ޚަބަރު / މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން

ފާޑުކިއުންތަކަށް ޑރ. ހުސެންގެ ރައްދު: ގިރުމުގެ މައްސަލަ މި އަަންނަނީ ބަލަމުން

ރ. ރަސްމާދޫ ގޮނޑުދޮށުން ބޮޑު ބައެއް ގިރާލާފައި: ގިރުމުގެ މައްސަލަ މި ދުވަސްވަރު ވަރަށް ބޮޑު

ސޯޝަލް މީޑިއާއިން މި ދުވަސްވަރު އާންމުކޮށް ފެންނަނީ ކޮންމެވެސް ރަށެއް އާދަޔާ ހިލާފަށް ގިރާލާފައި އޮންނަ މަންޒަރެވެ. ހޭޅިފަށުގައި ހުރި ގަސްތައް ވެއްޓިފައި ހުންނަ ތަންތަނާއި އެ ހިސާބުގަނޑު ކުރިން އޮންނަ ގޮތުގެ ފޮޓޯތަކެވެ. އެއާ އެކު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް މީހުންގެ ސުވާލަކީ އެންވަޔަރުމަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ކޮބައިތޯ އެވެ.

ޑރ. ހުސެން ގަދަވެ ސަލާމަތުން އެބަ ހުންނެވި އެވެ. އަދި އޭނާ ގެންދަވަނީ ރާއްޖޭގެ އުތުރަށް ދަތުރުތަކެއް ވެސް ކުރައްވަމުންނެވެ.

މިއަދު "މިހާރު"ގައި ޖެހި ރިޕޯޓެއްގެ ސްކްރީން ޝޮޓާ އެކު އާންމުންގެ މީހަކު ފާޅުކުރި ހިޔާލަކަށް މިނިސްޓަރު ވަނީ ރައްދު ދެއްވައިފަ އެވެ. "ކްލައިމެޓް ޑިޒާސްޓާއޭ ކިޔައިގެން އިވްނިން ކެފޭގައި ބިރިޔާނި ކާން އިނަކަސް ކަމަކު ނުދާނެ" ކަމަށް ބުނެ އާއްމު މީހަކު ކުރި ޓްވީޓަކަށް ޑރ. ހުސައިން ޖަވާބު ދެއްވީ މި ދުވަސްވަރު ރާއްޖޭގެ ރަށްރަށް ވަރަށް ބޮޑަށް ގިރަމުން ދާ ކަމަށް ވިދާޅުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހާ ބޮޑަށް ރަށްރަށް ގިރާ ގޮތް ބަލައި ފިޔަވަޅު ވެސް އަޅުއްވާނެ އެވެ.

ބ. ދަރަވަންދޫގެ ބައެއް ގިރާލައި، ދުވަސް ވީ ގަހެއް ވެއްޓެން ކައިރިވެފައި: ރައްޔިތުންގެ ކަންބޮޑުވުން ބޮޑު --މިހާރު ފޮޓޯ/ހުސެއިން ވަހީދު

ޑރ. ހުސެއިންގެ ޖަވާބުގައި ވިދާޅުވީ ހއ އާއި ހދ. ގެ އިތުރުން ށ. އަތޮޅާއި ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ވެސް ގިރާ ރަށްތަކުގެ ހާލަތު ބައްލަވާނެ ކަމަށެވެ. އަދި ރ. އަތޮޅާއި ބ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގެ ހާލަތު ވެސް ބައްލަވާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

އެ ހުރިހާ ވާހަކައެއް ދައްކަވާފައި، އިވިނިން ކެފޭއާ މެދު ވެސް އެއްޗެކޭ ވިދާޅުވި އެވެ. އޭނާ ލިއުއްވީ "ތިޔަ ކެފޭއަކުން ދުވަހަކު ވެސް ބިރިޔާނި ނުކާ" ކަމަށެވެ.

ފާޑުކިޔުމަށް ރައްދު ދެއްވައި މިނިސްޓަރު ކުރެއްވި ޓްވީޓް--

ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުގައި ރާއްޖޭގެ ބައެއް ރަށްރަށް ގިރަ އެވެ. ނަމަވެސް މި އަހަރު އެ މައްސަލަ މާ ބޮޑެވެ. ބައެއް ރަށްރަށުގައި ކުރިންސުރެ ހެދިފައި ހުރި ބިޔަ ގަސްތައް ވެއްޓިއްޖެ އެވެ. އާންމުންނަށް އެއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ކަންބޮޑުވުން ފާޅުކޮށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ޓްވީޓް---

މިދުވަސް ވަރު ރަށް ގިރުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވި ރަށްރަށުގެ ތެރޭގައި ރ. ފައިނާއި ބ. ދަރަވަންދޫ ހިމެނެ އެވެ. އަދި އެ ދެ އަތޮޅާއި ހއ. ގެ ބައެއް އެހެން ރަށްރަށަށް ވެސް އެ ނުރައްކާ ކުރިމަތިވި އެވެ.

ބައެއް މީހުން ބުނާ ގޮތުގައި އިރުވައިގެ ހަޅަ މިހާރު މިވަނީ މާ ބޮޑަށް ދިގުވެފަ އެވެ. ވައިގަދަ ވުމާ އެކު، ބާނިތައް ބޮޑުވެ، ލޮނުގަނޑު އުސްވެ އެވެ. އޭގެ ސަބަބުން ބޮޑު ދިޔައިގައި ރަށްރަށުގެ ގޮނޑުދޮށްތައް ގިރާލަނީ އެވެ.

27 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 27%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހޭލުން

28 January 2020

އެއްވެސް ކަމެއް ކުރެވޭ ތަނެއް ނުފެނޭ، ހަމަ ހުސް އަގަތަޅާފަ، ރައްޔިތުން އަތުން ނެގުން ނޫން ކަމެއްް އެބަވޭބާ، ކުލިތައް ބޮޑު ކުރަނީ، ވިޔަފާރި ދަނީ ހަބޭހައް ދަށް، ސަރުކާރު އެސްއެމީ ބޯޑުން ބެންކުން ކަޓު ނަގަނީ، ރައްޔިތުންނަށް ވާ ކަމެއް ނެއް.

The name is already taken The name is available. Register?

މަލާކާ

28 January 2020

ރަށް ގިރާތީ ފިޔަވަޅުއްވަނީއްޔޯ. ކޮން ފިޔަވަޅެއްބާ. އަނެއްކާ ފުރައްސާރަ ކުރާ މީހުންނަށް އަޅާ ކަހަލަ ފިޔަވަޅެއްބާ

The name is already taken The name is available. Register?

ނުވިސްނޭ

28 January 2020

ޢެކޮއިމެންނޭ ރަށްގިރަނީ ރަށުގަ ބޮޑެތި ހާބަރު ހަދާ ރަށް ހުރަހަށް ތޮށިލާ ހެދުމުން. ޜަށުގެ ގުދުރަތީ ގޮނޑުދޮށުގަ ދެމުނު އޮއިވަރު ބަދަލުވާ ގޮތަށް ކަންކަން ފަސޭހަކުރަން އަމިއްލަޔައް ކުރެވޭ ކަންކަމުގެ ނަތީޖާ. ވަރައް ސަލާމް.

The name is already taken The name is available. Register?

ހަކީމް

28 January 2020

އެހެންވީމަ ރަށް ގިރަނީ ކީން ނޫން ދޯ ... ރަށް އަމިއްލަ އަށް ގިރުވާލަނީ.

The name is already taken The name is available. Register?

ކސމިނިސްޓަރ

27 January 2020

މިނިސްޓަރު ބެލީމަ ނިމުނީދޯ! ރަށްތައް ގިރާތާ އަހަރުތަކެއްވެއްޖެ! ކޮބާތޯ ކުރެވުނު ދިރާސާތައް؟ ދިރާސާތައްބަލާފަ އަވަހަށް ފިޔަވަޅުއެލޭނެގޮތްބަލާ! އޭރުން ކަމެއްވާނީ! މިނިސްޓަރު ބެލުމަކުން އަދި ނުފުދޭ!

The name is already taken The name is available. Register?

އަހުމަދު1526

28 January 2020

ހުސައިން ރަޝީދު މިނިސްޓަރުކަން ކުރައްވާތާ އަދި މިވީ 1 އަހަރު. ގިރާ ސަބަބު ބަލާ ފިޔަވަޅޫ އަޅާނެ ވާހަކަ ބުވެފައި އެއޮތީ. ކޮންމެ ކަމަކަށް ވެސް އެކަމަށް އެކަށީގެންވާ ވަގުތު ބޭނުންވާނެ. އެހާވެސް ގަމާރީތަ!!!

The name is already taken The name is available. Register?

ާއުނިމާ

27 January 2020

އެވެނިކަމެއް މިވެނިކަމެއް މިދަނީ ބަލަމުން،، ދެން ފޮނިއަގަތައް ނުތަޅުވައި ކޮށްބަލަ! މުސްކުޅިން ބުނެއުޅޭ ބަސްމަދުކޮށް އަމަލު ގިނަކުރާށޭ! ކަތިވަޅިޔާ މަރިޔަބާ ދަނޑުތައްވެސް ތިޔައޮތީ ހިތަކަށް ދީފަ، ދެން ރައްޔިތުންނަށް ގޮވާންކޮށްދީބަލަ!ސިސްޓަމް ރަނގަޅުކުރަންޖެހެންޔާ، އެކަންވެސް ކުރުމުގެ ފުރިހަމަ ބާރު މިސަރުކާރަށް އެބައޮތް!ދެން ކައުންސިލޭ، ކޯލިޝަނޭ ކިޔައި ބަހަނާ ނުދައްކާ ތިޔަހުރިވަރެއް ދައްކާބަލަ! ތީ އަގައިން 1، އަމަލުން 0

The name is already taken The name is available. Register?

ޑޮނާޑު

27 January 2020

އަމިއްލަފަރާތްތަކުން ރިސޯޓު ހެދުމަށާގެސްޓުހައުސްހެދުމަށާ ފަޅުކޮނުމައް އަމިއްލަފަޜާތްތައްލައްވާ އީއައިއޭރިޕޯޓުހައްދާއިގެން ވައްމޭޒުޖަލްސާބާއްވާފަ އަންޑަދަޓޭބަލުން ރިޕޯޓުފާސްކުރީމަރައްގިރާނެ ދެންހާޅޭލެވިއަކަސްރައްވަށާބޮޑުހިލަަޖަހާކަށްސަރުކާރަކުބަޖެޓެއްނުހުންނާނެ!!

The name is already taken The name is available. Register?

ހަސަންކާރި

27 January 2020

ދެން އޮވަރދަ ޓޭބަލުން ރިޕޯޓް ހެދީމައި ރަށް ނުގިރައި ހުންނާނެތަ؟ ރައް ގިރަނީ ރިޕޯޓަކާހެދިތަ؟ ކިތަންމެ މޮޅު ރިޕޯޓެއް ހެދިޔަސް ބަނދަރު ނުހެދިޔަސް ނުގިރައެއް ނުހުންނާނެ. އެހްނަމަ ފަޅުރަށްތަކެއް ނުގިރާނެ.

The name is already taken The name is available. Register?

ޢިބޫ

27 January 2020

މީނަމީ މިފަދަމަޤާމަކާ ހަޥާލުކުރާޥަރައްޥުރެ ކިބުރުޥެރި ބޮޑާމީހެއް،މަސްއޫލިއްޔަތު ނޭގޭ ތާގަމައުލޫމާތެއްޥެސް ނެއް ރޯނުއެދުރެއް

The name is already taken The name is available. Register?

ކަދުރު

27 January 2020

ސޯސަލް މީޑިއާގަ ގަދައައް އެ ވާހަކަ ދައްކާފަރާތް ތަކުގައި އަހާލަން ބޭނުމީ ކުރިއައް ވުރެ ގިނައިން މީހުން ދުނިޔޭގައި އުޅެނީ ކީއް ވެތޯ؟ ޢެސު ވާލުގެ ޖަ ވާބު ދޭން އެނގިއްޖެއްޔާ ރަނގަޅު. ޢަދި ކުރިން ހުރި ރުއްގަސްތައް ފޮޓޯ ނަގާފަ ސޯސަލް މީޑިއާގަ ބުނާނީ ކީއް ވެހޭ މިހާރު ރުއްގަސްތައް މިހާ ދިގީ.

The name is already taken The name is available. Register?

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

27 January 2020

ބަލަމުން : ބަލަމުން މިދާ ސޮފްހާތަކުން ލޯބީގެ ނަން ފެނިލައިފިއޭ ( ލަވައެށް ) ރައީސް އިބޫ ހުވާކުރެއްވުމާއެކު ރަށްގިރުން ހުޓި ބަދަރުތަށް ހެދި ރުއް ގަހުގައި މޭވާ މާމެލާމެލި ފޮޅެއް ޖެހޭތޯ ވަގްތުން ވަގްތަށް ( ވަގްތުން ވަގްތަށް ) ( ރޯމް ވޯޒް ނޮޓ ބިލްޓް އިން ވަން ޑޭ ) ދެއްތޮ

The name is already taken The name is available. Register?

ރަހުމަތު

27 January 2020

މިނިސްޓަރ ބެއްލެވީމަ ރަނގަޅުވީތޯ؟އަނެއްކާ އަލުން ދިރާސާކުރާށޭ ބުނޭ..އާދަޔާހިލާފަށް ރަށްތައް ގިރަމުންދާތާ އެތައްދުވަހެއް..ނޫސްތަކަށް އަރަނީ ގެތަކުގެ ފާރުވެއްޓި ގެއްލުންތަކެއް ވާންފެށީމަ..ބިންބޮޑު ރަށްތަކުން ނުރައްކާ ވާހިސާބަށް ނުދިޔަސް ގިރަމުންދޭ..ރިސޯޓްތައް ރީތިކޮން އޮންނަނީ ނުގިރާތީއެއްނޫން ވަށައިގެން ވެލިއަޅަން ޕަންޕް ޖައްސާފަ އޮންނަނީ..ރާއްޖޭގެ ހުރިހާރަށަކަށްގޮސް ބަޖެޓް ހުސްކުރިއަސް ވާކަށްނެތް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454