ދުނިޔެ / ކެނެޑާ

ބޯޓު ވެއްޓިގެން މަރުވި ކެނެޑާ މީހުންގެ އާއިލާތަކަށް ބަދަލު ދެނީ

ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ. --ފޮޓޯ:އޭއެފްޕީ

އޮޓާވާ (ޖެނުއަރީ 18) - އީރާނުން ފޮނުވާލި މިސައިލެއް އަރައި ވެއްޓުނު ޔުކްރޭން އެއާލައިންސް އިން ދަތުރު ކުރި ކެނެޑާ މީހުންގެ އާއިލާތަކަށް ބަދަލުދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ،

ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ ބޯޓުން ދަތުރު ކުރަނިކޮށް މަރުވި ކެނެޑާގެ ކޮންމެ މީހެއްގެ އާއިލާ އަށް 25،000 ކެނޭޑިއަން ޑޮލަރު (19،200 ޔޫއެސް ޑޮލަރު) ދޭނެ ކަމަށެވެ. ވެއްޓުނު ބޯޓުން ކެނެޑާގެ 63 މީހުން ދަތުރުކުރި އެވެ.

ޔުކްރޭން އެއާލައިންސްގެ ފްލައިޓް ޕީއެސް752 ވައްޓާލާފައި ވަނީ ތެހެރާން އެއާޕޯޓުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ފުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ. ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި ބޯޓަށް ވަނީ ދެ މިސައިލް އަރައިފަ އެވެ. އެ ހާދިސާގައި ވަނީ ބޯޓުން ދަތުރުކުރި 176 މީހުން މަރުވެފަ އެވެ.

ޓްރޫޑޯ ވިދާޅުވީ ބޯޓުން ދަތުރު ކުރި މީހުންގެ އާއިލާތަކަށް މި ވަގުތު މާލީ އެތައް ބުރައެއް އުފުލަން ޖެހިފައިވާ ކަމަށާއި އެއީ އެހީވުމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ. ޓްރޫޑޯ ވިދާޅުވީ ބޯޓުން މަރުވި އީރާން މީހުންގެ އާއިލާތަކަށް އެ ގައުމުން ވެސް ބަދަލު ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ބޯޓު ވައްޓާލުމުން މަރުވެފައި ވަނީ އީރާނުގެ 82 މީހުންނެވެ.

ޓްރޫޑޯ ވިދާޅުވީ ވެއްޓުނު ބޯޓުގެ ކަޅުފޮށި ފްރާންސަށް ފޮނުވުމަށް އީރާނުގައި އެދިފައިވާ ކަމަށެވެ.

ވެއްޓުނު ބޯޓުން ދެން ދަތުރުކުރީ އަފްޣާނިސްތާން، އިނގިރޭސި ވިލާތް، ސްވިޑަން އަދި ޔޫކްރޭން މީހުންނެވެ. އެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ ބޯޓު ވެއްޓުނު ހާދިސާގެ މިނިވަން ތަހުގީގެއް ކުރުމަށް އީރާނަށް ގޮވާލައިފަ އެވެ.

ބޯޓު ވެއްޓުނީ މިސައިލެއް އަރައިގެން ނޫން ކަމަށް އީރާނުން ކުރިން ބުނި ނަމަވެސް ފަހުން ވަނީ އެކަމަށް އެއްބަސްވެފަ އެވެ.

1 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 83%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސީން

18 January 2020

މިއީ ނަމޫނާ ބޮޑުވަޒީރެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454