11 ޖެނުއަރީ 2020 - 09:36
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބެއިލްގެ ފުރުސަތު ލިބިވަޑައިގަތުން ލަސްވާތީ ކަންބޮޑުވުން ފާޅުކުރައްވާ ކަމަށް އެމަނިކުފާނުގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީންގެ މެސެޖެއް ކަމަށް ވިދާޅުވެ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ދޮޅު މަސް ވީއިރު ޔާމީންގެ ބެއިލްއާ މެދު ކޯޓުން ގޮތެއް ނުނިންމުމަކީ ކޮން ކަހަލަ ހަމައެއްތޯ ސުވާލު އުފައްދަވާފަ އެވެ.
"ތަފާތުކުރުމެއް ނެތި އެމަނިކުފާނަށް ވެސް ބެއިލްގެ ފުރުސަތު ލިބުމަކީ އިންސާފުގެ ހަމަ،" ޖަމީލްގެ ޓްވީޓްގައި ވެ އެވެ.
"ގާނޫނީ ހައްގު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފް ލިބުމަކީ ޖުޑީޝަރީ އިސްލާހުވުން."
ރައީސް ޔާމީންގެ މެސެޖެއް: ތަފާތުކުރުމެއް ނެތި އެ މަނިކުފާނަށްވެސް ބެއިލްގެ ފުރުޞަތު ލިބުމަކީ އިންސާފުގެ ހަމަ. ދޮޅުމަސް ވީއިރު ކޯޓުން ބެއިލްއާ މެދު ގޮތެއް ނުނިންމުމަކީ ކޮންކަހަލަ ހަމައެއްތޯ؟ ޤާނޫނީ ޙައްޤު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފް ލިބުމަކީ ޖުޑީޝަރީ އިސްލާޙްވުން pic.twitter.com/4eAIO9Qwrt
— Mohamed Jameel Ahmed (@MJameelAhmed) January 11, 2020
ޔާމީނާ ހަވާލާ ދެއްވައި ޖަމީލް ކުރެއްވި ޓްވީޓް--
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނުގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.
އެ އެއް މިލިއަން ޑޮލަރާ މެދު ޔާމީން އަމަލްކުރެއްވި ގޮތުން އެއީ މަނީ ލޯންޑަރިންގެ ކުށެއް ކަމަށް ސާބިތުކޮށް ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ވެސް ކުރި އެވެ.
އެކަމަކު ކްރިމިނަލް ކޯޓުގެ ހުކުމް، ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ. އިސްތިއުނާފްގެ މުއްދަތު ނިމެންދެން އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދޭން ކަމާ ބެހޭ މުއައްސަސާތަކަށް އެމަނިކުފާނު ވަނީ ހުށަހަޅުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
12 January 2020
ޔާމީނަށް ބެއިލް ދީފނަމަ، ޖަލުގާ ދެން ތިބި އެންމެނަށްވެސް ބެއިލް ދޭން ޖެހޭނެ.. އޭރުން އިންސާފުވެރިވެފާ ހަމަ ހަމަ ވާނީ.. އެރުނ ްހުރިހާ ކުށްވެރިން ތިބޭނީ މގުމަތީ...
ޖަމަލުފޮޑި
12 January 2020
މީނަ ޕީއެޗްޑީހެދީކޯންޗަކުންބާ
މަހްފޫޒް
12 January 2020
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ނ) ބައްލަވާ. އިސްތިއުނާފް މަރުހަލާގަ ކަފާލާތަށް އެދެވޭނީ ދަށު ކޯޓުން ކުށް ސާބިތުނުވާކަމަށް ކަނޑައެޅުމުން ޕީޖީ މައްސަލަ އިސްތިއުނާފްކޮށް، އިސްތިއުނާފް ނިމެންދެން އެމީހަކު ބަންދުގަ ބެހެއްޓުމަށް ހައިކޯޓުން އަމުރުކުރާ ޙާލަތުގަ އެކަނި.
ގިޔާސް
12 January 2020
ޔާމީނުގެ ޝަރީއަތް ނިމެންދެން ހުރީ މިނިވަންކޮށް ދޫކޮށްފަ ހިންގާނެހާ ޖަރީމާއެއް ހިންގާ ހެކި ނައްތާލުމަށް ކުރަންހުރި ހުރިހާކަމެއްކުރެވޭ ގޮތަށް، އެކަމަކު ނަޝީދުއާ އަދިވެސް ބައެއް ސިޔާސީ މީހުން ތިބީ ޝަރީޢަތްކޮށް ހުކުމް ކުރަންދެންވެސް އަދި ހުކުމުގެ ފަހުންވެސް ޖަލުގަ ހައްޔަރުކޮށްފަ، އެކަމަކު އަދި އަނގަހުޅުވައެއްނު އެބަ.
އެހެނާ
11 January 2020
މެހެއި ގިނަ ޑިސްލައިކް މިލިބެނީ މިކޮމެންޓާ އެހެންވެ.
ސޮސެޖް
11 January 2020
ކޮބާތަ އަމާލް ކުލޫނީ،
ނެކްސްޓް
11 January 2020
އެހެންޏާފަހެ މިމީހާގެވެރިކަމުގައި ބެއިލްގެ ފުރުސަތު ވަރަށް ފަހި ވިއްޔަ
އަބުލްބަރކާ
11 January 2020
ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްލަން ހައިކޯޓުން އަމުރުކުރީ ކޯޓުން ކަނޑައެޅި ޝަރުތުތަކަކަށް ގާސިމް އެއްބަސްވެވަޑައިގެން ގާސިމްގެ ފަރާތުން 70،000 ރުފިޔާ ކޯޓަށް ދެއްކުމުންނެވެ.2017
ރާއްޖެތެރެމީހާ
11 January 2020
ރާއްޖެ ވިއްކާނުލާ މި ސަރުކާރު އިސްތިއުފާ ދީ.
ޢަބްދުﷲނާފިޒް
12 January 2020
ރާއްޖެތެރޭމީހާ، ކަލެއަށް އިނގޭތަ ގައިދީ ޔާމީނުގެވެރިކަމުގަ ރާއްޖޭއިން ވިއްކާލި މިންވަރު، އަދި އޭގެ އިތުރަށް އެވެރިން ރައްޔިތުންގެ ތިޖޫރިން ދަމާ ކައިފަވަނީ ކިހާވަރެއްކަން، ދެން ބުނޭ ތިމަންނަމެނަށްވެސް ދީގެންނޭ ކެއީ، ހަރާމެއް ހަލާލެއް ބެލުމެއްނެތި ދީގެން ކައިފިއްޔާ ހަމަ ބޮޑު ވަރިހަމަ އުތަ.
ަސދފ
11 January 2020
ކަންބޮޑުވެ ތިބޭދެން..ޕީޕީއެމްވެސް އަޅާނުލި..