މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސާރާ އަލީ ޚާނާއި ކާތިކް އާރިޔަން ލީޑް ރޯލް ކުޅެފައިވާ، ޑައިރެކްޓަރު އިމްތިއާޒް އަލީގެ އާ ފިލްމު "ލަވް އާޖް ކަލް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަސަރުގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ މި ފިލްމަކީ ސާރާގެ ބައްޕަ ސައިފް އަލީ ޚާނާއި ދީޕިކާ ޕަދްކޯން 2009 ގައި ހަމަ "ލަވް އާޖް ކަލް" ގެ ނަމުގައި ކުޅުނު ކަހަލަ ފިލްމަކަށް ވާނެ އެވެ. އިމްތިއާޒްގެ ފިލްމުތަކަކީ ވެސް އަބަދު ވެސް ވަރަށް ޖަޒުބާތީ ލޯބީގެ ފިލްމުތަކަކަށްވާތީ "ލަވް އާޖް ކަލް" ޒުވާން ދެ ތަރިއަކާ ގެނެސްދޭ އިރު، ވަރަށް ރީތި ފިލްމަކަށްވާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެ އެވެ. އަދި މީގައި ދެ ދައުރެއް ދައްކުވައިދޭނެ އެވެ. އެއީ 2020 އާއި 1990 އެވެ.

ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ގެނެސްދޭ މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ މަހުގެ 14 ގަ އެވެ.

"ލަވް އާޖް ކަލް" އަކީ 2018 ގައި ބޮލީވުޑަށް ތައާރަފުވި ސާރާގެ ތިން ވަނަ ފިލްމެވެ. މީގެ ކާސްޓުންގެ ތެރޭގައި ރަންދީޕް ހޫޑާ އާ އަލަށް ތައާރަފުކުރާ އަރުޝީ ޝަރުމާ ވެސް ހިމެނެ އެވެ.

"ޖަބް ވީ މެޓް" އާއި "ރޮކްސްޓާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އިމްތިއާޒް އެންމެ ފަހުން ގެނެސްދިނީ ޝާހްރުކް ޚާނާއި އަނުޝްކާ ޝަރުމާ ލީޑް ރޯލް ކުޅުނު 2017 ގެ "ޖަބް ހެރީ މެޓް ސޭޖަލް" އެވެ. އެ ފިލްމަކީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ނޫނެވެ.ޖަ

އަރުވިންދު ފެންނާނެ ގޮތް ދައްކާލައިފި

ކަންގަނާ ރަނާވަތު ޖަޔަލަތީލާގެ ރޯލް ކުޅޭ ފިލްމު "ތަލައިވީ" ގައި އެކްޓަރު އަރްވިންދު ސްވާމީ ފެންނާނެ ގޮތް ދައްކާލައިފި އެވެ.

އޭއެލް ވިޖޭ ޑައިރެކްޓްކުރާ ފިލްމުގައި އިންޑިއާގެ ދެކުނުގެ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު އެކްޓަރު ކުޅެނީ އެމްޖީ ރާމަޗަންދުރަންގެ ރޯލެވެ.

މި އަހަރުގެ ޖުލައި 26 ގައި ސިނަމާތަކަށް ގެންނަ "ތަލައިވީ" ގެ ކާސްޓުންގެ ތެރޭފައި ވިޖޭ ދެވަރަކޮންޑާ، ޕްރަކާޝް ރާޖް އަދި ޕްރިޔަމަނީ ހިމެނެ އެވެ.

މި އަހަރުގެ ޖުލައި 26 ގައި ރިލީޒްކުރާ މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޕްރިޔާމަނީ، ވިޖޭ ދެވަރަކޮންޑާ އަދި ޕްރަކާޝް ރާޖް ހިމެނެ އެވެ.

"މަލަންގް" ގެ ޓައިޓްލް ލަވަ ދައްކާލައިފި

އަންނަ މަހުގެ 7 ގައި ރިލީޒްކުރާ ޑައިރެކްޓަރު މޯހިތު ސޫރީގެ ރޮމޭންޓިކް ތުރިލާ "މަލަންގް" ގެ ޓައިޓްލް ލަވަ ދައްކާލައިފި އެވެ.

އަދިތިޔާ ރޯއި ކަޕޫރާއި ޑިޝާ ޕަޓްނީގެ ލޯބި ފެނިގެންދާ ލަވައިގެ މިއުޒިކް ހަދައި، ލަވަ ކިޔާފައި ވަނީ ވެދު ޝަރުމާ އެވެ. ޅެން ހަދާފައި ވަނީ ހާޝް ލިމްބާޗިއާ އާއި ކުނާލް ވަރުމާ އެވެ.

"މަލަންގް" ގެ ކާސްޓުންގެ ތެރޭގައި ކުނާލް ކޭމޫ އާއި އަނިލް ކަޕޫރް ވެސް ހިމެނެ އެވެ.

"ޖަވާނި ޖާނެމަން" ގެ ލަވައެއް

މި މަހުގެ 31 ގައި ރިލީޒްކުރާ ސައިފް އަލީ ޚާންގެ "ޖަވާނި ޖާނެމަން" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

"ގައްލަން ކަރުދީ" ގެ ނަން ދީފައިވާ މި ލަވަ ކިޔާފައި ވަނީ ޖިއޯތިކާ ތަންގްރީ އާއި ޖެޒީ ބީ އެވެ. ލަވައިގެ މިއުޒިކް ހަދާފައި ވަނީ ޕްރޭމާއި ހަޝްދީޕެވެ. ޅެން ހެދީ ޕްރީތު ހަރްޕަލާއި މަމްޒީ ސްޓްރޭންޖާ އެވެ. މިއީ ކުރިން އެހުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޕަންޖާބީ ލަވަ "ޖިނީ މެރެ ދިލް ލުޓެޔާ" ގެ އާ ވާޝަނެކެވެ.

"ގައްލަން ކަރުދީ" އިން ފެނިގެން ދަނީ ސައިފާއި އޭނާގެ ދަރިފުޅުގެ ރޯލް ފިލްމުގައި ކުޅެފައިވާ އަލަށް ތައާރަފުކުރާ ބަތަލާ އަލައިއާ ފަރްނީޗަރުވާލާ އެވެ.

"ޖަވާނި ޖާނެމަން" އަކީ ނިތިން ކައްކަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ކާސްޓުންގެ ތެރޭގައި ތައްބޫ، ޗަންކީ ޕާންޑޭ އަދި ކުބްރާ ސައިތު ހިމެނެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454