16 ޖެނުއަރީ 2020 - 21:13
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އައްޔަން ކުރަން ނުފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާ އެކު އޭނާގެ ނަން ހުށަހެޅުއްވީތީ ފާއިޒް ރައީސަށް މިއަދު ޝުކުރު އަދާ ކުރައްވައިފި އެވެ.
ޖޭއެސްސީން އަމަލުކުރި ގޮތާ މެދު އެއްޗެއް ވިދާޅު ނުވެ ހަމައެކަނި ރައީސަށް ޝުކުރު އަދާކުރައްވައި ފޭސްބުކްގައި ވިދާޅުވީ "އިތުރު ވާހަކައެއް ދެއްކުން މިވަގުތަށް ރަނގަޅު ނޫން" ކަމަށެވެ.
Supreme court ah Faiz ayyan kuran nufenna kamah JSC in lafaa dhenee
The most trusted news source in the Maldives
Mihaaru
ފާއިޒް އައްޔަން ކުރަން ނުފެންނަ ކަމަށް ލަފާ ދިނުން---
ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެވޭނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް، އެ މަޖިލީހުންނެވެ.
ޖޭއެސްސީ އަށް ފާއިޒްގެ ނަން ރައީސް ފޮނުއްވުމާ އެކު އޭނާއާ ގުޅުން ހުރި މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.
އެ ތަހުގީގާ ގުޅުވައި އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމާއި އޭގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ފާއިޒް ހުންނެވިއިރު، އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމި ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް އެކަމާ ބެހޭގޮތުން އެ ކޮމިޝަނުން އެކުލަވައިލި ދިރާސާ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ފާއިޒް އައްޔަން ކުރަން ނުފެންނަ ކަމަށް ރައީސަށް ލަފާ އަރުވަން ނިިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ފާއިޒާ މެދު ޖޭއެސްސީން ހިތްހަމަނުޖެހުނު އެއް ސަބަބަކީ އެނގިފައިވާ ގޮތުގައި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލްކޮށް، ފާއިޒް ވެސް ހިމެނިވަޑައިގެންނެވި ސުޕްރީމް ކޯޓުގެ ބެންޗުން އިންތިޚާބު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ގައިޑްލައިނެއް އެކުލަވާލާފައިވާ މައްސަލަ އެވެ. އެއީ ގާނޫނުއަސާސީއާ ޚިލާފަށް އިލެކްޝަންސް ކޮމިޝަނަށް އަމަލުކުރަން މަޖުބޫރުކުރުވި ގައިޑްލައިނެއް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ފާޑުކިއުން އަމާޒުވި އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކުރުމުގެ ގޮތުން ކަމަށް ބުނެ ފާއިޒް މަގާމުން ވަކިކުރީ 2014 ވަނަ އަހަރު އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ސުޕްރީމް ކޯޓުގައި އަދި އިތުރު ދެ މަގާމެއް ހުސްކޮށް އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު.
17 January 2020
ޢެދުވަސްވަރު ސްޕްރީމް ކޯތުގައި ވަކިހިއްޕާލައިގެން ތިބިބަޔަކު ހަމަޔާ ޢިންސާފުން ބޭރުން ކުރިކަންތަށްތަކުގައި ފާއިޒުގެ މަޤާމުގެ ޒިންމާނުނެންގެވުނީތީ މިއަދު ސްމޯޓޯ އައިސް އަމިއްލަ ލޮލަށް ތިހެރުނީ. ވަރަށް ސަލާމް.
ވާގޮތް ވީގޮތް
17 January 2020
ބެންޗްގައި މިހާރު ތިބި ބޭފުޅުންގެ ވެސް އަމިއްލަ މަސްލަހަތު އޮންނާނެ އެވެ. އެބޭފުޅުންގެ "އަމިއްލަ މަސްލަހަތު" ހިމެނޭ (ރައްޓެހިންގެ ކަންތަށް) ކުރާނީ "ރައްޓެހި" ގޮތަށެވެ. އެކަމަކު ސިޔާސީ މައްސަލަ ތަކުގައި މި ބޭންޗްގެ ސްޓޭޑަޑް އެއްގޮތް ވާނެ ކަމަށް ޤަބޫލް ކުރެވެއެވެ.
އުޑުން ފޭބި
17 January 2020
"ރައްޓެހިން" ގެ މާނައަކީ ވަރަށް ފުޅާ މާނައެކެވެ.
ވަކީލްް
17 January 2020
ފާއިޒު އަކީ ރަނގަޅު ފަނޑިޔާރެކެވެ. ތިޔަ ކަމެއް ތިޔަހެންތިޔަވީ ފާއިޒަށް ރަނގަޅަކަމަށް ދެކެމެވެ.
mohamed
16 January 2020
އިމްތިހާނުން ފާސްނުވީ މީ އެހެން މީހަކު ކުރިކަމެއް ނޫން އަމިއްލަޔައް
ކަހާމަދު
17 January 2020
އިމްތިހާނެއް ނުބާއްވާ. ޓެސްޓެއް ނުހަދަނީސް ޓެސްޓް ހެދިކަމަށް ހަދާފަ ފޭލްކޮށްލީ.
ކޮރަލް
16 January 2020
ދެ ފެކްޝަނެއް އެބަ އޮތެވެ.
ގަރުބައްޗޯރު
16 January 2020
ފާއިޒް އަކީ ވަރަށް ރަގަޅު ފަނޑިޔާރެކެވެ. ފާއިޒް އަށް ދިމާވި ހުރިހާ ވެސް ގޮންޖެހުމަކާއި އުދަގުލަކީ އަބުދުﷲ ސައީދު އާއި އަލީ ހަމީދުގެ ބާރު ބެންޗް ގައި ގަދަ ވުމެވެ.ޔާމީނުގެ ސަޕޯޓާ އެކުގައެވެ.
ޢީސާފުޅު
17 January 2020
ފާއިޒު ފަނޑިޔާރަށް ހަމްދީވަން...،އުއްތަމަ ފަނޑިޔާރަކަށް ހުންނަވާ ކޯޓާއި ބެންޗްގެ އެއްވެސް ކޮންޓްރޯލެއް ނުހިފެހެއްޓި އަމިއްލަ ވިސްނުމެއްނެތް އެޗިހީގައި ސޮއިކުރެވުނީބާ؟؟؟
ޔާމީނު
16 January 2020
ފާއިޒް ހާދަ މޮޔަ ފުޅޭ.
ބޮޑުވަޒީރު އަންނި
16 January 2020
އަސްލުގައި ފާއިޒް ޖެހި ވަޑާގަތީ ރައީސް ސޯލިހު ދެންމެވި "ގުއި ރޯނެއް" ގައެވެ ފާއިޒް ހަމަ މޮޔައީ އެވެ.
ނިރު
16 January 2020
މުސްކުޅިން ބުނެއުޅޭ އެއްފުޅަށް މަތިން ފުންމާލި ބަކަރި ހާސްފުޅައްމަތިން ފުންމާލާނެޔޭ. މާޒީގަ ކަތައްތައްވެފަ އޮތްގޮތަށް ބަލާފަ ޖޭއެސްއީން އެނިންމީ ހަމަރަގަޅު ނިންމުކޭ ބުނެވޭނީ
ކުޑޭ
16 January 2020
ތިޔަބުނާ ބެންޗެއްގަ މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމްވެސް އިންނެވިއޭ
ހީވެސްނުވޭ
17 January 2020
ކަލެއަށް ރަނގަޅު ނޫން ނިންމުމެއް ޖޭއެސްސީން ނިންމި ވާހަކަ މީހަކު ބުނީތަ؟