އޭޑީކޭ އިން ހުޅުވި ގަންނަ މާޓް: މި ފިހާރައިން ގިނަ އަދަދެއްގެ ސާމާނު ލިބެން ހުންނާނެ-- ފޮޓޯ: މިހާރު
16 ޖެނުއަރީ 2020 - 22:52
ރާއްޖޭގެ އިމްޕޯޓު ވިޔަފާރީގައި ފާހަގަކޮށްލެވޭ ކުންފުނި، އޭޑީކޭއިން "ގަންނަ މާޓް" ގެ ނަމުގައި މާލޭގައި ބޮޑު ފިހާރައެއް މިރޭ ހުޅުވައިފި އެވެ.
ކޯރުކެނޑިމަގުގައި ހުންނަ މ. އަލިވެލި، ގްރައުންޑް ފްލޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުއްވައިދެއްވީ އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެވެ. ދެ ބުރިއަށް ހިންގާ ފިހާރައިގެ ތިރީ ބައި ހާއްސަކޮށްފައި ވަނީ ބަދިގެ ސާމާނާއި ކެއުމަށް ބޭނުންކުރާ އެކި ބާވަތްތަކަށެވެ. ފުރަތަމަ ފަންގިފިލާގައި ހުރީ ރީތިވާ ސާމާނާއި ކުޑަކުދިން ކުޅޭ އެއްޗިއްސެވެ.
އޭޑީކޭ ހޮސްޕިޓަލް ވެސް ހިންގާ ކުންފުނިން އެތެރެކުރާ ބޭހުގެ ބާވަތްތައް ވެސް އެ ފިހާރައިން ލިބެން ހުންނާނެ އެވެ.
ގަންނަ މާޓުން ލިބެން ހުންނަ ބައެއް ތަކެތި ޑިސްޕްލޭ ކޮށްފައި-- ފޮޓޯ: މިހާރު
މި ފިހާރަ ހުޅުވީ ޚާއްސަ ޕްރޮމޯޝަނަކާ އެކުގަ އެވެ. މިރެ އިން ފެށިގެން ވަކި މުއްދަތެއް ވަންދެން ކުރާ ވިޔަފާރިތަކަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އޭޑީކޭ ކުންފުނިން ބުންޏެވެ.
ފިހާރަ ހުޅުވާފައި ހުންނަ ހުރިހާ ގަޑިތަކެއްގައި ވެސް، އެ ސަރަހައްދުގެ ގެތަކަށް ހިލޭ ޑެލިވަރީގެ ހިދުމަތް ދޭ ގޮތަށް ވެސް ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔަޅު ބޯ
17 January 2020
10% ޑިސްކައުންޓް އަކީ އަގަށް އިތުރު ކޮށްފައި އިންނަ އެއްޗެއް..ޑިސްކައުންޓޭ ކިޔާފައި ކަޑަށް ހަދާ ހީލަތެއް.. އަސްލުގައި ވިއްކަނީ ހަމަ އަގުގާ..
ހަކީމް
17 January 2020
ދިވެހިންނަކީ ވަރަށް ހިތްހެޔޮ ވަރަށް އަވަހަށް ކަންތަށްތަސް ހިތުން ފިލުވާލާ ބަޔެކެވެ. ހަދާންވަނީ ޑ.ރ.ޕ އުފެދި 2008 ގައި ވެރިކަން ފުރޮޅިގެން ދިޔަދުވަސް ވަރު މައުމޫނު ހިތުގައި ޖެހިފައި ހުރެ ބުނި ލިސްޓެއްގެ ވާހަކައެވެ.
ހަސަންބެ.
17 January 2020
ދެންކީކޭ ބުނާނީ ރިސޯޓުވެސް ހިންގަނީ ހޮސްޕިޓާތައްހިންގަނީ. ބޭސްފިހާރަ ހިންގަނީ ރެސްޓޯރެންޓު ހިންގަނީ . މިހާރު މިދާކޮށްލީ ކަންމަތީ ފިހާރަގައި ވިޔަފާރި ކުރާ ނިކަމެތި ކުދިވިޔަފާރި ވެރިޔާ ފުޑާލަން. ތި ފިހާރަ ހޮރި ހަތަރު އަނގޮޅީގައިވެސް މާޓަކާއި ކަންމަތީ ފިހާރައެއް އެބަހުރި. އެމީހުން ކާރިގޭގެއަށް ޑެލިވަރީ ކޮށްގެން ހޯދާ ފައިސާކޮޅުވެސް ދަވާލަން ތިއޮތީ ރާވާފައި. މިހެންދަންޔާ ނާޝިދު މާރުކޭޓު ގޮޅިވެސް ހިންގާނެ.