޔަނީ" އެމެރިކާއިން ވީކަމަަކަށްވާތީ. "ޝޭޚު" ބަލިޖެހިފައިތިބި ކޮމެންޓް ކުރާމީހުން ހާދަ ހާލުބޮޑޭ.
ބޯކެވޭ ދެން
10 January 2020
ކަލޭދެން ހާދަހާއޭ ދޯ މޮޅި. މުޅި ތަހުގީގު ތިޔަ ނިންމާލީ މިތާ އިދެ.
އަލީރާޖާ
10 January 2020
މިއީ އީރާނުން އެރޭ އެމެރިކާގެ ހަަމަލާއެއް އައިސްދާނެ ކަމަށް އެންޓި އެއަރކްރާފްޓޮ ސިސްޓަމްތައް ޖައްސައިގެން ތިއްބާ ހިގި އެކްސިޑެންޓެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ. ގެންގުޅޭ އެއްޗެހި މޮޅީ. މިލިޓަރީ އެއްޗެއް ސިވިލިއަން އެއްޗެއް ވަތްކެއް ނުވި.
ޤަބޫލު ކުރެވޭ
10 January 2020
ޚަބަރުތަކުން ދެއްކި އެ ބޯޓު ފުނޑުފުނޑު ވެފައިވާވަރު، ފެނުމުން މިސައިލެއް ފަދަ އެއްޗެއް އަރައިގެން ބޯޓް ގޮވާފައި ވާކަމަށް ޝައްކަކާ ނުލާ ޤަބޫލު ކުރެވެއެވެ.
ނަޝީދު.
10 January 2020
މީ މިބުނާ ހައްދުފަހަނައެޅުމަކީ. އެމެރިކާ އާ އިރާނާ ކޯޅުނީ، އެކަމު ކެނެޑާ އާ ޔޫކޭ އާންމުން މެރީ އިރާނުން. ނަންވާނީ އިޒްލޭރު މީހުން ފަލަސްތީނު މީހުން މަރާކަމަށް. މިއޮތީ ފެންނަން ހެއްކާއެކީ. މިވަރުންވެސް އިރާނަކީ "މުސްލިމް" ބެޔެކޭ ކިޔާފަ ރާއްޖޭގެ ޝޭހުން މި ހައްދުފަހަނައެޅިމީހުން ޑިފެންޑުކުރާތަން މިއަދު ފެނިގެންދާނީ. މުސްލިމުންނެއް މީހުންނެއް ނުމަރާނެ.
ދޮންބެ ސޮރު
10 January 2020
ތިބޭފުޅާ ހަމަހޭގަ ތިހުރީ، ތަހުގީގު ނުނިމޭ ކަމެއް އަމިއްލަ އަށް ގޮތެއް ނިންމޭނެތަ ތިބޭފުޅާ އަށް. ތީކާކު ތިވައްތަރަށް ވާހަކަ ދައްކަން.
ގޮއިދޫބަކުރު
10 January 2020
އެމެރިކާމީހުން ބުނާއެއްޗެއް ޤަބޫލުކުރުމަކީ ދަތިކަމެއް. އެމީހުންނަކީ މިޒާތުގެކަންތައް ކޮށްފައި އެހެންމީހުންގެބޮލުގަ ބަދުނާމުއެޅުވުމުގެ ބޮޑުބައެއް. އެމީހުންކުރާ މިފަދަކަންތައް ޤަބޫލުނުކުރެވޭނެ އެންމެބޮޑު އެއްކަމަކީ މަރުޙޫމް ރައީސް ޖޯން އެފް ކެނެޑީގެ މަރުގެމައްސަލަ 50 އަހަރަށްފަހުނޫނީ ނުބެލޭގޮތަށް ދިގުދަންމާލި ގޮތް. މިއީ އަމިއްލަ ރައީސެއްގެ މަރުގެމައްސަލައަކަށް ހަދާލިގޮތް. އެހެންބައެއްގެ ކަންތަކަށް ވާނެގޮތް ދެންވިސްނާލާ! ގައިކޮޅުގައިގާދުރު!
ިިޖގ
10 January 2020
ދޮގު