ޝަންހާއީ މެޓްރޯ ސްޓޭޝަންގައި ރާއްޖެ އިޝްތިހާރު ކޮށްފައި-- ފޮޓޯ: އެމްއެމްޕީއާރުސީ
13 ޖެނުއަރީ 2020 - 11:28
ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު ކަމަށްވާ ޗައިނާގެ އެންމެ ބޮޑު ތިން ސިޓީގައި ރާއްޖެ އީޝްތިހާރު ކުރުމަށް އައުޓްޑޯ ކެމްޕޭނެއް ފަށައިފި އެވެ.
އެމްއެމްޕީއާރުސީން ކުރިއަށްގެންދާ މި ކެމްޕޭން ކުރިއަށްގެންދަނީ އެ ގައުމުގެ ވެރިރަށް ބެއިޖިން އާއި ގުއާންޒޯ އަދި ޝަންހާއީގަ އެވެ. މި ކެމްޕޭނުގައި ރާއްޖެ އަކީ އެ ގައުމުގެ ޓޫރިސްޓުންނަށް ޗުއްޓީ ހޭދަކުރުމަށް އެންމެ ރަނގަޅު މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މި ކެމްޕޭނުގައި ބެއިޖިންގެ އޮފީސްތައް ހިމެނޭ ބޮޑެތި އިމާރާތްތަކުގެ ލެޑް ސްކްރީންތަކުގަ އާއި ގުއާންޒޯގެ އެންމެ ބޮޑު ފަސް ޝޮޕިން މޯލުގެ ސްކްރީންތަކުގައި ރައްޖޭގެ މަންޒަރުތައް ފެންނަ ވީޑިއޯ އަޅުވާނެ އެވެ. އަދި ޝަންހާއީގެ މެޓްރޯ ސްޓޭޝަނުގެ ހަތް ސްކްރީނެއްގައި ރާއްޖޭގައި ތަޖުރިބާ ކުރެވޭނެ ކަންތައްތައް ވެސް އިޝްތިހާރު ކުރާނެ އެވެ. މިއީ ދުވާލެއްގެ މައްޗަށް ދޮޅުލައްކަ އަށްވުރެ ގިން މީހުން ޒިޔާރަތް ކުރާ ސްޓޭޝަނެކެވެ.
ބެއިޖިންގެ އޮފީސް އިމާރާތެއްގައި ރާއްޖެ އިޝްތިހާރު ކޮށްފައި-- ފޮޓޯ: އެމްއެމްޕީއާރުސީ
މީގެ އިތުރުން ވެސް މިއަހަރު ތެރޭގައި ޗައިނާގެ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ތަފާތު ހަރަކާތްތައް އެމްއެމްޕީއާރުސީން ކުރިއަށްގެންދާނެ އެވެ. މީގެ ތެރޭގައި މީޑިއާ އަދި މަޝްހޫރު ތަރިންގެ ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި ޑިޖިޓަލް މީޑިއާ ކެމްޕޭންތައް ހިމެނެ އެވެ. އަދި ޗައިނާގައި ކުރިއަށްގެންދާ ދެ ފެއާއެއްގައި ވެސް ރާއްޖޭން ބައިވެރިވާނެ އެވެ.
މިދިޔަ އަހަރު ވެސް ޗައިނާގައި މިފފަދަ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެގޮތުން، ޗައިނާ އައުޓްބައުންޑް ޓްރެވެލް ޓޫރިޒަމް މާކެޓުގަ އާއި ބެއިޖިން ޝަންހާއީ އަދި ގުއާންޒޯގރ ރޮޑް ޝޯތަކުގައި ރާއްޖޭން ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން އެ ގައުމުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ވީ ޗެޓާއި ވެއިބޯގައި ޕްރޮމޯޝަްތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ.
ޗައިނާގައި އެމްއެމްޕީއާރުސީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ސަބަބުން އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވެ އެވެ. އެގޮތުން މިދިޔަ އަހަރު ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވާއިރު މިދިޔަ އަހަރު އެ ގައުމުން 284،372 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
13 January 2020
ތިއީ ރާއްޖެ އިސްތިހާރު ކުރުމުގެ ނަމުގައި "މާލެ އިސްތިހާރުކުރަން" ކުރާ ކަމެއް. ތިގޮތަށް ތިފައިސާ ހޭދަކުރުމުގެ ބަދަލުގައި ޤާއުމީ އެއަރލައިން މޯލްޑިވިއަންއަށް ސަބްސިޑައިޒް ކޮށްގެން ހަނިމާދޫ ޝަންގްހާއި އަދި ގޭން ބީޖިންގ އާއި ގޭން ގޮއާންގޒޮ ދަތުރު ފައްޓާ ރަނގަޅު ހެޔޮއަގެއްގައި ޓިކެޓް ވިއްކަބަލަ. # އޭރުން ގައިމް އެމްޑީޕީގެ ގެސްޓަހައުސް ސިޔާސަތުވެސް މީގެތެރެއިން ތަންފީޒުވެ ރައްޔަތުމީހާގެ ޖީބަށް ޑޮލަރު ވަންނާނެ.
ފިލިއަފީފު
14 January 2020
ދެން އަފީފު ފިލައިގެން ދިޔަ ސީޝެލްސް ތަ އިސްތިހާރު ކޮއްދޭންވީ؟
ކިއްލިބާޝާ
13 January 2020
މިހެން ހެދީމާ އެލެކްސް ރުޅިނާންނާނެބާ؟