ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
05 ފެބުރުއަރީ 2020 - 19:48
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން ވަކިކުރުމަކުން ނުފުދޭ ކަމަށާއި އަހުމަދު ހިޝާންއާ ގުޅޭގޮތުން ސައްހަ މައުލޫމާތު މަޖިލީހަށް ނުދިން ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމަށް ވަޑައިގެންނެވި ޝިދާތާގެ އިތުބާރު ނެތް މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ މިއަދު ބޭއްވި އެ ގުރޫޕުގެ ބައްދަލުވުމަށް ވަޑައިގެންނެވި 45 މެމްބަރުންގެ އިއްތިފާގުންނެވެ.
BREAKING: Shidhatha ge ithubaaru neiykamuge massala hushalhan MDP inn faaskoffi
The most trusted news source in the Maldives
Mihaaru
ޝިދާތާގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން ނިންމުން--
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މެމްބަރުން، މިނިސްޓަރު ޝިދާތާގެ އިސްތިއުފާ އަށް ގޮވާލެއްވި ހަބަރު ޓްވީޓް ކުރައްވައި އުޝާމް ވިދާޅުވީ ހަމައެކަނި މިނިސްޓަރު ވަކިކުރުމަކުން ނުފުދޭ ކަމަށެވެ. އެ މައްސަލަ މަޖިލީހުގެ ކޮމެޓީން ބެލިއިރު ކޮމެޓީ އަށް ސައްހަ މައުލޫމާތު ނުދިން ފަރާތްތަކުގެ މައްސަލަ ވެސް ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމައެކަނި މިނިސްޓަރު ވަކިކުރުމަކުން ނުފުދޭ. މިމައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބެލިއިރު ކޮމިޓީއަށް ސައްހަ މައުލޫމާތު ނުދިން ހުރިހާ ފަރާތްތަކުގެ މައްސަލަވެސް ބަލާ އެފަރާތްތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ. https://t.co/fmOda0AfNz
— Ahmed Usham (@a_usham) February 5, 2020
އުޝާމް ކުރެއްވި ޓްވީޓް--
އުޝާމް އެގޮތަށް ވިދާޅުވި ނަމަވެސް ހިޝާންއާ ގުޅުންހުރި އެފަދަ މައްސަލައެއް މަޖިލީހުން ކުރިން ނުބަލަ އެވެ. ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މައްސަލަތައް ބެލިއިރު ހިޝާންގެ ލަފާ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީން ވަނީ ހޯދައިފަ އެވެ. ހިޝާންގެ އިތުރުން ދައުލަތުގެ ކަމާ ބެހޭ އިދާރާތައް ވެސް އެކޮމެޓީ އަށް ހާޒިރު ކުރި އެވެ. އޭރުވެސް ހިޝާންއާ ގުޅޭ ގޮތުން އެފަދަ ތުހުމަތުތަކެއް ކުރެވޭކަން އެއްވެސް އިދާރާއަކުން މަޖިލީހަކަށް ނާންގަ އެވެ.
މުޖުތަމައު އަށް އެހީވުމުގެ ދާއިރާ އިން ގައުމީ އިނާމު ވެސް ހޯދާފައިވާ ހިޝާންގެ ސީރިއަސް މައްސަލަތަކެއް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ މައްޗަށް ކުރަނީ ބައެއް ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތެވެ.
އޭގެ އިތުރުން އުމުރުން 19 އަހަރުގެ ޒުވާނެއްގެ ބެލެނިވެރިކަން ފެމިލީ ކޯޓުން ނުދިނުމުން ވެސް އެ ޒުވާނާ ހިޝާންގެ ބެލުމުގެ ދަށުގައި ގެންގުޅުނު ކަމަށް ވެސް ތުހުމަތު ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންޑޭލާ
06 February 2020
ރައިސް ނަޝީދު ފޭލް ވެފަކާނުންތަ ހުރީ. ނަޝީދު އުޅުނު އިންޑިޔާ ސިފައިން ރާއްޖެ އަރުވަން.
ޝޮކްތެރަޕީ
06 February 2020
ތިމާމެން ހަދުމަ ނެތުމީތޯ ވެރިކަން ހޯދިގޮތް. ވައުދާ ހުވާކުރާނެއޭ އެހަދާން ނެތެނެއޭ.
ވިކްޓިމްސް އޮފް ވިލިމާލެ
06 February 2020
މާތްކަލާކޯ މީހުނާ ނުފޮށި ގޮސް އަމިއްލަ ދާއިރާގަ ކޮއްކޯފުޅާ ދެކުދިން ފަރާތުން ހޭވެމުންދާ ހަޑި ފިލުވަދެއްވަބައްލަވާ، އިއްޒަތް އެއްދަތަށް ވެފަ އޮތީ މިހާރު...
އަސްތާ
06 February 2020
ރަނގަޅު ވާހަކައެއް، އެހެން ×ިންމާދާރު ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅަންޖެހޭ.
ޖާބެ
05 February 2020
ހޯމް މިނިސްޓަރުވެސް ފެއިލްވެފަ ހުރީ މިހާރު ހުރީ ފިލާ
ރއފރ
05 February 2020
އުޝާމް ބުނެބަލަ އޭޖީގަ ހުރެގެން އަމިއްލަ އާއިލާއަށް ވިލިމާލެއިން ބިންތަކެއް ލިބޭނެ ގޮތަށް އަމިއްލަ މަސްލަހަތު ހިމާޔަތްވާ ގޮތަށް ލަފާ ނުދެންތޯ؟ ގާނޫނު ތިމާއަތުގަ އޮންނަ އިރު ހިތުހުރި ގޮތަކަށް ކަންތައް ކުރީމަ މިއަދު އުޝާމް ތިވާހަކަ ދައްކަން ކަމަކު ނުދޭ.
ޢަލީޒާހިރު
05 February 2020
އޭ އުސާމް، ބަޔަކު ގޮތެއް ނިންމީމަ ތިމާގެ މޮޅުކަން ދެއްކަން ގޮތްކިޔާދޭން އުސާމަށް އިނގޭނަމަ ތިމާއަކީވެސް ތިމާއަށް ފެންނަގޮތް ހުށަހެޅުމުގެ ފުރުސަތު އޮތްމީހެއްކަމަށް ގަބޫލުކޮށް އެގޮތެއް ހުށަހަޅަންވީނޫންތޯ؟
ބޮޑުމީހާ
05 February 2020
ތި މަޖްލިސްވެސް ފެއިލްވެފަ ތި އޮތީ. ކުރަން ބުނި އެއްވެސްކަމެއް ވީ ނޫން. ނުކުރަން ބުނި ހުރިހާ ކަމެއްކޮށްފި. ޒީރޯ ޓޯލަރެންސޭ، ކޮރަޕްޝަނޭ، ޖަޒީރާއޭ ކިޔައިގެން ރައްޔިތުން ތިބި ހާލަތުގެ ނާޖާއިޒު ފައިދާ ނަގަނީ
ޢޭންޖަލް
05 February 2020
ޝިދާތާ ވަކި ކުރުމަކީ ކުރަންވެއްޖެ ކަމެއް. އޭނަ ވަކިނުކޮށް، ދަށުގަ ތިބޭމީހުން ވަކި ކުރުމަކީ އިންސާފެއް ނޫން. ޝީދާތާ ވަކި ކުރުމާއި އެކު މިފަދަ ކަމެއް ދެން ނުވާނޭގޮތަށް ފިޔަވަޅުތައް ވެސް އަޅަންޖެހޭ. މިކަހަލަ ދެރަ ކަންތައްވުމަކީ އަހަރުން އެންމެންވެސް ފެއިލް ވުން
ބަކުރުއަލީ
05 February 2020
ހަމައެކަނި އެމް.ޑީ.ޕީވެރިކަމެއްނަމަ އެންނު އެކަނި އެމް.ޑީ.ޕީގެމެންބަރުންގެގޮތުގައި ތިބެންވާނީ އެކަނި ބައްކޮއްލަން އުޅޭތީއެއްނު މުޅިޤައުމުހިލެނީ