އީރާނުގެ މިސައިލް ހަމަލާގައި އިރާގުގެ އަލް އަސަދު ވައިގެ މަރުކަޒަަށް ގެއްލުން ލިބިފައި. --ފޮޓޯ:އޭއެފްޕީ
25 ޖެނުއަރީ 2020 - 13:10
ވޮޝިންޓަން (ޖެނުއަރީ 25) - އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން މި މަހު ކުރީކޮޅު ދިން މިސައިލް ހަމަލާގައި އެމެރިކާ ސިފައިންގެ 34 މީހެއްގެ ސިކުނޑި އަށް ގެއްލުން ލިބިފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.
އޭގެ ތެރޭން 17 މީހަކު އޮތީ މެޑިކަލް އޮބްޒަވޭޝަނުގައި ކަމަށް ޕެންޓަގަނުގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވެފައި ވަނީ ޖެނުއަރީ 8 ވަނަ ދުވަހު އީރާނުން ދިން މިސައިލް ހަމަލާގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. އަދި އީރާނުގެ ކިބައިން ބަދަލު ނުހިފީ އެ ހަމަލާ އިން ގެއްލުމެއް ލިބިފައި ނުވާތީ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އީރާނުން މިސައިލް ހަމަލާދީފައި ވަނީ އެމެރިކާގެ ޑްރޯން ހަމަލާގައި އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު ހިފުމަށެވެ.
އެކަމަކު ޕެންޓަގަނުން މިދިޔަ ހަފުތާގައި ބުނެފައި ވަނީ އީރާނުގެ މިސައިލް ހަމަލާގައި ގެއްލުނު ލިބުނު އެމެރިކާގެ 11 ސިފައިންނަށް ފަރުވާ ދީފައިވާ ކަމަށެވެ.
ޑިފެންސް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ހުކުރު ދުވަހު ވިދާޅުވީ މިސައިލް ހަމަލާގައި އަނިޔާވި ސިފައިންގެ އަށް މީހަކަށް ފަރުވާ ދިނުމަށް އެމެރިކާ އަށް ފޮނުވާފައިވާ ކަމަށެވެ. އަދި ޖަރުމަނުގައި އިތުރު ނުވަ މީހަކަށް ފަރުވާ ދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިރާގުގައި ވަނީ 16 މީހަކަށް ފަރުވާ ދީފަ އެވެ. އަދި ކުވޭތުގައި ވެސް ވަނީ އެކަކަށް ފަރުވާ ދީފަ އެވެ.
އެމެރިކާ އިން ބުނެފައި ވަނީ މިސައިލް ހަމަލާގައި ލިބުނު ގެއްލުން ކުޑަވީ ހަމަލާ ދިން އިރު ސިފައިންގެ ގިނަ މީހުން ބަންކަރުތަކަށް ވަދެ ހިމާޔަތް ހޯދައިގެން ތިބުމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހީމް ހާއިލް
27 January 2020
ފަލަސްތީނު ރައްޔިތުންނަށް ކިހާވަރެއްވާނެދީޯ؟
ރިތި މޫސަ
27 January 2020
ކޮންމެސްބަޔަކު އެބަޖެހޭ އެމެރިކާމައިތިކުރަން ތިއެމެރިކާ އަޑީގައޮވެގެން ހުރިހާއިސްލަމީ ޤައުމުތަށް ދަނީފަނާކުރަމުން
ބާރު
25 January 2020
އީރާން ހަނގުރާމަ ފެށިއްޖިއްޔާ ދުބާއީ އާއި ޔޫއޭއީ ބިމާ ހަމަވާނެ...އަދި އެމަރިކާ ވެސް ސަލާމަތެއް ނުވާނެ..ތި ހީކުރާ ކަހަލަ އާދައިގެ ބައެއް ނޫނޭ އީރާނަކީ..
ކާލާ މަންނަ
25 January 2020
ދެފަހަރު އެކައް ޗެއް ނުކިޔާ. އިރާނާއެކު ފައިޓަކަށް ދާން އުޅޭވައްތަރު އެބަޖަހާ. ރިއާސީ އިންތިހާބު ކާމިޔާބުކޮށްދޭން ޔަހޫދީ ލޮބީތަކުން ފައިސާ ހަރަދުކުރާނީ އިރާނު ހިމުންކޮށްލީމަ. އެކަމަކު އެއީ އެމެރިކާއަށް މިވަގުތު އެހާ ފަސޭހަކަމެއް ނޫން.
މީން
25 January 2020
ކުރިން އެއްވެސް މީހަކަށް ގެއްލުންނުވީމަ ބަދަލުނުހިފީ ކަމަށް ބުނީ. ދެން މިހާރު ބަޔަކަށް ގެއްލުންވި ކަމަށްވީމަ އޭގެ އިދިކޮޅަށް ކަމެއް ކުރަން ފަށަންބާ އެ ވާހަކަ އެ ދެއްކީ؟
ކްއިކްގަން މުރުގަން
25 January 2020
އެބަ ރަނގަޅުވޭ. އަދި ބުނާނެ ބަޔަކު މަރުވިޔޭވެސް ބަލަން ތިބެމާ.