މާޅެންދޫ: ޑްރަގާއެކު ހައްޔަރުކުރި ޕްރިންސިޕަލް ވަނީ ދޫކޮށްލާފައި
21 ޖެނުއަރީ 2020 - 10:13
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ނ. މާޅެންދޫ ސްކޫލު ޕްރިންސިޕަލް ޔޫސުފް އާދަމް މިއަދު ސަސްޕެންޑުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ މާޅެންދޫ ސްކޫލުގެ ޕްރިންސިޕަލް މިއަދުން ފެށިގެން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަސްޕެންޑުކުރީ ކިހާ މުއްދަތަކަށް ކަމަށް އަދި ސާފެއްނުވެ އެވެ.
ފަސް ގްރާމްގެ މަސްތުވާތަކެއްޗާ އެކު، މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހައްޔަރު ކުރި ޔޫސުފްގެ ބަންދަށް އެ އަތޮޅު ލަންދޫ ކޯޓުން ހަތް ދުވަސް ޖެހި އެވެ. އޭނާ ދޫކޮށްލީ، ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން ނ. ހެނބަދޫ ކޯޓަށް އިއްޔެ ގެންދިއުމުންނެވެ. ނަމަަވެސް ދޫކޮށްލި ސަބަބެއް ސާފެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ ލޯންޗަކުން އޭނާ ރަށަށް ގެންދިޔަ ކޮތަޅެއްގެ ތެރެއިންނެވެ. މާޅެންދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ޝާހް މޫސާ ކުރިން ވިދާޅުވި ގޮތުގައި، މަސްތުވާތަކެއްޗާ ގުޅުވައިގެން ޔޫސުފަށް މީގެ ކުރިން އެއްވެސް ތުހުމަތެއް ކޮށްފައެއް ނުވެ އެވެ. ކުއްލިއަކަށް އެފަދަ މައްސަލައެއްގައި ހައްޔަރުކުރުމުން ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަތަރެސްކަން
21 January 2020
ސުޕްރީމް ކޯޓުން އެ ކުރި ހުކުމުގެ ސަބަބުން ޕްރިންސްޕަލްގެ ކޮތަޅުން ފެނުނު މަސްތުވާ ތަކެއްޗަކީ ޕްރިންސްޕަލް ގެ އެއްޗެެއްކަން ސާބިތު ކޮށްދޭން ޖެހޭނީ ދައުލަތަ ށެވެ.
ހާސަރު.
21 January 2020
ބަޔަކު ރޭވުމަކުން ކުރިކަމެއްހެން ހާދަ ހީވެއޭ.
ނުތާހިރު
21 January 2020
ސުޕްރީމް ކޯޓުން އިއްޔަ ކުރި ހުކުމެއްގެ ސަބަބުން، ޑްރަގް މައްސަލަ ތަށް ސާބިތު ކުރަން އުދަގޫ ވެއްޖެ އެވެ. އެމީހާ އުޅޭ ގެއިން ފެނުނަސް އަތުން ފެނުނަސް އެއީ ތުހުމަތު ކުރެވޭ މީހާގެ އެއްޗެއް ކަން ސާބީތު ކޮށް ދޭން ޖެހޭނީ ދައުލަތަށް ކަމަށް ސުޕްރީމް ކޯޓުގެ ނިއު ބެންޗުން ހުކުމް ކުރުމުުގެ ސަބަބުން ޑްރަގް ޤާނޫނުގެ މަްސަދު ގެެއްލި ބާރު ވަނީ ކެޑިފައެވެ.