މައި ކޮލެޖުގެ ދަރިވަރަކަށް އެތަނުގެ ޗެއާމަން އަހުމަދު މޮއްޓަކީ ސްކޮލާޝިޕް ސެޓްފިކެޓް ހަވާލުކުރަނީ -- ފޮޓޯ: މައި ކޮލެޖު
14 ޖެނުއަރީ 2020 - 16:45
މައި ކޮލެޖުގެ މާލެ ކެމްޕަހުގައި ކިޔަވާ 13 ދަރިވަރަކަށް ސްކޮލާޝިޕް ދީފި އެވެ.
އިސްކަންދަރު ސްކޫލުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި އޮރިއެންޓޭޝަން ރަސްމިއްޔާތުގައި، ސްކޮލާޝިޕް ލިބުނު ދަރިވަރުން ހޮވީ ގުރުއަތު ލައިގެންނެވެ. ސެޓްފިކެޓް ތިނެއްގެ ކޯސްތަކުން ފެށިގެން މާސްޓާސް ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ވެސް މައި ކޮލެޖުން ސްކޮލާޝިޕް ދިނެވެ.
މައި ކޮލެޖުގެ ފޭސްބުކް ޕޯސްޓެއް
މައި ކޮލެޖުން ބުނީ ހަ ދަރިވަރަކަށް އެ ކޮލެޖުން ދިނީ 50 ޕަސެންޓް ސްކޮލާޝިޕް ކަމަށެވެ. އަދި 100 ޕަސެންޓް ސްކޮލާޝިޕް ދިނީ ހަތް ދަރިވަރަކަށް ކަމަށެވެ.
މި ރަސްމިއްޔާތުގައި އެ ކޮލެޖުގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ކޮލެޖާ ގުޅޭ ތަފާތު މައުލޫމާތު ފޯރުކޮށްދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy