ވިޔަފާރި / ކެންސަރު

ކެންސަރު މަހާސިންތާގެ ދެވަނަ ބުރު ފަށައިފި

އޮންކޯ ސްޕެކްޓްރާ 2.0 ފެށުމުގެ ރަސްމިއްޔާތު: މި މަހާސިންތާ އަކީ ކެންސަރާ ގުޅޭ މައުލޫމާތު ފޯރުކޯށްދިނުމަށް ކުރިއަަށްގެންދާ މަހާސިންތާއެއް- ފޮޓޯ: އެސްޓީއޯ

02 ފެބުރުއަރީ 2020 - 14:04

ކެންސަރު ބައްޔާ ބެހޭ ގޮތުން އެސްޓީއޯ އާއި ކެންސާ ސޮސައިޓީ އަދި "ޑރ. ރެއްޑީ" ގުޅިގެން މިދިޔަ އަހަރު ފެށި "އޮންކޯ ސްޕެކްޓްރާ" ގެ ދެވަނަ ބުރު މިއަދު ފަށައިފި އެވެ.

އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވާ މި މަހާސިންތާ ކުރިއަށްދާނީ ތިން ދުވަހުގެ މުއްދަތަށެވެ. މި މަހާސިންތާގައި ރާއްޖޭގެ އިތުރުން ކެންސަރުގެ ދާއިރާއިން މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ޑޮކްޓަރުން ވެސް ބައިވެރިވާނެ އެވެ.

މި މަހާސިންތާ މިއަދު ކުރިއަށްދާނީ ޑޮކްޓަރުންނަށް ހާއްސަކޮށްގެންނެވެ. މާދަމާ ހާއްސަވާނީ ނަރުހުންނަށެވެ. އަދި ތިން ވަނަ ދުވަސް ހާއްސަކޮށްފައިވަނީ ތައުލީމީ ދާއިރާގެ މީހުންނަށެވެ. މި މަހާސިންތާގައި 200 އަށް ވުރެ ގިަނ މީހުން ބައިވެރިވާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މަހާސިންތާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް ވިދާޅުވީ ކެންސަރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން، ސިނގިރޭޓު ފޮށީގެ ބޭރުގައި، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުރައްކާ ދައްކުވައިދޭ ފޮޓޯ ޖެހުން މަޖުބޫރު ކުރުމަކީ އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށް އަލީ ޝިޔާމް ވިދާޅުވި އެވެ.

"މިހާރު ސިނގިރޭޓު ފޮށިތަކުގެ ބޭރުގައި ފޮޓޯ ޖެހުން މަޖުބޫރު ކުރުމުން މީހުން ސިނގިރޭޓާ އެބަ ދުރުވޭ. އެހެންކަމުން ކެންސަރު ޖެހުމާ ވަރަށް ބޮޑަށް ދުރުވާނެ. އަދި ހެނދުނުގެ ނާސްތާގެ ސަބަބުން ކުޑަ އިރުން ފެށިގެން ދުޅަހެޔޮ ދިރިއުޅުމެއް ބައްޓަން ކުރުމަށް ކުދިންނަށް އާދަ ވާނެ،" އަލީ ޝިޔާމް ވިދާޅުވި އެވެ.

އޮންކޯ ސްޕެކްޓްރާ 2.0 ފެށުމުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވާހަކަ ދައްކަވަނީ-- ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ކެންސަރު ބައްޔާ ގުޅޭގޮތުން ވާހަކަދައްކާ މިންވަރު އަދިވެސް މަދު ކަމަށެވެ. މި ވާހަކަތައް ގިނަގިނައިން ދައްކައި ސްކޫލް ކުދިންނާއި ބޮޑެތިމީހުންނަށް ކެންސަރާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ކެންސަރު ޖެހުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ އެ ބަޔަކު ދިރިއުޅޭ ގޮތް ކަމަށާއ އެހެންވެ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ކަސްރަތާ ދުރުވުން އަދި ސުޕާރީ ފަދަ ތަކެތި ކެއުން ރާއްޖޭގައި އާންމުކަން އަމްރު ފާހަގަ ކުރެއްވި އެވެ.

"ކެންސަރު ޖެހޭކަން ގިނަ ފަހަރަށް މި އެނގެނީ ވަރަށް ފަހުން. މީގެ ސަބަބުން ސަލާމަތް ވުމުގެ ޕަސެންޓޭޖް ވަރަށް ދަށްވޭ. އެހެންކަމުން އަޅުގަނޑުމެން އެބަ ޖެހޭ މިހާރު މިގެންގުޅޭ ލައިފްސްޓައިލް ބަދަލުކުރަން. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައި އެބަޖެހޭ ދުޅަހެޔޮ ދިރިއުޅުމެއް ހޯދަން،" އަމްރު ވިދާޅުވި އެވެ.

އައިޖީއެމްއެޗުން ހާމަކުރާ ގޮތުގައި ރާއްޖޭގައި ސިއްހީ މައްސަލަތަކާ ގުޅިގެން މަރުވާ މީހުންގެ ތެރެއިން 90 ޕަސެންޓް މީހުންނަކީ ކެންސަރު ބަލިގައި މަރުވާ މީހުންނެވެ.

މިދިޔަ އަހަރު ބޭއްވި މި މަހާސިންތާގެ ފުރަތަމަ ބުރުގައި އިންޑިއާގެ ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ ޑރ. ރެއްޑީގެ ކެންސަރަށް ހާއްސަ ބޭސްތަކެއް ވެސް ރާއްޖެ އަށް ވަނީ ތައާރަފު ކޮށްފަ އެވެ. އަދި މި ބޭސް ބޭނުން ކުރާނެ ގޮތާ ބޭހާ ގުޅޭ އިތުރު މައުލޫމާތު ވެސް އެ މަހާސިންތާގައި ވަނީ ހިއްސާކޮށްފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454