މިދިޔަ ހަފުތާގައި ބޭއްވި، ފުލުހުންގެ 31 ވަނަ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވާހަކަ ދައްކަވަނީ. .---ފޮޓޯ: ހުސައިން ވަހީދު/މިހާރު
10 ޖެނުއަރީ 2020 - 19:38
ޓްރެފިކް ގަވައިދުތައް ތަންފީޒުކުރަން ގިނަ އަދަދެއްގެ ފުލުހުންނާއި ވަގުތު އެކަމަށް ބޭނުންވާ ކަމަށާއި މިހާރަށް ވުރެ ލުއި ފަސޭހަކޮށް އެކަން ކުރުމަށް ގަވައިދުތައް އިސްލާހުކުރަންޖެހޭ ކަމަށް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓްގެ ތަފާސް ހިސާބުތަކަކާ އެކު ކުރެއްވި ޓްވީޓެއްގައި ހަމީދު ވިދާޅުވީ ޓްރެފިކް ގަވައިދުު ތަންފީޒުކުރުމުގައިި ފުލުހުންނަށް ކުރިމަތިވެފައިވާ ބުރަ ލުއިކުރުމަށް ކަމާ ބެހޭ ފަރާތްތަކާ އެކު ވަރަށް އަވަހަށް މަޝްވަރާތައް ބާއްވާނެ ކަމަށެވެ.
"އޮފިސަރުންގެ ވަގުތުގެ ބޮޑު ބައެއް ޓްރެފިކް ގަވައިދުތައް ތަންފީޒުކުރުމަށް ހޭދަކޮށްފައިވޭ. އެއީ ވެސް [ޓްރެފިކް ގަވައިދުތަކަކީ] ބަދަލުވާން ޖެހޭ ކަމެއް. މި ބުރަ ލުއިކުރާނެ ހައްލެއް ހޯދަން އަންނަ ހަފުތާގައި އަޅުގަނޑުމެން ކަމާ ބެހޭ ހުރިހާ ފަރާތްތަކާ ބައްދަލުކުރާނަން،" ޓްވީޓްގައި ހަމީދު ވިދާޅުވި އެވެ.
ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓްގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓްރެފިކް މައްސަލަތަކުގެ ތެރެއިން ފުލުހުން އެންމެ ގިނައިން ބަލާފައި ވަނީ ވަނީ ނުގަވައިދުން ޕާކް ކުރުމުގެ މައްސަލަ އެވެ. އެގޮތުން އުޅަނދު ފަަހަރުގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖެހި އަދަދަކީ 36،963 އެވެ. އަދި 2840 އުޅަނދެއް ޓޯކޮށްފައި ވެ އެވެ.
Stats on road traffic violations the Traffic Police dealt with, in 2019. Great amount of officer time involves in enforcing road traffic regulations, which needs to change as well. Will be meeting all stakeholders next week to reach a solution that would ease the burden. pic.twitter.com/TLhh4GDPyF
— Mohamed Hameed (@M_Hameedh) January 10, 2020
ހަމިދުގެ ޓްވީޓް
ދެވަނަ އަށް އެނެމެ ގިނައިން ބަލާފައި ވަނީ ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވުމުގެ މައްސަލަ އެވެ. އެފަދަ 7500 އަށް ވުރެ ގިނަ މައްސަލަ އެމީހުން ބަލާފައި ވެ އެވެ.
ޓްރެފިކް ގަވައިދު ތަންފީޒުކުރުމަށް ފުލުހުން ހޭދަކުރި ވަގުތުގެ ތެރޭގައި އަަހަރީ ފީ ނުދެއްކުމުގެ 2،600 އަށް ވުރެ ގިނަ މައްސަލަ، ރޯޑްވާދިނަސް ނުހަދާ ހުރުމުގެ 2000 އަށް ވުރެ ގިނަ މައްސަލަ އަދި ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވުމުގެ 2800 އަށް ވުރެ ގިނަ މައްސަލަ ވެސް ހިމެނެ އެވެ.
މާލޭގައި ޕާކް ކުރަން އެކަށީގެންވާ ޖާގަ ނުދައްކައި ސްޓިކާ ޖަހާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެއީ އެކަށީގެންވާ ޕާކިން އޭރިއާތައް ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވާތީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި ބަކަރި
14 January 2020
މީ މީހުން ބަވަން ފެށީމަ ޖަހާލި ސްޓަންޓެއް، ރާއްޖެއަކީ ޖެހުނު ދިމާލަކުން ފެލާލުން މޮޓޯއަކަށް ގެންގުޅޭ ގައުމެއް.. ނުކިޔަވާތިބި މީހުން މަޖިލީހަށް ވަދެ، ދެގެރި ތަޅާހެން ވައްވައް ޖަހާނިމިގެން ހަދާނިންމާ ގާނޫނުތަށް... ބޭންކް އޮފް މޯލްޑިވްސްގެ ލުއިލޯނަށް ބަލާލީމަ އިނގޭނެ މިނިމަމްވޭޖް މިހާކުޑަ ގައުމެއްގަ ރައްޔިތުންނަށް ވޭތުވެދިޔަތަނުން ފެށިގެން މިއަދާހަމައަށް ހަރާން ކޯރުވިވަރު.. ފަހަކަށް އައިސް އަމާންކަން ބަލަހަަަަައްޓަން ތިބިމީހުންވެސް ފެލަންނުކުމެ..
ދަވާލި19
14 January 2020
ތީވަރައް ރަނގަޅުވާހަކައެއް އިންތިހާބުތަކާދިމާކޮށް ހުރިހާކަމެއްވެސް ތައްޔިތުން އެންމެ އެދޭގޮތައް ބަދަލުކުރަންޖެހޭނެ އެގެފަހުން އިންތިހާބު ނިމުމުން އެކަންތައްތައް އިހު ހުރިގޮތައް އިއާދަކޮއްލަންޖެހޭނެ
މާރިޔާ ބާރަށް
12 January 2020
2019 އަހަރާ އެއްވަރަށް އާމުދަނީ ލިބެންދެއް ކެއްކޮށް ލެވޭތޯ ހިތްވަރު ކޮއްދީ
ހަސަނު
12 January 2020
މާލޭ މަގު ތަކުގާމި ވަރަށް ވެސް މި އުޅެވެނީ ޕޮލިހުން އިސްޓިކާ ޖަހާތީ. އިސްޓިކާ ޖެހުކީ، މާލެ ކަހަލަ ހިތު ހުރި ގޮތަކަށް ޕާކުކުރުމުގެސަގާފަތެއް އޮތް ތަނަކަށް ކޮންމެން ކުރަންޖެހޭ ކަމެއް.... ސަރުކާރުން ވަނީ ޕާކު ކުރާނެ ވަރަށް ގިނަ ތަންތަން ހަދާފަ... ދާން ބޭނުންވާ ތަނުގެ ކުރިމަތީ ޕާކު ކުރާނެ ތަނެއް ނެތުމަކީ އެހެން މީހުންނަށް އުދަގޫ ވާ ގޮތަށް ޕާކު ކުރަން ޖެހޭ ސަބަބެއް ނޫން...
ޓްރެފިކް ޕޮލިސް
12 January 2020
ޓްރެފިކް ޕޮލިސް އިން ކޮމެންޓްތައް ކިޔާލި އިރު ކާރު ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކު ދުއްވާ އުޅަދެއް ބޭނުން ތަނެއްގައި ޕާރކް ކުރާ ކަހަލަ ވިސްނުމެއް.. ހަގީގަތަކީ ވެހުކަލް ތަކަކީ އަމިއްލަ މުދާ އެބަހައްތަން ޖެހޭނީ އަމިއްލަ ތަނެއްގައި.. ބަންޑާރަ ތަންތާގައި ބަހައްޓަންޔާ ބަންޑާރަ ގޮތަކަށް އެއާއި މެދު ޢަމަލު ކުރެވެން ޖެހޭނެ.
ކްރިޓިކްސް
12 January 2020
މަގުތަކުގެ ޓްރެފިކް ބަލަހައްޓަން ފުލުހުން ނިކުމެ އުޅޭތަނެއް ނުފެނޭ. އުޅެނީ ސްޓިކާ ޖަހާ ފުލުހުން. މަގުތަކުގަ ޓްރެފިކް ކޯން ބަހައްޓާފަ ޓްރެފިކް ބެލެހެއްޓުން ކޯންތަކާ ހަވާލުކޮށްފަ ދިޔައިމަ ނިމުނީ. މިއަދުވެސް އަމީނިޔާ އަރަބިއްޔާ ހިސާބުގަ ޗާންދަނީމަގުގެ ދާރުލާސާރު ފަޅީގަ ޕާކު ނުކުރެވޭކަން އެންގުމަށް ޓޭޕް ދަމާފަހުރިއިރު ކޯންތައް ބަހައްޓާފަ ހުރީ ސައިކަލް ޕާކު ކުރެވޭހާ ޖާގައިގަ މަގުގެ 4 ފޫޓުވަރު ބޭރުގަ. އެހިސާބު ސައިކަލްތަކުން އޮތީ ތޮއްޖެހިފަ. ބޯހަލާކު!
ކަޑަބައި
11 January 2020
ދައުލަތުގެ ބަޖެޓަށް ފައިސާ ހޯ ދުމަށް ޓްރެފިކް ވައިލޭސަން ސްޓިކަރ ޖަހާހެއްވެ؟ މިހެން މިއަހާލީ ރައީސުލް ޖުމްހޫރިއްޔާ ވި ދާޅުވިކަމަށްބުނެ ނޫހެއްގައި ލިޔެފައޮތް ހަބަރެއް ފެނިގެންނެވެ.
ޓްރެފިކް
11 January 2020
ޤަވާއިދުތައް ރިވިއު ކިރަން އެބަ ޖެހޭ... ޒޯން ހަދައިގެން އުޅެނީ ވެސް ތަފާތުކުރަން. މިކަން ވެސް ހައްލުކުރަން ޖެހޭ. ދައްކަންޖެހޭ ފީތަައް ހަމަ އެއްވަރެއް.. އަހަރެންގެ ރަށުގަ ދުއްވާ ނަމަ އަހަރަކު ދެފަހަރު ސޮކްތައް ބަދަލުކުރަން އެބަ ޖެހޭ. މިރަށުގެ މަގުތަކުގައި ވެސް ގާ އަޅައިދީ!! އެހެން ނޫނީ ހުރިހާ ފީތަކެއް ކަނޑާލަދީ????
ކަނބިލި
11 January 2020
ސީޕީއަށް ދިވެހިބަހުން އެއްޗެކޭ ނުބެވެނީ ތިމާގެ މޮޅުކަން ދައްކަންތޯ ނޫނީ "ތަހުޒީބު" މީހެއްކަން ދައްކަންތޯ ނޫނީ ނާގާބިލުކަން ފޮރުވަންތޯ
ޗީޕް
11 January 2020
ޓްރެފިކް ގެ ގިނަކަންކަން އޮޓޮމޭޓް ކުރެވޭނެ. ވަރަށްފަސޭހަކަމެއް. ލައިސެންސްޕްލޭޓް ރިކޮގްނިޝަން ބޭނުންކޮށްގެން ބެލޭނެ ދޯ ރަޖިިސްޓްރީ، ރޯޑްވާދިނަސްދައްކާފަހުރތޯ. ކާރުގެ މޮޑެލްވެސްއިނގޭނެދޯ ސިސްޓަމްއިން. މިލިޔަނުން ވެހިކަލްހުންނަނަމަދޯ މިކަންކަން ކުރަންދަތިވާނީ. މޯބައިލް އެޕްލިކޭޝަނެއް ހަދާލަން ޖެހޭނީ. ޔުނިވަރސިޓީ ޕްރޮޖެކްޓަކަށް ހަދާލީމަ ތިވެސް ފްރީވީ.