21 ޖެނުއަރީ 2020 - 07:19
އިނގިރޭސިވިލާތުގައި ދިރިއުޅޭ އެފްރިކާ ބައްރުގެ އެންމެ މުއްސަނދި އަންހެނާގެ ގޮތުގައި މަޝްހޫރުވެފައިވާ އެންގޯލާގެ އީޒަބެލް ޑޮސް ސަންޓޯސް ވަނީ "ގައުމު ލޫޓްވާފައި" ކަމަށް އޭނާއާ ގުޅޭ ގޮތުން އާންމުވެފައިވާ ލިޔުންތަކަކުން ހާމަވެއްޖެ އެވެ.
ކުރިން ވެސް ކޮރަޕްޝަނާއި ނުހައްގުން މުދާ ހޯދައި މުއްސަނދިކަން ހޯދާފައިވާ ކަމުގެ ތުހުމަތުތައް ކުރެވި، ޖިނާއީ ތަހުގީގުތަކެއް ވެސް ހިނގާ އީޒެބެލް، 46، އާ ގުޅޭ ގޮތުން އާންމުވެފައިވާ ލިޔެކިޔުންތަކުގެ އަދަދު 7،000،000 އަށް އަރަ އެވެ. އޭގައި ބުނެފައިވާ ގޮތުގައި އެންގޯލާގެ ކުރީގެ ރައީސް ޖޯޒް އެޑްއާޑޯ ޑޮސް ސަންޓޯސްގެ ދަރިކަލުންނާއި އޭނާގެ ފިރިމީހާ ސިންޑިކާ ޑޮކޯލޯ، 47، ވަނީ އެންގޯލާގެ މުއްސަނދިކަން ނަހަމަ ގޮތުގައި ބޭނުންކޮށް، "ގައުމު ލޫޓްވާލައިފަ" އެވެ. އަދި ދެ މީހުން ނާޖާއީޒު ގޮތުގައި ހިންގާފައިވާ އެތައް މުއާމަލާތަކާ ބެހޭ މައުލޫމާތުތައް ލިޔުންތަކުގައިވެ އެވެ.
އީޒަބެލްގެ މިލްކިއްޔާތުގައި އަގު ބޮޑު ބިންތަކާއި ތެލާއި ޖަވާހިރުގެ ވިޔަފާރީގެ އިތުރުން މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ އިތުރުން އަގު ބޮޑު އެތައް ޕްރޮޕަޓީއެއް ހިމެނެ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ލަންޑަނުން ގަނެފައިވާ އަގުބޮޑު ގެތައް ވެސް ހިމެނެ އެވެ.
އެންގޯލާގެ ގުދުރަތީ މުއްސަނދިކަން ވެސް އަމިއްލަ އަށް މަންފާ އަށް "ނިގުޅައިގެންފައިވާ" ކަމުގެ ތުހުމަތު އީޒެބެލްގެ މައްޗަށް ކުރާ އިރު އޭނާ ވަނީ އެ ތުހުމަތުތަކަކީ ސިޔާސީ ބޭނުމެއްގައި އެންގޯލާގެ މިހާރު ސަރުކާރުން ކުރާ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ.
ތިން ކުދިންގެ މަންމަ އީޒަބެލްގެ މިލްކިއްޔާތު 2.1 ބިލިއަން ޑޮލަރަށް އަރަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލަބަލަ
22 January 2020
ކޮބާަތަ މިހާރު މިޤައުމުގެ ޑިމޮކްރަސީގެ ބާނީ
2020
22 January 2020
މަމިއުޅެނީ ކާވެނީގެ ސެޓްފިކެޓް ވީތަނެއް ނޭނގިގެން
އިބްރާހީމް ހާއިލް
22 January 2020
ޔާމީނާއި އެނަގެ ސަޕޯޓަރުން ވެސް ކިޔަނީ ތިހެން. ސިޔާސީ ބޭނުމުގައި ދައްކާވާހަކަތިކޭ.. ދުވަހަކުވެސް ހަގީގީ ވާހަކައެއް ދެއްކޭކަމަކަށް ނުވޭ. ކަންކޮށްގެން ތިބެނީ އެކަމަކު
ނަން
21 January 2020
ތިއީ އިނގިރޭސިވިލާތާ ކެނެޑާ ކަހަލަތަންތާ ވަރަށް ވަރަށް އާންމުކަމެއް. ގިނަބަޔަކު ދަންނަ މިސާލަކަށް ބަލާނަމަ އިނގިރޭސި ފުޓްބޯޅަ ކްލަބް ޗެލްސީގެ އޯނަރަކީވެސް ރަޝިޔާ ލޫޓުވާލާފަ އެފައިސާއިން އިނގިރޭސިވިލާތުގަ އުޅޭ މީހެއް. މިހެން ހޯދާ ފައިސާ އެގައުމުތަކުގަ ހޭދަކުރަނިކޮށް އެމީހުންނަށް އެއްވެސް މައްސަލައެއް ނޫން.
ދސދސދ
22 January 2020
ނޭނގޭ ވާހަކަ ނުދައްކާ.
ފެއިލިއާ
21 January 2020
ކޮބާތަ މިގައުމުގަ ރެހެންދި ހެދިގެން އުޅުނު އަންހެނާ؟ އޭނާގެ ފައުންޑޭށަންގެ ތަހުގީގެއް ހިންގަންޖެހޭ!
ބްރެކެޓް
21 January 2020
މަހާ ރެހެންދި އުޅޭހެން ހީވެސްނުވޭ......ލޮލް
ޢަބްދުﷲނާފިޒް
22 January 2020
ކޮންކަމަކާ ހާސްވަނީ މިއަހަރުވެސް ފައުންޑޭޝަނުން ކަދުރު ބަހާނެ އަދި ހިތާނީ ކޭމްޕް އޮންނާނެ.........
ބާބާ
21 January 2020
އެފުރިކާގެ އަންހެން އަދީިބު