ރިޕޯޓް / ވެކްސިން ދިނުން

ވެކްސިނާ ދެކޮޅު މީހުންގެ ބޮޑު 10 ދޮގު

ހިމަބިހީގެ ވެކްސިން ދެނީ: ހިމަބިއްސަށް ދޭ ވެކްސިނަކީ ރައްކާތެރި، ޔަގީންކަން ބޮޑު އެއްޗެއް

ވެކްސިން ޖެހުމަކީ ނުރައްކަލެއް ކަމަށް ވިސްނައިދޭން މަސައްކަތްކުރާ "އެންޓި-ވެކްސާސް" ގެ ސާބިތު ނުހިފޭ ވާހަކަތައް ގަބޫލުކުރާ މީހުން ދުނިޔޭގެ އެކި ހިސާބުތަކުގައި އުޅެ އެވެ. އިންޓަނެޓާ އެކު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން ދުނިޔެ ކުޑަވެ މި ބުނާ އެންޓި-ވެކްސާސްގެ ވާހަކަތައް ފަތުރަން ވެސް ފަސޭހަވެ އެ ވާހަކަތަކަށް ހެއްލޭ މީހުން ގިނަވެއްޖެ އެވެ. ނަތީޖާ އަކީ މީގެ ކުރިން ހިމަބިހި ފެނުން މަދުވެފައިވާ ތަންތަނުން ވެސް މި ބަލި ފެނުން ގިނަވާން ފެށުމެވެ. ރާއްޖެ ވެސް އިސްތިސްނާއެއް ނުވެ އެވެ.

އިންޓަނެޓުން ފެންނަ ފޭކް ލިޔުންތައް ގަބޫލުކުރެވި ވެކްސިނާ ދެކޮޅު ހަދާ ބަޔަކާއި ދީނީ ގޮތުން ގަބޫލުކުރާ ގޮތްތަކެއް ސަބަބުން ވެކްސިން ގޯސްކޮށްގެން އުޅޭ ބަޔަކު ވެސް އެބަ އުޅެ އެވެ. ރާއްޖޭގައި އޭގެ މީހުން އުޅޭ ގްރޫޕެއްގެ ތެރޭގައި އިނދެ އެ މީހުން ދައްކާ ވާހަކަތައް ބަލައިލި އިރު އަޖައިބުވެ އަންތަރީސް ވެއްޖެ އެވެ. ވެކްސިނާ ދެކޮޅަށް، ކަނޑައެޅިގެން ފޭކް ވެބްސައިޓްތަކުން ފެންނަ އެއްޗެހި ވެސް މި ބުނާ ވައިބަ ގްރޫޕް ތެރޭގަ އާއި ފޭސްބުކް ޕޭޖެއްގައި އެބަ ޝެއާކުރެ އެވެ.

ގޫގުލް އިން އުޅެނީ ވެކްސިން އުފައްދަން ފަށަން ކަމަށާއި އެހެންވެ ގޫގުލްގައި ވެކްސިންގެ ނުރައްކާތެރިކަމުގެ ވާހަކަ ނުފެންނަ ގޮތް ހަދާފައި އޮންނަ ކަމަށް އެކަކު ބުނެފައި އޮތެވެ. މިއީ އެ މީހުންގެ ވިސްނުން ހުރި ހިސާބުގެ ކުޑަކުޑަ މިސާލެކެވެ.

ދެން މި ހިމަނާލަނީ ވެކްސިނާ ދެކޮޅު މީހުން ހަދާ އާންމު 10 ދޮގެވެ. އަދި އޭގެ ހަގީގަތެވެ.

1 - ހިމަބިހި ޖެހެންވާނެ، ޖެހުނިއްޔާ މާ ރަނގަޅުވާނެ

ވެކްސިނާ ދެކޮޅު މީހުން ބުނާ ގޮތުގައި 1960ގެ ތެރޭގައި ހިމަބިހީގެ ވެކްސިން ތައާރަފްވުމުގެ ކުރިން ހިމަބިއްސަކީ ގާތްގަނޑަކަށް ހުރިހާ ކުޑަކުދިންނަކަށް ޖެހޭ ބައްޔެކެވެ. އެ މީހުން ދެކެނީ ހިމަބިހި ކޮންޓްރޯލްކުރަން ވެކްސިން ނުޖަހައި އެ ބަލި އާންމުކޮށް ފެތުރެން ދޫކޮށްލާފައި އޮތް ނަމަ އިންސާނުންގެ ސިއްހަތު މާ ރަނގަޅުވާނެ ކަމަށެވެ. އެހެންވެ އެ މީހުން ދަރިންނަށް ހިމަބިހި ޖައްސުވަން "މީސްލްސް ޕާޓީ" ބޭއްވުމުގެ ހިޔާލު ވެސް ގެންގުޅެ އެވެ. އެއީ ހިމަބިހި ޖެހިފައި ހުންނަ މީހުންނާ އެކު އެއްތަނަކަށް ޖަމާވެ އެންމެން އެ ބަލި ލިބިގަތުމަށެވެ.

ހިމަބިހީގެ ވެކްސިން ތައާރަފްކުރުމުގެ ކުރިން، ކުޑަކުދިންނަށް ހިމަބިހި ޖެއްސުމުގެ ވިސްނުން ގެންގުޅުނު މީހުން އެކަން ކުރަނީ އުމުރުން ދޮށީވާ ފަހުން ހިމަބިހި ޖެހުމުން މާ ބޮޑަށް ނުރައްކާވާތީ ކުޑައިރު އެ ބަލި ޖެއްސުމަށެވެ.

ހިމަބިހި: މިއީ ވޭން ހުރި ބައްޔެއް

ހިމަބިހި ޖެހެންވާނެ ކަމަށާއި ޖެހުނިއްޔާ މާ ރަނގަޅުވާނެ ކަމަށް ބުނި ނަމަވެސް މި ބަލި ޖެހުމަކީ ވަރަށް ބޮޑު ވޭނެކެވެ. ހިމަބިހި ޖެހުމުން ގަދަޔަށް ހުން އާދެ އެވެ. ލޯ ދުޅަވެ އަލީގައި އުޅެން ދަތިވާތީ އަބަދު ބަންދުވެފައި އޮންނަން ޖެހެ އެވެ. ކަންފަތުގެ އިންފެކްޝަނާއި ބޭރަށް ހިންގުން ވެސް ޖެހިދާނެ އެވެ.

ދިރާސާތަކުން އެނގޭ ގޮތުގައި، ޅަފަތުގައި ހިމަބިހި ޖެހޭ ކުދިންގެ ބަރުދަން ލުއިވުން ފަދަ މައްސަލަތައް މުޅި އުމުރަށް ވެސް ތަޖުރިބާކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

2 - ހިމަބިހީގެ ވެކްސިނާއި އޯޓިޒަމްއާ ގުޅުން ހުރޭ

މި ވާހަކަ މިގޮތަށް ދައްކަނީ އިތުބާރު ގެއްލިފައިވާ އިނގިރޭސި ވިލާތުގެ ޑޮކްޓަރެއް ކަމަށްވާ އެންޑްރޫ ވޭކްފީލްޑްގެ ވާހަކަތަކާ ގުޅިގެންނެވެ. ހިމަބިހީގެ ވެކްސިނާއި އޯޓިޒަމްއާ ގުޅުން ހުރި ކަމަށް ބުނެ އޭނާ ޝާއިއުކުރި ކަރުދާހުގެ މައިގަނޑު ބައިތައް އޭނާ ފަހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އަދި އޭގެ ފަހުން ކޮށްފައިވާ އެކި ދިރާސާތަކުން އޯޓިޒަމްއާ ވެކްސިނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ހޯދިފައެއް ނުވެ އެވެ. އޭނާގެ އަމަލުތަކުގެ ސަބަބުން މެޑިކަލް ލައިސަންސް ވެސް ވަނީ ފަހުން ބާތިލްކޮށްފަ އެވެ.

ވޭކްފީލްޑް އާންމުކުރި ކަރުދާހާ ބެހޭ ގޮތުން ކުރި ތަހުގީގަކުން އެނގުނު ގޮތުގައި އޭނާ އެ ކަރުދާސް ޝާއިއުކުރީ ފައިސާގެ ބޭނުމުގަ އެވެ. އެއީ އޭނާ އުފައްދަން މަސައްކަތްކުރި މޮލެކިއުލާ ވައިރަލް ޑައިގްނޯސްޓިކް ޓެސްޓް ކުންފުންޏެއް އުފެއްދުމަށެވެ. ބީއެމްޖޭގައި ޝާއިއުކުރި ތަހުގީގު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މިއީ އިނގިރޭސި ވިލާތާއި އެމެރިކާ އިން އަހަރަކު 72.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދިދާނެ ވިޔަފާރިއެއް ކަމަށް ވޭކްފީލްޑް ވަނީ ބުނެފަ އެވެ.

3 - ހިމަބިހީގެ ވެކްސިން ޖަހާފައި ހުންނަ މީހާގެ ގައިން އެހެން މީހުންނަށް ވައިރަސް އަރާނެ

ވެކްސިނާ ދެކޮޅު މީހުން މިހެން ބުނަނީ މީސްލްސް އަކީ ވައިރަހެއް ކަމަށް ވެފައި އެ ވައިރަސް ހަށިގަނޑު ތެރެއަށް ފޮނުވައިގެން ވެކްސިން ދޭތީ އެވެ. އެކަމަކު މިއީ އެހެންވާ ކަމެއް ނޫނެވެ. މީސްލްސް ވެކްސިނަކީ ބާރު ދަށްކޮށްފައިވާ ވައިރަހެކެވެ. އެއީ އެހެން މީހެއްގެ ހަށިގަނޑަށް އެ ވައިރަސް ނުދާހާ ބާރު ދަށްކޮށްފަ އެވެ. ވެކްސިން ދިނުމުން، ވެކްސިން ދޭ ތަނާއި އަތަށް ތަދުވެ ކުޑަކޮށް ހުން އައުން ފަދަ ކަންކަން ވެދާނެ އެވެ. އެކަމަކު އެއީ ބައްޔާ ދެކޮޅަށް ހަށިގަނޑު ތައްޔާރުވުމުގެ އަލާމާތްތަކެވެ.

އެކަމަކު ހިމަބިހި ޖެހޭ ކުދިންގެ ގައިން އެ ބަލި ފިލައި ރަނގަޅުވެ، އެތައް ހަފުތާއެއް ވަންދެން ވެސް އެހެން މީހުންނަށް ވައިރަސް ފެތުރެ އެވެ. އަދި ވައިރަސް ހަށިގަނޑަށް ވަދެފައި ހުންނަ މީހާ އަށް ވެސް އެކަން ނޭނގި އެހެން މީހުންނަށް އެ ވައިރަސް ވާސިލުވާން މެދުވެރިވެ އެވެ.

ހިމަބިހީގެ ވެކްސިން ދިނުމުން އެ މީހެއްގެ ގައިން އެހެން މީހުންނަށް އެ ބަލި ޖެހޭނެ ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް

ބަލި ޖެހުމުން އެންމެ ފުރަތަމަ ފެންނާނީ އާދައިގެ އަރިދަފުސް ރޯގާގެ އަސަރުތަކެވެ. ނޭފަތުން ފެން އައުމާއި ހުން އައުމާއި ކެއްސުމާއި ލޯ ރަތްވުން ފަދަ ކަންކަމެވެ. މިއީ ގައިގައި ބިހިތައް ނަގަން ފެށުމުގެ އެތައް ދުވަހެއް ކުރިން ފެންނާނެ އަލާމާތްތަކެވެ. އަދި މި މުއްދަތުގައި ވެސް އޭނާގެ ގައިން އެހެން މީހުންނަށް ވައިރަސް އަރާނެ އެވެ. ވައިރަސް ހުންނަ މީހުން އުޅެފައި ދާ ތަނެއްގައި އެތައް ގަޑިއިރެއް ވަންދެން އެ ވައިރަސް ހަރުލާފައި ހުރެ އެވެ.

4 - ވެކްސިނަކީ ބޮޑު ވިޔަފާރިއެއް

ވެކްސިނާ ދެކޮޅު މީހުން އެންމެ ބާރުލާފައި ދައްކާ އެއް ވާހަކަ އަކީ މިއީ އެވެ. އެ މީހުން ބުނަނީ ވެކްސިން ޖަހަން ޖެހޭނެ ކަމަށް ބުނަނީ ބޭސް އުފައްދާ ކުންފުނިތަކުން ވެކްސިން ވިއްކައިގެން ބޮޑު އާމްދަނީއެއް ހޯދަން ކަމަށެވެ.

އެކަމަކު ހަގީގަތަކީ ވެކްސިން ނުޖަހާ ނަމަ ބޭސް ކުންފުނިތަކަށް ފައިދާ ބޮޑުވުމެވެ. އެއީ ވެކްސިން ޖެހުމުން އެ ވެކްސިން ދިން ބައްޔެއް ޖެހުމުގެ ފުރުސަތު ގާތްގަނޑަކަށް މުޅި އުމުރަށް ބަންދުވާތީ އެވެ. ވެކްސިން ޝޮޓެއްގެ އަގަކީ ގާތްގަނޑަކަށް 12 ޑޮލަރެވެ. ވެކްސިން ނުދީ މީހުން ބަލިވާން ދޫކޮށްލައިގެން ތިބޭ ނަމަ ބޭސް ކުންފުނިތަކަށް، މީހަކަށް 12 ޑޮލަރަށް ވުރެ މާ ގިނަ ބޭސް ވިއްކޭނެ އެވެ. މިސާލަކަށް ބުނާ ނަމަ، ކޮލެސްޓްރޯލާ ދެކޮޅު ބޭހެއް ކަމަށްވާ ލިޕިޓާ އިން އެކަނި ވެސް އަހަރަކު 12 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އިރު މިއީ މުޅި ވެކްސިން މާކެޓާ ނުބައްދަލު އަދަދެކެވެ.

ރާއްޖޭގައި ހިމަބިހީގެ ވެކްސިން ދެނީ ހިލެ އެވެ. އާންމު މީހާ ކުރަން ޖެހޭ ހަރަދެއް ނޯވެ އެވެ.

5 - މީސްލްސް ވެކްސިނުން ކުދިންނަށް ފިޓް ޖެހޭނެ

މިއީ ވެސް ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. ފީބްރައިލް ސީޒާ އާންމު ގޮތެއްގައި ޖެހެނީ ހުން އައުމުންނެވެ. މާނަ އަކީ ހިމަބިހި ގިނަވެ މާ ގަދައަށް ހުން އަންނަ ކުދިން ގިނަވާ ނަމަ ފިޓްޖެހޭ ކުދިން މާ ގިނަވާނެކަމެވެ.

ހުން ގަދަވުމުން ހަމަ ކޮންމެ ކުއްޖަކަށް ވެސް، ފީބްރައިލް ސީޒާ ޖެހިދާނެ އެވެ. ވެކްސިން ދީގެން ހުން އަންނަ ވަރަށް ވުރެ މާ ގަދަޔަށް، ވެކްސިން ނުދީ ހުއްޓާ ހިމަބިހި ޖެހިއްޖަ ނަމަ އަންނަ ހުން ގަދަވާނެ އެވެ. އެހެންވެ ވެކްސިނާ ހެދި ފިޓް ޖެހުމަށް ވުރެ، ވެކްސިން ނުދިނުމުން ފިޓް ޖެހެން އޮތް ފުރުސަތު މާ ބޮޑެވެ.

6 - މީސްލްސް ވެކްސިނުން، ސިކުނޑި ދުޅަވާ އެންކެފަލައިޓިސް ޖެހޭ

މިއީ ވެސް ވެކްސިނުން ފިޓް ޖެހެޔޭ ބުނާ ގޮތަށް ދަައްކާ ވާހަކައެކެވެ. ވެކްސިން ދީގެން ސިކުނޑި އަށް ގެއްލުމެއް ވުމަށް އޮންނަ ފުރުސަތަށް ވުރެ ހިމަބިހި ޖެހިގެން ސިކުނޑި ދުޅަވުމުގެ ފުރުސަތު މާ ބޮޑެވެ. މީސްލްސް ވެކްސިނުން އެންކެފަލައިޓިސް ކުރިމަތިވުމަށް ހާހަކުން އެއް ފުރުސަތު އޮވެ އެވެ. އަދި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް އަސަރުކުރުމުގެ ވަރަށް ނާދިރު ޗާންސެއް ވެސް އޮވެ އެވެ. އެކަމަކު މީސްލްސް ޖެހިގެން ނިއުމޯނިއާ، ކްރޫޕް، އެޕެންޑިސައިޓިސް، ހެޕަޓައިޓިސް، ލޯ ފާރުވުން، ކަނުވުން އަދި ކިޑްނީ ފެއިލްވުމަށް އޮންނަ ފުރުސަތު މާ ބޮޑެވެ.

7 - ހިމަބިހި ވެކްސިނުގައި މާކިއުރީ ހިމެނޭ

މިއީ ވެސް ދޮގެކެވެ. ބައެއް ފްލޫ ވެކްސިން ގިނަ ދުވަހު ބެހެއްޓުމަށް މާކިއުރީގެ ވަރަށް ކުޑަ މިންވަރެއް ބޭނުންކުރެ އެވެ. މީސްލްސް ވެކްސިންގައި މާކިއުރީ ބޭނުމެއް ނުކުރެ އެވެ. އެހެން ނޫނަސް، ވެކްސިންތަކުގައި ބޭނުންކުރާ މާކިއުރީ އަކީ ނާރުތައް ހަލާކުކޮށްލާ ވައްތަރުގެ މާކިއުރީއެއް ވެސް ނޫނެވެ.

ވެކްސިން ރައްކާކޮށްފައި ހުންނަ ބިއްލޫރި ކުޑަ ފުޅި (ވައިލްސް) ގެ ތެރެއިން، އެއްފަހަރު ބޭނުންކުރާ ގޮތަށް ހުންނަ އެއްޗެހީގައި މާކިއުރީ ބޭނުމެއް ނުކުރާނެ އެވެ.

މީސްލްސް ވެކްސިންގައި މާކިއުރީ ބޭނުމެއް ނުކުރޭ. އެހެން ނޫނަސް، ވެކްސިންތަކުގައި ބޭނުންކުރާ މާކިއުރީ އަކީ ނާރުތައް ހަލާކުކޮށްލާ ވައްތަރުގެ މާކިއުރީއެއް ވެސް ނޫން.

އެހެންވެ، ބައެއް ވެކްސިނުގައި ހުންނަ މާކިއުރީއާ ބެހޭ ގޮތުން އަރާފައި އޮންނަނީ ވަރަށް ބޮޑު އޮޅުމެކެވެ.

8 - ވިޓަމިން އޭ ފުދޭ ވަރަށް ހުރިއްޔާ ހިމަބިހި ވެކްސިން ޖެހުމުގެ ބޭނުމެއް ނެތް

މިއީ ނިއުޓްރިޝަން މަދުވެފައިވާ ކުދިންނަށް މީސްލްސް ޖެހުމުން ނުރައްކާ ބޮޑުވާތީ އަރާފައި އޮންނަ އޮޅުމަކަށް ވެދާނެ އެވެ. ވިޓަމިން އޭ މަދު ނަމަ އެއްވެސް އިންފެކްޝަނަކާ ދެކޮޅަށް ހަށިގަނޑުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރަން ދަތިވެ އެވެ. ނަމަވެސް ވިޓަމިން އޭ އަކީ ހިމަބިހިން ރައްކާތެރިކޮށްދޭ އެއްޗެއް ނޫނެވެ.

ރަނގަޅު ސިއްހަތެއްގައި ހުންނަ ނަމަ ކޮންމެ ބައްޔަކާ ދެކޮޅަށް ވެސް ހަށިގަނޑު ރަނގަޅަށް މަސައްކަތްކުރާނެ އެވެ.

9 - ހިމަބިހި ވެކްސިނުން މީހުން މަރުވޭ

މިހެން ބުނާ މީހުން ހަވާލާދެނީ އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ބަލަހައްޓާ ޑޭޓާބޭސްއަކަަށެވެ. މީގައި، ވެކްސިން ދިނުމަށް ފަހު މަރުވެފައިވާ މީހުންގެ އަދަދު އޮތަސް އެއީ ވެކްސިނުގެ ސަބަބުން މަރުވި މީހުން ކަމަކަށް ބުނެފައެއް ނޯވެ އެވެ.

އަނެއްކޮޅުން، މުޅި ދުނިޔޭގެ ތަފާސްހިސާބަށް ބަލާއިރު ހިމަބިހި ވެކްސިނުގެ ސަބަބުން ކުޑަކުދިންނާއި މީހުން މަރުނުވާކަން ފާޅުކަން ބޮޑު ގޮތެއްގައި ހުރީ ފެންނާށެވެ. ވެކްސިނެއް ދިނުމުން މީހަކު މަރުވެފައި ވިޔަސް، އެއީ މީހާގެ ކިބައިގައި ހުރި އެހެން ކަމެއްގެ ސަބަބުން ވަރަށް ބޮޑަށް އެލާޖިކްވެ އެކަމަށް ފަރުވާ ނުކުރެވިގެން ދިމާވެފައިވާ ކަމަކަށް ވުން މާ ގާތެވެ. މާނަ އަކީ، ސިއްހީ މައުލޫމާތު ރަނގަޅަށް ދީ ކްލިނިކުން ނުވަތަ ހޮސްޕިޓަލުން ވެކްސިން ޖަހާ ނަމަ މިފަދަ ކަމެއް ދިމާވުމަށް އޮންނަ ފުރުސަތު ވެސް ކުޑަވުމެވެ.

10 - ވެކްސިން ދިނުމަކީ އަމިއްލަ ކަމެއް، މަޖުބޫރެއް ނުކުރެވޭނެ

މިހެން ބުނާ މީހުންނަށް، ތިމާގެ ދަރިއަށް އެހެން މީހެއްގެ ދަރިއެއްގެ ފަރާތުން ބައްޔެއް ޖެހުމަކީ މައްސަލައަކަށް ނުވާނެ ހެއްޔެވެ؟ ވެކްސިން ދިނުމަކީ އަމިއްލަ ކަމެއްގެ ގޮތުގައި ނުދެކެންވީ ވެކްސިން ނުދިނުމުން ބަލީގެ ނުރައްކާ ބޮޑުވެ އެ ކުދިންނަކީ އެންމެންގެ ތެރޭގައި ބަލި ފަތުރާ ސަބަބަކަށް ވެދާނެތީ އެވެ. މިއީ އެތައް ބައެއްގެ ހައްގު ގެއްލުމެވެ. ތިމާގެ އަމިއްލަ ހައްގަށް ވުރެ، މުޖުތަމައުގެ ހައްގު މާ ބޮޑުވާނެ އެވެ.

އެހެން ވާހަކައެއް

ހިމަބިހި ފެތުރޭ ދުވަސްވަރެއްގައި ނަމަ، ވެކްސިން ދީފައި ތިބި ކުދިން ވެސް ސްކޫލަށް ނުފޮނުވާ ގެންގުޅެން ބައެއް ބެލެނިވެރިން ބޭނުންވެ އެވެ. އެކަމަކު ވެކްސިންގެ ފުރަތަމަ ޑޯޒާ އެކު، ބަލިން ރައްކާތެރިވާނެ ކަމުގެ 93 ޕަސެންޓް ޔަގީންކަން އޮންނާނެ އެވެ. ދެ ވަނަ ޑޯޒާ އެކު 97 ޕަސެންޓުގެ ޔަގީންކަން އޮވެ އެވެ. ޑޯޒް ހަމަކޮށްފައި ވަނިކޮށް ހިމަބިހި ޖެހުނު ކަމުގައި ވިޔަސް އޭގެ އަސަރު ކުރާނީ ނިސްބަތުން ކުޑަކޮށެވެ.

ވެކްސިން ދީފައި ހުއްޓަސް ވައިރަހަށް ހުށަހެޅިއްޖެ ނަމަ، ބަލި ޖެހުމަށް 100 އަކުން ތިނެއްގެ ފުރުސަތު އޮންނަ ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލުން ބުނެ އެވެ. އެކަމަކު ވެކްސިނާ އެކު ލިބޭ ހިތްހަމަޖެހުމަކީ ބަލީގެ ނުރައްކާ އެތައް ގުނައެއް ކުޑަވުމެވެ.

52 ކޮމެންޓް, 124 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 5%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންނު

16 January 2020

ކުޑަކޮށް ކިޔަވާލައިގެން ހުރިނަމަ ތިޔަކަހަލަ ވާހަކަތަކެއް ނުދައްކާނެ !!!

The name is already taken The name is available. Register?

ޢަހުމަދު އިބުރާހިމް

14 January 2020

ޙިމަބިހިއަކީ ބައެއް ފަހަރު ވަރަކަށް ނުރައްކާތެރި ބައްޔެއް. ޢަނަރޫފަ ކުދިން ނުވަތަ ކާޑު ބަލީގެ ކުދިންނަށް ނުރައްކާ ވަރަށްބޮޑު. ނުރައްކާ ބޮޑުވަނީ ސެކަންޑަރީ އިންފެކްޝަންގެ ސަބަބުން. ނަމަވެސް ގިނަފަހަރު އެއްކޮށް ރަނގަޅުވަ ބައްޔެއް

The name is already taken The name is available. Register?

މީދާ

14 January 2020

ހުރިހާ މީދާތައް ވެސް މަރަން އުޅެބަލަ. އޭގެންވެސް ވަރަށް ބަލި ފެތުރެއެއްނު. ސަރުކާރު އޮފީސްތަކުގަވެސް ހާލި ހަދާގެން އުޅޭ.

The name is already taken The name is available. Register?

ޢަހުމަދު އިބުރާހިމް

14 January 2020

ވެކްސިންގެ ސަބަބުން ގެއްލުން ލިބިފައިވާ މީހެއްނަމަ އެމީހަކަށް ބަދަލް ލިބެންޖެހޭނެ. ނަމަވެސް ބަދަލް ނުދޭތީ މައްސަލައަކީކޮބާ؟ ބަދަލް ހޯދަންދާނެ ތަނެއްނެތް. ކޮންމެތާކުވެސް ވެކްސިންގެ ސަބަބުން ނޭދެވޭ ކަންކަން ފެންނާނެ. ޢަދި އެކަންކަން ޑޮކިއުމަންޓް ވާންޖެހޭނެ. ނަމަވެސް މިހާދުވަހު ވެކްސިން ޖެހި އިރު ފުލަސިޑް ޕެރަލިސްގެ އެންމެ ކޭސްއެއްވެސް . ޓީބީގެ އެއްވެސް ކޭސް އެއް އަދި މިނޫނަސް ވެކްސިންއާއި ގުޅުންހުރި އެއްވެސް ކޭސްއެއް ހާމަ ނުކުރުމަކީ އަރަތެއް

The name is already taken The name is available. Register?

ޢަހުމަދު އިބުރާހިމް

14 January 2020

ޥެކްސިންގެ ވާހަކަ ދައްކާ ކޮންމެ މީހެއް އެއީ ވެކްސިނާއި ދެކޮޅު މީހެއްކަމުގެ ސިއްކަ އެމީހެއްގެ ނިތްކުރީގައި ޖެހީމާ ނަފުރަތާއި ފިތުނަ އުފެދޭނީ. ދެން އޭގެންވާނީ ގެއްލުން. ވެކްސިންގެ ދެކޮޅު ބަޔާން ކޮށްދޭން ޖެހޭ. ޥެކްސިން ޖެހީ ހިމަބިހި އަށް ކަމުގައިވިޔަސްވެސް ވެކްސިންގެ ސަބަބުން އެމީހާކަށް އެބަލި ޖެހިދާނެ. ނާދިރޭ ، ނުވާނެޔޭ ނުބުނާށެވެ. ޢޭގެ ބަދަލުގައި ޖެހިދާނެއޭ ނަމަވެސް ގެއްލުމަށްވުރެ ފައިދާ ބޮޑުކަމުގައި ބުނެދެވިދާނެ.

The name is already taken The name is available. Register?

ކާސިމު

14 January 2020

ސުވާލަކީ ހިމަ ބިއްސަކީ ކިހާ ނުރައްކާ ބައްޔެއްހޭ އެހެން ބަލިތައްވެސް ޖެހޭނޫންހޭ ކީއްވެހޭ ހަމައެކަނި މަދު ބަލިތަކަކަށް ވެކުސިން ދެނީ އެ ވެކްސިން އެދޭ ބަލިތަކަކީ ޖެހިއްޖެނަމަ ކެންސަރު ފަދައިން ފަސޭހަކުރަން އުނދަގޫ ބައްޔެއްހޭ؟ އަޅުގަނޑަށް އެނގިފައި ވާމައުލޫމާތު ގޯސްނޫނަމަ މިއަދު ޑަކްޓަރީކަން ކުރި އަރާފައިވާ މިންވަރުން ހިމަ ބިއްސަކީ އަރުދަފުސްރޯގާފަދަ އާދައިގެ ބައްޔެއް..

The name is already taken The name is available. Register?

ގަމާރު ކަން އިންތިހާ

14 January 2020

މީސްލްސް އަކީ އަރިދަފުސް ރޯގާއާ އެއްވަރު ބައްޔެއްނަމަ ޢަޅެ އަމިއްލައަށް އެކްސްޕީރިއަންސް ކޮށްލަން މިހާރު ހިމަބިއްސައް ޕޮސިޓިވް ވެފައިވާމީހުންގެ ކައިރީގައ އުޅެބަލަ ކިހާވަރެއްގެ ކަމެއްތޯ ބަލާލަން

The name is already taken The name is available. Register?

އެނގިއްޖެތަ؟

15 January 2020

ހިމަބިހި ނުރައްކާވަނީ އެ ބަލީގެ ވައިރަސް ވައިގެ ތެރޭގައި ދެގަޑިއިރު ހުންނާތީ. ރައްކާތެރިނުވެވިއްޖެނަމަ ދުންގަނޑެއް ފަދައިން ފެތުރޭތީ. މަރަށް ހުށަހެޅޭތީ. އެންމެ ނުރައްކާ ސްޓޭޖުން ސަވައިވް ވާ މީހުންވެސް ބީރުވުން ނުވަތަ ލޯ އަނދިރިވުމަށް ހުށަހެޅޭތީ.

The name is already taken The name is available. Register?

ާްެއަހުމަދު

14 January 2020

1980 ކުރީގަ ރާއްޖޭގަ އޯޓިޒަމް ނެތޭބުންޏަސް ރަގަޅުވާނެ ސުވާލަކީ މިއޮޢްފަދަ ތަހުޒީބު ޒަމާނުގަ އޯޓިޒަމް ކުދިން މިހާގިނަވެ މުޅި އުމުރަށް އަގުބޮޑުބޭސް ކާން ޖެހޭ ސަބަކީ ކޮބާތޯ

The name is already taken The name is available. Register?

ޙައްހައްހާ

14 January 2020

އޭރު އޯޓިސްޓިކް ކުދިންނަށް ކިޔަނީ ވަކަރުގޭ ކުދިންނޭ. މަޑުން ނުތިބެވޭ ކުދިންނޭ. އެ ބަސް ހަމައެކަނި ބޭނުން ނުކުރާކަން. ސުނާމީގެ ކުރިން އެއީ ކޯޗެއްކަމެއް ނޭނގޭ. އެންމެން ކީ ރާޅު ބޮޑުވާ ވާހަކަ.

The name is already taken The name is available. Register?

ނަން

14 January 2020

1980 ގެ ކުރިން ރާއްޖާގައި ހާދަ ގިނަ ކުދިން ޖިންނި އަޅައޭ.

The name is already taken The name is available. Register?

އެކްްސްޕާޓް

14 January 2020

1980 ގެކުރީގައި ތިބުނާ އޯޓިޒަމް އަކީ ދައެގްނޯސް ނުކިރެވި އޮތް ބައްޔެއް، އޭގެ މާނައަކީ އެބަލި ނެތީކީ ނޫން. ޢެޔަށް އޭރު އެހެން ނަންތަކެއް ކިޔާފައި އޮވެދާނެ. މައްސަލަ އަކަށް ވަނީ އެމް.އެމް.އާރް ވެކްސިން ޖަހާ އުމުރާއި ކުދިން ހެލިފެލިވެ އުޅެން ފަށާ އުމުރާއި އެއްދުވަސްވަރަކަށް ވާކަން. ޢަދި އޯޓިޒަމް ގެ ނިޝާންތަށް ފާހަވާން ފަށަނީވެސް މި ދުވަސް ވަރުގައި ކަމަށް ވާތީ. ަ

The name is already taken The name is available. Register?

ކާލާ މަންނަ

14 January 2020

ބަރާބަރު

The name is already taken The name is available. Register?

ަސަމާ

14 January 2020

އޯޓިޒަމް އަކީ ޖެނެޓިކްސް އިން ޖެހޭ ބަލިއެއް

The name is already taken The name is available. Register?

މޮޔައޭ

14 January 2020

ދޮންކަލޯ އޮވޭ! އޭރު ކިޔަނީ ސިކުނޑި ހަމަނުޖެހޭ ކުދިންނޭ ނުވަތަ ސޭކޭ ނުވަތަ މޮޔަ އޭ. މިހާރު އެނގެނީ ވަނީ ކީއްކަން. ތަންކޮޅެއް ހޭލަބަލަ!

The name is already taken The name is available. Register?

ދޮންތަބެ

15 January 2020

ބަލި ގިނަވުމުގެ އަސްލަށް ނުވިސްނާ އެހެން ވާހަކަތައް ގިނަވަނީ ޙަގީގަތް ނޭނގިގެންތޯ؟ ފާޙިޝު ޢަމަލުތަކާއި ނަހަމަ ގުޅުންތައް ގިނަވާ ކޮންމެ މުޖުތަމައެއްގައި ބަލީގެ ފިތުނަތައް ދާނީ ފެތުރެމުން. އަދި އެފަދަ ބަލިތައް ފަސޭހަކުރެވޭނީވެސް އެހާމެ އުނދަގުލުން. މިއީ އިސްލާމް ދީން އުނގަންނައިދިން ޙަގީގަތެއް. ވެކްސިންއަކީ ކޮންމެހެން ދޭންޖެހޭ އެއްޗެއް. އެއީ ސަބަބުގައި ހިފުން. ޝިފާއަކީ ﷲގެ އިރާދަފުޅާލައިގެން މެނުވީ ލިބޭނެ އެއްޗެއް ނޫން.

The name is already taken The name is available. Register?

ބޮކޯހަރާމް

14 January 2020

ވެކްސިން ނުދެ އަދި ނުދިނުމަށް ގޮވާލާ މީހުން އެ ހިންގަނީ ޤަތުލު އާއްމެއް. ޖަރީމާއެއް. މި އާރޓިކަލްގަ ނުދައްކާވާހަކައަކީ ދީނީ ހުއްޖަތުތައް ދައްކާ މީހުންގެ ވާހަކަ. ކީއްވެ؟ ބިރުން؟ ތިމާ އެ ޖަރީމާ ހިންގާފަ އަދި އެހެން މީހުންގެ ފުރާނައަށް ނުރައްކާ ކުރާއިރު ކީއްވެ އެމީހުން ގަދަކަމުން ހިފަހައްޓާ ކަރަންޓީނުކޮށް ނުވަތަ ވެކްސިން ނުޖަހަންވީ، ކަނޑައެޅިގެން ބޮޑު ނުރައްކަލަކާއެކު އާއްމު ތަންތަނަށް ނުކުމެ އުޅުމުގެ ޙައްޤެއް އެމީހުންނަކަށް ނޯންނާނެ.

The name is already taken The name is available. Register?

ައައްޔޯޯ

16 January 2020

ދީނީ ހުއްޖަތުގެ ވާހަކަ ނުދައްކަނީ ބިރުންނެއް ނޫން. ކޮޕީ ޕޭސްޓް ކުރި އާޓިކަލްގަ ދީނީ ހުއްޖަތުގެ ވާހަކަ ނެތީމަ.

The name is already taken The name is available. Register?

ރަދީފުއްދީނުލް އަކްބަރު

14 January 2020

ރާއްޖޭގައި ވެކްސިންނުދޭމީހުން ނުދެނީ ހަމަ މި 10 ޕޮއިންޓުގެ މައްޗަށް ބިނާކޮށްތަ؟

The name is already taken The name is available. Register?

ކަލޫބެ

14 January 2020

ވެކްސިން މިހާރު އެއީ ވާހަކަނުދެއްކޭ ތުއްތުކުއްޖާގެ އިންސާނީ ހައްގެއް. އެކުދިންނަށް ވެކްސިން ނުދޭ މައިންބަފައިންއެބަޖެހޭ ތަހުޒީބުވާން. މުޑުދާރު ވިސްނުން ދޫކޮއްލާ!

The name is already taken The name is available. Register?

އެއްބަސް

14 January 2020

ވަރަށް ބޮޑަށް ސަޕޯޓް ކުރެވޭ ކޮމެންޓެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454