ކްރިމިނަލް ކޯޓުގައި ޖުލައި 2017 ގައި އޮތް ޝަރީއަތަކަށް ފަހު، ނުކުމެވަޑައިގެން ކުރީގެ ސީޕީ ރިޔާޒް، އެސްއޯ ފުލުހަކާ ސަލާމް ކުރައްވަނީ: ގައުމު އަމާން ކުރެވޭނީ ފުލުހުން ބާރުވެރި ކުރެވިގެން ކަމަށް ވިދާޅުވި.---ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު
06 ފެބުރުއަރީ 2020 - 23:19
ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން، ފުލުހުންގެ ތެރޭގައި އޮންނަ ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) އިން ފިސްތޯލައާ އެކު ނުކުންނަ ވަގުތު ޖެހިއްޖެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މިރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ އެކި މަގާމުތަކުގައި ފަންސަވީހަކަށް އަހަރު ހޭދަކުރެއްވި ރިޔާޒް މިހެން ވިދާޅުވެ ޓްވީޓް ކުރެއްވީ، ހުޅުމާލޭގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް ބަޔަކު ދިން ވަޅީގެ ހަމަލައިގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ، ބައިނަލްއަގްވާމީ މީޑިއާގެ ސަމާލުކަމަށް ވެސް އެކަން އައިސްފައި ވަނިކޮށެވެ.
ޗައިނާގެ ޓޫރިސްޓަކަށާއި ރާއްޖޭގައި މަސައްކަތް ކުރާ އެ ގައުމުގެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް މި ހަމަލަދިނީ ފުލުހުން ތުހުމަތު ކުރާ ގޮތުގައި ދީނީގޮތުން ހަރުކަށި ވިސްނުމުގެ ބައެކެވެ. އެ މައްސަލައިގައި މިހާތަނަށް ހަ މީހަކު ހައްޔަރުކޮށް، ފުލުހުން ވަނީ ވަރުގަދަ ތަހުގީގެއް ފަށައިފަ އެވެ. އެކަމަކު، މާ ގިނަ މައުލޫމާތެއް ފުލުހުން އަދި އާންމެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި، ހަރުކަށި ފިކުރާ ދެކޮޅަށް ސިފައިންނާއި ފުލުހުން ދާދި ފަހުން ޚާއްސަ އޮޕަރޭޝަނެއް ހިންގި ރ. މަޑުއްވަރީގެ ބަޔަކު ވެސް ހިމެނެ އެވެ. ބިދޭސީ ތިން ފިރިހެނަކަށް ހުޅުމާލޭގައި ދިން ވަޅީގެ ހަމަލައިގައި ހައްޔަރުކުރި މީހުންނާ، މަޑުއްވަރީގެ ހަރުކަށި ފިކުރުގެ ބަޔަކާ ގުޅުން އޮތް ކަމަށް ވެ އެވެ.
މި ހަމަލައާ ގުޅިގެން، ކުރީގެ ސީޕީ އަދި ތިމަރަފުށީ ދާއިރާގެ ޖޭޕީގެ މެމްބަރު ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައްޔިތުންނާއި ޓޫރިސްޓުންގެ ރައްކާތެރިކަމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ސްވަޓް ފުލުހުން ފިސްތޯލަ ހިފައިގެން ރަށުތެރޭގައި ހަރަކާތްތެރިވާން ޖެހޭ ހާލަތު އަތުވެއްޖެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"ފުލުހުން ބާރުވެރި ކުރެވިގެން ގައުމު އަމާން ކުރެވޭނީ،" ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ދެ އަހަރު ވަންދެން ހުންނެވި ރިޔާޒް ވިދާޅުވި އެވެ.
Rayyithunnaai fathuruveringe rahkaatherikamah vaguthun alhanjehey fiyavalhu elhumah SWAT fuluhun fisthoala hifaigen rashuthereygai harakaaytheri vaanjehey haalathu athuvejjekamah dheken! Fuluhun baaruveri kurevigen qawm amaan kureveynee! https://t.co/T97Cpx6TEJ
— Abdulla Riyaz MP (@riyazabdulla) February 6, 2020
ކުރީގެ ސީޕީ ރިޔާޒްގެ ޓުވީޓް
ވަޅީގެ ހަމަލައިގައި ޒަހަމްވި ތިން ބިދޭސީންގެ ތެރެއިން ދެ މީހަކަށް އަދިވެސް އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުން ކަމަށް ފުލުހުން މިރޭ ބޭއްވި ޕްރެސް ބްރީފިންއެއްގައި ބުންޏެވެ.
އަންގާރަ ދުވަހުގެ ރޭ އަށެއް ޖަހަން އުޅެނިކޮށް ހުޅުމާލޭގައި ދިން ވަޅީގެ ހަމަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) ގެ ކުއްލި ބައްދަލުވުމެއް ވެސް ބާއްވަވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު، ނެރުއްވި ބަޔާނުގައި ރައީސް ވަނީ ދިވެހިންނާއި ރާއްޖޭގައި އުޅޭ ބިދޭސީންގެ ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ރައީސް ވިދާޅުވީ، ދިވެހިންނާއި ރާއްޖޭގައި އުޅޭ ބިދޭސީން އަދި ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަރުކާރުން އެންމެ ބޮޑަށް އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ. އަދި ރާއްޖޭގައި މިފަދަ ފިނޑި އަމަލުތައް ހިންގަން މަސައްކަތް ކުރާ، އަދި އެފަދަ އަމަލުތައް ހިންގާނެ ކަމުގެ އިންޒާރުދޭ ފަރާތްތަކާ ދެކޮޅަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާދު
08 February 2020
ބަޑިއާ ކަނޑިއެއްނޫން ގާނޫނުން އަދަބު ދޭން ޖެހޭ މީހުންނަށް އަދަބު ނުދެވި ދޫވެފަ ތިބުން ހައްލު ކުރީމަ ހައްލުވާނެ. ނިކަން ލާދީނީ މީހުންނަށް ވެސް ފިޔަވަޅު އަޅާބަލަ.
ްއަދުރޭ
08 February 2020
ފުރަތަމަ ސަލަފު އުވާލާ. އެއީ މައިމޫ
ޖަލީލު
08 February 2020
މާލޭގައި ތިބެނީ ކިތައް ފުލުހުންތޯ ބަލައިލަން އެބަޖެހޭ އެއީ މާލެ ބެލެހެއްޓޭވަރު އަދަދަކަށް ނުވަނީތޯ، މަގުތައް މަތީގަ މީހުން ތާއްޔަށް ޖެހިފަ މިތިބެނީ ކީއްވެތޯ، ގޭގެ ދޮރު ދޮށުގައިވެސް ބަންގާޅީންވެސް ސިނގިރޭޓު ދުންތައް ކުޑަކުދިންގެ މޫނަށް ބުރުވަން މިތިބެނީ ކީއްވެތޯ، ފުލުހުން ނެތީތޯ، މެސް އިން ލިބޭ ކާތަކެތި ކަމުނުދަނީތޯ، ކިހނެއްތޯ މިވަނީ ހަމީދު، ބޭފުޅާއަށް ހީވޭތޯ މާލެ އެބަ ބެލެހެއްޓެޔޭ، ސިނގިރޭޓު ވިހަ ދުންތަކާ ހެސްކިޔާފަ ދުއްވާ ސައިކަލުތައް ނުފެނޭތޯ.
falcon_autho
08 February 2020
އިސްކަމެއްދޭނަމޭ ބުނީމާ ނިމުނީދޯ؟. ބަލަ ތަކުރާރުކޮށް އެކިކުށްކުރާމީހުން ކީއްކުރަންތޯ ޖަލުންނެރެ ރަށުތެރެއަށް ތިދޫކޮށްލަނީ އެއީ ހުނަރުވެރި ކުދިންނޭ ކިޔާފައި. އަތާފައިގައި ބިޑިއަޅުވާފައި ޖަލުގައި އުމުރަށް ބައިތިއްބަބަލަ. މިނޫންގޮތަކަށް މިގައުމު ހަޖެހުމަކަށް ނާންނާނެ. މިއީ ޝައިޠާނުންނަށްވުރެވެސް ނުބައި ބައެއެއް ދިރިއުޅޭ ގައުމެއް.
ކުރީގެ ފުލުހެއް
07 February 2020
ކުރީގެ ޕޮލިސްކޮމިޝަނަރު ފިސްތޯލައިގެ ވަަހަކަދެއްކީމާ ވަރަށް ހައިރާންވެއްޖެ. އެއަރޕޯރޓްގައި ހަތިޔާރުހިފައިގެން ތިބުން ހުއްޓަލަން ޖެހުނީ ޓޫރިސްޓުންގެ ނުތަނަވަސްކަން ފިލުވަންކަން ހަދާން ނެތުނީތޯ? ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތްކުރަނީ މިތަނަކީ އަމާންތަނަކަށްވާތީ. އެ ވިއްކައިގެން. ހަތިޔާރު ހިފައިގެން ނިކުތީމާ އެދެވެނީ ކޮންސިގްނަލެއް? ފުލުހުންގެ ޕްރެސެންސް އިތުރުކޮށް, ޕްރޯއެކްޓިވް ޕޮލިސިންގ ސްޓރެޓެޖީއަކަށް ދާންޖެހޭނީ. މިހާރު މަގުމަތިން ފެންނަނީ ކިހާވަރަކަށްތޯ? އަދި ކަމެއް ފެނުނަސް ފުލުހުންއަޅާލާތޯ? ފިސްތޯލަހިފައިގެން ނިކުމެ ބަޔަކު ކަމެއްކުރާތަން ފެންނައިރަށް އެމީހުންގަޔަށް ޝޫޓްކުރެވޭނެތޯ?
ދުނެބައްޑާ
07 February 2020
އަދިކިރިޔާ. މިރާއްޖެނޫނީ ފުލުހުން ކުޅޭކުޅޭ ހަތިޔާރު ހިފައިގެން ރައްޔަތުން ހިމާޔަތްކުރަން ނިކުމެއުޅޭ ގައުމެއް މިއުޑުދަށަކުނެތް.
ފަލަޑޭ
07 February 2020
ޕޯސްޓް މާން
ބިސްބެ
07 February 2020
އެއްކަލަ ދުވަހު ސިޓީ އެއް ހިފައިގެން ދެކޮޅައް ހިގީ މީނަދޯ.......ޕަކާސް ޕަސް
ތަސްމީނު
07 February 2020
ކަލޭ މެނަށް ރަނގަޅު ގޮތެއް ނޯނާނޭ. މިތާކު ސިޓީއެއްގެ ވާހކައަށް ވުރެ މުހިންމު ވާހަކައެއް މިދައްކަނީ ތިސިޓީގައި ހިފާ ދަ މަން ހދައިގެން އަނެއް ފހަރު އަނގަވތަށް ވެއްޓޭނީ
ބުސްބެ
07 February 2020
ކޮން ޕަކާސް އެކޭ ތިކިޔަނީ މިހާރު. އެދުވަހު ކަލޭމން ތިބީ ރޮވިފަ.
ހަކީމް
07 February 2020
ފިސްތޯލަ ހިފައިގެން އުޅޭކަށް ނުޖެހޭ. ކުއްކުރަނީ އެއް ބަޔެއް. އިންޓެލިޖެންސަށް މިކަން އެނގޭ. ޝަރީއަތުގައި އޮންނަ ގޮތަށް ހުކުންކޮށް ތަންފީޒް ކުރާނަމަ ހުރިހާ ކަމެއް ރަނގަޅުވީ. މަރުގެ ހުކުމަކީ މުޖުތަމައު ހަމަ މަގަށް އަޅުވަން ކުރަންޖެހޭކަމެއް. އެހެން ނޫންނަމަ އިންސާނުން ހުލްޤުކުރެއްވި މާތް إله މަރުގެ ހުކުން ހުއްދައެއް ނުކުރާނެ. ހިޔުމަން ރައިޓްސް އަންނަނީ އޭގެ ފަހުން. މިކަމަކާ އެއްވެސް އިންސާނަކަށް ދެކޮޅެއް ނެހެދޭނެ.
ހަލާކު
07 February 2020
ޕޮލިސް ސިފައިންގެ ތެރެއިން ވަކިވުމަށްފަހު ވަރަށް ރަނގަޅު މަސައްކަތް ތަކެއް ކުރި. އަބަދުވެސް މިތާ އެންމެ ނުފޫޒުގަދަ މީހާގެ ގޮތުގައި ހުރެގެން ބެލީ ތިމާއަށް މޮޅުވާ ގޮތާ ތިމާއަށް ލޯޔަލް މީހުން އިސް ސަފަށް ގެނެވޭތޯ. އެހެން މީހުންނާ ޖައްސާލާ ފޫހި ކޮށްލައިގެން ބައެއް މީހުން ނިކުމެގެންވެސް ދިއަ. އަނެއް ބަޔަކު ތިއްބަސް ތިބީ ރޫހު ގެއްލިފަ. އޭގެ ސަބަބުން މިތަނަށް ލިބުނު ގެއްލުން އިންތިހާއަށް ބޮޑު. ޢެކަމުގެ ޒިންމާ ނަގަންޖެހޭ އަދި މިތަން ހަލާކުކުރި އެކަކު ތީ
ހަކީމް
07 February 2020
ރިޔާޒް އަކީ ފުލުހުން ސިޔާސީ ކުރުމުގެ އެންމެ އިސްދައުރު އަދާކުރި މީހާ.